ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއު ކުރުމަށް "މޭ އައްޑަނަ" އަކަށް ނަގާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ލިބުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޖަމީލް ވިދާޅުވީ ރާއްޖޭގެ ހާލަތު ނާޒުކު އިރު، މައްސަލަތަކުން އަރައިގަތުމަށްޓަކައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ވިޝަންއާ އެކީގައި މަސައްކަތް ކުރާނެ ބަޔަކީ ރައީސް ޔާމީން ހުންނެވި ފިކުރު ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އެހެންވެ، ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެމްބަރުންނާއި ޕާޓީއެއްގައި ނޫޅޭ މެމްބަރުން ވެސް ޕީއެންއެފް އަށް ސޮއިކުރެއްވުމަކީ ޔާމީން އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވި ގޮތުގައި ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެއެވެ.

"ޝައްކެއް ވެސް ނުކުރައްވާ، މާތް ﷲ ގެ ތަނަވަސް ރަހްމަތާ އެކީގައި ރައީސް ޔާމީންގެ ފިކުރެއް ފަނޑެއް ނުވާނެ. އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅުގައި އުޅުއްވާނެ. މި ޕާޓީއާ އެކީގައި އެމަނިކުފާނު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ވަރަށް ވަރުގަދަ އަށް ހަރަކާތްތެރިވާނެ. ހާއްސަކޮށް މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު ވެގެންދާނީ އެންމެ މުހިންމު އިންތިހާބަށް،" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި މި އުފެދިގެން ދަނީ ރައީސް ޔާމީންގެ ތަރައްގީގެ ފިކުރެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ މި ޕާޓީވެގެން ދާނީ މިއޮތް ސަރުކާރަށް ވެސް އަންނަ ގޮންޖެހުންތަކުގައި މޭ އައްޑަނައަކަށް ދިއްކޮށްގެން މި ސަރުކާރު ވެސް ދިފާއު ކުރާނެ ޕާޓީ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުސް ގޮނޑި ކޮޅު ބަހައްޓައިގެން ކަމަށްވާ އިރު، އެމަނިކުފާނު މިނިވަން ކުރުމުގެ ވައުދު ފުއްދެވުމަކީ ރައީސަށް ވޯޓު ދިން ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ކުރައްވަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި ރައީސް ޔާމީން މިނިވަންކުރުން އިތުރަށް ލަސްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ އަށް 3،000 ފޯމް ހަމަކުރުމުގެ މަސައްކަތް ވަނީ ފަށައިފަެވެ.

ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވި އިރު، އެމަނިކުފާނުގެ ފަހަތްޕުޅުގައި ކުރިން ތިއްބެވި ގިނަ ބޭފުޅުން ވަނީ ރައީސް މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައި އެމަނިކުފާނުގެ ފަހަތްޕުޅަށް އަރުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މަގޭ ހިޔާލު

    ތިޔަތަނުން ފެންނަން ތިބިމީހުނަށް ބެލީމަ ބަޤާވާތެއްގެ ސިފަ އެބަޖަހާ! 1. ލޯޔަރު ޖަމީލް 2. ލޯޔަރު އާސިފު 3. ޕާޕާ (ފިނިފެންމާ ލޯންޗްގަ ބޮންގޮއްވުމުގަ ބޮޑަކަށް ހުރި ކަލޭގެ) 4. ޙުސެން ވަހީދު 5. މަލީހު ދެންފަހެ މިބުނެވިދިޔަމީހުންގެ މޫނުތަކުން ފެންނަންހުރި ހީލަތްތެރިކަމުގެ ހަރަކާތެއްގެ އަސަރުކަމަށް ނިންމާ މިގަޒިއްޔާ ނިންމައިފީމެވެ.

    53
    16
  2. ކޮޔާ

    އެނގިއްޖެދޯ ރައީސް މުޢިއްޒު އިލެކްޝަނަށް އަތްނުބާނާކަން ނަޝީދު ޕާޓީއެއް ހަދަން ހުއްދަ ލިބުނީވެސް ހާދަ އުނދަގުލަކުންނޭ ޖަމީލުމެންނަށް ހަމަ ޓަސްލާފަ ހުއްދަ ލިބިއްޖެ މީވާ ބައެއް

    40
    4
    • Anonymous

      އެކަމަކު މިޖަމީލު ކުރުން ގާތް ކަމެއް ބުނެލަފާނަން. މިހާރު ކުރިމިނަލް ކޯޓުގަ އޮތް ޔާމީނުގެ މައްސަލަ ޔާމީނާ ދެކޮޅަށް ނިމޭގޮތަށް ހެކި ހުށަނާޅާ އަދި ވަކާލާތު ކުރާގޮތުން ޔާމީން ކުއްވެރި ކުރާގޮތަށް ނިންމަފާނެ. އޭރަށް ޖަމީލުއަށް ޕާޓީ ލިބޭނެ. ދެން ހައިކޯޓުގަވެސް ހުންނާނީ ޖަމީލު އަދި ސުޕުރީމް ކޯޓުގަވެސް ހުންނާނީ ޖަމީލު. އޭނަ މިހުރިހާތަނަކުން ރައީސް ޔާމީނަށް ބޮނޑި ދިނުމުން، އެއޮތީ ދެބެންނަށް ޕާޓީއެއް ލިބިފަ. އެކަމަކު އިދިކޮޅު ހުރިހާ ޕާޓީއަކާ ޖަމީލު އެކުވެގެން ކިޔުއްވަ ފާނެ ރައީސް ޑރ މުއިއްޒު ކޯޓުތަކަށް އަތް ބާނައިގެން ޔާމީން ކުއްވެރި ކުރުވީއޭ. މިއީ ޖަމީލުއަށް ވަރަށް ފަސޭހަކަމެއް. ޖަމީލު ހީވާގޮތުން 6 ކުޅި ކުރިއަށް މިކުޅެނީ.

      3
      1
  3. Anonymous

    ޑީލްއެއް ލިބުނީދޯ ހިތްހަމަޖެހޭވަރުގެ ނޫނީ އަޑިނޭގޭ ކަމެއް

    35
    6
  4. އަހަންމަދު

    ޔާމީންއަށް ޖަލު ހުކުމެއް އިއްވާފަ އެވަނީ ކީތްވެގެންކަން ރައްޔިތުންނަށް މިހާރު ރަގަޅަށް އެގޭ.

    45
    7
  5. ޖާލިމް

    އަޅެ މިކަލޭގެ އަނގަމަތީގަ ޓޭޕްގަނޑެއް އަޅާފަ ގޭގަ ބައިންދަބަލަ.

    41
    6
  6. ބޭގަރާރު

    ގޮންޖެހުން އަންނަނީވެސް ތިޕާޓީން، ދިފާއުކުރަން އަންނަނީވެސް ތި ޕާޓީން.

    46
    3
  7. ާވަތުބަތާނަ

    ޕާޓީއަށް މީހުން ވައްދަންވެގެން ކިޔާ އެއްޗެއްތީ، ހިތުގައިވަނީ އަލިފާން.

    8
    1
  8. ހުސޭނުބޭ

    ދެން ނަގާނެ އެއްޗެއް ނެތީތަ؟ ލޮލް

    2
    1
  9. ލައްޓި

    ޔާމީން މިނިވަންކުރުން މި ސަރުކާރުގައި އިތުރަށް ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޖަމީލު ބުނުމަކީ ރައްޔިތުންނަށް ޖަމީލު އޮޅުވާލާ ވަރަށްބޮޑު އޮޅުވާލުމެއް. ޔާމީނުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި އޮއްވައި ޔާމީނަށް މާފުދީ މިނިވަންކުރުމުގެ ބާރު ޤާނޫނީގޮތުން ރައީސަށް ލިބިގެން ނުވާކަން ޖަމީލަށް ރަނގަޅަށް އެނގެންވާނެ. ނޭނގޭނަމަ، ޖަމީލަކީ ޤާނޫނީގޮތުން ތަޞައްރަފު ފުދޭ މީހެއް ނޫން. މިއިންވެސް އެނގޭ ކަމަކީ ޖަމީލަކީ ފިތުނަ އުފައްދަން މަސައްކަތްކުރާ މީހެއްކަން.

  10. އއ

    ވެރިކަންކުރާ ޕާރޓީއެއްގެ ދިފާޢުގައި މޭ ކީއްކުރަން އެހެންތަނެއްވިއަސް އައްޑަނަޔަކަށް ދިއްކޮށްގެންޖަމީލް އާއި މަލީޙް ނުކުމެއްޖެނަމަ އެކަންވާނީ ރައްޔިތުންނަށް ވަރަށް ބޮޑު ޙައިރާންކަމަކަށް. މައުމޫނު، ނަޝީދު، ޔާމީން، އިބްރާހީމް މ.ސ. ގެ ވެރިކަން ދިފާޢުކުރުމަށް މި ދެމީހުން ނުކުމެގެން ކުރި ކަންތައް، ޓީ.ވީ.ޗެނަލްތަކުންނާއި ނޫސްތަކުން މިހާރުވެސް އެހުރީ ދައްކާލެވޭގޮތަށް. މުޢިއްޒުގެ ވެރިކަން ދިފާޢު ކުރާގޮތް މިހާރު އެގެންދަނީ ލައިވްކޮށް ދައްކަމުން. އެންމެ ފުރަތަމަ ޤަވްމުކަމަށް ބަލައި ޤަވްމުގެ ސުލްޙަ މަސަލަސްކަމަށްވުރެ ބޮޑަށް އެދައްކައިދެނީ، ޤަވްމާއި ރައްޔިތުންނަށްވުރެ ތިމާމެންގެ އަމިއްލަ އެދުމާއި މަވެތިކަން މާ ބޮޑުކަން.

  11. އއ

    ތިމާ ނޫންމީހަކު ވެރިކަމަށް އައިސްގެން ވެރިކަން ކުރެވިދާނެކަމަށް ޤަބޫލްނުކުރެވޭނަމަ، ނޫނީ އެހެންމީހަކު ވެރިކަންކުރާމަންޒަރު ދެކެން ބޭނުންނުވާނަމަ، ޤަވްމޭ މިނިވަންކަމޭ ރައްޔިތުންނޭ ސިޔާސީ ލީޑަރުންނޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ހުތުރު ކަމެއް.

  12. އަހައްމަދޫ

    ހައްހައް ޔާމީނު ރަނގަޅަށް ހިސޯރުކޮށްފި މިއުޅޭ ފުވައްމުލަކު ޖަމީލު އާއި ޖަމާލުއާއި ވެގެން.

  13. Anonymous

    ޖަމީލު ކަލޭމެންދެބެއިން ތިޔައީ ރައއޔަތުން ކުރިމަތީ އަގެއނެތް ލާހޫރޭދެބެއިން

  14. Anonymous

    ޑރ ޖަމީލު ތިޔައްވުރެން މާރަގަޅުވާނެ ޒުވާނުން ގެންގޮސް ޔުނިވާރސިޓީ ކުލާސް ރޫމުގައި ހުރި ގޮންޑިތަށް ފުރާލައިގެން ރަގަޅު ތައުލީމާއި ތަރުބިއްޔަތު ޒުވާނުންނަށް ފޯރުކޮށް ދިނަސް، މަގުމަތި ފުރެނީ ޕާޓޭން ގިނަވެގެން، ޔުނިވާރސިޓީ ކުލާސްރޫމް ގައި އިށީންނާނެ ޒުވާނަކު ނުވޭ !

  15. ފިޔާ

    މީ ކިތަށް ދުލުން ވާހަކަ ދައްކާ އިންސާނެއްބާ ؟!

  16. ފަރުމަސް

    ޔާމީނަށް ދަންނަވާލާ ފޭސް1 ގެ 704 ފްލެޓް ބެހިގޮތް ސާފުކޮށްލަ ދެއްވިދާނެތޯ؟؟؟؟؟

    2
    1
  17. Anonymous

    ތިޔައި ވަގުޕާޓި ދެން މައިވަގު ގުޅޭނިީ އަދީބުއަާއި

  18. Anonymous

    ޖަމީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުސް ގޮނޑި ކޮޅު ބަހައްޓައިގެން ކަމަށްވާ އިރު، އެމަނިކުފާނު މިނިވަން ކުރުމުގެ ވައުދު ފުއްދެވުމަކީ ރައީސަށް ވޯޓު ދިން ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒު ކުރައްވަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި ރައީސް ޔާމީން މިނިވަންކުރުން އިތުރަށް ލަސްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
    ޔާމީން މިނިވަން ކުރުމަކީ ރައީސް ކުރައްވަން ޖެހޭ ކަމެއް ނޫން. ޝަރުޢީ މަރުހަލާއިން ގޮތް ނިންމާނީ. ކޯޓް ތަކަށް ނުފޫޒު ފޯރުވުމަކީ ރައީސް ކޮށްގެން ނުވާނެ ކަމެއް. ޖަމީލަށް ދަންނަވާލަން އޮތީ ރައްޔިތުން މަގުފުރައްދަން ނޫޅޭށޭ

  19. ނެގުނުކަތީބު

    (އެހެންވެ، ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެމްބަރުންނާއި ޕާޓީއެއްގައި ނޫޅޭ މެމްބަރުން ވެސް ޕީއެންއެފް އަށް ސޮއިކުރެއްވުމަކީ ޔާމީން އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ޖަމީލް ވިދާޅުވިއެވެ.)
    ތިޔަ ބުނިގޮތުން ރާއްޖޭގެ އެންމެން ދާންވީ ތިޔަޕާޓީއަށްތާ؟ އޭރުންއޮންނާނީ އެންމެޕާޓީއެއްނު. ޕާޓީސިސްޓަމެކޭ ނުކިޔާނެ އޭރަކުން. ޖަމީލު ތި ހީކުރަނީ އެންމެން ޖަމީލުގޮތަށް ބޮލުރޮދި ކެނޑިގެން އުޅޭންކަމަށްތޯ؟

  20. ނެގުނުކަތީބު

    ރިޔާސީ ޓިކެޓް ޔާމީނަށް ނުދިން މައްސަލާގައި ސްޕްރީމްކޯޓަށް ގޮސްގެންވެސް ބުނީމު އެއްވެސްް ޝައްކެއް ނެތްކަމަށް. އެކަމަކު ދިޔައީ ފޮއްބެދަނޑަށް. ޖަމީލަށްވީ ނާކާމިޔާބު. އެއްވެސް ޝައްކެއްނުކުރައްވާ. މިބަސްމީ ޖަމީލުގެ އަގެއްނެތް އަތްމަތީ ދޫފަރިތަބަހެއް. ސޮމަދުބޭމެން ގަބޫލުކުރާނެ.

  21. ޖަމީލު

    ޖަމީލުމެން ދެން ވެރިކަން ބޭނުންވިޔަސް ބޮޑުވަރު ދޯ؟
    ޑރ މުއިއްޒުއަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭ

    10
  22. Anonymous

    ޖަމީލު މެންގެ ނުބައިކަމުން މިވެރިކަމުގެ ފުރަތަމަ ދުވަހު ތަރައްޤީގެ ކަންކަން ނުފެށުނީ. ކަލޭމެންގެ ބލ ވެރިކަމާހެދި އުޅެން މިޖެހެނީ ޕާޓީއަށް މީހުން އެއްކުރަން. ކަލޭމެން އޮތީ މަގުސަދު ހާމަކޮށްފަ.
    ކަލޭމެންގެ މަގުސަދަކީ މަޖިލިހުގެ ސުޕަމެޖޯރިޓީ ނަގާ ޑރ މުއިއްޒުގެ ސަރުކާރަށް ޖެއްސުން ކުރުން ކަމަށް އޮތީ ކުރިން ބުނެފަ.
    ކަލޭމެންނަކީ މިގައުމުގެ މިހާރުގެ ހާލަތު އެނގި ގައުމުގައި އެއްއިރު ކާނެ ފައިސާ ނެތްކަން އެނގި ތިބެ އަދި ގައުމު ދަރާފަ އޮތް މިވަރުން އެފައިސާ ހޯދޭނެ ގޮތެއްވެސް ހޯދުމަކީ ދަތިކަމެއްކަން ދެނެތިބެ ޑރ މުއިއްޒުއާ މިވެރިކަމަށް ޖެއްސުން ކުރާ އަދި ރައްޔިތުންނަށް ހެވެއް ނޭދޭ ވިޔާނުދާ ޖާހިލު ނުލަފާ އަމިއްލަ އެދުމުން ފޯވެފަ ތިބި ބައެއް.

  23. Anonymous

    އިންޝާ ﷲ ރައީސް ޔާމީންގެ ފިކުރު ދެން މިގައުމުގައި ނޯންނާނެ. ކަލޭނަށްވެސް ވާނީ އަންނިއަށް ވީވަރު.

  24. ރާއްޖެ

    "ލޯޔަރު އާސިފް" ތިތާ ކުރިމަތީ ހުރެ ތި ކުރަނީ ކޮން ކަމެއް؟ މި ކަހަލަ މީހުން ގޮވައިގެން ކޮން ކަމެއް ކުރެވޭނީ؟

  25. ހިކި ކިރު

    އަދުރޭވެސް ކުޅިި ކުލިގަނޑު ކުލެނީއޭވެސް ބުނާކަށް ނެތީމު! މިކަން ބޮޑަށް އެނގޭނީ އަދުރޭ އަށާއި މުޢީޒަށް.