އެމަނިކުފާނުގެ ކެބިނެޓްގައި 22 މިނިސްޓަރުން ތިއްބެވި ކަމުގައިވީ ނަމަވެސް ފެހި ގާނޫނުއަސާސީގެ ދަށުން ކުރިން އުފެދުނު ދެ ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް މަދުވެފައި ހަރަދު ވެސް ކުޑަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުން ފެށިގެން މިއަދާ ހަމައަށް އައިއިރު ދައްކަވާފައި ވާނީ އެއް ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ހިތުގެ އަޑިން ދައްކަވާ ވާހަކަފުޅުތަކެއްވީމަ، ތަފާތު ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމަށް މި ވަޑައިގަންނަވަނީ ﷲގެ ވާގިފުޅާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ.

ކެމްޕެއިންގެ ވައުދުވެވަޑައިގެންނެވި ގޮތަށް ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ވިދާޅުވެވޭނެ ބޭފުޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނެ ކަމެއް ކުރައްވަން ވިދާޅުވީމަ، އެހެން ބޭފުޅެއްގެ ހުއްދަ ހޯއްދަވަން ޖެހޭ ބޭފުޅަކު ކެބިނެޓަށާއި ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ މަގާމުތަކަށް އައްޔަން ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް އިން ގެނެސް ދިން ޕްރޮގްރާމެއްގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ---

"އަޅުގަނޑު "އަޅުގަނޑު ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ރަނުން ރަނަށް ފުރިހަމަ ކޮމިޓްމެންޓާ އެކީގައި، ރެއާއި ދުވާލު ހޭލާ ހުރެގެން މަސައްކަތް ކުރަން ޖެހުނަސް ކުރެވޭ ވަރުގެ ބޭފުޅުން އަޅުގަނޑު ލާނީ،" އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޕީއެސްއެމް އަށް ދެއްވި ފުރަތަމަ އިންޓަވިއުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޓީމް ވާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ނަތީޖާ ނެރެދެވޭ، ތައުލީމީ އަދި ގާބިލު ޓީމަކަށް ކަން ކެމްޕެއިން ތެރޭގައި ވެސް ވިދާޅުވެފައި ވާނެ ކަމަށެވެ. އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި ގައުމަށް ހަމަޖެހުން އައިސް އެންމެން އެކީގައި ކުރިއަށް ދާން ބޭނުންފުޅުވެއެވެ. ބައިބައިވުމާއި ބަދަލުހިފުމާއި އަބަދު ދެކޮޅުވެރިކަމުގެ ރޫހުގެ ތެރޭގައި ދާން ބޭނުންފުޅު ނުވާ ކަން ވެސް ހާމަކުރައްވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ މި ހުރިހާ ކަމެއް ހާސިލްވާ ގޮތަށް އަޅުގަނޑު ބޭނުން ވަނީ ޓީމު އެކުލަވާލަން،" މުއިއްޒު ވިދާޅުވިއެވެ.

މީސް މީޑިއާގައި އާންމުވެގެން އުޅޭ ކެބިނެޓް ލިސްޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ކެބިނެޓް މިނިސްޓަރުންގެ ލިސްޓު %95 ރަނގަޅު ކަމަށެވެ. ނަމަވެސް އަދިވެސް ކުދިކުދި ބަދަލުތައް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މިނިސްޓްރީތައް އިތުރުކުރި ނަމަވެސް ސިޔާސީ މަގާމުތައް މަދުވާނެ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުވެސް ކުޑަކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އޮތް ސަރުކާރަށްވުރެ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމު މަދުވާނެ ކަމަށެވެ. އެގޮތުން 700 އަށްވުރެ ސިޔާސީ މަގާމު އިތުރު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިނިސްޓްރީތައް އިތުރުވެގެން ދިޔަނަމަވެސް ސިވިސް ސާވިސްއަށް އޭގެ ޒާތުގައި ނަގަން ޖެހޭ މުވައްޒަފުން ނިސްބަތުން އިތުރުވެގެން ނުދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގާތްގަނޑަކަށް އަލަށް ނަގާ ވަޒީފާތައް ފަސް އިންސައްތަ ވެސް އިތުރު ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ މުޅި ސަރުކާރުގެ ސިޔާސީ މަގާމުތައް ވޭތުވެދިޔަ ދެ ސަރުކާރަށްވުރެ މަދުވާނެ. 700 ސިޔާސީ މަގާމަށްވުރެ އިތުރުނުކޮށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ފަސް އަހަރު ނިންމާނަން. ދެވަނަ ކަމަކަށް މިހާރު ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރާ އިމާރާތްތަކުގެ އިތުރަށް އަމިއްލަ އެއްވެސް ތަނެއް ކުއްޔަކަށް ނުނަގާނަން" މުއިއްޒު ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް އިން ގެނެސް ދިން ޕްރޮގްރާމެއްގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ---

އެމަނިކުފާނު ވިދާޅުވީ ބައެއް ބޮޑެތި ވުޒާރާތަށް ދެބައި ކުރުމާއި އާ ވުޒާރާތަކެއް އުފެއްދުމުގެ މަގްސަދަކީ ވުޒާރާތަކަށް ބުރަ ނުވާނެ ވަރުގެ މެންޑޭޓުތައް އެކުލަވާލުން ކަމަށެވެ. އަދި އެފަދަ މެންޑޭޓުތައް އެކުލަވާލައިގެން މަސައްކަތް ކުރާނަމަ ނަތީޖާ ނެރުމަށް ވުޒާރާތަކަށް ވެސް ފަސޭހަވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވުޒާރާތަކަށް ބޮޑެތި ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އެކުލަވާލާއިރު، މިނިސްޓްރީތަކަށް ނަތީޖާ ނެރެދެވޭނެ މެންޑޭޓުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާނެ ކަމަށެވެ. ބައެއް ބޮޑެތި މިނިސްޓްރީތައް ދެބައި ކުރުމާއި، ވަކި މަސައްކަތްތަކަށް ޚާއްސަ މިނިސްޓްރީތައް އުފެއްދީ، މިނިސްޓްރީ ފެއިލްނުވެ ނަތީޖާ ނެރެދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެފިޝަންޓު ޓީމެއް ނެގުމުގެ އިތުރަށް، އެ ޓީމަށް ފޯކަސްޑް މަސައްކަތްތަކެއް ކުރެވޭކަހަލަ ގޮތަކަށް މިނިސްޓްރީތައް އަޅުގަނޑު ހުންނާނީ، ބައެއް ބޮޑެތި މިނިސްޓްރީތައް ސްޕްލިޓްކޮށްފައި" މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ ރިކަރެންޓު ޚަރަދުތައް ކުޑަކޮށްގެން، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒުކަމަށާއި، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ނަތީޖާ ނެރެދީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާދޭނެ ސަރުކާރަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ހެރިޓެޖަކީ އުވާލަންޖެހޭ ބޭކާރު ތަނެއް، ޖެންޑާ އަކީ އުވާލަންޖެހޭ ބޭކާރު ތަނެއް. އެކަމަކު އުވައެއް ނުލާނެ. ކާފިރުންގެ ރުހުން ހޯދުމަށް ޓަކައި ދަމަހައްޓާނެ.

    16
  2. ޖަނާލް

    ކާކައް ދައްކަން ؟ ކުރަން އިއީ ވައްކަން، 5 އަހަރުވަންދެން އަދުރޭއާ އޭތި މީތި ލައިގެން ވައްކަންކޮއްފަ ފައިބައިގެން ދިޔާމަ ނިމުނީ !!

    22
    17
  3. ހިކި ކިރު

    ޢެކިއެކި މިޝަން ތަކުގައި ތިބި މުޥައްޒަފުން ދަމާ ކޫއްތާފައި ރާއްޖެ ގެނެސް އެވެރިންގެ ވަޒީފާތަކުން ވަކި ކުރުމުން މަނިކުފާނަށް ދެން އަންނަ ދައުރެއް ކާމިޔާބު ކުރެވޭނެބާ! އަނިޔާ ލިބޭ މީހާގެ ދުޢާ ﷲ އިޖާބަ ކުރައްވާނޭ ބުނޭ ދީނީ އިލްމް ވެރިން.

    11
    8
    • ޢަބްދުﷲ

      ބަލަގަ މިޝަންތައް ވެސް ކިޔާދިނީމަ ދޯ އިނގޭނީ. މިޝަންތަކޭ ކިޔައިގެން ބޭރުގައި ނާޗަރަންގީ ކުޅެން އުޅޭ މީހުންވެސް މަދެއް ނޫން.

    • އާދަނު

      މިޝަން ތަކޯ ލޮލް. ސަރުކާރު ދަވާލުން ފިޔަވާ އިތުރު މިޝަން އެއް ނެތް

    • ނަން ބުނާކަށް ނުޖެހޭ

      ޔާމީން ދައުރުގަ މިޝަންތަކުގަ ތިބި މީހުން އިބުރާހީމް ވަކިކޮށްފަ އިބުރާހީމަށް އިތުބާރުކުރެވޭ މީހުން ނުލާތަ. އެއީ އަނިޔާވެރިވުމެއް ނޫން.. އެއީ އެކަން ހިނގާނެ ގޮތް.. ކަލޭ ނަމަވެސް އެކަން ކުރާނީ އެހެން... ދެން މާވިކްޓިމް ކާޑު ކުޅޭނެ ކަމެއް ނެތް.

  4. ޙެހެހ

    ގޯތިމައްސަލ އެއޮތްގޮތަށް ދޫކޮށްލާފިއްޔާ ބަލާނީ މުއިއްޒުއަށް ވައްކަން އޯކޭ ކަމަށް ، އަކްރަމް ކަމާލުމެން ބޭނުންގޮތަކަށް ބަހާލަން ދެވިގެންނުވާނެ ، 2018 އިނތިހާބު ދުވަސް ކޮޅަށް ރ.ޔާމީން 400 ގޯތި ވިއްކަން ނިންމިއޭ ގޮވި މީހުން މިއަދު އެތަނީ ހިލޭ 750 ގޯތި ފޭސް 2 އިން ބަހާލާފަ

    9
    4
    • ޢަބްދުﷲ

      ގޯތި ދީފައި ހުރީ ފޯމު ފުރާފައި އޮތް ގޮތަށް ބަލާފައި. ހަޤީޤަތަކީ، ހާލަތު ބަލަން ދިޔަޔަސް އޮޅުވާލަން ބޭނުންވާ މީހާ އޮޅުވާލާނެ. މީގައި ގިނައީ ޞައްޙަ ނޫން މައުލޫމާތުގެ މައްޗަށް ފޯމު ފުރި މީހުން. ޞައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅައިގެން. އެގޮތަށް ގޯތި ހޯދާ މީހުނަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮންނާނެކަން ހަނދުމަނެތުނީ ކަންނޭގެ.

  5. amna

    ޢެކިއެކި މިޝަން ތަކުގައި ތިބި ސިޔާސީ މުޥައްޒަފުންނަކީ ސަރުކާރު ބަދަލުވުމުން ވަކިވާނެ ބަޔެއް. އެއީ ވަޒިރުންނާއި ސިޔާސީ އެހެން މަޤާމުތަކުގައި ތިބޭ މީހުން ވަކިކުރާހެން ވަކިވާނެ ވަޒީފާތަކެއް. އެއްވެސް އުޑެއް ބުޑެއް ނޭގޭ، އޮފީހަށްވެސް ނުކުންނަން ނުޖެހޭ ކިތަންމެ ބައެއް ބޮޑު މުސާރާގަ އެމްބަސީތަކުގަ އެބަތިބި.

    11
    1
  6. ހަސަންކޮއި

    ކެބިނެޓްގަ 22 މެމްބަރުންނާއި ސިޔާސީ މަޤާމުތަކުގައި ގިނަވެގެން 700 މީހުންވީމަ ރަގަޅު. ސަބަބަކީ ނިމިގެންދާ އިބޫ ސަރުކާރުގަ 19 މިނިސްޓަރުންނާއި 1480 ސިޔާސީ މަގާމު އެކުލެވިގެންވޭ. ރަގަޅު ޓީމަކާއެކު ކާމިޔާބު 5 އަހަރަށް އެދެން

    9
    2
  7. މުބީނު މާރނީ

    ޑރ. މުޙައްމަދު ވަޙީދު ޙަސަން، ޑރ. ޝަހީދު، ޑރ. މުނައްވަރު، ޑރ. މަހަމޫދު ޝަޢުޤީ، ޑރ. ޢަބްދުއްސައްތާރު ޔޫސުފު މި މީސްމީހުނަށް ދެއްކުނު ނަތީޖާ އެއް ބުނެބަލަ؟ ޑޮކްޓަރު ކިޔަކަސް އެމީހުނަށް އެނގެނީ އެމީހުން ކިޔެވި މާއްދާ އެކަނި.

  8. ޙައްޖަ

    ޣޯތިތައް އެގޮތައް ބަހާލަން ދޫކޮއްލައިފިނަ ބަލާނީ މުއިޒު ވެސް ފެއިލް ވީކަމަށް ވައްކަން އޯކޭކަމަށް ނިމުނީ

  9. ސައްޔާހު

    ބޭނުންވަނީ އިންޑިއާސިފައިންބޭރުކުރަން
    ވިއްކާލިކަޑުހޯދަން
    އަޅަންފަށާނުނިމިހުރިބްރިޖާއިފްލެޓްތަކާއިއެއާޕޯޓްތައްނިއްމުން
    އައިހެވަންގެހުވަފެންހަގީގަތަކައްހެދުން
    ޔާއަމީނުސަރުކާރުގެނައިތަރައްގީއަށްވުރެބާރައްއުސްކޮއްދިވެހިރާއްޖެދުނިޔެއަށްނެރެދިވެހީންގެއަސްލުދަޗެހީންގެރާއްޖެއެއްގެނަސްދިނުން
    ސިއްހަތާއިތައުލީމަކީއަންނަންއޮއްޖީލުތަކަށާއިމިޖީލައްމަންފާލިބޭރާއްޖޭންބޭރުންމީހުންއައިސްޚިދުމައްހޯދާފަދަތަރައްގީއަކައްހެދުން އިންޑިއާއަށްބޭސްފަރުވާއަށްގެންގޮސްމިއޮއްސާހާޑޮލަރުމިގައުމުގައިހިފެހެއްޓުމަށްމަތީފެންވަރުގެހޮސްޕިޓާތަގާއިމުކޮއްދެއްވުން

  10. މަހޭސް

    ޢަދުރޭ މެން ތިބިއްޔާ ތަން ދަވާލާނެ. ދަވާލާނެ 5 އަހަރު.

    3
    1