ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވި ބޭފުޅެއް ކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2018 އިން 2023 އަށް ނިމިގެންދިޔަ ރައީސް ސޯލިހުގެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވި އަދި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ތަރައްގީއަށާއި ގައުމުގެ އެކިއެކި ދާއިރާތަކަށް ގެންނެވި އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދިން ސަރުކާރެއް ކަމަށެވެ.
އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށާއި އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް ސޯލިހު ކޮށްދެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކަކީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ މަސައްކަތްތަކެއް ކަމަށް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީން ވަނީ މިއަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާފައެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހެޔޮވެރިކަމަކީ ވަގުން މިނިވަންކުރުންތޯ؟
ގައުމަށާ ދިވެހިރައްޔިތުން ނަށް ބަލާ މުސީބާތާ ދަރަނި ދަންތުގާ ދިވެހިރައްޔިތެއްގެ ބޮލަށް ޖަހާ ގައުމާ ކަނޑުވިއްކާދި އަނިޔާވެރިއެއް
ހެޔޮ ވެރިކަމެއް ކުރިނަމަ ދެވެނަ ފަހަރަށް ވެސް ހުންނާނީ ވެރިކަމުގައި ހެން ހީވަނީ!
ތީ ދިވެހި ތައްޔިތުނާ މިގައުމަށް ދުއްތުރާ މުސީބަތް ޖެއްސި ކަނޑުކޮހެއް
މުޅި ގައުމު ދަރުވާލާފައި އިންޑިއާ އަށް އަޅުވެތިވީ އެހެންވެގެންތާ!
ޚޮއްދެއްވި ހެޔޮވެރިކަމަކީ ހަމަޔެއް ލަމަޔެއްނެތި ރަށްޔަތުންގެ ފައިސާ އިސްރާފުކުރުން ލޮލައްފެންނަން ނެއް ބިންތަކެއް ބަހާލުން މުޅިހުޅުމާލެ ހަޑިވާގޮތަށް ބިންތައް ބަހާލުން މިޢީ ހެޔޮވެރިކަމެއްނޫން ބަލާވެރިކަން ވެރިކަމުގެ ދަހިވެތިކަމުގަ މުޅިގައުމު ދަވާލީ
އެހެންވެދޯ ހުރިހާ ވަގުން ފަހަތުލައިގެން އުޅެފާ ފަހުވަގުތު ބޮޑު ދެވަގަށް މާފުދިނީ ؟
ރާއްޖެ ދުށް އެންމެ ވިޔާނުދާ ރައީސް މީ
ސޯލިހް ކޮށްދެއްވީ ކޮންމެގޮތެއްހެޔޮވެރިކަމެއް ހަމައެކަނި ޕާޓީއައް ކޮށްދެއްވިވެރިކަމެއް ދީނައްވީ ހިޔާނާތް ރައްޔިތުންނައްވީހިޔާނާތް ގައުމުއަޅުވެތިވެ ދަރާވިކުނީ މިއައް ހެޔޮވެރިކަމެއްނުކިޔޭނެ މިއައްކިއަންޖެހޭނީ ކޮންމެގޮތެއް ހެޔޮ ވެރިކަމެއް
ތިޔަފަދަ ހެޔޮ ވެރިކަމެއް ކުރިމީހަކު ނުދެކެން ތިޔަކަހަލަ ހެޔޮވެރިކަމެއް ދެނެއް މިޤައުމުގެ ރައްޔިތުން ބޭނުމެއްނުވޭ ވަރަށްސަލާމް
އެންމެނުބައި ވެރިކަމެއް މިގައުމަށް ކޮަށްދިނީ ސޯލިހު ގައުމުފުނޑާލާ އިނދަޖަށްސާލާ ނުވިތާކަށް ބޭރުބައެއްގެ މުށުތެރެއަށް ވަނީ ވަށްޓާލާފަ މިއީ ގާނޫނާއި ހިލާފުކަމެއް
އެންމެ ނުބައި ވެރިކަންކުރީ ސޯލިހު އެންމެބޮޑު މަށްސަލައަކީ މީހުންބުނާގޮތަށް ގައުމުހިންގަން އުޅުން ޕޯޑިއަމް ތަކުގަ މީހުން ލިޔެފަްދޭތަކެތި ކިޔުން އަމިއްލަޔަށް އެއްޗެއް ނުބަލާ ދަށްވާހަކަ ދަށްކަން ނޭނގުން.
ެއެކަން ގަބޫލު ކުރާނެ ދިވެހީން ވަރަށްމަދު ވާނެ ،،،، އެއީ ހަގީގަތެއް ނޫންވީމަ އެކަން އެހެން ބަލައެއް ނުގަނެވޭ ،،،،
ގައުމު ދަޥާލައިފި
ދައުމު ދުވަހަކުސް ނުދެކޭ ވަރުގެ ދަރަންނެއް ދީފި
ސަރުކާރުގެ ފައިސާ ބަހާލައިފި
ފައިސާ ޗާޕްކޮށްގެން ގައުމު ހިންގީ
އެއްވެސް މަރެއްގެ މައްސަލައެއް ނުބެލުނު
އެމް.އެމް.ޕީ.އާރު ގެ މައްސަލައެއް ނުބެލުނު...
އެމް.އެމް.ޕީ.އާރު ގެ މައްސަލައެއް ސާމިލުވާ ވަގެއް ކަން އިގެގެން ދިޔަ
ބޮޑެތި މުއްސަދިންގެ ޖޫރިމަނާ މާފްކޮށްދީފި
ބޮޑެތި މައްސަލަ ދިމާވާނެ ހެން އެކުވެރިންނައް ފައިބައިގެން ދަމުން ގޯއްޗާއި ފުލެޓް ބަހާލައިފި
ބޮޑެތި މައްސަލަ ދިމާވާނެ ހެން އެކުވެރިންނައް ފައިބައިގެން ދަމުން ޕޮލިސް ޕުރަމޯސަން ދީފި
ޙެޔޮވެރިކަމަކަށްވަނީ ގައުމު ވިއްކާ ބައިތުލްމާލު ދަވާލީމަތަ ކަލޭމެން އެމްޑީޕީ މީހުންނަކީ ލަދެއް ހަޔާތެއް ހުންނަ ބައެއްނޫނެ އެހެންވީމަ އެއްޗެއްކިޔަނި
އިބްރާހިމް މުހައްމަދު ޞާލިހް ގެ ވެރިކަމަކީ ރައީސް އޮފީސްތެރެއިން ރާވަގެން އަނިޔާވެރިކަމާއި ކްރޮޕްޝަން ހިންގުން އެންމެ ބޮޑު ސަރުކާރު ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް.
އޭނަ ކުރި ހެޔޮކަންތައް ކިޔަންވެއްޖެއްޔާ ލިޔެލިޔެ ކޮޅުން ނުލާނެ. އިންޑިއާއަށް ގައުމު ވިއްކާލި ވާހަކަަ އާއި ދިވެހި މަސްކަނޑުން ބައެއް ވިއްކާލި ވާހަކައާއި ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން އުޅުމާއި ވެންޓިލޭޓަރުން ވައްކަން ކުރުމާއި ކުންފުނިތަކުގެ ސިއްސައިގެންދާ ވަރުގެ ބޮޑެތި ކޮރަޕްޝަނާއި ވައްކަމާ ގެދޮރުވެރިކަމޭ ބުނެ ހިންގި ވައްކަމާ މިހެންގޮތުން ކޮޅުން ނުލާވަރަށް ހެޔޮކަން ކޮށްފަ ހުރީ.
ދުލުގައި ހިފާ ނުދަމާ. ރީތި ނަމަވެސް އެހާ މުނާސަބު ނޫން ބަހެއް އޮވޭ ކުރުކޮށް ފޮނިކޮށްވެސް ބުނަންޖެހެނީ ބާ އާއި ލާމު ލާފަ ކިޔާ ވެރިކަމެއް ކޮށްދެވިކަން.
އަންނަނީ ހަމަ ހިނި މަށަކަށް ނޭނގޭ އެހެރަ ކުޑަދޮރުން ފުންމާލާނީކަމެއް ނޫނީ މިހިރަ ތަނބުގައި ލެޑިގަންނަންވީކަމެއްވެސް.
ނ. ވެލިދޫ އަަށް ވީ އެއްވެސް ކަމެއް ނެތް 5 އަހަރު ވީ އިރު
ރައީސް ކޮށްދެއްވީ ހެޔޮ ވެރިކަމެއްތޯ ނޫންތޯ ނިންމާނީ ރައްޔަތުން. އެއީ އަމިއްލައަށް ނިންމައި މެޑަލް ޖަހަން ޖެހޭ ކަމެއް ނޫން.