ކެއްސުމާ ހުމާއި ރޯގާއި ބޭނުން ކުރާ ދިޔާ ބޭހެއް ކަމަށްވާ "އެލެގްރޯ" ބޭސް ރާއްޖެ އެތެރެކޮށް ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއެންޑީ) އިން މަނާ ކޮށްފިއެވެ.

އެމްއެފްއެންޑީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިބޭހުގައި ކެމިކަލްއެއް ކަމައްވާ ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) ހިމެނޭތޯ ކަށަވަރުކުރުމަށް، މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޯރެޓޮރީ އިން އުފައްދާ ސެޓްރިޒިން އޯރަލް ލިކުއިޑް 5 މިލިގްރާމް/ އެމްއެލް ގެ ބްރޭންޑްއެއް ކަމަށްވާ "އެލެގްރޯ" ގެ ބެޗު ނަންބަރު: ބީ220 ގައި މި ދެ ކެމިކަލް ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ.

އަދި މި ބޭހުގެ އިތުރު ބެޗުތައް ޓެސްޓް ކުރިއިރުވެސް ހުރިހާ ބެޗެއްގައިވެސް މި ދެ ކެމިކަލް ހުރިކަން ކަށަވަރުކުރެވިފައިވާކަން ހާމަކުރަމުން އެމްއެފްއެންޑީން ވަނީ މި ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއްކަމަށް އިއުލާންކޮށްފައެވެ.

އަދި ބޭސް ވިއްކާ ބޭސް ގަންނަ ފަރާތްތަކާއި، އެންމެހާ ރައްޔިތުން މިިކަމަށް ސަމާލުކަން ދިނުމަށް ވަނީ މޯލްޑިވްސް ފުށް އެންޑް ޑްރަގް އޮތޯރިޓީއިންއިން އިލްތިމާސްކޮށްފައެވެ.

"ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" އަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ އޭގެން މަރުވުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މ

    މިފަދަ ބޭހެއް ހެދޭ އިރު ނޭންގެނީތަ މާކެޓައް ނެރޭއިރު