ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް މި ފަސް އަހަރުގައި އިންތިހާބުގެ ފުރުސަތު ނުދިނުމަށް ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ޒިޔަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ބޭނުންކުރެއްވި ހަތިޔާރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ ގައުމެއްގެ ހައިސިއްޔަތުން އިއްޔެއަކީ ހުތުރު ދުވަހެއް ކަމަށެވެ.

”ރައީސް ސޯލިހް މުޅި ދައުރު ނިންމާލެއްވީ ރައީސް ޔާމީނަށް އިންތިހާބުގެ ފުރުސަތު ނުދިނުމަށް ރާވައި އެކަން ތަންފީޒު ކުރުމުގައި. އަދީބާއި ޒިޔަތަކީ އެކަމަށް ބޭނުންކުރި ހަތިޔާރު.” ޖަމީލް ވިދާޅުވޖއެވެ.

 

‏މިއަދު ޔާމީނުގެ އިސްތިއުނާފު ދިގުދެމި އަދިވެސް ހުންނެވީ ޖަލު ހުކުމުގައި ކަމަށް ވިދާޅުވިއެވެ. އަދީބުގެ ޓެރަރިޒަމްގެ ކުށްފަދަ ބޮޑަތި ކުށްތައް ވަނީ ޕާކުކޮށްފައި ކަމަށެވެ. ބޮޑު ހިޔާނާތުގެ ހުރިހާ ދައުވާތަކަށް ގަނޑުކޮށް އަދަބު ކަނޑައަޅައި މިއަދު އަދީބަށް މާފްކޮށްފައިވާ ކަމަށެވެ.

‏ރައީސް ސޯލިހް ވިދާޅުވާ އަމާން ރާއްޖޭގައި ހިދުމަތްތެރި ޔާމީނަށް އަނިޔާވެރިވެފައިވާ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.

“މި ހަރާމް އަމަލުގެ ބައިވެރިން މާތް الله ނިކަމެތި ކުރައްވައި، ފަލީހަތް ކުރައްވާށި. އާމީން..” ޖަމީލް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދިގު މުއްދަތަކަށް ހުކުމް ކޮށްފައިވާ އަދީބު އާއި ޒިޔަތު މިނިވަންވެފައިވަނީ އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން އިއްޔެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރި ދައުވާތަކަށް އަދީބު އާއި ޒިޔަތު ވަނީ ދައުލަތާއެކު ހެދި އެއްބާރުލުދިނުމުގެ އެއްބަސްވުމާއި އެއްގޮތަށް އިއުތިރާފުވެވަޑައިގެންފައެވެ. އޭގެ ފަހުން ކުރީގެ ރައީސް، އަބްދުﷲ ޔާމީންއާއި ދެކޮޅަށް އެ ދެބޭފުޅުން ވެސް ވަނީ ހެކި ބަސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ޟީޚޫޜީ ޚާޟާޚޫޏ

  2. ބާރަށްކުރިޔަށް

    ޔާމީނު ދެން އަންނަބުރަކުން ގެންނާނީ. ހާސްނުވޭ. އިންޝާﷲ

  3. ޗޯރުއިބަރާހިމް

    ޗޯރު އިބްރާހިމް އަކީ ޑިކްޓޭޓަރެއް ވެރިކަމުގައި ހުންްނަ މީހަކައް މާއާފްދެވޭނެ އެއްވެސް ގޮތެއްނޯވެޔޯ ކިޔާފާ އަނެއް 2 މުލިވަގައް މާފްދީނީ ލަނޑަޔާ ވާނީ ލަނޑަޔާ

    10
  4. ޖަމީލޫ.......

    ޖަމީލް ނާއިބު ރައީސް ކަމަށް އިންޠިޚާބު ވީމައި ވެސް ފުރުޞަތު ނުދެއްވި ބޭފުޅަކީ ރ. ޔާމީނެވެ. 12 މެމްބަރުން ވެސް މަޖިލީހަށް އިބްޠިޚާބު ވެފައި ތިއްބާ ގެންގޮސް ޖަލަށް ލެއްވީ ވެސް ރ. ޔާމީނެވެ. އެހެންވީމައި ކޮންމެވެސް ސިފައެއްގައި ރ. ޔާމީނަށް ވެސް އެކަންކަމުގެ ސަޒާ ލިބޭނެއެވެ.

    2
    7
  5. ނޫސްކިޔާ މީހާ

    ކިތައްމެބާރަށް ބަދެފާބޭއްވިޔަސް ހިޔޮސަބަބަކީ 2 ވަނަ ދައުރެއް ދެންތިޔަބުނާ ސޯލިހަކަށް ނުލިބޭނެ ބާރަށްބަދޭ މިމަހުގެ 17 ވަނަ ދުވަހު އެބައިމީހުންގެ އަޑުކެޑޭނެ

  6. ކާޅު ބާޒުު

    ވަކަރުގެ އިބުރާހިމް ވެސް ޖަލު ދެކޭނެ އިންޝާﷲ..

    10
  7. ކިނބޫ

    ޖަމީލު ތިވިދާޅުވީ ވަރަށް ޤަބޫލުކުރަން ފަސޭހަ ވާހަކައެއް، ތިކަމުން އިބްރާހީމް ރައީސަށް ލިބުނީ ކޮންފއިދާއެއް، މީހަކަށް ލަނޑެއްދީފަ ތިމާއަށް މޮޅެއް ލިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް

  8. އަމަލު

    ތިބޭފުޅާވެސް އަބަދު ހުންނަވަނީ ކޮންމެވެސް ހަތިޔާރެއް ނަންގަވާގެން ކޮންމެވެސް ކަމެއްގެ ދަހިވެތި ކަމުގަ.އެއްފަހަރު ވެރިކަން ދަމަހައްޓަން.ބާރުވެރިކަން ނެތުނީމަ އަނެއްފަހަރު ވެރިކަން ބަދަލު ކުރުމަށް. ތިވެސްވާނެ ހަތިޔާރަކަށް.

  9. އުސްތާޒް

    ތީ އެންމެން ދަންނަ ހަގީގަތެއް، އެގެން ބޭނުންވަނީ ތިޔަކަމުގަ ޑރ.ޖަމީލު އާއި މުއިއްޒު އަދި އަދުރޭ މިއިން ބޭފުޅެއްގެ އެއްވެސް އަތެއްވޭތޯ.

    1
    1
  10. މިކަން ބައްލަވާދެއްވާ

    ޑރ މުޢިއްޒުގެ ސަރުކާރެއްގަ މިގޮތައްރައީސް އިބުރާހިމް ހިންގާފަހުރި ހުރިހާ ޖަރީމާތައްބެލުމައް ގޮވާލަން

  11. Anonymous

    މޮޔަޔާ.... އިބޫ އެހެދީ ހަމަ ހެޔޮކޮށް. ވައްކަން ކުރުވި މީހާ އަށް މެޖޯރިޓީން ވޯޓު ދިނީމާ ދެން ކުދި ސޯބުތައް ހިފެހެއްޓުމުގެ ބޭނުމެއް ކޮބާތޯ. ޔާމީނުވެސް ދޫކޮށްލަންވީ.

    ދިވެހިން ގިނަ މީހުން ބޭނުންވަނީ ނުހައްޤު މުއްސަނދިކަން.

    ޕޕމ.ޕނސ އެއީ ޔާމީނު ހިންގި ޖަރީމާ އެނގޭނެ މީހުން. ދެން އެމީހުން އަދީބުމެން ހިފާ ހައްޔަރު ކޮށް އުޅެފާނެ.
    ޅެން ވެރިޔާއަށް ޅެމުގެ އަސްލުމާނަ އެނގޭގޮތަށް. ލޮލް

    3
    2
  12. ޖަމާލު

    ޖަމީލު ނޫނީ ތެދެއްބުނި އެއްވެސް ޕޮލިޓިޝަނެއްނެތް.
    ޖަމީލު ބުނީމެއްނޫން ޔާމީނު ދިގުމުއްދަތެއްވަންދެެން ޖަލުގަ ބަހަށްޓާނަމޭ ނުބުނަންތަ މިހެން.

    1
    1
  13. އަބްދޫ

    އިންތިހާބުގަ ޔާމީނަށް ވާދަ ނުކުރެވުނު ކަމީ ދިވެހިންނަށްލިބުނު ނަސީބެއް. ޔާމީނަށް ކުރިމަތިލެވުނު ނަމަ ޔާމީނާއިދެކޮޅަށް ގައުމު ނިކުމެ 2018 އިއާދަ ކުރީސް.ޔާމީނުގެ ސަރީއަތް ގޯހަކަސް ޔާމީނުގެ އެކައުންޓަށް ފައިސާ ވަދެފަ ހުރީ ހަމަ ރަނގަޅަށްކަންޔަގީންވޭ. ޖަމީލުކިޔާ އެތި ރަނގަޅެއްނޫން .ފައިސާ ޖަމާކުރުމުގަ ބައިވެރިވަނީ އަދީބާއި ފާތުމަ . ވީމާ ފައިސާ ގޯސްނުވާނަމަ ޔާމީނުގެ ހުކުމް ގޯހަކަސް އިންތިހާބުގަ ވާދަ ނުކުރެވުނީ ޔާމީނުގެ އަމަލުތަކުގެ ސަބަބުން ދޯ.

    1
    2