މިދިޔަ ހަފްތާ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި މިހާގެ ބަންދަށް އިތުރަށް ހަތް ދުވަސް ކޯޓުން ޖަހައިފިއެވެ.

ހޯމަ ދުވަހުގެ ރޭ 19:42 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ތިން ސައިކަލުގައި ޖެހި އެކްސިޑެންޓެއް ހިނގާފައި ވެއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށެވެ.

އޭގެ ތެރެއިން ދެ މީހުންނަށް އޭޭޑީކޭގައި ފަރުވާދެމުން ގޮސްފައިވާއިރު، އެކަކު އިއްޔެ ވަނީ ނިޔާވެފައެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން މީހާ ހައްޔަރުއިރު، އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ހަތް ދުވަހެެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ހުޅުމާލެ ކޯޓަށް ގެންދިއުމުން އިތުރު ހަތް ދުވަހަށް ބަންދުގައި ބަހައްްޓަން ވަނީ އަމުރުކޮށްފައެވެ.