ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް "ގެދޮރުވެރިން" ޕޯޓަލްގެ އެކްސަސް ހައުސިން މިނިސްޓްރީގެ ފަރާތުން ލިބިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމީޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މި މައްސަލަ އޭސީސީން ބަލަނީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ. ރެއާ ދުވާލު މެދުކެނޑުމެއްނެތި އެ މުއައްސަސާއިން އެކުލަވާލާފައިވާ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓްތަކުގެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އޭސީސީއަށް ފޯމުތަކުގެ މައުލޫމާތުގެ އެކްސަސް މިހާރު ދީފައިވާނެ ކަމަށް މި ސަރުކާރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު އިއްޔެ ވަނީ މަޖިލީހުގައި ކުރިއަށް ގެންދިޔަ ގައުމީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވިދާޅުވެފައެވެ.

ފްލެޓް ދިނުން އޭސީސީން ހުއްޓުވި މައްސަލައާ ގުޅޭގޮތުން ބޭއްވި މަޖިލީހުގެ މިނިވަން މުވައްސަާތަކާއި ބެހޭ ކޮމީޓީގެ ބައްދަލުުވުން - ފޮޓޯ: މަޖިލީސް

ނަމަވެސް ޝާމިލް ވިދާޅުވީ ފްލެޓް ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ޕޯޓަލްގެ ތެރެއަށް އެކްސަސް ދިނުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އަދި އެކްސަސް ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ އޭގެ ފަންނީ ބައެއް ކަންކަން ޓެކްނިކަލީ ހަމަޖަސަން ޖެހޭކަމަށް. އެ ހަމަޖެއްސުމަށްފަހު އެކްސެސްދެއްވާނެ ކަމަށް. އަދި އެ މަސައްކަތަައް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް މައުލޫމާތު ލިބެނީ. ލިޔެކިއުމަށް ފައިލްތަކާއި އެއްޗެހި އެބަ ލިބޭ މިނިސްޓްރީން. ނަމަވެސް ސިސްޓަމް އެންމެ މުހިންމީ. އަދި އޭސީސީއަކަށް އެކްސަސްއެއް ނުލިބެ ސިސްޓަމަކަށް." ޝާމިލް ވިދާޅުވިއެވެ.

ފްލެޓް މައްސަލައަކީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެ ކުރިއަށް ގެންދާ ކަމެއްކަމަށް ތަކުރާރުކުރައްވަމުން ޝާމިލް ވިދާޅުވީ އޭސީސީގައި ހުރި ކެޕޭސިޓީ ބޭނުންކޮށްގެން ވީހާޥެސް އަވަހަކަށް މައްސަލަ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ފްލެޓް ދިން ގޮތުގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އޭސީސީއަށް އެކްސަސް ދީފި

"ރައްޔިތުންގެ ނުހަނު ހައްސާސީ މައްސަލައެއް މި މައްސަލައަކީ. އެހެންވީމަ މިކަމަށް އަޅުގަނޑުމެންނަށް ތަހުގީގުކޮށް ވީހާވެސް އަވަހަކަށް ގޮތެއް ނިންމައިދޭނަން. ވީހާވެސް އަވަހަށް މަސައްކަތް ނިންމުމަށް ޓައިމްލައިނެއް ކަނޑައަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދަމުންދަނީ." ޝާމިލް ވިދާޅުވިއެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ މި މައްސަލައިގައި އެ ކޮމިޝަނުން ވަކި ޓީމެން އެކުލަވާލައިގެން ކޮންމެ ދުވަހަކު ބްރީފް ކުރަމުން ގެންދާ ކަމަށެވެެ. އަދި އެ ޓީމުން އެ ފަރާތްތަކަށް ފާހަގަވާ ކަންތައްތައް ކޮންމެ ދުވަހަކު މެންބަރުންނަށް ހިއްސާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.. އަމާޒަކީ ވީހާވެސް އަވަހަށް އެ މައްސަލަ ތަހުގީގުކޮށް ނިންމައި ގޮތެއް ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިޔާމް

    ޕޯރޓަލްއިން އެކްސެސް ނުލިބޭއިރު ކިހިނެއްތޯ އެނގުނީ ފްލެޓްތަކު ޕޮއިންޓް ލިސްޓަށް ބަދަލު ގެނެސްފައި ކަމެއް

  2. ލާއްޕެ

    މާގިނަ ބހަނާ ދައްކާނެ ކަމެއް ނެތް. ހިޔާ ފްލެޓްތަކުގެ ފޯމުތައް ފުރުވީ ރައްޔިތުން ގަންހިންގައިގެން. ރޭގަނޑު ނުނިދާ ހޭލާތިބެގެން ފޯމުތައްލާންގޮސް ތިބީ އެންމެ ފަހުން ހެނދުނު ފޯމްތައް ކެންސަލްކުރީ. ރައްޔިތުން ގެއަށް އެނބުރި ދިޔައީ މާޔޫސްވެތިބެ. އެއަށްފަހު ފޯމު ލެވުނު އެންމެންނަށް ފްލެޓްތަށް ބަހާލީ އޭރު އެއްވެސް ބެލުމެއް ނެތި އޭރު ކޮބާ ތިޔަ އޭސީސީ. ޔާމީނުގެ ސަރުކާރުން ކޮށްފަ އޮތް ކަމެއްވީމާ. ދެން ތި ހުރިހާ ފްލެޓެއް ކަލޭމެން ބޭނުން ބަޔަކަށް ބަހާ ހުސްކުރޭ!

    4
    3
  3. ޙަސަން

    ދިވެހި ރައްޔިތުންގެ ނަމުގަވެސް ކޮރަޕްޝަން ހިންގޭތޯ؟

  4. ޙަސަންފުޅު

    ދިވެހި ރައްޔިތުންގެ ނަމުގަވެސް ކޮރަޕްޝަން ހިންގޭތޯ؟

  5. ޙަސަންފުޅު

    ރައްޔިތުންގެ ނަމުގަވެސް ކޮރަޕްޝަން ހިންގޭތޯ؟