ރޯޑް ޑޮވެލޮޕްމަންށް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހެއިރު އައްޔަން ކުރައްވައިފިއެވެ.

ސަރުކާރުގެ މަގު ހަދާ ކުންފުނި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ރައީސް ޑރ. މުއިއްޒު ޒުހެއިރު އައްޔަން ކުރެއްވީ އިއްޔެއެވެ.

ޑިފެންސްގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް ޒުހެއިރު ވަނީ ސިފައިންގެ ވެލްފެއާ ކޮމްޕެނީގެ ޗެއާމަން ކަމާއި ކޮމާންޑިން އޮފިސާ އޮފް މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޮޕްސްގެ މަގާމު އަދާކުރައްވާފައެވެ.

މީގެ އިތުރުން އިލެކްޓްރިކް އަދި މެކޭނިކަލް އިންޖިނިއާގެ ކޮމާންޑަރު ކަމާއި މެރީން ކޮޕްސްގެ ކޮމާންޑަރުގެ އިތުރުން އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ކޮމާންޑަރުކަން ވެސް ޒުހެއިރު ކުރައްވާފައިވެއެވެ.

ޒުހެއިރު ވަނީ ސިފައިންގެ ހިދުމަތުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި އެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ކޯސްތަކެއް ހަދާ އެތައް ކާމިޔާބީއެއް ހާސިލް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރާޒިން

    އިންސާﷲ ، އިޙްލާސްތެރިވާނެ، ގައުމީ ދިފާއީ ބަރުގައި މަސައްކަތްކުރާ ފަރާތްތަކުގައި ގައުމީ ވަތަނީ ލޯބީގެ އިތުރުން އިހްލާސްތެރިކަމުގެ ނަމޫނާ ސިފަތަށް އަށަގެނެފައިވާނެއެވެ. އެހެންމަުން ރަނގަޅު ނިންމުމެއްކަމަށް ބެލެވެއެވެ.

    39
    1
  2. ކަސްތޫރީ

    އިހުލާސްތެރިކަމުގެ ސިފަ އެއޮއް އޮއްސެނީ، ފައިސާ ފޮއްޗެއް ނުކަސިޔާރުން ދަމާގަނެވޭނެ ގޮތެއް ވިސްނަނީ

  3. ނާފިޒު

    ޒުހައިރު ސޯ އަކީ އަޅުގަނޑުގެ އެމްއެންޑީއެފު ހަޔާތުގަ ފެނުނު ވަރައް އިހުލާސް ތެރި ބޭފުޅެއް އުއް މީދަކީ މިހާރު ހަވާލުވި މަގާމުގަ ވެސް ޤައުމާ ރައްޔެތުން ނައް ލާބަޔާމަންފާވާގޮތައް ކަން ތައްތައް ކުރުން

    13
  4. ޔަހުޔާ

    ޖެނެރަލް ޒުހައިރަށް އަސްލު ހަވާލު ކުރަންވީ ކަސްޓަމްސް، އެމްޓީސީސީ ނޫނީ އައިޖީއެމްއެޗް ކަހަލަ ބޮޑުތަނެއް. ބިޒިނަސް މާސްޓަރސް ނޫނީ ސިޔާސީ ތަޖުރިބާ އަށްވުރެން މާކޮލިޓީ ބައިވަރު ކަންކަން ޒުހެއިރުމެންގެ ހުންނާނެ. ތަންހިންގާނީ ތަނުގެ މަސައްކަތްތައް ފިޒިކަލީ މޮނިޓަރ ކުރަމުން. ގޮނޑީގައި އިނދެގެނެއްނޫން. ޖެނެރަލް ފަރުހަތު އާއި ރިޝްވާނުމެނަށް އައިޖީއެމްއެޗް ހަވާލު ކުރުމުން ތަފާތު ފެނުނުގޮތަށް. އެކަމުވެސް އާރުޑީސީ ކުރިޔަށް ޖައްސާލާނެކަންވެސް ޔަގީން.

  5. ދޮނާ

    މަރުހަބާ ،،،،،،،،