ރާއްޖޭގެ ޚާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ދެ ބޭފުޅުންނަށް މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެކެވެ. މި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަރުވާނީ، މެޑެއްޔަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޯލޭ

    ލޮލް ކާޕެޓެއްވެސް ހަވާލުކުރާތި

    27
    1
    • ހުސޭނުބޭ

      އަދި ފައިފުހިވެސް........

  2. ޙިންނަބެ

    ފައިސާ ކޮޅެއްވެސް އަދި ވިސާ ކޮޅެއްވެސް

    20
    2
    • ބޮޑޭ އަހައްމަދު

      ހިބަރުވަދެއް ވެސް އިތުރު ކޮށްލިނަމަ؟

  3. ޢަނިލް

    ވަގެއްގެ ޝަރަފްވެސް ދޭންފެނޭ

  4. އަހްމަދު

    ރައްޔިތުން ސޯލިހުގެ ޚިދުމަތެއްބޭނުމެއްނޫނޭ ބުނެގެއައްފޮނުވާލީމަ އަދިވެސް ޓެކްސްލާރިން ޚަރަދުކުރުން ހުއްޓާލާކަށްނުވޭތަ؟

  5. ޑައެލޯގް

    އިބޫވަކިވުމުގެ ކުރިން އިބޫގެ އައުވާނުންނަށް ދާއިމަށް ފައިސާލިބޭގޮތް ހަދަނީއެވެ. ހުޅުމާލޭގައި ދެވޭގޮތަށް އޮތް 700 ގޯތި އިބޫގެ އައުވާނުންނަށް ދިނުމަށް ވުޖޫދުގަ ނުވާ 8000 ގޯތިދައްކާފަ ހުޅުމާލޭގެ 500 ގޯތިދިނީ ވަލުދޮރޯށިން އިބޫގެ އައުވާނުންނަށެވެ.

  6. ސޮލޯލިހް

    މިވެސް ރަނގަޅަށް ވިއްޔާވާނީ މިބަޔަކަށް ރާއްޖެއިން ބޭރުން ޔޫއެން ނޫނީ އެނޫންވެސް އެކަހަލަ އިންޓަނޭޝަނަލް ތާކުން ބޮޑު ވަޒީފާ ހޯދައިދޭން އެމީހުންނަށް ޖަހައިދޭ ތައްގަނޑަކަށް. މީގެ ތެެރެއިން އެކަކަށް ހިބަރު ވަދެއް ހުރިއްޔާ ދެން ބަލާނެ ކަމެއް ނެތް ދެން ހުންނާނީ ސޯލިހް ފެމެލީ ތެރޭގެ މީހެއް