ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރުންގެ އަދަދު ހަތަރަކަށް ވެއްޓިއްޖެއެވެ.

ދާދި ފަހުން ފަޒުލް ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އޭނާ އިސްތިއުފާ ދެއްވީ މަޤާމާއި ހަވާލުވުމަށްޓަކައެވެ.

ފަޒުލް އިސްތިއުފާ ދެއްވުމުން ޕީއެންސީގެ މެމްބަރުންގެ އަދަދު އެކަކަށް ވެއްޓުނު ނަމަވެސް، ޕީޕީއެމްގައި ކުރިން ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އެ ޕާޓީއަށް ބަދަލުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މިއަދުގެ ޖަލްސާ ފައްޓަވަމުން އިއުލާންކޮށްފައެވެ.

މޫސާ ސިރާޖު ޕީއެންސީއަށް ގުޅިވަޑައިގެން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅުއްވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ފަޒުލް ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް އައްޔަނު ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ. މެމްބަރު އިސްތިއުފާ ދެއްވީ ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންނެވުމަށެވެ.

މަޖިލީހުގައި ޕާޓީތައް އެކުލެވިގެންވާ ގޮތް

  • އެމްޑީޕީ - 56 މެމްބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެމްބަރުން
  • ޕީޕީއެމް - 2 މެމްބަރުން
  • ޕީއެންސީ - 2 މެމްބަރުން
  • އެމްޑީއޭ - 2 މެމްބަރުން
  • ޖުމްހޫރީ ޕާޓީ - 2 މެމްބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތް ނުވާ - 3 މެމްބަރުން

މީގެ ކުރިން މަޖިލީހުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލު ކުރި ނަމަވެސް އެ ޕާޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިސްތިއުފާ ދެއްވުމާއެކު އެ ޕާޓީގެ ވެސް ތިބީ ދެ މެމްބަރުންނެވެ. އުޝާމަކީ މިހާރު ރާއްޖޭގެ ބަންޑާރަ ނައިބެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 12

    ސަރުކާރު މަޖިލީހުން މިފަހަރު ވައްޓާ ލަނީ ބަދަލްކުރަނީ

  2. ކަސްތޫރީ

    މީވަރަށް މުނާސަބު ވަގުތެއް މިވެރިކަން ފުރޮޅާލަން، ބަލާގެން އުޅޭތި

    1
    1
  3. ހާޖަރު

    އެމްޑީޕީ އާއި ޑިމޮކްރެޓްސް ވެގެން އުލެނީ މި ސަރުކާރު ބަދަލްކޮށްލާން ވިސްނުން ގޯހެއްނޫން

    2
    1
  4. އިއްޒުދީން

    ސޯލިހު ބޭނުން ވިނަމަވެސް އަންނި ބޭނުމެއްނުވޭ މުއިޒުގެ ނޯކޮންފިޑެންސް ނަގާކަށް

    3
    3
  5. Anonymous

    ރައްޔިތުންނައް ތިޔަ މަޖިލިސްވެސް އުވާލެވޭނެ.

    4
    0