ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބުކޮށްފިއެވެ.

މަޖިލިހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުކޮށްފައި ވަނީ މިރޭ ބޭއްވި މަޖިލިހުގެ ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ.

އެ މަގާމަށް ކުރިމަތިލެއްވީ އަސްލަމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އަސްލަމަށް 53 ވޯޓު ލިބިވަޑައިގެންނެވި އިރު، އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

މަޖިލިހުގެ ރައީސަކު އިންތިހާބު ކުރީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ހަތަރު މަޖިލިހެއް ތަމްސީލް ކުރެއްވި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން އެއް މެމްބަރެކެވެ. އަސްލަމް މެދުކެނޑުމެއް ނެތި ތަމްސީލް ކުރެއްވީ 16 ވަނަ މަޖިލިހާއި 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހެވެ. އޭގެ އިތުރުން މަޖިލިހުގެ އެކިއެކި ކޮމިޓީތަކުގައި ވަރަށް މުހިންމު ބުރަ މަސައްކަތްތަކެއް އަސްލަމް ކުރެއްވެވިއެވެ.

އެގޮތުން މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އާއި ގަވައިދު ކޮމިޓީ އާއި އިގްތިސާދު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އަސްލަމް މަސައްކަތް ކުރެއްވިއެވެ. އަދި މިހާރު ހިނގަމުންދާ މަޖިލިހުގައި އަސްލަމަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ.

މަޖިލިހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އަސްލަމަށް މަރުހަބާ ދަންނަވައިފައެވެ.

މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، އަސްލަމް ވިދާޅުވީ މަޖިލިހުގައި ދުވަސްތަކަކަށް ފަހު މަސައްކަތް ކުރެއްވުމަށް ފަހުގައި މަޖިލިހުގެ ރައީސް ކަމަށް ގެންނަން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މެމްބަރުން އިންތިހާބުކޮށް ދެއްވި ކަމަށްޓަކައި އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޅޮލް

    ދެން މަޖިލިސް ފެށޭނީ މެންދުރުފަހު 4 ޖަހާއިރު.

    66
    2
    • ސީނު

      ގަންޖާ ބާލާފަ މިއެރީ ކަރު ހިމަފުޅިއެއް ދޯ. ގައުމެއް ނެއް

      18
      2
      • ކިނބޫ

        އެމްޑީޕީ އަކު ސަހަލު އެއްޗެއް ނެތް. ކިތަންމެ ގިނަ ގްރޫޕްތަކަށް ބަހައިގެން ނަންނަ ކިޔާފަ އުޅުނަސް އެއަކަށް ބަދަލެއް އައުމެއް ނެތް.

      • ހުސޭނުބޭ

        ތިހެން ބުނީމާ މަ ވަރަށް ބަލާ ވިސްނާފިން. ފޫތެޅިފައި ހުރި ރުނބަކާ ވައްތަރީ!

  2. ކަލު

    ދެން މަޖިލިސް ފެށޭނި ހަވީރު 4 ޖަހާ އިރު. ޢެމަނިކުފާނު ހޭއަރާނއެ ގަޑި

    64
  3. އަކްމެޑް

    ސިބިރި ޑަމް ޑަމް ޑަމް ޔެސް ޔެސް ޔެސް

    33
    1
    • ބަކާޑީ

      ހަހަހާ

  4. މެކޭ

    ނުވެގެން އުޅުނު ކަންތައް ވީ ދޯ؟

    16
    • ކިނބޫ

      އާނ! އެއިނީއެއްނޫން މަކުނު ސައްކެޔޮ ގަހަށްއަރާ

  5. ާަމަރީ

    ދެން މަޖިލިސް ފައްޓާ ގަޑިއަކީ ހަވީރު 4 އަކަށް ހަދާ

    18
  6. ރާބޯ

    ނައިބް ރައީސް ެގެން ދުވަސްކޮޅަކަށް ބޮޑީ ގާޑުން ލައިގެންވެސް އުޅެފި، ކުޑަދުވަސްކޮޅަކަށް ނަމަވެސް "ރައީސް" ގެ ލަގަބުލިބުނަސް މިއަންނަ ދައުރުގަ އައްޑޫ އަކުން ނުލިބޭނެ!

    20
  7. ޢަހްމަދު

    މިނާމީ މަޖްލީހުގެ ޙަޔާތަށް ލިބުނު ވަރަށްބޮޑު ހުތުރެއް! ދެން މަޖްލީހުގެ ޖަލްސްތަށް ފަށާނީ މެންދުރު 2 ގެ ފަހުން.

    18
  8. ޑައެލޯގް

    މަޖިލީހުގެ ރައީސަށް ތިހޮވުނީ ވަލުކިނބުލެކެވެ. އެމްޑީޕީގެ 2023 ގައި ކުރިމަތިލީ ކިނބުލަކާއި ވަލުކިނބުލެކެވެ.

    16
  9. ކިނބޫ

    ކެރަފާ އަބޫ ނަޝީދުގެ ސިޔާސީ ޙަޔާތް ކަނފުންވެ ނިމިއްޖެއެވެ. އަލްޙަމްދުލިﷲ. ދެންފަހެ، ކެރަފާ އަބޫ ނަޝީދަކީ 3 ބުރަށް އަމިއްލަ އަތުން ސިޔާސީ ޙަޔާތް ނަގާ އެެއްލާލި ފިނޑި، ކަމީނާއެއްކަން ދަންހުށި އެގޮތުން:
    1. ރައީސް ކަމުން އަމިއްލައަށް 2 އަހަރާއި ބައިގައި އިސްތިޢްފާ ދިން ފިނޑިއެއް
    2. ޕާޓީ ރައީސްކަމުން އަމިއްލައަށް ވަކިވި ކަމީނާއެއް
    3. މަޖިލިސް ރައީސްކަމުން އަމިއްލައަށް އިސްތިޢްފާދިން ދެބަންދިހާރައެއް.

    12
    2
  10. މުއްތު

    މަޖިސް ބަރާބަރަށް ގަނޑިއަށް ފެށޭނެ މަސައްކަތްތައްވެސް ބަރާބަރަށް ކުރިއަށްދާނެ

    16
  11. ތަރި ދުން

    މަރުޙަބާ.! މަރުޙަބާ.! މަރުޙަބާ.!
    ކޮންމެ އިންސާނަކުވެސް ޝަރަފާއި ޖާހަތާއި ޢިއްޒަތާއި ޤަދަރު ބޭނުންވާނެ.، ތަނަވަސް އަޣުލަބިއްޔަތަކުން ތިޔަލިބުނު ރީތިނަން ދަމަހައްޓާ، ނަގަހައްޓާން ވާނެއެވެ. ތިޔައީ ރައްޔިތުންގެ މަޖިލިސް ކަމާއި، އެންމެ ރިވެތިގޮތުގައި އިޚުލާޞްތެރިކަމާއެކު ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރާން ގޮވާލަމެވެ. ތިޔަ މާލަމަކީ "ބަތްކައްކާކުޅޭ" ތަނަކަށް ވިޔަނުދިނުމަށް ހިތްވަރާއެކު މަސައްކަތްކުރާން ވާނެ އެވެ.
    އަޅުގަނޑުގެ ތާއީދު އޮންނާނެއެވެ.

  12. ދޯ

    ތިމީހާއަށް މަޖިލިހަށް ދެވޭނެބާ، މިހެން މިއަހާލީ ފާއިތުވި ދިގުމުއްދަތުގައި ތިމީހާގެ އެޓެންޑެންސް ހުރިގޮތުން، މަޖިލިހަށް ޙާޟިރުވި ދުވަހަށްވުރެ ނުދާ ދުވަސް ތިމީހާގެ ގިނަވާނީ

  13. ފާތުން

    ދެންދީ އިސްތިއުފާ

  14. ކިނބޫ

    އެމްޑީޕީ އަކު ސަހަލު އެއްޗެއް ނެތް. ކިތަންމެ ގިނަ ގްރޫޕްތަކަށް ބަހައިގެން ނަންނަ ކިޔާފަ އުޅުނަސް އެއަކަށް ބަދަލެއް އައުމެއް ނެތް.