ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ހަލީލް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް ދެ ގައުމުން ކުރެވެންހުރި މަސައްކަތްތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަ ދައްކަވައިފައެވެ.

މި ބައްދަލުވުމަށް ފަހު ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާ ސަފީރާ އެކުގައި ބޭއްވެވި ބައްދަލުވުމަކީ ވަރަށް ބޭނުންތެރި އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލު ވުމަށްފަހު މިނިސްޓަރ ހަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމަކީ ވަރަށް ބޭނުންތެރި އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 9898

    ރެޑް ޗައިނާ އާ ބައްދަލު ކުރާތީ ޓޫ ލޭޑީސް އިން ރެޑް!!! ބޯ ރަގަޅު!!

  2. Anonymous

    ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔު ޒުވާން ޖީލެއް އުފައްދަން ރަގަޅު ފެމެލީ ޕުލޭން ތަކާއި ސިއްހީ ޕުލޭންތަކާއި ދުޅަހެޔު ކަން އިތުރުކުރަން ރަގަޅު ފިޔަވަޅުތަކެއް ސިއްހީ ދާއިރާތަކުންވެސް އަޅަންޖެހޭ، މިއަދު އާބާދީގެ ދުޅަހެޔުކަން ނެތުމުން އިޤުތިސޯދުވެސް ފުޑިގެން މިދަނީ !