ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ މެންބަރުކަމަށް އައްޔަންކުރެއްވި ޙަސަން މުޣުނީ އެ ބޯޑުގައި ނުހިމަނަން ސަރުކާރުން ނިންމައިފިއެވެ.

މުޣުނީ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އިއްޔެ ރައީސް އޮފީހުން އާންމުކުރި ޕީސީބީ މެމްބަރުންގެ ލިސްޓުގައި މުޣުނީގެ ނަމެއް ނެތެވެ.

މިކަމާ ގުޅިގެން ރައިސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް "ވަގުތު" އަށް ވިދާޅުވީ ފަހުން އާންމުކުރި ލިސްޓުގައި މުޣުނީގެ ނަން ހިމަނާފައިނުވަނީ ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތް ކުރަންޖެހިދާނެތީ ކަމަށެވެ.

"ސީދާ އައްޔަނެއް ނުކުރޭ. ޕީސީބީގެ މެމްބަރުކަމަށް އައްޔަންކުރަން ހުށަހެޅި ލިސްޓުގައި މުޣުނީގެ ނަންވެސް ހިމެނުނު ފިރަތަމަ. އެކަމަކު ފަހުން އެ ލިސްޓުގައި އޭނާގެ ނަން ނުހިމެނީ ދައުލަތުގެ އެހެން އިދާރާއަކު އޭނާގެ ހިދުމަތް ކުރަންޖެހިދާނެތީ. ސީދާ އެހެން އިދާރާއަކަށް ބަދަލު ކުރި ވާހަކައެއް ނޫން. އެކަމަކު އެހެން އިދާރާއަކުން އޭނާގެ ހިދުމަތް ފެނިގެން ގޮސްދާނެ." އޭނާ ވިދާޅުވިއެވެ.

ޕީސީބީގައި ތިބޭ މެމްބަރުންގެ ޖުމްލައަކީ ރައީސް އާއި ނައިބު ރައީސް އާއި ފަސް ދާއިރާއަށް ނިސްބަތްވާ ފަސް މެމްބަރުން ހިމެނޭހެން ހަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނާޒާ

    ވަރަށް އުފާވެރި ރަނގަޅު 100 ގެ ނިންނުމެއް. الحمد لله رب العالمين.

  2. ޖަމަލު

    ސްޓެލްކޯގައި މުވައްޒަފުންނަށް އަނިޔާވެރި ވީބާ. ތުހުމަތެއް އޮތީބާ

  3. ދަވާލާ

    އިބޫގެ ވެރިކަމުގައި ސްޓެލްކޯގައި ބޮޑެތި ޖަރީމާތަށް ހިންގީ މުގުނީޔާ ހުސެން ފަހުމީ ، އިތުރަށް ޖަރީމާ ހިންގާ ވަށްކަން ކުރަން ފަހުމީ އެމްޑީ ކަމަށް ، ސާބަސް މި ސަރުކާރަށް

  4. ކޮއްކޮ

    ޕީސީބީއަށް އައްޔަން ކުރެއްވި މީހުންގެ ތެރޭގައި ހިމެނޭ ށ.ކޮމަންޑޫ އަލްއުސްތާޛް މޫސާ ފަތުޙީ އާދަމަކީ، މިނިސްޓްރީ އޮފް ސިޓީސް....ގެ ސްޓޭޓް މިނިސްޓަރގެ މަގާމަށް ވެސް އައްޔަން ކުރައްވާފައިވާ މީހެއް. މިކަން ޚަލީލަށް އެނގޭބާ؟