ޣައްޒާގައި ހުންނަ ހަމާސް ޖަމާއަތުގެ ބިމުގެ އަޑީގައި ވާ ޓަނަލް ސިސްޓަމަށް އައިޑީއެފް އިން ކަނޑުގެ ފެން ޕަމްޕް ކުރަން ފަށައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން މިކަން ރިޕޯޓްކޮށްފައިވާއިރު، މި ޓެކްޓިކް "ވިސްނަމުންދާ" ކަމަށާއި، އިސްރާއީލުގެ ދިފާއީ ބާރުތަކުން ގާޒާ ސިޓީގެ ޝާޓީ ރެފިއުޖީ ކޭމްޕް ކައިރީގައި ބޮޑު ފަސް ފެން ޕަމްޕް ބަހައްޓާފައިވާ ކަމަށާއި، އެ ޕަމްޕުތަކަށް ގަޑިއަކު އެތައް ހާސް ކިއުބިކް މީޓަރުގެ ފެން ޕަމްޕްކޮށްގެން ހަފުތާތަކެއްގެ ތެރޭގައި އެ ޓަނަލްތަކުގައި ފެން ބޮޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ އޮޕަރޭޝަންތަކާ ބެހޭ ގޮތުން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާއިން ބުނީ އެ އޮޕަރޭޝަން އޮތީ ވަރަށް ކުރީ ކޮޅުގައި ކަމަށާއި އެ ޓެކްޓިކްގެ ބޭނުންތެރިކަމާ މެދު އަދިވެސް ވިސްނަމުންދާ ކަމަށެވެ.

އަދި މި މެތަޑަކީ ވައިގެ ހަމަލާތަކާއި ލިކުއިޑް އެކްސްޕްލޯސިވް ބޭނުންކުރުމާއި ޑްރޯން އަދި ރޮބޮޓް ނެޓްވޯކަށް ފޮނުވުން ފަދަ ޓަނަލްތަކުން އަރައިގަތުމަށް ބަރުކޮށްފައިވާ އެހެން ބައެއްގެ ތެރެއިން އެއް މެތަޑެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އައިޑީއެފްގެ ވެރިޔާ ހަރްޒީ ހަލެވީ މިދިޔަ ހަފުތާގައި ބުނެފައި ވަނީ ޓަނަލްތަކުގައި ފެންބޮޑުވުމަކީ ރަނގަޅު ވިސްނުމެއް ކަމަށާއި ނަމަވެސް އޭގެ ވަކި ތަފްސީލެއް އޭނާ ނެދެއެވެ.

ތިމާވެށީގެ މާހިރުން ވަނީ މިކަމުގެ ސަބަބުން ސްޓްރިޕްގެ ބިންގަނޑުގެ އަޑިއަށް ދިގު މުއްދަތަކަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ޑަބްލިއުއެސްޖޭގެ ކުރީގެ ރިޕޯޓުގައިވާ ގޮތުން ފެންބޮޑުވުމުގެ ޓެކްޓިކާ މެދު ބައިޑަންގެ ސަރުކާރުގެ ބައެއް އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އަނެއް ބައި އޮފިޝަލުން ވަނީ ޓަނަލްތައް ނައްތާލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރާ ކަމަށާއި އެމެރިކާގެ އެއްވެސް އިދިކޮޅު ފަރާތެއް އޮންނަން ނުޖެހޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޔާﷲ މިލޮނުފެނުން މުޖާހިދުން ރައްކާތެރި ކުރައްވާ ޔަހޫދީންނަށްވާ މުޞީބާތެއް ކަމުގައި ލައްވާންދޭވެ . އާމީން

    169
    2
  2. Anonymous

    ޔާﷲ މިލޮނުފެނުން މުޖާހިދުންނާއި ފަލަސްޠީނުގެ މުސްލިމުން ރައްކާތެރި ކުރައްވާ ޔަހޫދީންނަށްވާ މުޞީބާތެއް ކަމުގައި ލައްވާންދޭވެ . އާމީން

    146
  3. އަހްމަދު

    ޔާﷲ އިސްރާއިލް ނެތިކުރައްވާފާނދޭވެ!

    146
    0
  4. ކަށިކެޔޮ އާދަނު

    ލޮނުފެންނޫން މިރުސްދުންއެޅިއަސް މުޖާހިދުން ސަލާމަތްކުރައްވާށި އާމީން

    79
  5. ފަލަސްތީން️

    ޔާﷲ ޔަހޫދީންނަަށްް ގަދަފަދަަ ވެގެންވާާ އަޒާބެއްް ފޮނުވައިި ނެތިކުރައްވާންދޭވެ!