ނ. ހޮޅުދޫ އާއިލާއަކަށް ސިހުރު ހެދި ކަމަށް އެއްބަސްވި މީހަކު ހައްޔަރުކޮށްފިއެވެ.

ހޮޅުދޫން ވާހަކަ ދެއްކި މީހަކު "ވަގުތު"އަށް ބުނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކުރީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެމީހާ އަކީ މީގެ ކުރިންވެސް ސިހުރު ހެދި ކަމަށް އަމިއްލައަށް އިއުތިރާފުވި މީހެއް ކަމަށްވެސް އޭނާ ބުންޏެވެ.

ސިހުރު ހެދި ކަމަށް އެ މީހާ އެއްބަސްވީ އެ އާއިލާގެ އެންމެ އިސް މީހާ ނިޔާވި ފަހުންނެވެ.

މިހާދިސާ ހިނގި ގޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް ވަނީ ޕޯސްޓެއް ހިއްސާ ކޮށްފައެވެ. އެގޮތުން އެގޭ ދޮރުމަތީގައި ސިހުރު ހަދާފައި އޮތް ކަމަށް އެކަންކުރި މީހާ އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅީ އެ އާއިލާގެ ފަރާތުންނެވެ. ނަމަވެސް މިކަމުގައި އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ރާއްޖޭގައި ސިހުރު ހެދުން އާންމުވެފައިވާއިރު މިފަދަ މީހުންނަށް ގާނޫނީ ގޮތުން އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބުރާހީމް

    ތަޅާ މަރަން ވީ

    1
    1
  2. ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ އިދާރާ

    ހަވަރު ތިނަދޫ ސިޓީގެ މޭރު ކޮފީތަކަށް އަރާ ކިޔަނީ ހަވަރު ތިނަދޫއިން ގޯތި ދޫނުކުރެވިގެން އުޅެނީވެސް ސިހުރުގެ ކަމަހާހެދިޔޯ ޔާމިނު ސަރުކާރުގަ ހަވަރު ތިނަދޫގަ ހިއްކާފަ އޮތް 64 ހެކްޓަރު ބިމަށްވެސް ހުރީ ސިހުރު ހަދާފަޔޯ

  3. އަހުދު

    ރާއްޖެއަށްވުރެ ވަކިން އަދުލު އިންސާފް އޮތްގައުމެއް މިއާލަމްތެރޭ މަދުވާނެ..

  4. އިއްސޭ

    ޝައިތޯނާގެ އަޅަކަށް ވެގެން މާތްކަލާންގެ ރަޙްމަތުން ބޭރުވެގެން ކުރާކަންކަން ކުރާކަށް ނުވާނެ . ދެދުނިޔެ ގެއްލުމަށްވުރެ ބޮޑު ބަދުނަސީބެއް ކޮބާ؟

  5. Anonymous

    ކަންބޮޑު ވާކަށް ނުޖެހޭ ދީނުގައި ކަނޑައެޅިފައިވާ އަދަބު ދީބަލަ

  6. Anonymous

    ވަރަށް ގިނަ އާއިލާތަށް އެބަ ރޫޅޭ ދެމަފިރިންނަށް ނުވަތަ އެކަކަށް ސިހުރުހާހޫރު ހަދައިގެން، މީ ވަރަށް ބޮޑު މައްސަލައެއް މިރާއްޖޭގައި އުފެދިފައިވާ، ގެވެށި އަނިޔާގެ ބޮޑު މައްސަލައެއް ހައްލު ހޯދަންޖެހޭ !

  7. ޙިސާންމިހާރު

    އިސްލާމް ދީނއށް ވުރެ މޮޅު ގާނޫނެއް ނުހެދޭނެ. . އެ ގޮތައް ހުކުމް ..ތަންފީޒުކުރޭ.

  8. ހަސަން

    ސިހުރަކީ ހަޤީޤަތެއް، ސިހުރުވެރިޔާގެ ހައްދަކީ ''ކަނޑިން ޖެހުން'!

  9. ޢަބްދުއްލަޠީފު

    އިސްލާމީޝަރީޢަތުގަ ވަނީ ގޮތް ކަނޑައެޅިފަ. އެގޮތް ކަމަކުނުދޭދޯ؟ އެހެންވިއްޔާ ތިކަލޭގެ ޖެހޭނީ މަރާލަން. ޝަރީޢަތުގަ އޮންނަނީ ތައުބާވުމުގެ ފުރުޞަތުވެސް ނުދީ މަރާލަން. ލޭޙަލާލުވެފަ އެހެރީ.

    • ގައިދުރުނު

      ކަލޭ މަޑު ތި ކުރަނީ ކީއްވެ ބާ

  10. ސޮނޭވާ

    ދީނުގަ އޮތް ހުކުން ގާއިމު ކުރޭ. ސިހުރަކީ ހަމަ މީހުން މަރާވަރުގެ އަމަލެއް

  11. Anonymous

    އިސްލާމީ ޝަރީޢަތް ތަންފީޒު ނުކުރެވޭ ހާލު ސިހުރުހެދުމާ މީހުންމެރުމާ ވައްކަންކުރުމާ މިޒާތުގެ މުންކަރާތްތަކެއް ނުހުއްޓޭނެ. ޖަލުތައް ފުރުމާ މުޖުތަމަޢު ހަލާކުވެ ހަރާބުވުން ނޫން ކަމެއް ނުވާނެ

  12. ޙަސަން

    ސިހުރު ހަދާ މީހުން ވަރަށް ގިނަވެއްޖެ. މިމީހުންނަށް ދީނުގައިވެސް އޮންނަ ގޮތަށް ހަރުކަށި އަދަބި ދިނުމަށް ޤާނޫނެއް ފާސްކުރަން ގޮވާލަން. މިފަދަ ޝައިތޯނުންގެ ސަބަބުން ކިތަށް ޢާއިލާތޯ ވޭންތައް ތަހައްމަލު ކުރަމުންދަނީ.

    3
    1
  13. ްްޤައުމުދެކެލޯބިވާ ދަރިއެއް

    ސިހުރު ހެދިމީހާގެ ވަނަވަރު ހާމަނުކުރީ އަނެއްކާ ކުޑަކުއްޖެތޯ އެކަހަލަ ނުލަފާމީހުންގެ ވަނަވަރު އާއްމުކުރަންޖެހޭނެ އެގޭމީހަކު ހުރިއްޔާ ނިކަން ނަންހާމަކޮއްބަލަ ނަންހާމަނުކުރީ އެކުއްޖާގެ ކަރާމާތަށް އަސަރުކޮއްފާނެތީތޯ އެކަހަލަ ނުލަފާކަންތައްތައް ކުރާމީހުން އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހުކުމް ތަންފީޒުކޮއްބަލަ ކިހާބޮޑުވެއްްޖެ ކަމެއްތައް

    2
    1
    • Anonymous

      ރަނގަޅު. ވަނަވަރު ހާމަކުރުން ބުއްދިވެރި! ތިޔަކަހަލަ ޝިރުކުގެ އަމަލުތަކަށް އަމަލުތަކަށް އެކަށޭނެ އަދަބު ދެވެންޖެހޭ އެބަ.