މިދިޔަ ސަރުކާރުން އާންކުރި 4000 ފްލެޓް ލިބޭނެ މީހުންގެ ލިސްޓް ބާތިލް ނުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

އެ ދެ އިދާރާ ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކުރެވިފައިވާ ހުިރހާ ފަރާތްތަކާއި އަދި އެކުމުގެ މަސްލަހަތު އޮތް ފަރާތްތަކުގެ ފްލެޓްތައް ބާތިލް ނުކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވިދާޅުވީ އޭސީސީގެ ނިންމުމަމާއި ގުޅިގެން ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އެ ކޮމިޓީއަށް މި ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ޕެޓިޝަން ހުށަހެޅީ އުންމީދުތަކަކާއި އެއްކޮށް ކަމަށާއި އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ އުންމީދުގައި ކަމަށް މުޣުނީ ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީން މި މައްސަލަ ރަނގަޅަށް ބެލުމަށް ފަހު އެ ފަރާތްތަކަށް ރަނގަޅު ޖަވާބެއް ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

" ކުރިން ކަންތައް ހިނގާފައި އޮތް ގޮތަށް ބަލާނަމަ އެސީސީއަކަށް މި ސަރުކާރުގެ ކަންކަން ހުއްޓުވުމުގެ ބާރެއް ނުލިބޭނެ. އޭސީސީއަށް ތަހުގީގު ކުރެވޭނެ. ނަމަވެސް އޭސީސީން މި އޮތީ މި މަސައްކަތް ހުއްޓުވާފައި. މި ކޮމިޓީން އޭސީސީގެ ދައުރަކީ ކޮބައިތޯ ބެލުން ވެސް މުހިންމު." މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ މި މައްސަލައިގައި ގެދޮރުވެރިމަމާއި ބެހޭ ވުޒާރާ އާއި ސަރުކާރުގެ ވިސްނުން ހުރީ ކިހިނެތްތޯ ބެލުމަށްޓަކައި އެކަމާ ގުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ގިނަ ފަރާތްތަކެއްގެ ކުރިމަތީގައި އެ ފަރާތްތަކާއި ސުވާލުކުރެވި މައުލޫމާތު ސާފު ކުރަން ޖެހޭ ކަމަށެވެ. މުޣުނީ ވަނީ އެ ވުޒާރާ އާއި އޭސީސީ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅާފައެވެ.

މުޣުނީ އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އިބްރާހީމް ޝަރީފް ވަނީ ތާއީދުކުރައްވާފައެވެ. އަދި މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހުރިހާ މެންބަރުންގެ އަގުލައްބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކަސްތޫރީ

    މާ ވާބަޔަކަށް ވެގަނެގެން ކަންކަން ބަލަން އުޅެނެކަމެއްނެތް، މީ ދިވެހީންގެ ރާއްޖެ މިތަނުގަ ޝަރުއީ ނިޏާމަށް އަތްބޭނުން ނިމުނީ ހަތަރެސްފައި ބާނަނީ

    11
    5
    • ހައްގު ތެދު

      ހުރިހާ ކޮރަޕްޝަނެއް އެމްޑީޕީން ހިންގާފަ މިހާރު ސަރުކާރައް ޖެއްސުން ކުރަނީ

  2. ހާޖަރު

    މަރުކޮމިޝަން އަށްވީވަރުވެސް ނުވާނެ ގާމު އެމީހުންވެސް ހުރިހާ މައްސަލަތަކެއް އޮއްބާލާފިތާ

    12
    1
  3. މުރަނގަ ގަސްދޮށުމާލިމީ ގަހުންބޭލި ހަސަންކޮއި

    ބަލަގަ! ކޮންމެ ސަރުކާރެއް އަޔަސް އަބަދުވެސް ހިހޫތަނުން ކާތީ " ކާބަފައިން" ނޭވެސް ކިޔަނީ! ހަގީގަތަކީ ސޯލިހުގެ ސަރުކާރުން އަވަސް އަރުވައިގެން ބައެއް ފަރާތުގެ ދިރިއުޅުމުގެ ހާލަތު ބަލަން ޒިޔާރަތް ކޮށް ވެރިކަމުން ފައިބަން ވަގުތު ކުޑަތަން ވާތީ ޒިޔާރަތް ކުރުން ހުއްޓާލުމަށް ފަހު ފޯރމަށް ބަލައިގެން ޕޮއިންޓް ދީ އަވަހަށް ބަހާލީ އެއް މިއެއް ބަލާލުމެއް ނެތި! ތިމާ އަށް މޮޅުގޮތަށް އެ ބެހި ބަޔަކު. ވީމާ އަމިއްލަ އެދުމުން ބަރީއްޔަވެ ކިރިޔާވެސް އިންސާފަކަށް ވާނީ ޝަރުތު ހަމަވާ އެންމެން ގުރުވަތުގައި ބައިވެރި ކޮށް އަލުން ގުރުވަތުލުން. ނޫނީ އިތުރަށް 32 ފްލެޓް އަޅަން ކުރަހާފައި ކުރެހުމަށް ބަލައިގެން ބާކީ ތިބިމީހުންނަށް ވެސް ފުލެޓް ދިނުމަށްޓަކައި ގުރުވަތުލާފައި މަސައްކަތް އަވަހަށް ފަށާ 2026 އަށް ވަދެވޭވަރަށް އަވަހަށް ނިންމުން، އެއިރުން ދާދި ހަމަ ހަމަ ކަމާއެކު އެކުއެކީގައި މިހާރު ހުރި ފުލެޓާއި، ދެންއަޅާ ފުލެޓް ތަކުގައި ދިރި އުޅެވޭވަރުވާނެ. ރައްޔިތުން މާޔޫސްނުވެ، ރައީސްއަކަށް ހުންނަ ބޭފުޅަކަށް 2ވަނަ ދައުރެއް ހިތުން ރުހުމުން ދިނުމުގެ ދޮރުހުޅުވޭނެ! ވަރަށް ސަލާމް

  4. އަހްމަދުބެ

    ކޮންމެތާކައް އޭސީސީ ގެންދިޔަޔަސް ޕޮއިންޓް ހަމަނުވާ އެމްޑީޕީ ކުދިންކޮޅައް ޕޮއިންޓް ހަމަވާނެގޮތެއް ނޯންނާނެ މެންބަރުންދިން ލިސްޓައް ޕުލެޓްނުކިބިދާނެތީ ފޮނުއަރުވަނީތިބެގެން

  5. އިކުރާމު

    ތިޔަޕާޓީ އަކީ ރައްޔިތުން ބަލާގަންނަ ބައެއްނޫން މިހާރު

  6. ހަންޑިކުޑަ

    ބަލެންޖެހޭނެ. ރައްޔިތުންގެ އުދާސް ތަކަށް ތިބޭފުޅުން ހައްލު ހޯދަވައި ދެއްވަންޖެހޭނެ. އޭސީސީއެއް ، ބީބީސީ އެއް ، ސީ.އެން.އެން އެއް ނޯންނާނެ. ޙާޟިރު ކުރެވި ސުވާލުކޮއް ގޯސް ކޮއް އެވެރިންވެސް ކަމެއް ކުރާނަމަ ވަޤުތުން ވަޤުތަށް ފިޔަވަލު އަލާ ވަކި ކުރޭ! ތިޔަ ކޮމެޓީ އަށް ވ ވެދުން.

    2
    2
  7. އާދަނު

    ތީ ބަލަންޖެހޭ މައްސަލައެއް، މެމްބަރުންގެ އާއިލާތމީހުންނަށް ފްލެޓްތައް އޮތީ ބަހާލާފަ، މާލެއައިތާ 2 އަހަރުވެސް ނުވާ މީހުނަށް ފޭކު ލިޔުން ހުށައަޅައިގެން ފްލެޓްދީފާ އެހުރީ، އަލުން ހުރިހާ ފޯރމެއް ބަލާ ހައްޤުވާ ފަރާތްތައް ކަނޑައެޅުމަށް،
    މިހާރު ލިބިފައިހުރި ގިނަ ފަރާތްތަކަކީ ހައްޤުވެރިންނެއްނޫން،
    އަލުން ހުރިހާ ފޯމެއް ރިވިއުކޮށްދެއްވާ،

    7
    1
  8. ކުޑަކަތީބު

    ކަލޭމެން ޤަވާއިދާ އެއްގޮތަށް އާއިލީމީހުންނަށާ ރައްޓެހިންނަށް ބަހާފަ ހުރި އެއްޗެހި ނުދެވިގެން ތެޅި ފޮލެނީ - ކަލޭމެން ބުނާގޮތަށް ހަދާނެ މުއަޢްސަސާއެއް ނެތް - ދެން ތިތާތެރޭ ހަޅޭ ލަވާލަ ލަޥާލަ ތިބޭ، ރައްޔިތުން ނެރެންދެން!

    7
    2
  9. ަނަން

    މަޖްލިސް މެމްބަރަކާމެދު ރައްޔިތުން ނުރުހިއްޖެނަމަ ރައްޔތުންގެ ފަރާތުން ތިކަހަލަ ޕެޓިޝަން ހުށަހަޅައިގެން އެމަޖްލިސް މެމްބަރަކާމެދު ފިޔަވަޅު އެޅޭނެ ނުވަތަ ޖާވާބުދާރީ ކުރެވޭނެ ގޮތެއް ނެތްބާ؟ އެއީވެސް ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ މެންބަރުން ... ވީމާ، ރައްޔިތުންނަށްވެސް އެފުރުސަތު އޮންނަންޖެހޭނެ ކަމަށް ޤބޫލުކުރެވޭ...

    7
    2
  10. އަހްމަދު

    އޭސީސީން މައްސަލަ ބަލާއިރު މައްސަލައުޅޭނަމަ ފުލެޓްވެސް ގެއްލެންޖެހޭނެ މަޖިލިސް މެންބަރުން ފުހުނަސް އަދި ނުދުހުނަސް ގާނޫނާ ގަވާޢިދާ ޚިލާފައް ދީފައިވާނަމަ ފުލެޓްވެސް އަދި ގޯތިވެސް ހައްގުނޫންމީހަކަށް ލިބިގެންނުވާނެ

  11. އަހަންދޭ އަލި

    އެކްސްޕައަރީ ޑޭޓް ކާރިވީމަ އާއިލާގެމީހުންނަށް ހުޅުމާލެއިންދީފައި ހުރިބިންތައްވެސް އެކްޕައަރވާތީ ތެޅިފޮޅެނީ ދެންކީއްވެތޯ ކަނޑުއަޑިންދިން ގޯތިތައް ކަލޭމެންގެސަރުކާރުން 5 އަހަރުގެ ދައުރެއްނިމިގެންދިޔައިރު ރަތްޔެތުންނާ ހަވާލުނުކުރީ ރިޔާސީއިންތިހާބުގައި ވޯޓް ދިންގޮތައް މަޖުލިސް އިންތިހާބުގައިވެސް ވޯދޭނީ

  12. އަބްދޫ

    މަޖިލީހަކަށް ނުހުއްޓުވޭނެ އެކަމަކު އޭސީސީ އަށް ހުއްޓުވޭނެ . ކަރެޕްޓް ގޮތެއްގަ ފްލެޓް ދޭން އުޅޭކަން އޭސީސީ އަށް އަންގައިފިނަމަ އޭސީސީގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އޭސީސީ އަށް އޮވޭ. މުއުނީމެން ނަކަށް ވާނުވާ ނޭގޭެނެ