ށ. ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާފައި. ފޮޓޯ: ހޯރަފުށި ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު/ ޓްވިޓަރ

ށ. ފުނަދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ނިންމާލާފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރި މި މަސައްކަތުގައި، ހިއްކާފައިވަނީ 54 ހެކްޓަރުގެ ބިމެވެ. އަދި މި މަސައްކަތުގައި އެކުންފުނީގެ ކޮންނަ ބޯޓު، މަހާ ޖައްރާފުވެސް ބޭނުންކޮށްފައިވެއެވެ.

ފުނަދޫ ފަޅުތެރެއިން ބައެއް ހިއްކައިގެން އެއަރޕޯޓު ހެދުމަށް ނިންމާފައިވާއިރު އެއަރޕޯޓުގެ އެހެން މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް، 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި އެއަރޕޯޓެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އަމާޒެއްކަމަށްވާއިރު، މި ކަން ހާސިލުކުރުމަށް މިހާރުވެސް އުތުރުގެ ސަރަޙައްދުގައި ދަނީ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

އެގޮތުން، ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު، ފަސްގަނޑު ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، އެ އެއަރޕޯޓުގެ އެހެން ބައެއް މަސައްކަތްތައް ކުރުންވަނީ އެމްޓީސީސީ އާ ހަވާލުކޮށްފައެވެ.

ހަމައެހެންމެ، މި އަހަރުގެ ތެރޭގައި ހއ. ހޯރަފުށީގައިވެސް އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރަން ފަށާނެކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ފުނަދޫގެ އެއަރޕޯޓަކީ ދައުލަތުގެ ބަޖެޓުން 89 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެރަށު އެއަރޕޯޓުގެ ރަންވޭ ދިގުމިނަކީ 1200 މީޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފުނަދޫ ކުއްޖެއް

    އަހުރެން އުޅެނީ ފުނަދޫގައެވެ. ތިޔަބުނާ ބިމެއް އަދި ހިއްކާ ނުނިމެއެވެ. އަހަރުންނަށް އަނެއްކާ މިފެންނަނީ އެހެން ރަށެއް ތަ؟؟ ވަގުތު މީހުން ހަބަރު ލިޔަނީ ކޮންތާކުން މަޢުލޫމާތު ހޯދައިގެންތަ؟؟ މިކޮމެންޓް ޖަހާލައްޗެ.

    • ލޮލަށް ތިޖެހިފަވާ ރީދޫ ހުމަށް ޑޮކްޓަރެއްގެ ފަރުވާއަވަސްވީގޮތަކުން ހޯއްދެވުމަށް ނަސޭހަތްތެރިވަން.

    • އަހަރެން މީ ފުނަދޫ މީހެއް ނޫން އެކަމަކު މަވެސް މިހުރީ ފުނަދޫގަ، މަށަށް ފެނޭ ހިއްކާ ނިންމާފައި އޮތް އެބުނާ ސަރަހައްދު، ފުނަދޫ މީހުން އެމަސައްކްތަ ކުރާ މީހުންނަށް ސައިދޭން ހިފައިގެން ދާތީ މަވެސް ކުޅި ބަލަން ދިޔައީ، ވަރަށް ސަޅި، ހިއްކާ ނިންމާފަ އޮތީ، ނުފެންނަނީ ތިޔައީ ރީދޫ ހުމުގެ ސަބަބުން ހަގީގަތް ގަބޫލު ކުރަން ނޭނގޭތީ. ކަލޯ

  2. ދެން ތީނަ ރަނގަޅު މަޢުލޫމާތު ދެއްވަންވިނޫ

  3. ހަމަ ތެދެއް ތިބުނީ ނުހިކޭތަ ނޫނީ ނުފެންނަނީތަ

  4. ބަލަ އެ އޮތީ ފެންނާކަން ނޫންތަ

  5. އަނދިރިމީމީހުންނަށް ނުފެނިދާނެ

  6. ސާބަހޭ ސަރުކާރު.

  7. ސާބަހޭ ސަރުކާރު