ކ. ގުރައިދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ސިކްސް އާރު ފުޓްސަލް މުބާރާތް 2023 ގެ ޗެމްޕިއަންކަން ޓިމެއްލޯ އެފްސީ އިން ހޯދައިފިއެވެ.

ގުރައިދޫ ފުޓްސަލް މުބާރާތް— ފޮޓޯ: ކ. ގުރައިދޫ ކައުންސިލް

ޑިސެމްބަރު 1 ވަނަ ދުވަހު ފެށި މި މުބާރާތް ނިމިފައި ވަނީ ރޭގައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޞިލް ހުސައިން ޝިފާޒުއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަނީ މި ރަސްމިއަޔާތުގައި ބައިވެރިވެ ލައްވާފައެވެ.

ރޭގެ ފައިނަލުމެޗުގައި ޓިމެއްލޯ އެފްސީގެ އަދި އޯލް އެޓޭކްގެ ފޯރި ގަދަ ކުރިމަތިލުމެއް ފެނިގެން ދިޔަ މި މެޗު ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއިން ޓިމެއްލޯއެވެ. މި މެޗުގައި އިމްހާދު އަބްދުލް ގައްޔޫމް ވަނީ ޓިމެއްލޯ އަށް 3 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ދެން ފެނިގެން ދިޔަ ލަނޑު ކާމިޔާބު ކޮށްދިނީ ޓިމެއްލޯގެ އިސްމާއިލް މަދީހުއެވެ.

ގުރައިދޫ ފުޓްސަލް މުބާރާތް— ފޮޓޯ: ކ. ގުރައިދޫ ކައުންސިލް

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ޓިމެއްލޯ އެފްސީގެ ޖާޒީ ނަމްބަރު 10، އިމްހާދު އަބްދުލް ގައްޔޫމެވެ. އަދި މުބާރާތުން ހޮވާ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޓިމެއްލޯ ގެ ޖާޒީ ނަމްބަރު 10 އިމްހާދު އަބްދުލް ގައްޔޫމު، ޖާޒީ ނަމްބަރު 14 އަހުމަދު ޝުއޫން، ޖާޒީ ނަމްބަރު 66 ހުސައިން ހުމާމް އަދި އޯލް އެޓޭކްގެ ޖާޒީ ނަމްބަރު 6 އަނީސް އަލީ އަދި ޖާޒީ ނަމްބަރު 66 މާއިލް އަރީފެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓިމެއްލޯ އެފްސީގެ ޖާޒީ ނަމްބަރު 14 އަހުމަދު ޝުއޫންއެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އޯލް އެޓޭކުގެ ޖާޒީނަމްބަރު 1 އަހުމަދު ޖަޒްލާނުއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާރ އަކީ މަންތާ ޑައިވަރސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ތުންޑި ކެފޭ، ޖޭ މޯލްޑިވަސް، ރޮޒީ ވިލާ، ބަމްބޯލާ، ގުޑް ބްރޯސް، ބުކް ކްރާފްޓް، ގުޑް ބްރަދާސް އަދި އެސްކޭޕް އެވެ.