އަންނަ ޖެނުއަރީގައި ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިިފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މެންބަރުން އިންތިޚާބުކުރާ ރަށްތަކަކީ:

1- ހދ.މަކުނުދޫ

2- ހދ.ނޭކުރަންދޫ

3- ށ.ކަނޑިތީމު

4- ނ. މާޅެންދޫ

5- ރ.މަޑުއްވަރީ

6- ރ.ރަސްގެތީމު

7- ބ.ފުޅަދޫ

8- ބ.ދަރަވަންދޫ

9- ބ.ފެހެންދޫ

10- ބ.ކެންދޫ

11- ކ.ގާފަރު

12- އއ.ތޮއްޑޫ

13- އދ.މަންދޫ

14- މ.ރަތްމަންދޫ

15- މ. މުލަކު

16- ފ.ބިލެތްދޫ

17- ނ. މަނަދޫ

18- ވ.ތިނަދޫ

އީސީއިން ވަނީ ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހު މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ވެސް ބާއްވަން ނިންމައިފައެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޑިސެމްބަރު 13 ވާ ބުދަ ދުވަހުގެ 14:00 ކަމަށް އީސީން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒުލޭދައްތަ

    ތިޔަ އަންހެނުން ކޮމިޓީތަކަކީ މުސާރަދީގެން ހިންގާ ވަރުގެ ތަންތަނެއްނޫން. ރަށްރަށުގައި ތިބި ކިރިޔާ ލިޔަންކިޔަން ދަންނަ ވަރުގެ މީހުންވެސް ކޮމިޓީއަށް ހޮވިފަ އެބަތިބި. މިފަދަ ޒަމާނެއްގައި ކަމަށް ޤާބިލް ބަޔަކު ނެތީމަ ކަންކަން ނުކުރެވޭކަން އެނގޭ. ބައެއް މީހުން އެހެން ވަޒީފާ އަދާކުރަނިކޮށްވެސް އަނެއްކާ ކިރިޔާ އަސާސީ ތަޢލީމް ފެންވަރު ހުރުމީން ކޮމިޓީއަށް ހޮވިފަ އެބަތިބި. ޑިގުރީ ފެންވަރުގެ މީހަކަށް އޮފީހެއްގައި އެންމެ 7000ރ ލިބޭއިރު މި ދެވަޒީފާ އޮތް ކޮމިޓީގެ މީހުންނަށް 12000، 13000 ރ ލިބޭ. ވަރަށް ހަމަނުޖެހޭ އުޞޫލަކަށް ރައީސް ޞާލިޙް ވެރިކަމަށް އޮތް ދަހިވެތި ކަމުގައި މިރާއްޖޭގެ ބަޖެޓަށް ބާރުބޮޑުވާގޮތަށް ކަންކަން ކޮށް އަރާ އެއްފަރާތުގަ އެހުރީ. ޤާބިކަމެއްނެތް ރައީސަކު އެރީމަ ވީގޮތްމީ. އިންކަމަކީ އެކްސްޕޯޓަކީ ކިހާވަރެއްގެ ކަމެއްކަން ނުދަންނަ ވަރުގެ މީހުން ކަންކަމާ ޙަވާލުވާތީ މައްސަލައަކީ.

  2. ހަބަރުދާރު

    މީދެން ބޮދުވެއްޖެ ކަމެއް. ކިހާބޮޑު އިސްރާފެއް.