ސިޔާސީ މަސައްކަތުގައި އެއްގޮތެއްގައި ސާބިތުވެ ހުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެއްވާނެއްގައި، އެއްގޮތެއްގައި ދިގުމުއްދަތަކަށް ސާބިތުވެ ހުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ.

ވޭތުވެ ދިޔަ ދިގު މުއްދަތުގައި އަދާލަތު ޕާޓީއާއިއެކު ސާބިތުކަމާއި އެކު ދެމި ތިއްބެވި ހުރިހާ އަހުންނާއި އުހްތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ތުރުކީން ލިބުނު ދައުވަތަށް އެ ގައުމަށް އަދާލަތު ޕާޓިގެ ރައީސް އިމްރާނާއި އެޕާޓީގެ ނައިބު ރައީސް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފް މިއަދު ވަނީ ފުރާވަޑައިގެންފައެވެ.

އަދާލަތު ޕާޓީގެ ފަރާތުން މިކަން މިހެން ހާމަކޮށްފައިވާއިރު ޢިމްރާންގެ މިދަތުރުފުޅާއި ގުޅިގެން މީސް މީޑީއާގައި އެއްބަޔަކު ބުނަމުންދަނީ ވެރިކަން ބަދަލުވުމުގެ ކުރުން އިމްރާން ފިއްލަވަން މަސައްކަތް ކުރައްވަނީ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅިގެން އިމްރާން މީގެކުރިން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ މަގްސަދުތައް ހާސިލް ކުރުމުގެ މަސައްކަތް ޕާޓީގެ ގުނަވަންތަކުން ހިތްވަރާއެކު ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އިލްމުވެރިންގެ މަޖިލިހުގެ މަސައްކަތް ބޮޑު ތަނުން ފުޅާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    އެއްގޮތޭ! ކަލެއަކީ ކައްޒާބެއް! ކޮބައިހޭ ކިތާބީ ހެކި ކައްޒާބާ!

    18
  2. ނޫރު

    ފިލަން އުޅޭ މީހެއްކަމަށް ސާބިތުވޭ

    19
  3. ޕޮގުބާ

    ތީކާކު ޕީޕީއެމްގެ ވެރިކަމުގަ ގުއިފުހެންވެސް ނުލާނަން ކަނޑައެޅިގެންހުރި އަދާވާތްތެރިއެއް މުނާފިގެއް

    22
  4. ކޮވިޑް

    އެހެންދޯ ވާނީ. 2018 ރިޔާސީ އިންތިހާބު އައި އިރު ތުންބުޅި ކަކުލާހަމަށް ތިރިވެފަ، އެމްޑީޕީ އަށް ވެރިކަން ލިބުނީރަށް ކުރު ސޯޓް ލައްވާފަ ފުޓްބޯޅަ ދަނޑަށް ނެރުނީ، އޭގެ ފަހުން ތުންބުޅި ގެއްލި އަންބިމީހާ ވެސް ބަދަލް ވީ. ދަތި ކަމަކަށް ވަނީކީނޫން އިމްރާން ރަށުގަ އުޅުނު ގޮތް ހަންދާން ނެތި . ރުކުބުޑުގަ ބަންދެފަ ސޯދިގުބެ ( އިމްރާން ބައްޕަ ) ތަޅާލާ ހަންދާންވެސް ނެތީ. ކަނޑިކި ބުރި ހަންދާންނެތުނީމަ ވާނެ ހައެތި ތި ވަނީ. މިކަން ކޮޅުފުށީ ރައްޔަތުން ހެކިވާނެ.

    18
  5. އަހްމަދު

    ކަލެޔަކީ ސިޔާސީ މީހެއްނުން! ޝޭޙު ކިޔަން ލަދުގަނޭ! ދިވެހިރާއްޖޭގައި ތިވަރަށް ދޮގުހެދި ޝޭހެއް ނުހުންނާނެ! އެހެވީމާ ތިޔައީ ސޭކެއް، ސިޔާސަ މީހެއް، އަދި ޒާތީ މީހެއް! މިހެންގޮސް ވަރަށްގިނަ ނަންނަމުން ގޮވިދާނެ!!!

  6. ވިސްނާ

    ދުނިޔޭގައި ކަންހިނގާގޮތް މިހިރީ. އިއްޔެ ނުހަނނު ބާރުގައި ވަށައިގެން ބޮޑީގާޑުން ލައިގެން އުޅުއްވީ. މިއަދު އެހުރީ މަގުމަތިވެފަ. ﷲޞވޢ ދެއްވި ބާރުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރެއްވިނަމަ ކޮންފަދަ ޝަރަފެއްލިބުނީސް ނޫންތޯއެވެ؟

  7. ބޯވަދިލަމަސް

    އަހަރެމެން ގަބޫލެއްނުކުރަން ތިޔާ ސިޔާސީ މިހެއްކަމަކަށް. އަދިކިއެއްތެ އަމުދުން ޝޭޚެއްކަމަކަށް ވެސް. ތިޔާ ކައްޒާބެއް. ކަހީނެއް. ލަދެއްވެސް ނުގަނޭ އަދިވެސް ފާޑުފާޑުގެ ފަލަ ސުރުޚީތައް ހަދާކަށް.

  8. ތެހެލާނު

    އަދާލަތުޕާޓީ އުފެދިގެން އައިއިރު އެޕާޓީގައި ތިބި އިލްމްވެރިންނަށް ދިވެހި ރައްޔިތުން ކުރި އިތުބާރާއި އިހްތިރާމް ގެއްލިއްޖެ. މިހާރު ތިއަދާލަތު ޕާޓީއަކީ ސޭކްޕާޓީ. މީހުންހަމަވެ ނުހަމަވެ ދެފެންދޭތެރޭގައި ތިއޮންނަނީ.
    ކޮންމެއަކަސް އިމްރާންމެންގެ އެޖެންޑާވެސް ކޮންމެވެސް ވަރަކަށް ކުރިޔަސްވެސް އެބަޖެހިލާ، އެމީހުންގެ ފުރަތަމަ އެޖެންޑާއަކީ އެމްޑީޕީ ތެރެއަށް ވަދެގަނެގެން ރައީސް ނަޝީދުގެ ބާރުކަނޑުވައި ނަޝީދެ ބޭރުކޮށްލުން. ފިތުނަފަސާދަ އުފައްދައިގެން ރައީސް ސޯލިހްގެ ބޮލަށް ސަވާރުވެގެން ނިކަން ރަނގަޅަށް އެކަންކޮށްފި. ސޯލިހްގެ ސަރުކާރު ނުހޮވުނަސް މިލިބުނު ކާމިޔާބީ ސެލިބުރޭޓް ކުރުމަކީ ކޮންމެހެންވެސް ކުރާންޖެހޭކަމެއް.
    ދެން މިހާރު އިމްރާނު ބަލަމުން އެދަނީ ޕީޕީއެމް ޕީއެންސީ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒު ޖައްސައި ފިތުނަ އުފައްދައިގެން ގަޑުބަޑު އުފެއްދޭނެގޮތެއް. ރައީސް ޔާމީނާއި ޑރ. މުއިއްޒު އަދި ޕާޓީގެ އިސްސަފުގައި ތިބިމީހުން މިކަމަށް ނުވިސްނައި ތިބެފިނަމަ ނިކަން ފިސާރިކޮށް އިމްރާނު ދެމިގަންނާނެ، އޭނާގެ އައުވާނުން މިހާރުވެސް ތިބޭނީ ވަދެގަންނާނެ ބާގަނޑެއް ހޯދުމުގައި. އިމްރާނާއި އެނައާއި އެކު އުޅޭ ދެތިންމީހަކީ މިރާއްޖޭގެ ސިޔާސީ މަސްރަހުގައި ފިތުނަ ފަސާދަ އުފައްދާން އުޅޭމީހުން. ހަމަ އިބިލީހާއި އޭނާގެ ބައިގަނޑުގެ މީހުން އުޅޭގެން މީނާއުޅޭނީ. ކުޑައިރުއްސުރެން އެކުގައި އުޅެބޮޑުވެ އަންހެނުންހޯދަން އެކުގައި ދުވެނަގައި އެއްތަށިން ކައިގެން ބޮއެގެން އުޅުނު ސޯލިހާއި ނަޝީދު ޖެއްސޭނީ ވަރަށް ކުޅަދާނަ މީހަކަށް.

  9. އުފާވެއްޖެ

    އަހަރެން ވޯޓުދިނީ އިބޫއަށްވުރެ ބޮޑަށް އިމްރާން ވައްޓާލަން. އެކަމަކު ދެމީހުން ވެއްޓުނީ.

  10. މަކަރު

    މިކަށްޒާބާ ދެކޮޅަށް ދައުވާކުރަންޖެހޭ މިކަލޭގެ ރ ޔާމީނަށް ޖަލުގައަނިޔާވެރި ވުމަށް ހިތްވަވަރުދިން.

  11. ކޮއްޔާ

    އެއްގޮތެއްގާ ހުންނަން ކަލެއަށް ވާނީ އުނދަގުލަކަަށް //
    ޢެކަންކަން ކަލޭގެ އުޅުމުން އެފެންނަނީ //
    މާތްﷲ ތިނުބައި ކަލޭގެގެ ފަސާދައިން މިންޖުކޮށްދެއްވައިފި //