ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މެންބަރު ހަސަން އަފީފް އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އެރިކަމަށް ނިންމައި ފިޔަވަޅު އަޅަން ފޮނުވައިފިއެވެ.

މަޖިލީހުގެ ސުލޫކީ މައްސަލަތަކާއި ބެހޭ ކޮމިޓީން އީވާއާއި އަފީފްއަށް ފިޔަވަޅު އަޅަން ފޮނުވުމަށް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއަދު ހެދުނު ބޭއްވުނު ޖަލްސާއަށް ރައީސް ނަޝީދު ވަކިކުރުމަށް ހުށަހެޅި ޤަރާރު އެޖެންޑާ ކުރުމަށްފަހު ވަނީ އެމައްސަލަ ތަޅުމުން ބޭރުކޮށްފައެވެ. އެ ޤަރާރަކީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ހުށަހެޅިފައިވާ ޤަރާރެއް ކަމަށް ބުނެ ހަސަން އަފީފް ވަނީ މައްސަލަ ނުބެލުމަށް ނިންމައި ޖަލްސާ ނިންމާފައެވެ.

އޭގެ ދެގަޑިއިރު ފަހުން އަނެއްކާވެސް ބޭއްވުނު ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް އީވާ އަބްދުﷲއެވެ. އީވާ ވެސް ވަނީ އެމައްސަލަ ނުބަލައި ބޭރުކޮށްލާފައެވެ.

މި ދެ ޖަލްސާ ވެސް ނިންމާލީ ގަވައިދާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީން ވަނީ މި މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައެވެ. ކޮމިޓީން ނިންމީ ދެ ޖަލްސާ ވެސް ނިންމާލީ ގަވައިދާ ހިލާފަށް ކަމަށާއި އަފީފް އާއި އީވާ މެންބަރުންގެ އިމްތިޔާޒަށް އަރާފައިވާ ކަމަށެވެ. އެހެން ކަ،ުން މި މައްސަލައިގައި ފިޔަވަޅު އަޅަން މަޖިލީހުގެ އާންމު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މަޖިލީހުގެ ޖަލްސާ ދެފަހަރެއްގެ މަތިން މިއަދު ބޭއްވި ނަމަވެސް ނަޝީރު މަގާމުން ވަކި ކުރެވޭނެ ގޮތެއް ނުވެއެވެ. އެގޮތުން ހެނދުނު 9 ގައި ޖަލްސާ ފެށުމާއި އެކީ އެމައްސަލަ ބޭރު ކޮށްލާފައިވަނީ ނިޒާމީ މައްސަލައެއް، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕާލިއަމެންޓްރީ ލީޑަރު، އަލީ އާޒިމް ނެންގެވުމުން އެކަމާއި ބަހުސް ކުރައްވުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި މުސްކުޅިން

    ވީމާ މަޖިލީހުގެ އިދާރާއިން އަމީން އާންމު އަފީފު އާއި އީވާ އަށް އަޅާ އިދާރީ ފިޔަވަޅެއްގެ ގޮތުން އެދެމީހުންނާއި ދެން މަޖިލިސްގެ ރައީސް ގެ އިތުބާރު ނެންކަމަށް ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަން ކަނޑައަޅުއްވައި އެކަން ލިއުމުން އެންގުމަށްފަހު އަވަހަށް އަނެއްކާވެސް މަޖިލިސްގެ ކުއްލި އެޖެންޑާ މެމްބަރުންނަށް ފޮނުވައި އަދި މަޖިލިސްގެ ގަވާއިދުގެ 44 ވަަނަ މާއްދާގެ އެވާ ތަރުތީބުން ދެންޖެހޭ މީހަކާއި ރިޔާސަތު ހަވާލުކޮށްގެން މިއަދުން މިއަދަށް ތި އިތުބާރު ނެންކަމުގައި މައްސަލަ ނިންމައި ވޯޓަށް އަހައި ނިންމައި މި ގައުމާއިގެން ކުރިއަށްދާންވީ

    31
    4
  2. ޜައްޔިތުމީހާ

    މެންބަރުން ބައިއަޅައިގެން މުޅިދައުލަތް ކައިހުސްކޮއްފަ މިހާރު ތިޔަކުލެނީ ރީތިޑްރާމާއެއް

  3. ޙެހެހ

    ޢީވާ ހެޔޮހާލުގައި ހުރެ ހެނދުނު ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓި މައސަލަވެސް ބަލަންޖެހޭ ، ހަމަ ނަޝީދު މައްސަލަ ބޭރުކޮށްލީ ހާލު ރަނގަޅުވީ ، އިހްލާސްތެރިން ފެނޭތަ

  4. ޑައެލޯގް

    އިބޫއާއި އިބޫގެ ހަރާން މެންބަރުންތައް ވެރިކަންނުލިބުނީމަ ބަދަލުހިފަނީއެވެ. އަންނިބުނީ އިބޫއަށް ވެރިކަން ދިނީ އަންނިކަމަށެވެ. ބާލާނީވެސް އަންނިކަމަށެވެ. ދެން އިބޫބުނީ ވެރިކަން ދިނީ ﷲ ކަމަށެވެ. ރަގަޅެވެ. ވެރިކަން ދެއްވަނީ ﷲ އެވެ. އެކަމަކު މިތަނުގައި މައްސަލަޖެހޭ ތަންކޮޅަކީ އިބޫމެން ބުނަނީ ވެރިކަން ދިނީ ﷲ ކަމަށެވެ. ވެރިކަމުން ބޭލީ އަންނި ކަމަށެވެ. އެގޮތަށް ވާހަކަ ދައްކާނަމަ ދެގޮތްވެސް އެއްގޮތްވާންޖެހެއެވެ. ވެރިކަމުންބޭލީވެސް ﷲ އެވެ. ވީމާ ވެރިކަމުން ބޭލިކަމުގެ ރުޅިގަނޑުގައި ރައްޔިތުންނަށް ބެލުމެއްނެތްކަމަށެވެސް އިބޫގެ މީހުންބުނެފައިވެއެވެ.