މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯއަކަށް އިސްމާއިލް ވަޖީހް އައްޔަންކޮށްފިއެވެ.

ވަޖީހު، އެ މަގާމަށް އައްޔަން ކުރި ކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އޭނާ އަށް އަންގައިފައެވެ.

އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވާފައިވާ ވަޖީހު ވަނީ އެމްޕީއެލްގައި 9 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ. އޭނާ ވަނީ އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ކުރައްވައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރެއްވި ވަޖީހް މީގެކުރިން ބައެއް ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލްކަން ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މަރުހަބާ! ދެން ވޯޓުހޯދަން މިމޮޅެތި ބޭބޭފުޅުން ކައިރިއަށް ދާތި. އަހަރެމެން ނިކަމެތިން ކަމަކުނުދާނެ!

    7
    1
  2. Anonymous

    މިކަހަލަ ތަޖުރިބާކާރު ބޭފުޅުން ކުންފުނިތަކުގެ ފަހުބަސް ބުނަން ލާންވާނީ.. ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ލީ ގޭންގު ސްޓާރެއް ، އެކްޓިވިސްޓެއް ، އޭނާގެ ފޭސްބުކު ޕޭޖު ބެލީމައި އިނގޭ އޭނާގެ ފެންވަރ

  3. ޙުސެއިން

    ޢަދުރޭގެ ދަރިފުޅުގެ ބަފާބެ އާައިލީ ވެރިކަން

  4. ސިދުގީ

    ހިންގުންތެރިއެއް. ތަހުނިޔާ ޕްރިންސިޕަލް

  5. ގާދޫ ދޮންބެ

    އަދުރެމެޓިކްސްގެ އެންމެ ފަހުން އީޖާދު ކުރި ފޯރމިއުލާރ އަކީ ނެޕްޓޮސިސަމް = ހޫ އިސް ޔޫރ ޑެޑީ/ އެބިލިޓީ

  6. ފަންސުރު

    މީ އަދުރޭ ސާރ ގެ ދަނބިދަރީގެ ބައްޕާފުޅު. ރަނގަޅޭ ބުނީ!

  7. Anonymous

    މަރަޙްބާ. ތިޔަ މަަޤާމަށް ވަޖީހަށް ވުރެ ޤާބިލް ބޭކަލެއް ކޮބައިތޯ؟