ރައްޔިތުންނަށް ވެފައިވާ ވައުދާއި އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ޔަޤީނުންވެސް ބާލާނެ ކަމަށް އިންތިހާބީ ރައިސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މިޑީޔާއިން މިއަދު ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ ގޮތުން ދެ ބުރެއްގެ މަތިން އެ ޤައުމާއެކު މަޝްވަރާކުރައްވާފައިވާކަމަށާއި، ޔަޤީނުންވެސް އިންޑިޔާ ސިފައިން ފޮނުވާލެވޭނެ ކަމަށެވެ.
"މި ޓްރާންސިޝަން ޕީރިއެޑްގެ ތެރޭގައި ވެސް ދެ ފަހަރަކު އިންޑިއާ ސަފީރާ އަޅުގަނޑު ބައްދަލު ކޮށްފިން ވަރަށް ގިނަ ވާހަކަ ވެސް ދެކެވިއްޖެ ވަރަށް ސުލްހަވެރި ވަރަށް ރީތިކޮށް ވަރަށް ބިނާ ކުރަނިވި ވާހަކަ ދެކެވިއްޖެ އިރާދަ ކުރެއްވިޔާ މިކަން ހާސިލުވާނެ އިންޑިއާވެސް ގަބޫލު ކުރޭ ރާއްޖޭގެ ރައްޔިތުންގެ ނިންމުން އެއީ ރައްޔިތުން ބޭނުން ނުވާ ގޮތަކަށް ބޭރު ސިފައިން ތިބޭކަށް އެއި އިންޑިއާ ވެގެނެއް ނޫން.،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލާނެ ގޮތާއި ބެހޭގޮތުން ވަރަށް ގިނަ ސުވާލު އެމަނިކުފާނުގެ ކުރިފުޅުމަތީގައި އޮތް ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ސައްތައިން ސައްތަ ހައްލުކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ ދެއްވާފަައެވެ.
މި މައްސަލައާއި ގުޅޭގޮތުން ސަރުކާރުގެ ނިޒާމުގެ ތެރެއިން ކަމާއިބެހޭ ފަރާތްތަކާއެކު މަޝަވަރާ ކުރެވިފައިވާކަން މުއިއްޒު ވަނީ ފާހަގަކޮށްފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބީ އިންޑިޔާ ސިފައިން ކަމަށްވާތީ އެ ވާހަކަ ދެކެވެނީ ކަމަށާއި އެހެން ޤައުމެއްގެ ސިފައިން ތިބިނަމަ އެވާހަކަވެސް ދެކެވޭނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އިންޑިއާ ސިފައިން މިތާ ތިބީ އެހެން ގައުމެއްގެ ސިފައިން ވިޔަސް ރައްޔިތުން އެއޮތީ ނިންމާފައި އެއްވެސް ގައުމެއްގެ ސިފައިން ތިބެން ބޭނުން ނުވާ ކަމަށް. ކޮންމެ ބޭނުމެއްގަ ކަމުގައި ވިޔަސް ހެލިކޮޕްޓަރު ދުއްވަން ކަމަށް ވިޔަސް އެހެން ކަމަކު ވިޔަސް އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން މިއުޅެނީ. އިންޑިއާ ވެސް ގަބޫލު ކުރޭ އަޅުގަނޑުވެސް ދިވެހި ރައްޔިތުން ވެސް މި އެދެނީ މިއީ އިންޑިއާ ވެގެން އުޅޭ މައްސަލައެއް ނޫންކަން،" ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މިއީ ބުރަ މަސައްކަތެއް ނަމަވެސް އެމަސައްކަތް ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ އަވަށްޓެރި ގައުމެއް ކަމަށާއި ދެގައުމުގެ ގުޅުން ކެނޑިގެން ނުދާނެކަމަށެވެ.
"އަޅުގަނޑުމެނާ އިންޑިއާ މީ ދުރު ނުކުރެވޭނެ ގާތް ދެ ގައުމު ކައިރި އަވަށްޓެރިން، އަޅުގަނޑުމެނަށް އެތައް އެހީތެރި ކަމެއް މީގެ ކުރީގައި ވެސް ފޯރު ކޮށްދީފައިވާ ގައުމެއް މިހާރު ވެސް ފޯރުކޮށް ދެމުންދޭ ކުރިޔަށް އޮތްތާނގައި ވެސް ގުޅުން އޮންނާނެ." މުއިއްޒު ވިދާޅުވިއެވެ.
އޭނަގެ ވެރިކަމެއްގައިވެސް އެ ގުޅުން މިހާރުވެސް އޮތް ގޮތުގައި އޮންނާނެ ކަމަށާއި، އުފެދިފައިވާ މައްސަލައަކީ މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން އުފެދުނު މައްސަލަތަކެއް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެންގެ އުއްމީދު މަނިކުފާނު ފުރިހަމަކޮއްދެއްވާނެ ކަމައް ޤަބޫލު ކުރަން ހަމަ އެފަދައިން ރައީސް ޔާމީންވެސް މަނިކުފާނުންގެ ދައުރުގަ މިނިވަން ވެވަޑައިގަންނަވާނެކަމައް އުއްމީިދުކުރަން
ޔާމީނު މަރާލަން "ލަންކާ ސްނައިޕަރު" އައިގޮތަށް ކޮންމެވެސް ބައެއްގެ މައްޗަށް ދޮގު އިލްޒާމް އަޅުވާފަ ރާއްޖޭން ބޭލީމާ ވައުދު ހުންނާނީ ފުދިފަ.
ސާބަހޭ ލޮބުވެތި ރައީސް.
ދިވެހިންގެ ރާއްޖެ ދިވެހިންނަށް ﷲގެ އިރާދަފުޅާއި އެކު.
ދިވެހިރާއްޖޭގެ ކަނޑުފަޅުގައި ބަނޑަހަ ޖަހައިގެން އެހެން ބަޔަކަށް ތިބެވިގެން ނުވާނެ.
ދިވެހި ޤައުމުގެ މައިދޮރުއަށީގައި ހުންނަށް ޖެހޭނީ ދިވެހި ދަރިއެއް.. މިއީ މިނިވަން މުސްތަޤިއްލު ޤައުމެއް.
ސާބަސް މުއިއްޒު ވާނެ ކީއްވެ ނުވާންވީ މިއީ ދިވެހިންގެ ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ގައުމެއް ދިވެހިރާއްޖެ ކިތަށްމެ ކުޑަވިޔަސް ދިވެހިންގެ މިނިވަންކަން ވަރަށްބޮޑު މިކަން އިންޑިޔާވެސް ގަބޫލުކުރަންޖެހޭނީ ، އިންޑިޔާގެ އަޅުވެތިކަމުގައި ތިބެ އިންޑިޔާގެ ފިޔާ އަލިުވި ބިސް ކާން ބޭނުމެއްނޫން ، އަމިއްލަ މިނިވަންކަން މާ މުހިއްމު
ތި ވިދާޅު ވަނީ އެވެރިން ލައިގެން ހުރި ޔުނީފޯރމްގެ ވާހަކަތޯ! އެއީ ވަރަށް ބޯހަތު ބައެއް. ނުވާނެ ނުވާނެ ނުވާނެ ތިކަމެއް.