ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުރުމަށް މިސަރުކާރުން ނިންމި ކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކަތައް އާބަންކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ދޮގުކޮށްފިއެވެ.

އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ކަމަށް ބުނެ "ރާއްޖެއެމްވީ" އިން ބުނެފައިވަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއު ބަޖެޓުގައި ނުހިމެނި ނަމަވެސް މިސަރުކާރުން ނިންމާފައިވަނީ އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށާއި އަދި ހުޅުމާލެ ފޭސް-ތިނަކުން ބިން ލިބިފައިވާ މީހުންނަށް ފުށިދިއްގަރުފަޅުން ބިން ދޫކުުރުމަށް ނިންފައިވާ ކަމަށާއި، އެބިންތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާގޮތަށް ޕްލޭން ކުރުމަށް އަންގާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އެ ހަބަރުގެ ސްކްރީންޝޮޓެއް "އެކްސް"ގައި ހިއްސާ ކުރައްވަމުން ފަޒުލް ވިދާޅުވީ، އެޗްޑީސީން ހުޅުމާލެ ތިނަކުން ބިން ލުބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރުފަޅަށް ބަދަލު ކުރުމަށް ނިންމި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.

"އެޗްޑީސީން ހުޅުމާލެ ތިނަކުން ބިން ލުބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރުފަޅަށް ބަދަލު ކުރުމަށް ނިންމި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް" ފަޒުލް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އެއްމަޝްރޫއެވެ. އެ މަޝްރޫއަށްވާ ފައިސާ ހިމަނައިގެން ބަޖެޓް ހުށަހެޅި ނަމަވެސް ބަޖެޓް ކޮމިޓީން ވަނީ އެ މަޝްރޫއަށްވާ ފައިސާ އެހެން މަޝްރޫއުތަކުގައި ހިމަނައިގެން ބަޖެޓް ފާސްކޮށްފައެވެ. އަދި މިއަދު މަޖިލީހުން ވެސް ވަނީ އެ ބަޖެޓް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްގު ތެދު

    އެމްޑީޕީއަކީ އަބަދުވެސް ދޮގު ހަބަރު ފަތުރައިގެން އިންތިހާބުތަކާ ދިމާކުރާބައެއް

  2. ހަގީގަތް

    އެމްޑީޕީއަކީ އަބަދުވެސް ދޮގު ހަބަރު ފަތުރައިގެން އިންތިހާބުތަކާ ދިމާކުރާބައެއް.