ރައްޔިތުންގެ ފައިސާއިން ނަހަމަ ގޮތުގައި ބަދަލުދީގެން ނުވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވަނީ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ އުވާލައްވާފައެވެ.
އެކޮމިޓީ އުވާލެއްވިއިރު، އެ ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައި މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށްވެސް ކުރެވިގެންވާނޭ ކަމެއްނޫން. https://t.co/oc0RxYzENC
— Dr Mohamed Muizzu (@MMuizzu) November 21, 2023
ރައީސް އެ ކޮމިޓީ އުވާލައްވާފައިވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާގެ މަތިންނެވެ.
އެގޮތުން ރައީސް އޮފީހުން ވިދާޅުވީ، "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއް ނެތި އަދި ޤާނޫނީ ބާރެއް ނެތި އެކުލަވާލާފައިވާ އުޞޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސަށް ލަފާ ދެއްވާފައިވާ ކަމަށެވެ.
އިބޫވަނީ ދައުލަތް ލޫޓުވާފައެވެ. އެކަމުގެ ބަދަލުދޭންޖެހުނީ ރައްޔިތުންނެވެ. އެއީ ޖީއެސްޓީ ބޮޑުކުރުމާއި، 60 ހާސްރުފިޔާލިބޭމީހުން އަތުން އިންކަމްޓެކްސްނެގުމާއި މުއްސަދިންއަތުން އިންކަމްޓެކްސްނެގުމުގެ ބަދަލުގައި މާފުދިނުމާއި، ކޮތަޅުޓެކްސް ނެގުމާއި ކުނިއުކާލާއަގު ބޮޑުކޮށްގެން ފެލުމާއި، ފައިސާ ޗާޕުކުރުމާއި، ޑޮލަރުބޮޑުކޮށް ފެލުމާއިގެން އެބައި ފޫބައްދަންހިފާފައެވެ.
މިކަންތަކަކީ ރައީސް އިބޫ އަކަށް ނިންމޭނެ ކަމެއްނޫން. ތިކަންތައްތައް ކުރަން ނިންމަނީ މަޖިލީޙުން. މައުލޫމާތު ނުބަލާ މީހުންނަށް ހިތުހުރި އެއްޗެއް ގޮވާ ނަފްރަތު އުފެއްދުން އެއީ ރަންގަޅު ގޮތެއްނޫން.
ދައުލަތް ލޫޓުވެފައިވާނަމަ އެ މައްސަލަ ހުށަހަޅައިގެން ބަލާ. މިއޮތީ އެ މަރުހަލާ. ވަގުން ތިބޭނީ ހުކުމް ތަންފީޒުަ ކުރުމުގެ މަރުހަލާގައި. އަދި އިބޫ ހުރީ އެފަދަ ހާލަތެއްގައެއް ނޫން.
ކެޕްޓަން އަމީނުއަށް ވެސް ކޯޓުން ބޭރުން މައްސަލަ ނ
އަމީނަށްއެފައިސާދޫކުރީ ކުރީގެސަރުކާރުންކަމަށް އަމީނު ބުނެފައެބަވޭ! މިސަރުކާރުންއަދިއެއްވެސް ސެޓުލްމަންޓެއް އަދިނުހަދާ އެހެންވީމައެކޮމިޓީއުވާއެލީ
ކެޕްޓަން އަމީނުއަށްވެސް ދީގެން ނުވާނެ..
ދެމިލިއަން ވެރިކަމުގެ ހަފްތާތެރޭ ބަދަމެއްގެ ގޮތުގައި ދިނީ އަމިއްލަ ފައިސާއިންތޯ؟ މިވެރިކަމުގެ ހިތިކަން ރައްޔްތުން ދެކެން މިފެށުނީ.
މީނާދަންނަ މީހަކު މީނާމިކިޔާއެއްޗއކަށް ހަމަ ހައިރާންވާނީ
ދެންމިހާރު ކުރިޔަށްދާ އެޕިސޯޑުގަ ފެންނާނީ މުއީޒު މަރުދަންޖެހޭތަން ރައީސް ޔާމިން މިނިވަންވިޔަނުދިނުމަށް
ތިޔެއްނޫން ވާގޮތަކީ ތިޔައުޅެނީ ތިކަންވެސް ރައްޔިތުންނަށް އަދުންއަޅުވާގެން އެހެންކޮންމެވެސް ނަމެއްކިޔާގެން ކުރިޔަށްގެންދަން
ރައްޔިތުންގެ ފައިސާއިން ބޭކާރު ހަރަދު ކުރަން އޯކޭ؟
ރައްޔިތުންގެ ފައިސާ ވީމާ ކޮތަރު ޕާކަށް ކިތައްމެ އެއްޗެއް އެޅިޔަސް އޯކޭ!
ރައްޔިތުންގެ ފައިސާ ވީމާ މުލިއާގެއަށް ހިތު ހުރި ގޮތެއް ހަދައި އެތަން މަރާމާތު ކުރާ ކަމަށް ދައްކައިގެން ރެޑް ވޭވްއިން ނުވަތަ އެހެންތާކުން ކިތައްމެ އެއްޗެއް ގަނެފަ ވެއްދިޔަސް އޯކޭ. !
އެގޭގެ ފުރާޅު ގެ ޓިނު މަތީ މަތިމައްޗަށް ޓިނު ޖެހިޔަސް އޯކޭ!!!
ރައީސް ކަމަށް ހޮވުމުގެ ކުރިންބުނި ކިޔަވައިގެންތިބި މީހުންނަށޭ މިނިސްޓަރުކަމާއި ބޮޑެތި މަޤާމްތައްދެނީ އެކަމަކު ހޮވުނީމަ ތަފާތު މިނިސްޓަރު ކަމަށާއި މިނިސްޓަރުންގެ ފެންވަރުގައި އާއިލާމީހުންނަށް މަޤާމްތައް ބަހާލައި ނިމުނީ ތިބުނާ ފެންވަރެއްހުރި އެއްގޮލާވެސްނެތް..އަދި މަޖިލިސްއޮތީ..ދެން ސަލާމް
ރއްޔަތުންގެ ފައިސާއިން މުސާރަދެޭން ތާކުނުޖެހޭ މިނިސްޓރުންވެސް ނުލއްވުން އެދެން