ސިޔާސީ މަސައްކަތަށް ނުކުންނަން ވާާނީ ފާޑުކިއުންތައް އަންނާނެކަން އެނގި އެކަން ތަހައްމަލު ކުރުމުގެ ވިސްނުމާާއެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވީ އޭނާ މިއަދު ކުރެއްވި އެކްސްއެއްގައެވެ. އިމްރާާން ވިދާޅުވީ ފާޑުކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް، ވަކިން ހާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެކަމަށް ހީކުރުމީ ވަރަށްބޮޑު ކުށް ހީ އެއް ކަމަށެވެ.

އެހެންކަމުން ސިޔާސީ މަސައްކަތަށް ނިކުންނަން ވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަހަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައި ކަމަށެވެ.

އިމްރާން އެކްސް ހާއްސަކޮށްފައި ވަނީ ސީދާ ކޮން ބޭފުޅަކަށް ކަމެއް ނޭނގެއެވެ. ނަމަވެސް ބެލެވޭ ގޮތުން މިއީ ދެން ވެރިކަމާ ހަވާލުވާ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް އަމާޒުކޮށް ކުރި އެކްސްއެކެވެ.

އިމްރާނަކީ މި ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ވަޒީރެކެވެ. އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީން މި ފަސް އަހަރު އޮތީ ވެރިކަން ކުރާ އެމްޑީޕީއާާ އެކި ކޯލިޝަން ހަދައިގެން ނެވެ.

އިމްރާން އޭގެ ކުރިން އިއްޔެ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެއްވާނެއްގައި، އެއްގޮތެއްގައި ދިގުމުއްދަތަކަށް ސާބިތުވެ ހުރުމަކީ ވަރަށް ބޮޑު ކަމެކެވެ.

ވޭތުވެ ދިޔަ ދިގު މުއްދަތުގައި އަދާލަތު ޕާޓީއާއެކު ސާބިތުކަމާއި އެކު ދެމި ތިއްބެވި ހުރިހާ އަހުންނާއި އުހުތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ" އިމްރާންގެ އެކްސްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަނަނަ

    ކޮން ތަހަންމަލެކޭ ކިޔާކަށް؟ ކަލޭ ނުކުމެބަލަ.. ރަނގަޅަށް ތަހަންމަލު ކޮށްދޭނަން..

    29
    1
  2. މަށްލާ

    މިއީ ޖަލުގޮޅީގަ ބައިންދަންޖެހޭ ނުރަށްކާތެރި ގައުމީސަލާމަތަށް ބިރުވެރިމީހެއް.

    31
    1
    • ހުސޭނުބޭ

      އިމްރާނަކީ ޖަލު ގޮޅި ތަހައްމަލުނުކުރެވޭ ކައްޒާބެއް

      17
      1
    • ޙައްގުބަސް

      ފާޑުކިޔަސް އެންމެ ރަގަނޅު!! މައްސަލައަކީ އިމްރާން ކަނޑައެޅިގެން މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާފައިވާތީ!! އަފްރާޝީމް މަރާލުކުގައި ޔާމީންގެ އަތެއްވާކަމަށްބުނެ އެއްވެފައިވާ އެތައްސަތޭކަ ބަޔާކާއި މުޚާތަބު ކުރަމުން "މިހިރީ ހެއްކޭ މިހިރީ ހެއްކޭ" ސީދާ ބޮޑެތި ދޮގުތައް ހަދާފަވޭ!! ކުރީގެ ސީޕީ ހުސައިން ވަހީދު ގެ ބޮލުގައިވެސް މިކަހަލަ އިލްޒާމު އަޅުވާ އަބުރު ކަތިލާފައިވޭ!! މިއީ ފާޑުގެ ކިޔުންތަ؟ މިމައްސަލަތައް އެބަޖެހޭ ބަލަން!!

  3. އެހާފިނޑި

    ކިހިނެއްތަ ފާޑުކިޔާނީ ފުރަތަމަ ތިމާއައް ނުކެރޭ އެހެންމީހަކު ތިމާއައް ފާޑުކިޔައިފާނެތީ ކޮމެންޓްކޮއްލެވޭ ގޮތްހަދަން

    19
    1
    • ނަނަނަ

      ބަލަ މީނައަކީ ދެފުއްކެހެރި މުނާފިގު ދޮގުވެރި ކައްޒާބެކޭ... ޓުވިޓާ ގަ ކޮމެންޓް ނުކުރެވޭ ގޮތް ހަދާފަ ނޫސްތަކަށް ހެޑް ލައިން އެބައަރުވައެންނު... ތަހަންމަލޭ ކިޔާފަ... ކަލޭ ކިތަންމެ އާޓެއް ދެއްކިޔަސް ދެނެއް ކަލެއަކަށް ކުރިން އުޅުނު ފާޑަކަށް މި ރާއްޖެއަކު ނޫޅެވޭނެ..

  4. Anonymous

    ތަހަމަލު ނުކުރެވުނީ ކޮންބަޔަކަބާ. ބަޔަކު ނިކުމެ ޔާމީން ދޫކޮށްލާށޭ. އިންޑިޔާ އައުޓް ގޮވި ކަމަށްޓަކައި ކިތައް މީހުންނަށް އަނިޔާދިނީ. އެކަމުގެ ޒިންމާ ނަގަންޖެހޭ އެންމެ އިސްފަރާތަކީ ޢިމްރާން.

  5. އެތެރެވަރި

    މިހާތަނަށް ހޯމްމިނިސްޓަރކަން ކުރި އެންމެ ނާގާބިލު އަދި އެންމެ ހީލަތްތެރި އިންސާނާ ތިއީ. ތިމާއަށް މަގާމުގައި ހުރެވުނީމަ އެނިމުނީ. ގައުމު އަޅުވެތިވިޔަސް ގައުމު ސަދޫމަށް ބަދަލުވިޔަސް ހަމައޯކޭ.

  6. ޖާނޭ

    އެހެންވެގެންދޯ ޓުވިޓަރަށް ކޮމެންޓްނުކުރެވޭގޮތް މުނާފިގު ހަދައިގެން ތިއުޅެނީ.