ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެގޮތަށް ނިންމާފައިވާ ކަން މަޖިލިހުގެ އެމްޑީޕީގެ ދެ މެމްބަރަކު ވަނީ "ވަގުތަށް" ކަށަވަރުކޮށްދީފައެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލިހަށް ހުށަހަޅަން ބޭނުންވާ ސޮއި ވެސް ވަނީ ހަމަކޮށްފައެވެ. އެގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

"ސޮއިކުރި މެމްބަރުންގެ އަދަދު އަދި ސާފެއް ނުވޭ. އެކަމަކު ސޮއި ހަމަކޮށްފި. އަދި އެއަށް ވުރެ ވެސް އިތުރު،" އެ މެމްބަރު ވިދާޅުވިއެވެ.

މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން މި ފެށީ އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދީ، ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ތިބުމަށް ފަހުގައެވެ. އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމި ނަމަވެސް މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓުގައި ރުހުން ނުދޭން ފާސްވީ ތިން ވަޒީރަކަށެވެ. އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. މި ބޭފުޅުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތަކުން ރުހުން ދޭން ނުފެނުނީ މިނިސްޓަރު ހައިދަރަށެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން ވެސް އެމްޑީޕީން ނިންމިއެވެ. އެކަމަކު، އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީން ނިންމުމާ އެކު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިދިޔައެވެ. މި ސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތްކުރައްވާ ވަޒީރުން ހިމެނޭ ގޮތަށް ރުހުން ނުދޭން ނިންމީ، ސަރުކާރަށް ދަތިކޮށް ޖެއްސުން ކުރަން ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ސަރުކާރަށް ކިރިޔާ ދެމަސްވެފައިވާ އިރު، ވަޒީރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތެއް ދޭން ޖެހޭ ކަމަށް އެ ޕާޓީން ގަބޫލު ކުރެއެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެމްބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅިދާނެއެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެއެވެ. މަޖިލީހުގެ ގަވައިދު މީގެ ކުރިން އޮންނަ ގޮތުން ޖުމްލަ މެންބަރުންގެ އަދަދު ގުނާނީ 19 ވަނަ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހިމަނައިގެންނެވެ. އެކަމަކު، އެމްޑީޕީގެ ތާއީދާއެކު އެ ގަވައިދު ވަނީ އިސްލާހުކޮށްފައެވެ.

މަޖިލިހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެމްބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައެވެ. އެ ބަދަލާއެކު މިހާރު ރައީސްގެ މައްސަލަ ފާސް ކުރަން ބޭނުން ވާނީ 54 މެމްބަރުންގެ ވޯޓެވެ. އެމްޑީޕީގައި މިހާރު ވެސް 44 މެމްބަރުން ތިއްބެވި އިރު، ޑިމޮކްރެޓްސްގައި 13 މެމްބަރުން އެބަތިއްބެވިއެވެ. ދެ ޕާޓީގެ މެމްބަރުންގެ އަދަދު 57 އަށް އަރައެވެ.

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކި ކުރަން ހުށަހެޅޭނެ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމާއި ރައީސްގެ މަގާމުގައި ނުވަތަ ރައީސްގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުމާއި ރައީސް ނުވަތަ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން ހިމެނެއެވެ.

ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމީ ކީއްވެގެން ކަމެއް އަދި ސާފެއް ނޫނެވެ.

ރައީސް ވަކިކުރުމުގެ ވާހަކަ އެމްޑީޕީގެ ބައެއް މެމްބަރުން މީގެކުރިން ވެސް ދެއްކެވިއެވެ. އެކަމަކު، އެމްޑީޕީން ފަހުން ބުނެފައިވަނީ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

76 ކޮމެންޓް

  1. ހަސަން

    ސަކަރާތް ޖަހަން ފެށީދޯ! ރައްޔިތުން މާބޮޑު އިތުބާރެއް ކުރާތީތަ ތިކަނަށް ވެއްދީ؟ ތިއީ ހަމައެއްބައެއްހެން ހީވަނީ، ބޮޑު މުސާރަ ކައިގެން ކުލަ ބަދަލުކޮށްލަކޮށްލާ!

    163
    4
    • މޯޑީގެ އެންމެ ފޯނު ކޯލަކުން އެމްޑީޕީ އަޅުންތައް..

      ބީޖޭޕީ ހިންދުތުވާގެ އޯޑަރަށް!

  2. އަޙުމަދު

    މިއީ ސިރިލަންކާއަށް މަޖިލިހުގެ ރައީސް ކުރި ދަތުރުގެ ތެރެއިން އަވައްޓެރި ގައުމުން ކުރަން މަޖުބޫރު ކުރުވި ކަންކަމުގެ ތެރެއިން ބަޔަކަށް ނުވާނެތޯ؟

    140
    9
    • ބޭބެ

      ރަނގަނޅު! މަޖްލިސްގެ ރައިސްއާއި ނަޝީދު އާއި އެމްޑީޕީ ބައެއް އިސް ފަރާތްތަކާއެކު ދާދިފަހުން ލަންކަގައި އިންޑިޔާގެ އެޖެންޓުންތަކެއް ބައްދަލުކޮށް މިސަރުކާރު ބަލިކަށިކޮށް ވެރިކަމުން ދުރުކުރަން ކަންކަން ގެންދާނެގޮތުގެ މަގުޗާޓުތަކެއްވަނީ ކުރަހާދީފަ!! އެއާ އެއްގޮތަށް މިހާރު ކަންތައްތައް ތަރުތީބު ވަމުން މިދަނީ!! އަދި ރައިސް ޔާމީން އާއި ދޭތެރޭ ކަން ހިނގަމުންދާގޮތް އެގޮތުގައި ދަމަހައްޓަން ސަރުކާރަށް ވަސްވާސްދީ ރައިސް ޔާމީން ރުޅިއަރުވާފަ ބަހައްޓައިގެން ރައިސް ޔާމީންގެ ފަރާތުން ވެރިކަމާ ތޮޅެން ނެގޭނެ އެޑްވާންޓޭޖްސް ތަކާއި ގުޅޭގޮތުންވެސް ކޮންމެވެސް މިންވަރަކަށް ވާހަކަތައް ދެކެވުނުކަމަށްވޭ!!

      50
      1
  3. ޅަސޮރު

    މިމީހުން މައިތިރިކުރަން މިދެން ޔައްޔިތުންނާ ޖެހެނީ

    207
    8
  4. ޅޮސް

    ރައްޔިތުންނަށް ތި ދޯކާ ދެވެނީ. ތިވަރުގެ ގެއްލުމެއް ދޭކައް ގަބޫލެއް ނޫން.

    209
    8
    • ޔާގޫތު

      މިއީ އިންޑިޔާ އަޑީގަ އޮވެގެން ޕާކިސްތާނުގެ އިމްރާން ހާންގެ ވެރިކަން ވައްޓާލިކަހަލަ ބަގާވާގެއް. އެމްޑީޕީގެ އިސް ސަފުގަ އެތިބީ ހުސް ގައްދާރުން

      94
  5. ޙައްގުބަސް

    ރައްޔިތުންނޭ ނިކަން ހޭއަރާ މިފަހަރު ތިބޭތި!! ރައްޔިތުން ހޮވާފައިވާ ވެރިކަމަށް ދެ މަސް ނުވަނީސް އެމްޑިޕީއިން މިއުޅެނީ އިންޑިޔާއާއި ގުޅިގެން ސަރުކާރު ވައްޓާލަން! އިންޑިޔާގެ އުނގަށް ނުވެއްޓި އަދި އިންޑިޔާ ސިފައިން ބޭރުކުރާތީ އެކަމާ ނުރުހިގެން އިންޑިޔާއިން އެމްޑީޕީއާއި ގުޅިގެން މިމަސައްކަތް ފެށީ!! ނަން ނުޖަހަން ޝަރުޠުކޮށް މިކަން އެނގޭ ފަރާތަކުން މައުލޫމާތު ލިފައިވާގޮތުން އިންޑިޔާއިން ވަނީ މިކަން ކުރަން އެހީވުމަށް ގިނައަދަދެއްގެ ފައިސާވެސް ހުށަހަޅާފަ!! އެއީ މެމްބަރުންނަށް ރިޝްވަތުދީގެން އަދި ޕާޓީތަކުގެ އިސް ފަރާތްތަކަށް ފައިސާދީގެން އެކިކަހަލަ ކަންތައްތައް ސަރުކަރާ ދެކޮޅަށް ކުރުވުމާއި ޕާޓީ ބަދަލުކުރުވަން!! ރައިސް ޔާމީންގެ ވެތިކަމާ އެމްޑީޕީއިން ތޮޅުނީ އަދި އެވެރިކަން ވަައްޓަން އެދައުތުގެ މެދުތެރެއިން ފެށީ ހަމަ އިންޑިޔާގެ އެހީތެރިކަމާއެކު!! މިފަހަރު މިއޮތީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖްލިސް އޮތްވާ މިކަން ފަށައިގަނެ ގޮތެއް ނިންމަން އަންގާފަ!! އިންޑިޔާއަށް އެނގޭ މަޖްލިސް ދެން އެމްޑީޕީއަށް ނުލިބޭނެކަން! އިންޑިޔާގެ އެޖެންޓުންތައް ލަންކަގައި ނަޝީދާ އެމްޑީޕީގެ އިސް ފަރާތްތަކާއެކު ދާދި ފަހުން ބޭއްވި މީޓިންގްއަކަށްފަހު ދެޕާޓީއެކުގައި މަސައްކަތްކޮށް ވެރިކަން ވައްޓާލަން މިހިފައިގަތީ!! މިކަން މިހެން ރައްޔިތުން އަދި ސިފައިންނާ ފުލުހުން ވިޔަ ދީގެންނުވާނެ!!

    71
    2
  6. ހަސީނާ

    ސޮއެހަމަވެދާނެ ،ވޯޓްހަމަވާނެބާ؟ހަނދާންނައްތާލާ#ވަރައްސަލާމް

    51
    4
  7. ادنان علي

    މޯލްޑިވިއަން ދުއްޕާން ޕާޓީ އުވާލުމައް ގޮވާލަން އަދި ރައީސް ابراهم ގެ ވެރިކަމުގަ ހިންގާފަހުރި ކަންތައްތައްބަލައި ފިޔަވަޅުއެޅުމައް ގޮވާލަން
    ދިވެހިންގެ ބޮޑު އަޢުލަބިއްޔަތަކުން ޤާނޫނީ ހަމަތަކުގެމަތިން އިންތިޚާބުކޮއްފައޮތް ވެރިކަމެއް އެމްޑީޕީން ބާރުގެ ބޭނުންކޮއްގެން ވައްޓާލާކައް އަހަރެމެން ﷲ އިރާދަކުރެއްވިއްޔާ އެފުރުސަތެއް ތިޔަ އެމްޑީޕީއަކައް ނުދޭނެކަން ހަނދާންކުރާތި ތިޔައުޅެނީ މިތާންގަ ކަންތައްގަޑެއް ހިންގާނަމޭ ހިތައްއަރައިގެންތަ ނުހިންގޭނެ

    72
    2
    • ސަމަރުބުލޫ

      ވަރަށް ތާއީދު. ލަންކާގަ ރައްޔިތުން އަރައިގަނެ ކަންކަން ހަމަޔަކަށް އެޅުވިގޮތަށް މިތާ ކުރަންޖެހުނަސް ކުރާނަން އިންޝާﷲ. ގައުމު ވިއްކާލިޔަ ނުދޭނަން

      31
      0
  8. މއކ

    ކުޑައިރު މަންމަމެން ބުނާނެ ސްކޫލައް ފޮނުވަމުން ރަގަޅައް ކިޔަވައްޗޭ އެހެންނޫނީ ދާންޖެހޭނީ މަހަށޭ ނޫނީ އަތްގާޑިޔާ ދަމަންށޭ ފާސްނުވެއްޖެޔާ. އަހަރެންގެ ދަރިން ކާރީ ބުނާނަން ފާސް ނުވެއްޖެޔާ ދާންޖެހޭނީ މަޖިލިސް މެންބަރުކަން ކުރާށޭ

    51
  9. ުރައްޔިތުމީހާ

    ރައްޔިތުން މިތިބީ ބަލަން. ބޭނުންހައި ކަމެއް ބޭނުންހައި ގޮތަކަށް ކުރާކަށް އަދި ފުރުޞަތެއް ނެތް. އެކަން ހަނދުމަފުޅުކުރައްވާތި.

    58
    1
    • ހަސާނާ

      އެހެންތޯ ކޮންރައްޔަތުންނެއްތޯ ތިވަރުގެ ރައްޔަތުންނެއް ވޯޓެއް ނުވިއްކާނެ.

  10. ދަތްނެތްކުއްޖާ

    މަޖުލިހުގެ ރަޢީސާއި ، ނައިބު ރަޢީސް ވެސް ވަކިކުރަން ތި އޮތީ މަޖުލިހަށް ވައްދާފަ! ދެން ޤައުމުގެ ރަޢީސް ވެސް ވަކި ކުރަން ވެއްދުމަކީ ވެސް ރައްޔިތުން ދެކޭ ގޮތުގައި މައްސަލަ އެއްނޫން. ރަޢީސް ވެސް މަޖުލިހުގެ މެމްބަރުން ވެސް ހަމަ ހޮވީ ރައްޔިތުން. މިއީ ހަމަ ދެކޮލުންވެސް ޖައްސާ ޗަރުކޭސް!

    13
    32
    • ރުހުން

      އަސްލު އަބަދުވެސް ހަޖަމު ނުވާނީ އެމްޑީޕީއައް ފުރަތަމަ މަޖިލީހައް ރުހުން ހޯދަން ފޮނުވިތަނުން ވެސް ބުނި ރުހުން ނުދޭ ނަމޭ. ރައްޔިތުން ރުޅިއައީމަ އޭރު ބުނީ ނޫޅޭމޭ ސަރުކާރައް ޖެއްސުން ކުރާކައް.

      22
  11. ތަކުރު

    އިންޑިއާގެ ބަލާވެރިކަން މިޖެހެނީ

    67
    1
  12. އާދަނާ

    ރައްޔިތުންނިކުމެ ތިޔައެމްޑީޕީ މެންބަރުންް މަޖިލީހުން ބޭރުކުރަންއެބަޖެހޭ، އިންޑިޔާގެ ޕަޕެޓުން ގައުމަށް ގައްދާރުވާއިރު ރައްޔިތުން ބަލަންތިބެގެން ވާކަށްނެތް!

    55
    • ދިވެހި މީހާ

      ދިވެހިރާއްޖޭގެ ވެރިކަމާ ތޮޅުމުގެ ފުރުސަތު އެމްޑީޕީއަށް ދެވިގެންނުވާނެ.

  13. ޝަރީފް ޢަލީ

    މީ ހަމަ ލާރި ހޯދަން ފެށި ޖަރީމާ އެއް ވަގުތުން ސަރުކާރުން އިދިކޮޅުމެންބަރުންގެ ސޮއި ހޯދަން ހިފާނެ.. މިލިއަނުން މިލިއަނުން ލާރި ނަގާނެ. ބަލަން ތިބޭ ވާނުވާ

    34
    • އޭނާ

      ތިބުނީވެދާނެ ގޮތެއް މެސް އަޑުއަހާފިން ތިފަދަވާހަކެއް މަޖްލިސް ހޯދަން ކެންޕޭންކުރަން މެއްބަރުން ވިއްކާވާހަކަ

  14. ނައިމް

    މަޖިލިސް އުވާލަން ފެންނަނީ.

  15. ޢަލިބިޔާއްކަލޯ

    ކަލޭނޭ ހޭބަލިނުވައްޗޭ އަހަރުމެންވެސް އަދި އެބައުޅެމޭ

    41
    1
  16. ބުސް

    މުޅި ދުނިޔެވެސް ނުރައްކާތެރި ޙާލަތެއްގަ އޮއްވާ މިމީހުން މިރާއްޖެއަށް ކިހިނެތް ހަދަންތަ މިއުޅެނީ. ރައްޔިތުންނޭ ހޭއަރާ. ވިސްނާ. މަޖިލިސް އިންތިކާބުގައި ސަރުކާރާ ދެކޮޅު އެއްވެސް ބަޔަކަށް ވޯޓު ނުދޭތި. އެމީހުން އެއުޅެނީ މިގައުމު އަނދަވަޅަކަށް ވައްޓާލަން. ހުރިހާ ނިކަމެތިކަމެއް ލިބޭނީ ރައްޔިތުންނަށް.

    48
  17. ހާދާލު

    ވަކިކުރަންވީ މަޖިލިޝް މެންބަރުން އެމީހުންގެ ދައުރު ވެސް ވަނީ ހަމަވާން 1 މަހައްވެފައި. 2 މަސްކުރިން ރައްޔިތުންގެ ވޯޓުން ގެނައި ވެރިކަމެއް މިއީ. އިންޑިޔާގެ މަދަދުގަ ބަޔަކު ބޭނުންވަނީ ތާއަބަދު ވެރިކަން ކުރަން ރަމްޒީ ގޮތުން.
    އެމީހުނައް ވެރިކަމުގަ ހުރެވެނިކޮއް އޯކޭ ކޮންމެ މެގޮތަކައް ވެސް

    43
  18. ޢހ

    ރައްޔިތުން ނުކުންނަންވީ މަޖިލިސް ތަޅުއަޅުވަން

    46
    1
    • ކަމަނަ

      ގުޑު

      1
      1
  19. އެމްޑީޕީ ސައިޒުކުރަން

    މިއީ ގައުމަށް ދެވޭ ވަރަށް ބޮޑު ދެރައެއް
    ގައުމަށް ޚިޔާނަތްތެރިވުމުގެ ދެވަނެއް ނެތް ފަދަ ކަމެއް
    ރައްޔިތުން ދެން މަޑަކުން ނުތިބޭނެ

    41
  20. ޢިބޫ

    މި މީހުން އަނެއްކާވެސް ވޯޓުން މައިތިރި ކުރާނަން އ.އ

    35
    1
  21. މެސީ1

    ހާސް ނުވޭ، ތިކަމެއް ނުވާނެ. ރޯމަސްވެސް ހުސްބުޅީގަ އެޅުނީމަ ތިހެން ތެޅޭނެ

    36
    1
  22. ހަސަން ފުތާ

    ނިކަން ތިބެގެން އިތުބާރު ނެއްކަމުގެ ވޯޓު ލާބަލަ ރައްޔަތުންގެ ބޮޑު އަޢުލަބިއްޔަތުން ހޮވާފަ ހުރި ވެރިއަކު އިންޑިއާގެ ރުހުން ހޯދުމަށް ތިކުރާޖެއްސުން ރައްޔަތުން ކަލޭމެންގެ އިތުބާރު ނިކަން ނަގާނަން!

    35
  23. ނަޝީދު

    ރައީސް މުއިޒްގެ ވެރިކަން ނިންމާނީ އަދުރޭގެ ނުބައި ނުލަފާ ގަދަ ބަހުގެ ހަމަލާ ތަކުގެ ސަބަބުން އޭންގެ ސަބަބުން އެތައް ރައްޔިތުންގެ އުންމީދު ފުނޑު ފުނޑު ވެ ވެއްޔާއި މޮޑެވިއްޖެ ރައީސް މުއިޒް އަދުރޭ ސަރުކާރުން ބޭރުކުރަން ގޮވާލަން....

    6
    36
    • ދޯރިމ

      އަސްލު ކަމެއް ނުކޮއް ވައްކަންކޮއް ނުބައި ނުލަފާ ގަދަބަސް ބުނި މީހުން ވަނީ މީގެ 2 މަސް ކުރިން ރައްޔިތުން ގެޔައް ފޮނުވާލާފަ

      12
    • މައިތިރިވޭ

      ބުރޯ. ޑޮކްޓަރަކަށް ދައްކަން ފެންނަނީ. ބުރޯގެ ސިކުނޑީގެވެސް އަދި ހަޖަމުގެވެސް މައްސަލަ އުޅޭކަމަށް އެބަ ފެނޭ

  24. ހަސަން ފުތާ

    ރައީސް މުއިއްޒު ހޮވާފަ އެހެރީއަކީ މޑޕ މީހުން ވެރިކަން ކުރި ރަނގަޅު ކަމަކުންނޫން ނޭނގޭނަމަ މިބުނަނީ! ޢަޅެ ނިކަން ވޯޓު ނާގާބަލަ

    22
  25. ޚިޔާލު2

    ވަގުތުން ވަގުތަށް މަޖިލީސް އުވާލެވޭނެ ގާނޫނީ ހަމައެއް އޮތްނަމަ މަޖްލީސް އުވާލަން ތައްޔާރުވާންޖެހޭ
    ރައީސްގެ އިތުބާރުނެތްކަމަށް ހުށައަޅައިފިނަމަ މަޖިލީސް އުވާލުމަކީ ރައްޔިތުންނަށް އެންމެ މަސްލަޙަތު ހުރިގޮތެވެ.

    36
  26. ސީއެފް

    މިވެރިން ވެރިކަމަށް އަށް ބޮޑެތި އޮޅުވާލުމަކާއި އެކު ރައްޔިތުންނާއި ޕީޕީއެމް މެމްބަރުންނަށް އޮޅުވާލައި ހީލަތްތަރި ރޭވުމަކުން. އޮޅުވާލުމަކީ ޔަހޫދީންގެ ސިފައެއް. ވީމާ އެމީހުން ހެދި ހީލަތުގެ ރަހަ އެމީހުންނަށް ދައްކަވާށި. ޢަޒުލު ކުރޭ.

    6
    31
    • މާމުޑި

      ދިވެހި ރައްޔިތުން ކުރިމަތީ މިތާ އިންޑިޔާ ސިފައިން ނެތޭ ކިޔާ ދޮގުހަދާ އަދި ޕީޕީއެމް މެންބަރުންނައް ލަނޑުދިނީ ވެސް އެމްޑީޕީން ޔާމީނު ޖަލައްލާ އިންތިހާބުގަ ކުރިމަތި ނުލެވޭ ގޮތްހެދީ. އެހެންވެ ޔަހޫދީން ކިޔަންވީ މީހުން ރައްޔިތުންނައް ރަނގަޅައް އިނގޭ

      16
  27. ބާގީން ބޭރުކުރޭ

    ނޮވެންބަރު 3ގެ ބާގީން ފަހަތުގަ ތިބި އެމްޑީޕީ މިކުރާ ބަގާވާތް ހުއްޓުވަންއެބަޖެހޭ ރައްޔިތުން ނިކުމެ

    34
    1
  28. ސަންތި މަރިޔަނބު

    އިންޑިއާ ސިފައިން ބޭލުމާއި ރައްޔިތުންނަށް ހެޔޮރަނގަޅު ގޮތްތަކަށް ސަރުކާރު ހިންގާތަން ފެންނާތީ އިންޑިއާގެ އަޅުދާސްތު ވެފައި އޮތް އެމްޑީޕީއަށް މިކަންކަން ހަޖަމުނުވެގެން މިއުޅެނީ. މިހާރު މިކަންކަން ވެއްޖެ ބޮޑު ބަލާ މުސީބާތަކަށް. ބަލަގަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީ ބަލައިނުގަތީ ވައްކަމާއި ފަސާދަ އާންމުވީލެއް ބޮޑުކަމުން. ވެރިކަމަށް ތިން މަސްނުވެގެން އުޅޭއިރު ރައީސް އަޒުލްކުރާ ވާހަކަދައްކަން މިއަދު އެމްޑީޕީން ލަދުގަންނަން ޖެހޭ. އެމްޑީޕީއަކީ އެއްވެސް އިރެއްގައި ޤައުމަށް ހެވެއް އެދިގެން އުޅުނު ބައެއް ނޫން. ޗޯރޭ ސަރުކާރުންވެސް ރައްޔިތުންގެ ޖީބުތަކަށް އަތް ބާނައިގެން ފެލާލީ.

    30
  29. މީހުންގެ ޙައްޤަށް އަރައިގަތީމައި އެތަން ދައްކަވާނެ

    ހަމަގައިމު ވެސް ޔަޤީނުން ވެސް ކުރީ ސަރުކާރުން ފުރަތަމަ ބުރުގައި، މާލޭގެ މީހުން ދިރިއުޅެމުން ދިޔަ ދެފައިދެގޯޅި ވަރުގެ ތަންކޮޅު ދޫކޮށްލާގޮތަށް ދެއްވި ގޯތި ތަކަކީ އެއްވެސް އޮޅުވާލުމެއް ނެތް ސާފުކޮށް އޮތް ކަމެކެވެ. އެ ސަރުކާރު ނިމުމާއި ހަމައަށް ވެސް ދިޔައީ ހިކިފަސް ތަންތަނުން ގޯތިތައް ދޫކުރަމުންނެވެ. މި ސަރުކާރު އައި ފަހުން އެތައްބައެއްގެ ޙައްޤުތައް ވަނީ ނުދީ ހިފަހައްޓާފަ އެވެ. އެ ގޯތިތަކުގެ ޙައްޤުވެރިންގެ ދުޢާ ކުރާނެކަން ހަނދާން
    ކުރާށެވެ!

    2
    30
    • ހަމަދު

      މާލޭ މީހުނައް އެމްޑީޕީ ނޫނީ މިހާ ބޮޑު ލަޑެއް ދިން ބަޔަކު ނޫޅޭނެ. ވެރިކަން ނިމެން 2 ދުވަހައްވީމަ ކަމެއް ކުރަން އުޅުނީ އަސްލު ނުހިއްކާ ހުރިތަނުން ގޯތިވެސް ދިނީ ވެރިކަމުގެ ދަހިވެތިކަމުގަ

      18
    • މީހާ

      ރުޅިއަޔަސް ދޮގުވާހަކަ ނުފެތުރުން ރަނގަޅުވާނީ.

      14
      1
    • ހުދު ގަމީސް

      ބުއްޅަބޭ، ކާކުގެ ކޮންތަނެއްތަ މިސަރުކާރުން އަތުލީ. ތަނެއްގަ ހިކިފަސް ކޮޅެއް ހަދާފަ ބަހާލީމަ ނިމުނީތަ؟ އިތުރު ކަމެއް އެތަނުގަ ހަމަޖައްސަން ނުޖެހޭތަ؟ ދެންތިބުނާ 4000 ފްލެޓްބަހާލީ އެތައްބަޔަކު ސަކުވާކޮއްކޮއްވަ، އެތަން ނުދޭން އެނގީ މިސަރުކާރުތަ ނޫނީ އޭރުގަވެސް ސަކުވާތައް ބަލަމުންދިޔަ އޭސީސީތަ؟ ކަނޑުގަ ރޮންގެއް އަޅާފަ އެއޮތީ ކަލޭގެގޯއްޗޭކިޔާފަ ގަންޑެއްދިނަސް އެހިފައިގެން ތިކަހަލަ ކޮހުން ދުވެނަގާނެ.

  30. Anonymous

    ރައްޔިތުންނަށް ލުއިފަސޭހަވާނެ އެތައް ކަމެއް މިވީ ކުޑަ ދުވަސް ކޮޅުގައިވެސް ކޮށްދެއްވައިފި .ޝުކުރުވެރިވާން ނުދަންނަ ބައެއް. ލާދީނީ ނުފެތުރުވޭތީ. ހެޔޮފުޅުކޮށް ކަންކަން ކޮށްދެއްވާތީ ހަޖަމުނުވީ. ކަނޑުވިއްކާލި ކަލޭގެއަށް ހަޖަމެއް ނުވާނެ ވެރިކަން ގެއްލުމުން. ވޯޓްދޭމަތިން ފަހުވަގުތުވެސް އެތައް ބަޔަކަށް ވަޒީފާ ދީފައި ފައިބައިގެން ދިއައީ. ދެން ވަޒީފާއިން ވަކިކުރީމައޭ ކިޔާ ފިތުނަ އުފައްދުވަން. ރައްޔިތުން ނޫނެކޭ ބުނީ ބުނާވަރުވީމަ ކަމެއް މިގަމާރަށް ނޭނގޭ. ވެރިކަން ކުރެވެނީ ފޫބުޑުގައި އަވައްޓެރިން ބައިތިއްބައިގެން. ޤައުމަށް ޚިޔާނާތްތެރި ޢައްދާރެއް.

    27
  31. ފަރު

    ދެދުވަހުންއެއްދުވަހު އަޅުގަޑުމެންގެ އިއްޒަތްތެރި ރައީސް ޑރ. މުއިއްޒު ވެރިކަމުން ދުރުކުރަން ތިއުޅެނީ ސަރުކާރު ބިރުގަންނަވާ ބަލިކަށި ކުރުމަށްހެން ވަރަށްހީވޭ. ކިތަންމެ ވަރަކަށް ހަޖަމް ނުވިއަސް މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ނޫން ކަމަށް ނުހެދޭނެ. މާކަންތައްބޮޑުވަނީ ވިއްޔާ ރައްޔިތުން މިތިބީ މަގުމައްޗަށް ނުކުންނަން ވެސް ތައްޔާރަށް. އެމް.ޑީ.ޕީ ގެ ތިޔަ ބައިގަަޑަކީ ދިވެހި ރައްޔިތުންނަށް ދުވަހަކުވެސް ހެޔޮއެދޭނެ ބައެއް ނޫން. ޙެޔޮއެދޭނީ ހަމައެކަނި ތިބައިގަޑުގެވަށައިގެން މުގޯލި އަޅާ މީހުންނަށް.

    22
    1
  32. ރައްޔިތުމީހާ

    ރައީސްއިންޕީޗްކުރްޖެހޭ ސަބަބެއް ނުދެއްކުނު އޮތީފޮރުވިފަވާ ސިއްރު އެޖެންޑާއެއް

    29
    0
  33. ހުސެން

    މަޖިލިސްއު ވާލަންފެނޭ

    31
    1
  34. ކަނޑުގަރާސް.

    އަޒުލު ވޯޓު ނެގުމުގެ ކުރިން މާލެއާއި ރަސްމާލެ ކަނޑު އަޑިން ގުޅާލާ ރޭލު ދުއްވާލާ. މުޅި ދުނިޔޭގައިވެސް ހަމަ އަލަށް މިކަން ކުރާތީ ޔޫރަޕް އިއްތިހާދާއި އެމެރިކާއަށް ކަނޑު އަޑިން ބިންގަރާސް ހަދަން ދަސްކޮއްދޭން އެތާގެ ސައިންޓިސްޓުން ނޯޓްފޮތް ހިފައިގެން މިތަނަށް އަންނަގޮތަށްވެސް ހަދަންވާނެ.

    2
    23
    • މައިމީހާ

      ބަޔަކު ކަމެއް ކޮއްފާނެތީ ހަޖަމު ނުވާބަޔަު އުޅޭނެ ކުރިން ވެސް ބުނި ބްރިޖް ނޭޅޭނެޔޭ

      13
  35. ސަހަރޯ

    ދެންފަހެ ރައީސް މީހާ އަކީ ކަލޭމެން ހޮވި ބައެއްތަ ތިހެން ތިޔަ އުޅެނީ

    26
    1
  36. ހުސެން

    ރައީސްއަލިބޭބާ ރުގެދަށޫން މަޖިލިސް އުވާލަށްވާ

    26
    1
  37. ބޮޑުވަޒީރު

    ސަބަބު ވަރަށް ސާފު! ސަބަބަކީ އެމްޑީޕީގެ ގެރިކަލާންގެ އެގޮތަށް އަމުރުކުރީމަ! މިކަމުންވެސް ޔަގީންވަނީ އެމްޑީޕީގެ އެންމެ އިސްވެރިޔަކީ ގެރިމޯދީކަން! މިގައުމުގެ މިނިވަންކަމަށް ރައްޔަތުން ވޯޓްދިނީމަ އޭގެ އެއްވެސް ބުރަދަނެއް ނެތްތާދޯ! އިންޑިއާއިން އަންނަ ކޮމާންޑް މަޖިލިސްގަ ބާރު މިއޮތީ!

    14
  38. މުޙައްމަދު

    މީންވެސް މިއިނގެނީ ނިމިދިޔަ 2މަސް ތެރޭގައި މުއިޒްގެ ސްޕީޑް އެގުމުން ދެން އަތެއްނުވާނެކަން ޔަގީންވީމަ.. އިންޑިއާ އަޑީގަ ތިބެގެން ގަންނަ ގަނޑުމީ އަސްލު.

    22
  39. ިުއއ

    ސަރުކާރަށް ގޮވާލަން އަހަރެމެން ނެރިިގެން އެމްޑީޕީ މަޖިލިސް މެމްބަރުން ސައިޒުކުރަން

    10
  40. Anonymous

    އެބަޔަކަށް ދަސްވެފައިވާ ކަމެއްތާ ކުރާނީ. އެމްޑީޕީއަކީ ވެރިކަން ވެއްޓުމާ ގައުމު ހަލަބޮލިކުރުމާއި ހުޅުޖެހުމަށް ފޯރިހުންނަ ބައެއް.

    15
  41. އެމްޑީޕީ އުވާލާ

    އެމްޑީޕީ ޕާޓީ އޮފީހަށް ރައްޔިތުން އެއްވޭ. ބާގާވާތް ހުއްޓުވާ!!!

    11
  42. Anonymous

    ބާރުތައް އަންނަނީ ރައްޔިތުންގެ ކިބައިން. ރައްޔިތުންގެ މެޖޯރިޓީއިން ހޮވފައިހުރި ވެރިއަކު އަޒަލުކުރަން އެކަށީގެންވާސަބަބެއްނެތި ހިތަށް އެރުމުން ބޭރުކުރުމަކީ މަޖުލީހަށް އޮންނަ ބާރެއްނޫން. ރައްޔިތުން ނުކުމެ މަޖުލިސް ތަޅުނާޅުވަނީސް މައިތިރިވޭ. ރައްޔިތުންގެ މެޖޯރިޓީ އާއި ދެކޮޅަށް މަޖުލިހުން އަމަލުކުރާނަމަ ރައްޔިތުންގެ ބާރު ރައްޔިތުން އިއާދަކޮށް މަޖުލިސް ބަންދުކުރުމުގެ ހައިސިއްޔަތު ރައްޔިތުންނަށް ލިބިދެވޭ.

    11
  43. ޙެހެހ

    ރާއްޖޭގެ ޤާނޫނު އަސާސީ ބަދަލުކުރަންޖެހޭ ، ރައްޔިތުންގެ ވޯޓަކުން މީހަކު ހޮވިގެން ހުވާކޮށްނިމި މަދުވެގެން 1 އަހަރު ދީފަ ނޫނީ އިތުބާރު ވޯޓު ނުނެގޭގޮތަށް ، މީ ވަރަށް ދެރަކަމެއްނުދެން

    13
  44. ޢަލީ

    ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިހުރި ރައީސް އެމް.ޑީ.ޕީ ގެ 50 ހަކަށް މެމްބަރުންގެ ވޯޓުން ވަކިކުރެވޭގޮތަށް އޮތުން މީ ކޮންކަހަލަ ޤާނޫނެއް.

    15
  45. ޢަލީ

    އެމް.ޑީ.ޕީ އިދިކޮޅު އޮންނަ ކޮންމެފަހަރަކު ގައުމު ހަލަބޮލިކުރަން އެތައް މަސައްކަތެއްކުރާނެ، ދެވެންހުރި އެތައް ގެއްލުމެއްދޭނެ. މީ ރައްޔިތުން ވ ވަރަށް ވިސްނަންޖެހޭކަމެއް.

    12
  46. މީހުންގުނބޯ ހައްދާ ގްރޫޕް

    ބައެއްމީހުން ކޮމެންޓް ކުރާއިރު ދެކޮޅު ނުބަލާ ހިތަށް އަރާހާއެއްޗެއް ލިޔުނަކަސް ރައްޔިތުންނަކަށް އޮޅުވައެއްނުލެވޭނެ. ނިމިދިޔަ ސަރުކާރުން ހިކިފަސް ތަންތަނުން ބިން ދިން ވާހަކަވެސް ތިއީ ބޮޑު އޮޅުވާލުމެއް. އަދި ނިމިދިޔަ ސަރުކާރުގަ ބިމުގެ ލިޔުން ނުދޭ އެތައް ބަޔަކު އެބަތިބި. ހިކިފަސްތަން ހުޅުމާލެ 2 ވަނަ ފޭސް އިން އިއްތިފާގުންލިބުނީ ޕާޓީ ކުދިންނަށް. އުސޫލެއްހަމައެއްނެތި ކަނޑުން ދިން ތަންތަންވެސް ގިނަ މީހުން އެއްވީމަ ޗާންސް ބޮޑުވާނެ އޭ ކިޔާފަަ ބޮޑު އޮޅުވާލުމެއް އިއުލާން ކުރުމުން މޮޔަހެދިގެން ތިންމީހުން އެއްވުމުން މީހަކަށް 683 އަކަފޫޓް ލިބޭ ގޮތްހަދާ އެއް ނުވެ ތިބި މީހުންނަށް 1250 އަކަފޫޓް ދިން ކަން ހަމަ ނޭގެނީބާ.

    12
  47. ފިކުރު

    ރައީސް ވަކިކުރުމުގެ މޭސްތިއަކީ މައި ގުންޑާއެވެ އޭނާ
    ބޭނުންވަނީ ވެރިކަމެވެ ރާއްޖެއަނދަވަޅަކަށް ވައްޓާލައިގެން
    ނަމަވެސް ތަޚްތަށް ސަވާރުވުމެވެ
    ވީހާއަވަކަށް އޭނާގެ މައްސަލަތައް ކޯޓަށް ހުށަހަޅަން ޖެހެއެވެ
    އަދި އޭނާހިންގާފައިވާ ޖަރީމާތަކަށް 1000 އަހަރަށްވުރެ މަދުނޫން ޖަލުހުކުމެއް އަނާނެކަމަށް ބެލެވެއެވެ އެއީ ރައްޔިތުންނަށާއި ގައުމަށް ޣައްދާރުވެފައިވާ ބޮޑު ކުށްވެރިއެކެވެ އެފަދަ މީހަކު އެއްވެސްތާކުން ހިމާޔަތް ހޯދަން ދެން ފުރުސަތު ދެވިގެން ނުވާނެއެވެ.

    12
    0
  48. ރައިތުން

    މަޖިލިސްއުވާލައި

    14
  49. ޔ

    ޥޯޓަށް އަހާ ދުވަހު މަޖިލީސް ތެރެއަށް ވަންނާނަން ލާހިކެއް ނޫން

    15
  50. ނައްނި

    ކިޔާތީ އަޑުއެހިން މޑޕ މަޖްލިސް ިންތިހާބައް ކެންޕޭންކުރަން ލާރިހޯދަން މޑޕ މެންބަރުންވިއްކަން ކުރާކަމެކޭ.

  51. ޝާވިން

    ޢަހަރަމެން ވޯޓުލައިގެން ހޮވި ރައީސެއް ތި މަޖިލީހުން ވައްޓާލުމުގެ ބާރެއް ނުދެން. ތަންކޮޅެއް ޒިންމާދަަރުވެބަލަ. ކުޅޭކުޅޭ ތަނަކަށް ހަދައިފިއޭ މިގައުމު. ކިހާވަރުގަދަ ކަމެއްމީ. ބޭރުގެ ނުފޫޒު މި ގައުމަށް އޮތްވަރު ފެނިގެން މިދަނީ. ޙުސް ގައްދާރުން. ޥޯޓުން ބަލިވީމަ ހަޖަމް ނުވިޔަސް ބޮޑުވަރުތީ. މިމީހުން އިދިކޮޅަށް އަންނަ ކޮންމެ ފަހަރަކު މި ޖަންގަލީގެ ކުޅިވަރު އެބަ ކުޅެއޭ.

  52. ޥަޒަކަރުމަރުވާން

    މިފަދ ނިޒާމެއްގ ތެރެއިނ މިހާލަތުގައިވެރިކަންކުރަންވ މިބައިމީހުްންމައިތިރިކޮއްގެންއަހަރުމެންނައްއެކަންއެނގޭވަރއްރަނގަޅައްްކުރަންލަސްނުކޮއްމޱޕމެމްބަރުންނާއިސޮީބުވިސްވިވިހާލިކުރުމައްގޮވާލަން

  53. ޝާާޥީން

    އެހާ ފަސޭހައިން ރައީސް ވަކި ކުރެވޭ ގޮތަށް ގާނޫނު އޮތުމަކީ ގައުމަށް ލިބޭ ބޮޑު ގެއްލުމެއް. ޣާނޫނީ ކުށެއް ނުކުރާހާ ހިނދަކު ރައީސް ވަކި ކުރެވިގެން ނުވާނެ. ޥަކި ކުރެވެން ޖެހޭނީ ސުޕްރީމް ކޯޓުން އެއީ.ކުށެއްކަން ސާބިތުވެ މަޖިލީހަށް ހުށަހެޅައިގެން މަޖިލިހުން ފާސްވީމަ. ގާނޫނު އެބަޖެހޭ ހަމަޖެހޭ ގޮތަކަށް ބަދަލު ކުރަން.

  54. އަހްމަދު

    މިހާރުއެބަޖެހޭ ސޯލިހްސަރުކާރުގެ ހުރިހާ މައްސަލަތަކެއްބަލަން އެއްވެސްކަމެއް ދޫކޮށްލައިގެންނުވާނެ

  55. ގަބުޅިބާދަލާ

    ދިވެހި ގައުމު އަޅުވެތިކޮށް އިނދަޖައްސާލަންއެމްޑީޕިއއާއި ދަނޑި ފައްތަރު ޕާޓީ އުޅޭކަމަށް ވަންޏާ ދިވެހިން ތިބީ ތިޔާ މުނާފިގުން ބައިގަނޑު އެއަްވުރެ ނިކަމެތިކޮށް އިނދަޖައްސާނކަން ހަނދާންކުރާތި. ކުރިއަށް އޮތީ މަޖްލިސްއިންތިޚާބް.ﷲގެ އިރާދަފުޅުން ނިކަމެތިވާނެބަޔަކީ ތިޔާމުނާފިގުން.އާމީން

  56. ނަގޫރޯޅި

    ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވާފަހުރިވެރިޔަކައް ކަލޭމެން ތިހިތައްއަރުވާހާ ކުޅިގަނޑެއް ކުޅެން ކަލާމެން ނުކުންނަންވާނީ ނިކަންކެރިގެން. މަގުމަތި އޮމާންކޮއް އޮންނަތަންފެނިގެން ހަޖަމުނުވެގެން ތެޅޭނެކަމެއްނެތް. ދައުރުގެ ބާކީމިއޮތް މަދު ދުވަސްކޮޅު މަޑުންތިބެވޭތޯބަލާ، ނޫނީ ވަރައްގޯސްވެދާނެ. ގައުމު ހަލަބޮލިކޮއްލަން ބޭނުމިއްޔާ ތިގޮތުގަ ބާރައްކުރިޔައްދޭ،

  57. ލަޠީފް

    ރައީސް މުޢިއްޒާ ކުޅެވޭނެހެން ހީވޭހެއްޔެވެ؟ ތިޔަ އެމްޑީޕީން މަޖިލީހުގެ ރައީސްވެސް ވަކި ކޮށްނުލެވި ގަތް ސަކަރާތްތައް އެހުރީ ފެންނާށެވެ. ޙަޤީޤަތުގައި މަޖިލީހުގައި މިހާރު ތި ތިބި އެމްޑީޕީ ގެވެސް ގިނަ މެމްބަރުންނަކީ ހުސް އަނގައެއް އޮވެ ކަމެއް ކުރަން ނޭނގޭ ބައެކެވެ.. އެކަން ތި މަޖިލީސް ތެރޭންވެސް ފެނި ބާވެއްޖެއެވެ. ކުރިމަތީގައި އޮތީ މަޖިލިސް އިންތިޚާބެވެ. ތިތާނގަ ރިޝްވަތުގެ ބަލި ޖެހިފައިތިބި ބަޔަކު ތިބެ ކިތަންމެ އަޑެއް އެރުވިޔަސް ރައީސް މުޢިއްޒާ ކުޅެ ނުލެވޭނެއެވެ. ހަމަ ލަދުގަންނަވާލާފަ ތިތަނުން ބޭރުކުރާތަން ނިކަން އަވަހަށް ފެންނާނެއެވެ. މަޖިލީހަށް ނުވެސް ހޮވޭނެއެވެ. އަދި ރައީސް ވަކިވެސް ނުކުރެވޭނެއެވެ. ސާޅީހަކަށް ކަނޑުކޮހުން ތިބެ ގަންނަ ސަކަރާތް ދެކިބަލާށެވެ.

  58. ލޭޑީސްޓެންޓަލްމޭން

    ހަމަ ރަނގަޅު އަޒުލްކުރަންވީ އިންޑިިޔާ ސިފައިނާ ހަތިޔާރު ހުރިވަރު ހާމަ ނުކުރެވެނީޔާ ކުރަންވީ ، ދެން އުތުތު ތިލަފަޅު އެގްރިމެންޓް ހާމަ ކުރާށޭ .ނުކުރެވެނީޔާ އިތުބާރު ނެއްކަމުގެ ވޯޓުން ބޭރު ކުރަންޖެހޭ.

  59. މިމީހާ

    އިންޑިއާ އައުޓް، އެމްޑީޕީ އައުޓް. ޑަނޑިމޮކްރެޓްސް އައުޓް،

  60. ވަހީދާ

    ވެރިކަމައް ދަހިވެތިވެގެން ރައްޔިތުން ހޮވާފަހުރި ވެރިއަކާ ދެކޮޅަށް މިގައުމުގެ ގައްދާރުން އަތުކުރި އޮޅައިގެން. ގައުމައް ގެއްލުން ދިނުމަކީ ތިބައިގަނޑު ބޭނުންވާ ގޮތް.