ކެންސަރު ބައްޔަށް ފަރުވާ ހޯދެއްވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު އައިޝަތު ރަމީލާ ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފިއެވެ.

ވަޒީރު ރަމީލާ އެކަން ހާމަކުރައްވާފައިވަނީ އެކަމަނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނަ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކެންސަރު ބަލި ޖެހިފައިވާ ކަމަށާއި އަދި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ.

އޭނާއަށް ޖެހިފައިވަނީ ކެންސަރުގެ ކޮން ވައްތަރެއްކަން ހާމަކޮށްފައެއް ނުވެއެވެ.

"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރުމަށް ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން." ވަޒީރު ރަމީލާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަޒީރު ރަމީލާ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ 17ގައެވެ. އޭނާއަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

ވަޒީރަކަށް އައްޔަން ކުރުމުގެ ކުރިން ރަމީލާ ވަނީ ހްލެތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވެވިއެވެ. މީގެ ކުރިން އޭނާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހަންޑިކުޑަ

    ﷲ ގެ ވާގިފުޅާއި އެކު ކަމަނާ ތިޔަ ބަލިން އިރާދަކުރެއްވިއްޔާ ރަގަލުވެ އެނބުރި ވަޒަނަށް ވަޑައިގަންނަވާނެ ކަމަށް އެދި ﷲގެ ޙަރުޟަތުގައި މި ނިކަމެތިއަޅާ ދުޢާ ދަންވަން. ވ ވެދުން.

    119
    0
  2. ދިވެހިން

    މާތް ﷲ ކަމަނާއަށް ފުރިހަމަ ޝިފާއެއް ދެއްވާ ފުރިހަމަ ސިއްހަތެއްގައި ލަހައްޓަވާށި. އާމީން.

    111
  3. އާނާ

    އަވަސް ޝިފާއަކަށް އެދެން. އެއާއެކު ހިތަށް އަރާ ސުވާލަކީ ވަޒީރުކަން ފަދަ މުހިއްމު ޒިންމާއެއް އަދާކުރައްވަން ޖެހޭ ފަރާތަކީ ސިއްޙީ ގޮތުން ވަކި މިންގަނޑުތަކެއް އަދި ޤާބިލްކަމެއް ހުރި މީހެއްތޯ ކަށަވަރުކުރުން ޤާނޫނުގައި ހިމެނުން މުހިއްމު ނޫންބާއޭ

    51
    26
    • އިބްރާހިމް

      މަށާއި އާނާއަށްވެސް އެބައޮތް ފުރުސަތު ކެންސަރު ޖެހިފައި ހުރިކަމުގެ، ކެންސަރު ގިނަ، މިޒަމާނުގައި 100% ސަލާމަތުން ހުރި އެކަކުވެސް ނެތް، ވަރަށް އުދަގޫ ކަމަކަށްވާނީ އެއްމެން ''ކަށަވަރު'' ކުރުން!

      1
      1
  4. އަލީ

    ﷲ ގެ ހެޔޮރަހުމަތުން ކަމަނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި ! އާމީން

    100
    1
  5. ޢަބްދުލްމުހައިމިން

    އަވަސް ޝިފާއެއް މިންވަރުކުރަށްވާށި! އާމީން

    87
  6. ދިވެހިރައްޔިތެއް

    މާތްﷲގެ ޙަޟުރަތުން ކަމަނާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. އާމީން ...

    82
    1
  7. މުޙައްމަދު ޢަރީފް

    ރަމީލައަށް އަވަސް ޝިފާއެއް މިންވަރުކުރައްވަާ ދިގު ޢުމުރެއް ދެއްވާށީ އާމީން

    76
  8. Anonymous

    އަވަސް ޝިފާ މިންވަރުކުރައްވާށި. އާމީން

    71
  9. ހުސެން ބެންގަލޫރު

    ދެރަ ވެއްޖެ.

    48
  10. މުސާ ހުސައިން ޖަނާބު

    ި އަވަހަށް މިބަލިދެނެގަތުމަށް ލިޖެހެން މެދުވެރިވާ ސަބަބު އާމިސަރކާރުން ކެންސަރ ޕްރެވެންޝަނަށް ހާއްސަ ޙަރުޟަތުގައި މި ނިކަމެތިއަޅާ ދުޢާ ދަންވަން. ވ ވެދުން.އަހަރެންނަކީވެސް އެސޮސައިޓީގެ އެހީތެރިކަމާއެކު ކުރިއަށްދާމީހެއް!

    22
    3
  11. މަރިޔަމް

    އަވަަސް ޝިފާއަކަށް އެދި ދުޢާ ކުރަން! އާމީން

    50
    1
  12. Anonymous

    ޢަވަސް ޝިފާޔަކަށް އެދެން !
    شفاك الله شفاء لا يغادر سقما ! آمين

    26
  13. Anonymous

    ﷲ ރަހްމައްލައްވާށި. އަވަސްޝިފާއަކަށް އެދި ދުއާކުރަން.

    29
  14. Anonymous

    މާތް ﷲ ކަމަނާއަށް ފުރިހަމަ ޝިފާއެއް ދެއްވާ ފުރިހަމަ ސިއްހަތެއްގައި ލަހައްޓަވާށި. އާމީން

    42
  15. ރަމީޒ1

    އަޅުގަނޑު ސަޕޯޓްކުރަނީ ޔާމީނަށް.
    ނަމަވެސް ކަމަނާއަށް ހެޔޮދުއާ ކުރަން، އަދި އަވަސް ޝިފާއަކަށް އެދެން.
    މާތްﷲ ކަމަނާއަށް އަވަސްޝިފާއެއްދެއްވައި އާއިލާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއި ކެއްތެރިކަމަށް އެދެން.

    18
  16. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ހޮސްޕިޓަލް ގައި އެއްކޮށް ވަޒީފާ ޢަދާ ކުރިން. މި ކަމަނާ އަކީ އިންސާނުން އިންސާނުން-ކަން ދަންނަ، ބަލި މީހުންނާ ދޭތެރޭ ހިތްހެޔޮ، ހުލްޤު-ހެޔޮ ބޭފުޅެއް. އޭރު އެ-ކަމަނާ އުޅުއްވީ ސްޓާފް ނަރުހަކަށް. ހިތްހެޔޮ ކަމުގެ ލާމަސީލް ބޭފުޅެއް! މާތް ﷲ ރަޙްމަތް ލައްވަވާށި!

  17. ސުކުން

    الله ހެޔޮރަހުމަތުން ރަމީލާޔަށް އަވަސްޝިފާ މިންވަރުކުރައްވާށިއެވެ އާމީން

    10
  18. ހުސްވައު34

    އަވަސް ޝިފާއަކަށް އެދެން! ރާއްޖޭގައި މިބަލި ވަރަށްގިނަ ސޮސެނާއި ނޫޑުލިސް ކުކުޅު ކެއުން މަދުކުރަންޖެހޭ! ވޭޕް ކުރުމާއި ސިގިރެޓު ބުއިމާއި ސްޕާރީ، ކިއްލި އަދި ފޯށް މަނާކުރަންޖެހޭ! ރެޑުބުލް ކޯކު، މައުލޯ ފާޑުފާޑުގެ ކުލަޖެއްސި ކިރުވެސް ވެސް އަގުބޯވާންޖެހޭ! އަވަހަށް މިކަން ދެނެގަތުމަށައި މީހުން ހޭލުންތެރި ކުރުމަށް ކެންސަރ ސޮސައިޓީން ކުރާމަސައްކަތަށް ސަރުކާރުގެ އެއްބާލުން ދޭންޖެހޭ!