ރައްޔިތުންގެ މަޖިލީހުގެ މައިކަށް ގެއްލުންދިނުމުން ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާއި ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އިއްޔެ ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައި ޖާބިރު ވަނީ މަޖިލީހުގެ ނައިބު ރައީސަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކޮން މެމްބަރެއްތޯ ބެލުމެއް ބޭއްވި ވޯޓާއި މެދު ހިތްހަމަނުޖެހިގެން މަޖިލިސް ތެރޭ އަޑުގަދަކޮށް މެމްބަރުންނަށް އުނދަގޫކޮށްފައެެވެ. އެކަމުގެ ތެރެއިން ޖާބިރު ވަނީ އޭނާގެ މޭޒުކޮޅުގައި ހަރުކޮށްފައި ހުރި މައިކަށް ވެސް ގެއްލުންދީފައެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޠާސަތުން ދަންނަވާކަންކަން އިއްވަމުން މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވީ، އިއްޔެގެ ޖަލްސާގެ ތެރެއިން ޖާބިރު މައިކްރޮފޯނަށް ގެއްލުންދިންކަން އަސްލަމް ވަނީ އިއުލާނު ކުރައްވާފައެވެ. އަދި މައިކްރޯފޯން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އެ ބަދަލުކުރަން ޖެހޭކަން މަޖިލީހުގެ ޓެކްނިކަލް ޓީމުން އަންގާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ޓެކްނިކަލް ޓީމުން މައިކް ބަދަލު ކުރުމަށް 5،100 ރުފިޔާ ހަރަދުވާނެ ކަމަށް މައުލޫމާތު ދެއްވާފައިވާ ކަމަށާއި އެހެން ކަމުން އެމައްސަލަ ބައްލަވައިދެއްވުމަށް، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 110 ވަނަ މާއްދާގެ (ކ) ގައި އިމްތިޔާޒާއި ސުލޫކީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި މެމްބަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާއި ހިލާފަށް ނުވަތަ ގާނޫނާއި ގަވައިދާއި ހިލާފަށް މެމްބަރުން ކަމެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ހިނދެއްގައި އެކަމެއް ބަލައި ތަހުގީގުކޮށް ގަވައިދާ ހިލާފުވި މެމްބަރަކާއި މެދު އަޅަންވީ އިސްލާހީ ފިޔަވަޅުގެ ލަފާ މަޖިލީހުގެ ރައީސްއަށް އެރުވުން ހިމެނުން ހިމެނިފައިވާތީ މިކަމާއި ގުޅިގެން އިމްތިޔާޒާއި ސުލޫކީ ކޮމިޓީގެ ލަފައެއް ހޯދުމަށް އެކޮމިޓީއަށް މިމައްސަލަ ފޮނުވާނެކަން ދަންނަވަން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ މަޖިލީހުގެ އިދާރާގައި ހުންނަ ތަކެއްޗަކީ ދައުލަތުގެ މުދާކަން ހަނދުމަކޮށް އެތަކެއްޗަށް ގެއްލުން ނުދިނުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މީ

    ރައްޔިތުންގެ ފައިސާއަށޭ މި މީހުން ހިތުހުރި ގޮތެއް މިހަދަނީ

  2. Anonymous

    ުު

  3. އަޙުމަދު މަނިކު

    ސާބަސް އަދި ކިރިޔާ މަޖިލިސްގެ ރައީސެއް ލިބުނީ

  4. އަލީީ

    ތިތަނުގައި ކުރާކުށައް ޖޫރިމަނާ އޮވޭތަ؟

  5. Anonymous

    ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލަންޖެހޭ !

  6. މަބަލްދީބް

    އެންމެ 5100؟ ޕްޗުސް...

    10
  7. Anonymous

    ތިވަރުން ދަންޏާ ދުވާލަކު މައިކެއް ކާލަންވެސް ޖާބިރުމެނައް އެއްޗެއް ނޫނެއްނު އެއީ.

  8. ދުންމާރި

    ޖާބިރަކީ މަޖިލީހަށް ވައްދަން ހެޔޮނުވާވަރުގެ ދަށުދަރަޖައިގެ އަދަބެއް އަޚްލާޤެއް ނެތް މީހެއް އެފަދަ މީހުންވެސް މަޖިލީހަށް ވައްދައިގެން މުޅި މަިލިސް ޚަރާބުކުރާ ބަޔަކު އުޅޭތީ ހިތާމަކުރަންޖެހެނީ މުނާފިޤުންގެ ހުރިހާ އަލާމާތެއްފުރިހަމަވޭ

  9. ގޭމީހާ

    ަބޯގޯސް މީހެއް.