އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުالله ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އަދާލަތު ޕާޓީން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ މަޖިލީހަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހަތަރު ފަރާތަކަށް އެ ޕާޓީގެ ޓިކެޓް ދޭން ނިންމާފައިވާ ކަމަށެވެ.

ޓިކެޓް ދޭން ނިންމީ:

ހުސެއިން ޝަފީޤް - ވައިކަރަދޫ ދާއިރާ

އިމްރާން އަބްދުالله - މަކުނުދޫ ދާއިރާ

އިސްމާއީލް ހަމީދު - ފުނަދޫ ދާއިރާ

އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ

އިމްރާން މަޖިލީހަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ދިވެހިންނަށް ލާބަޔާއި މަންފާ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިމްރާން ރައީސް ކަމުގެ ހުންނެވި އަދާލަތު ޕާޓީއިން ތިއްބެވީ ރައީސް ސޯލިހްގެ ފަޅީގައެވެ. އަދި ނިމިދިޔަ ސަރުކާރުގައި ވެސް އެ ޕާޓީއިން ތިބީ އެމްޑީޕީއަށް ތާއީދުކުރުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސޭކް

    މިސޮރު މިހިރީ ލާރިއާހެދި ހަލާކުވެ ނިމިފަ

    23
    2
  2. ކޮޅުފުށި

    ޢިމުރާން އަމިއްލަ ރަށް ކޮޅުފުއްޓަށް ވާދަކުރަން ނުކެރިގެން މިއުޅެނީ ކީއްވެބާ؟

    3
    1
  3. މަމަދު

    ބަލައިނުގަންނާނެ ލަދެއްގަ ނުބެދޭ

  4. ހުސޭނުބޭ

    މި މުނާފިޤު މީހާގެ ދޮގުތައް އަޑުއަހައިލަން ބޭބެ މިހުރީ ކެތްމަދުވެފައި.

  5. އަލިބެ

    ކުދިންނޭވެ ތި ޖެހުނީ ބޮޑުކަމަކާ. ވައިކަރަދޫ ކުދިންގެ ބޮލަށް ތުރާވާނެ ކަމަކާ. ތިޔައީ ފިސާރި ބޭކަލެއް. ސައުންޑެއްވެސް ބޭނުމެއްނުވަނާނެ. އަތުން ކަރުދާބް ބޮނޑިއެއް ހިފައިގެން ހެއްކާ ޤަރީނާ ދައްކަމުން ވަރަށް ކުޅަދާނަ ދައްކަވާނެ. ތިޔަ މިޤައުމުގަ ހުރިހާ ރނގަޅު ކަމެއްކުރައްވާ އަދި ޤައުމުގަ ހަދާ ތެދުގެ ދެބައިކުޅަ އެއްބައި ހައްދަވާ ބޭފުޅާ.

  6. ނަމަ

    ވޯޓު ދޭނެ މީހަކު ހުންނާނެބާ؟

  7. ގާނާ

    ސޮރީ ބްރޯ

  8. ޖާބެ.

    މިއީ މިޤައުމުގެ ހަލާކު މަކުދޫ ރައްޔިތުން މީނަގެކިބައިން ސަލާމަތް ހޯދާ

  9. ށާޏާޡޫ

    ހީވާގޮތުން ލަދުރަކި ވެގެން ދާނީ

  10. ކާޅު ބާޒުު

    މަދިރިއެއް ހޮވުނަސް ތި ކަލޭގެ ނުހޮވޭނެ..