ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ ހދ. ކުޅުދުއްފުށި ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާ ޖުޑިޝިއަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މީގެ ކުރިން ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އަލީ އާދަމުގެ މަގާމުގެ ދަރަޖަ ވަނީ ދަށްކޮށްފައެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވިދާޅުވީ، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އޭނާގެ އިއުތިރާފުން ސާބިތުވާކަމާއި، އަދި އޭނާ ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވެފައިވާ ކަމަށެވެ.

މިއަދު 10:00 ޖެހިއިރު، ފެށި އެ ކޮމެޓީއަށް އަލީ އާދަމް ވަނީ ވަޑައިގެންފައެވެ. މީގެ ކުރިން އެ ކޮމެޓީއަށް އޭނާ ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ މިއަދަށް އެންމެ ފަހު ފުރުސަތުދިންއިރު، އެ ކޮމެޓީ ފައްޓަވަމުން މުގައްގަރިރު ވިދާޅުވީ، ކަމާއި ބެހޭ ފަރާތްތައް ގެނެސްގެން ސުވާލު ކުރާއިރު، ނަންތައް ކިޔަން ޖެހޭތީ، މެންބަރުން އިއުތިރާޒު ނުކުރާނަމަ ކޮމެޓީ ސިއްރު ކުރަން ބޭނުންވާ ކަަމަށެވެ. އަދި މެންބަރުންގެ ހުއްދައާއެކު އެ ޖަލްސާ ވަނީ ސިއްރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަސްތޫރީ

    ބަލަގަ އެއަންހެންމީހާއަށް އުފަލެއް ލިބެން ކަލޭމެން ނޭދެނީތަ

  2. މުރަނގަ ގަސްދޮށުމާލިމީ ގަހުންބޭލި ހަސަންކޮއި

    ތަފާތު ގާޒީއެއް ، މިހާރު ބޮޑުހެޑޭ ކަކަށްވެއްޖެ. މިޚަބަރު ފެންނަވަރުން. ރަނގަޅު އަންހެނަކާއި ތީނަ ހަވާލު ކުރަންވީނުން؟

  3. ޢަލީ

    މީޑިއާ ތަކުން މީނާ އަށް ހާދަ އަދަބެކޭ ދޯ ތި ދެނީ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށްވެސް މިވަރެއް ނުކުރާނެ.

  4. ހިކި ކިރު

    ސިއްރު ކުރަނީ ކީއްވެހޭ! ބަލަ ދެކެވިފައި ވާނީ ލޯބީގެ ޤުލްދަސްތާ ތަކުގެ ވާހަކަ ތަކެއްނޫންހޭ! ދެން ބޮޑު ވަރަކަށް ޤާޒީ ބުނެފައި ވާނީ ވަރިކުރުމަށްފަހު ތިމަންނަ މިހިރީ ކަމަނަ އާއި ސާދީ ކުރަންށޭ! މިއީ ދެން ސިއްރު ކުރަންޖެހޭ ވަރެއްގެ ކަމެއްބާ!

  5. އަބްދުﷲ އަލީ

    ތިޔަ ހުރިހާ ޤާޒީންވެސް އުޅޭ ހާލު ފަޅާ ނާރަނީ ..... ވަރަށް އަންހެނުން ހިތިވާނެ

  6. އަހްމަދު

    ވަރިވާން އަންނަ ފިރިހެނެއްވިއަސް އަދި އަންހެނެއްވިއަސް އެދެމީހުން ވަކިނުވާނެގޮތަކަށް ވާހަކަދައްކަންޖެހޭ އެއީ ދަރިންލިބިފަވާނަމަ އެދަރިންގެހައްގުގަ