ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންގެންދާ ކަރަންޓްގެ ހިދުމަތް މިއަދު ޒަމާނީ އަދި ހަރުދަނާ ހިދުމަތަކަށް ހެދުމަށްޓަކައި، ޖަނަރޭޓަރު ގަތުމަށް ފާއިތުވެގެން މިދާ ފަސް އަހަރުގެ ތެރޭގައި 304 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފެނަކަ ހިންގުމާއި ހަވާލުވެ ހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާން ވިދާޅުވެއްޖެއެވެ.

"24 ގަޑިއިރު ކަރަންޓް ޔަގީން"ގެ ނަމުގައި ރޭ ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލައްމާން ވިދާޅުވީ، ރަށްރަށުގައި ވަރަށް އާދައިގެ ގޮތަކަށް ދެވެމުންދިޔަ ކަރަންޓްގެ ހިދުމަތް މިއަދު ޒަމާނީ އަދި ހަރުދަނާ ހިދުމަތަކަށް ހެދުމަށް ފާއިތުވެގެން މިދާ ފަސް އަހަރުގެ ތެރޭގައި 304 މިލިއަނަށް ވުރެ ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވި ގިނަ ޖެނަރޭޓަރު ހޯދި ގިނަ ރަށްރަށުގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވިފައިވާކަމަށެވެ.

"މި މުއްދަތުގެ ތެރޭގައި ހިދުމަތަށް ބޭނުންވާ ޖަނަރޭޓަރު ހޯދުމަށް 304 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކުރެވިފައި. ލޯޑްބޮޑެވެ އިރުއިރުކޮޅުން ކަރަންޓް ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ރަށްރަަށަށް ހޯދިފައިވާ ޕެނަލްތައް ހޯދުމަށް 49 ވަރަކަށް މިލިއަން ރުފިޔާ ވަނީ ހަރަދުކުރެވިފައި. ރަށްރަށުގެ ކަރަންޓްގެ ހިދުމަތުގައި ބޭނުންކުރަމުންދިޔަ ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސަރުކާރުން ހަރަދު ކުރައްވާފައި". މިދިޔަ ފަސް އަހަރު ތެރޭގައި އަތޮޅު ތެރޭގެ ރަށްތަކަށް ކަރަންޓް ފޯރުކޮށްދެއްވުމަށް ރައީސް ޔާމީންގެ ސަރުކާރުންކޮށްދެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ލައްމާން ވިދާޅުވިއެވެ.

ލައްމާން ވިދާޅުވީ، މީގެ އިތުުރުންވެސް ހިދުމަތުގެ ފެންވަރު ފުޅާކޮށް 1.5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ރަށްރަަށަށް ވަނީ ޓްރާންސްފާވޯކްގެ ގޮތުގައި ފޯރުކޮށްދެވިފައި ކަމަށެވެ.

ލައްމާން ވިދާޅުވީ، ކަރަންޓް ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ޑިސްޓްރިބިއުޝަން ފޮށިތަކަކީ ބައެއް ފޮށި ލަކުނޑިން، ބައެއް ފޮށީގައި އެކަށީގެންވާ ސަލާމަތީ ފުރިހަމަކަމެއް ނެތް އެއްޗެހިތަކަށްވުމުން، އެ ޒަމާނީ ޑިސްޓްރިބިއުޝަން ނެޓްވޯކްތަކަކަށް ހެދުމަށް 12 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުކޮށް ކުރިއަށްގެންދެވިފައިވާކަމަށެވެ. އަދި ރާއްޖޭގައި ހަސްފަސްވެފައި ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރެއްވުމަށް ރައީސް ލަފާދެއްވި ކަމަށެވެ. ރަށްރަށުގެ އާއްމުން ދިރިއުޅޭ ގެތައް ކައިރީ އިންޖީނުގެ އަޅައިގެން ހިދުމަތްދެމުންދިޔަ އަދި މިހާރުވެސް ބައެއް ރަށްރަށުގައި ހިދުމަތްދެމުންދާ ތަންތަން މީހުން ނޫޅޭ އެކަހެރި ހިސާބުތަކަށް ބަދަލުކުރުމާއި، އިންޖީނުގެތަކުގެ އަބާރުތަ ފިލުވުމަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަަމަށް ލައްމާން ވިދާޅުވިއެވެ.

"މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑައާބާދީއެއް އަދި ބޮޑު އާބާދީއެއް ތަފާތު ކުރުމެއްނެތި އެ ވަގުތަށް އާއްމު ގިނަ ރައްޔިތުންނަށް އެކަމުން ނޭދެވޭ އަސަރު ކުރާ އާބާދީތަކަށް އިސްކަން ދީގެން މިހާރު އެންމެ ހާލުގައި ހުރި ތަންތަން މި ދަނީ ރަނގަޅު ކުރެވެމުން". ލައްމާން ވިދާޅުވިއެވެ.

ފީ އިލޮށީގައި ކަރަންޓް ދެމުންދިޔަ ރަށްތަކުގެ ކަރަންޓްގެ ހާލަތު އާ ރޯ ކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ މަސައްކަތަށް އިތުރު ފުރިހަމަކޮށްދެއްވާ އަދި އެކަން ކަށަވަރުކޮށްދެއްވިއްޖެ ކަމަށް ލައްމާން ވިދާޅުވިއެވެ.

ލައްމާން ވިދާޅުވީ، ފެނަކައިން ކަރަންޓްގެ ހިދުމަތްދެމުންގެންދާ މަދު އާބާދީގެ ރަށްތަކަށްވެސް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތަކަށް ހައްލުކޮށްދެއްވުމަށް ރޭ އިފްތިތާހް ކުރެވުނު ޖަނަރޭޓަރު ސެޓްތައް ފޮނުވާލެވޭނެ ކަމަށެވެ.

ލައްމާން ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ފެނަކަ ކުންފުނިވެފައިވާކަމަށެވެ. އަދި ފެނަކަ އިން ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތް ދެމެހެއްޓެނިވި ހިދުމަތަކަށް ބަދަލުވެގެން ދިޔައީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"2013 ވަނަ އަހަރު ފެނާއި، ކަރަންޓް އަދި ނަރުދަމާގެ ހިދުމަތް ފެނަކައާ ހަވާލުވަންދެން މި ދެންނެވި ހިދުމަތްތައް ދެމުން ދިޔައީ އިޕިލިޕިލް ގަހެއްގެ ފަތް ހޮވާ ހުސްކުރުން ކަހަލަ ބުރަ މަސައްކަތެއްގެ ގޮތުގައި. ރަށްރަށުގައި ކަރަންޓް ކެނޑި ކަރަންޓް ދެވި އަދި އެވަރު ނުވެގެން ބައެއް ރަށްރަށުން ދެ ދުވަސް ނުވަތަ ތިން ދުވަސް ވަންދެންވެސް އެ ހިދުމަތުން މަހުރޫމްވެ ތިބޭ ހާލުގައި". ލައްމާން ވިދާޅުވިއެވެ.

ލައްމާން ވިދާޅުވީ، މިއަދު ރައްޔިތުންނަށް އެ ހިދުމަތް ލިބުމުގައި ހަމަނޭވާލައިގެން ރައްޔިތުންގެ ދިރިއުޅުން ކުރިއަށްގެންދެވޭނެ މަގު ކޮއްޓަވާ ދެއްވާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޒީޒް

    ކިހާވަރެއްބާ ކަޓުވާލެއްވުނީ؟

  2. ނަސީމު

    ކަޓުވާލި ވަރު އަހާލާ އިބޫ ކައިރީ އޭރުން ބޮޑު ދޮގެއް ހަދާލާނެ ހެހެ....

  3. މުލޭ

    އިންޖީނު ގެނޭ ވާކަމެއް ނެތް. ކޮރަޕްޝަން.