ލިބެމުންދިޔަ އިންޒާރުތަކާއި އެކު ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ރައްކާތެރި ނޫން ކަމަށްބުނެމީގެ ދެ ދުވަސްކުރިން ހުއްޓާލި ރާއްޖެ ޓީވީ އަލުން ފަށައިފިއެވެ.

މިއަދު އަލުން ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިންގ ފެށުމާއި ގުޅިގެން އެ ޓީވީ ސްޓޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް، މިއަދު ހެނދުނު 7:00 ގައި އަލުން ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި މީގެ ދެ ދުވަސްކުރިން އެ ޓީވީގެ ޢާންމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވުމާއި އެކު، މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

"ރާއްޖެ ޓީވީއަށް ކުރިމަތިވަމުން އައި ބިރުވެރިކަމަށް ޙައްލެއް ހޯދުމަށާއި ސްޓޭޝަންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެދި ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްކަމުގައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެމްއެންޑީއެފްގައި ވާނީ އެދިފަ އެވެ. ނަމަވެސް އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ޖަވާބެއް އަދި ނުލިބެ އެވެ." ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖެ ޓީވީން ބުނެފައި ވަނީ އެ ސްޓޭޝަންގެ ޚިދުމަތް އަލުން ފެށީ، ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ.

ރާއްޖެ ޓީވީގެ ޢާންމު ކޮންޓެންޓް ބްރޯޑްކާސްޓު ކުރުން ހުއްޓާލާފައި ވަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ޓީވީ ސްޓޭޝަނުން ކެނޑިނޭޅި ހަޤީޤަތެއްނެތް ވާހަކަތައް ފަތުރައި ރާއްޔިތުންނަށް ހަޤީޤަތް އޮޅޭފަދަ ވާހަކަތައް ދައްކަމުން ގޮސްފައި ވަނިކޮށް، އެފަދަ ކަންކަމާއި މެދު ފިޔަވަޅު އަޅާނެކަން، ކަމާއި ގުޅުންހުރި މުއައްސަސާތަކުން ހާމަކުރެއްވިތާ ގިނަ ދުވަހެއް ނުވަނީހެވެ.

އަދި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚަބަރާއި މަޢުލޫމާތު ބްރޮޑްކާސްޓްކުރާ މީޑިއާތަށް ބަންދު ކުރަން ޖެހިދާނެކަމަށް ބުނެ ސަލާމަތީ ބާރުން ހުރިހާ މީޑިއާތަކަށް އަމާޒުކޮށް ނެރުނު ބަޔާނާއެކު، ރާއްޖެ ޓީވީ އަމިއްލައަށް ބަންދުކުރުމުން، އެ ޓީވީ ސްޓޭޝަން ވަނީ އެފަދަ ޢަމަލުތައް ހިންގާފައިކަމަށް އަމިއްލައަށް އިއުތިރާފް ވެފައި ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ދަވޭ

    ރައީސް ވަނީ ގާނޫނާއި ޚިލާފު ވެފައި ފިޔަވަޅު އަޅާށޭ ކިޔާ ގާސިމް ޕްރޮޕެގެންޑާ ފަތުރާއިރު ގާސިމް އަކީ ފުރަތަމަ ގާނޫނާއި ޚިލާފަށް ސަރުކާރަށް ފިލައިގެން އުޅޭ ކުށްވެެރިއެކެވެ. ވަކި ކުށްވެރިން ތަކެއް ބުނާ ވާހަކަ ތައް ނޫސް ތަކުގައި ޚަބަރުގެ ގޮތުގައި ނުލިޔޭނެ ގޮތަށް ހޯމް މިނިސްޓްރީން އެބަޖެހޭ ގަވާއިދެެއް ހަދާ އިއުލާން ކުރަން. ކުށްވެރިން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތް ތެރިވާތީވެ ރަންރީނދޫ ޓްވިޓަރޭ މެން މެދުވެރިކޮށް އުނގު ވިއްކައިގެން ރިޝްވަތުގެ ގޮތުގައި 30 މިލިއަން ޑޮލަރު ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ދީގެން މިގައުމުގައި އުފެދިފައި އޮތް ގާނޫނީ ވެރިކަން ބަދަލު ކުރަން ޖެހުނީ. މިކަން ކަން އެބަޖެހޭ ނިމުމަކަށް ގެންނަން.

    • އާއޯނާ

      ރަގަޅުވާހަކައެއް.. މީޑިޔާއަށް ހުރަސްނުކުރެވޭނެ ހިސާބެއް ވާކަން އަންގަންޖެހޭ. މިގައުމު ސުންނާފާތިވަނީ ބައެއްމީޑިޔާގެ ސަބަބުން.

  2. ޤައުމު

    މިހާރު މިނިވަން މާހައުލެއް ލިބުނީތަ؟ އެވާނީ މީހުންގެ ސަމާލުކަން ހޯދަން ކުރިކަމަކަށް.

    • މޯދީސ

      ބަޓުވެ، ފަޅާއަރާފާނެތީ، ހެކިނައްތާލަން ޖެހި ސްޓަންޓެއް.

  3. ފައި

    ޤައުމު އަމާން އޮމާންވީ. ޕަކާސްސްސް. ދޮގު ނުހަދާ ފިތުނައެއް އުފައްދާނުލާ ކެތްނުވަނީއޭ ބުނެބަލަ ބީތތައް.

  4. މަގޭ

    ކާކުބާ ހިމާޔަތް ދިނީ

  5. ވޮޗިންގް

    ކުރީގެ ނައިބު ރައީސް ޖަމީލް، މަލީހު އަދި އަމީން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމުން ރާއްޖޭގެ އިދިކޮޅުގައި ވެރިކަމާއި ހެދި ހޭބަލިވެގެން ރިޝްވަތުގެ ފައިސާ ފަނޑިޔާރުންނަށް ދީގެން ގައުމަށް ގައްދާތު ބަގާވާތެއް ގެނެސް ގެން ނަމަވެސް ގައުމުގެ ވެރިކަމަށް ފާވާން ވެގެން މަސައްކަތް ކުރާ ރަންރީނދޫ ބޮޑޭ އަށް އިދިކޮޅު ކޯލިޝަން އިން އިތުބާރު ނުކުރާނެ ކަން މިއޮތް ގެން ދަނީ އެނގި ފާޅުވަމުން ނޫންތޭ. ކެނެރީގެ ނަޝީދު ހޭދެބައި ވެގެން އޭނާ ހީކުރީ 30 މިލިއަން ޑޮލަރު ރިޗަރޑް ބްރެންސަނޭ މެދުވެރިކޮށް ރާއްޖޭގައި ތިބި ދެ ފަނޑިޔާރުންނަށް ދީފައި އަދި އދ. ގެ ދެތިން މީހަކަށް މީހަކަށް 10 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދީގެން އޭނާ އަށް މިގައުމުގައި ބާއްވާ ރިޔާސީ އިންތިޚާބުގގައި ބައިވެރިވެވޭނެ ކަމަށްތޭ. ހަމަ ހިލާ އެކަމެއް ނުވާނެއެވެ. އެވްރީ ގޭމް ޔޫ ޕްލޭ އެވްރީ މޫވް ޔޫ މޭކް އެވްރީ ވެލިޔު ޔޫ ބްރޭކް ވީ ވިލް ބީ ވޮޗިންގް ޔޫ ވީ ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ ވޮޗިންގް ޔޫ. ގޮޓް އިޓް.

  6. ދަވޭ

    ޑރ.ޖަމީލު އާއި އޭނާގެ ޓީމް އެމްޑީޕީ އަށް ސޮއި ނުކޮށް ޖޭޕީ އަށް ސޮއި ކުރީ ކެނެރީގެ ނަޝީދަށް އިތުބާރު ނުކުރެވި އޭނާގެ ހުންނަ ބަތާހަަރާމީ ގޮތް ތައް ބޮޑުވެފައި އަދި އޭނާގެ ދަ ހަރާމްކޯރު ކަން ބޮޑު ކަން ޑރ. ޖަމީލު މެންނަށް އިނގޭތީއެވެ. ރަންރީނދޫ ޓްވިޓަރޭ މެން ރޯ ބުހުތާނު ދޮގު ހިމެނޭ ރިޕޯރޓްސް ތަކާއި ވީޑިއޯސް ތައް ހަދަ ހަދައިގެން އެމެންގެ ޓްވިޓަރ އެކައުންޓް ގައި ޕަބްލިޝް ކުރަމުން އެމެންނަކީ މިގައުމުގައި މާ ބޮޑަށް ތަންދޮރު ދަންނަ ބަޔެއް ކަމަށް ހެދިގެން ފުއްޕާފައި އުޅޭއިރު ތަމެން މިގައުމަށް ކޮށް ދިން ކަމެއް ކޮށްދީބަލަ. ސަރުކާރުގެ ވަޒީފާ ގަނޑެއް ނުލިބިއްޖެނަމަ އަމިއްލަ ވިޔަފާރި އެއް ފެށުމުން ވެސް ވަނީ ފެއިލް ވެފައި ދޯ. އެެއީ ވެސް ކެޕޭސިޓީ ނެތީމައޭ. ދެން ސަރުކާރުގެ މާލިއްޔާ ތެރެއަށް ފާވާން ވެގެން ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކޮށްގެން ކަނޑު ފައްތާ ފިލްމް ކުޅެން ވެގެން ސަރުކާރާއި ރައްޔިތުން ނާއި ސަރުކާރާއި ޖެހޭ ގޮތަށް އެމެން ކުރާ ޓްވީޓްސް އެއީ ދަ ހަރާމްކޯރު ޓްވީޓްސް ތަކޭ މަމެން ބުނަން ނެތިން.

  7. ރަނާ މާލިކު / މާލެ

    ފިތުނައުފެއްދުމުގެ ކިއްލާ އަލުން ފެށެނީ!

  8. ނުރައްކަލޭ

    ޖޭޕީ އާއި ގުޅުނީ އަދުލުވެރިކަން ގާސިމް ގާއިމް ކުރާނެ ކަމަށް ބުނި ނަމަވެސް ގާސިމް އިބްރާހިމްގެ ފަރާތުން އެކަމެއް ފެނިގެން ނުދެއެވެ. އަދުލު ވެރި އަކަށް ގާސިމް ވާނަމަ ކެނެރީގެ ނަޝީދު އިންޑިއާ ސިފައިން މިރާއްޖެ އަށް އަރުވަން އިންޑިއާ ގާތު އޭނާ އެދުމުން އެކަން އޭނާ ސީދާ ސީދަލަށް ކުށްވެރި ކުރާނެއެވެ. ނުކުރޭ. މަމެން ގަބޫލުކުރާ ގޮތުގައި މިގައުމަށް ބޭރުގެ ސިފައިން އަރުވައިގެން ގައުމުގައި އުފެދިފައިވާ ސަރުކާރަށް ވަކި ގޮތަކަށް ކަން ކަން ކުރަން ގާނޫނާއި ޚިލާފު އަމުރެއް ސްޕްރީމް ކޯޓުން ކޮށްފައިވާ އިރު އެކަން ތަންފީޒު ކުރަން ގޮވުމަކީ އެއި ކަނޑައެޅިގެން ގައުމަށް ގައްދާރުވުން ފަދަ ކަމެކެވެ. 1 ފެބްރުއަރީ ގައި މީދޫ ދެ ފަނޑިޔާރަކު ރިޝްވަތުގެ ފައިސާ ނަގައިގެން ގައުމު ފައިސާ އަށް ވިއްކާލައިގެން ގާނޫނީ އެއްވެސް އަސާސެއް ނެތް ގޮތަށް އެމެން ނެރުމު އަމުރަކީ އެއީ އެމްޑީޕީން ނެރޭ ބަޔާނަކާއި ދާދި އެއްގޮތް އެއްޗަކަށް ވާތީވެ އެއީ ގައުމަށް ގައްދާރުވުން އެއީ ސުވާދީބު މާލޭގަި އުފެދުމަކީ. މީ ނުރައްކާ ކަމެއް.

  9. ޜާޓާވީ

    ޜާޓީވީ އަކީ ނޫސްވެރިކަން ކުރާތަނެއްނޫން، ވަކި މަގުސަދެއް ހާސިލްކުރަން ވެގެން މީހުންގެ އަބުރައް އަރާތަނެއް.

  10. އޮޅާލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭދޯ މިވަމުން ދާ ގޮތް. މިތާނގައި ވާން އުޅޭ އަދި ވަމުންދާ ގޮތް އެއީ ކޯއްޗެއް ކަން ތަމެންނަށް އިނގޭތޭ. އެއީ ތަމެން ނެރެން އުޅޭ އެއް ކެންޑިޑޭޓް ނުނެރެވެނީއޭ ކޮން އެއް ކެންޑިޑޭޓެއްތޭ ބޮޑު އެއް ކެންޑިޑޭޭޓް އޮންނާނީ އިނގޭ ތަމެން އެއް ކެންޑިޑޭޓް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  11. ބަލާބަލަ

    ޖޭޕީ އާއި ޖަމީލު މެން ގުޅުނީ އެއީ ގާސިމް އަދުލުވެރި ވާނެތީއެއް ނޫން އެއީ ފަތުރާ ޕްރޮޕެގެންޑާ އެކޭ ރާއްޖޭގެ އިދިކޮޅުގައި ތިބި މީހުން އަދުލުވެރިވާނަމަ ސްޕްރީމް ކޯޓުން 1 ފެބް އެއިޓީން ގައި ނެރެފައިވާ ދަ ނަހަލާލު ކޯޓް އަމުރަކީ އެއީ އެއްވެސް އަދުލެއް ނެތް އަމުރެއް ކަން ގާނޫނު ނުދަންނަ މީހަކަށް ވެސް އިނގޭ އެއްޗަކަށް ވާއިރު އެކަން ކުށްވެރި ނުކުރެވުނު ގާސިމް އަށް އެހެންވީއިރުން ގާސިމްގެ އަދުލު ވެރިކަން އޮންނާނީ އޮޅާލާފައޭ މަމެން ބުނަން ނެތީމު ދޯ. ގާސިމް ގެ އަދުލު ވެރިކަން ކެނެރީގެ ނަޝީދުގެ އަދުލު ވެރިކަން ވަރަށް ބޮޑު ވާނެ ޖެހޭނީ ގުދުވެ ބަލާލަން ރަނގަޅަށް.

  12. ބަލާބަލަ

    ޖޭޕީ އާއި ޖަމީލު ގުޅުނީ އެއީ ބޮޑު ސޭޓްގެ އަދުލު ވެރިކަން ބޮޑު ކަމުންނޭ އެކަން އޮބި ނޯންނަ ވަރަށް ބޮޑު ވަމުންދާތީއޭ ޑރ. ޖަމީލު ބުނުމުން އިޓް ގިވްސް އަސް އަ ހެޕީ ފީލިންގް. ރަންރީނދޫ ބިއުޓީ ކްއީނޭ ސް ސްޕެޝަލީ ރަންރީނދޫ ޓްވިޓަރޭ މެން ވަރަށް އުފާވޭ ތިހާ ބޮޑު އަދުލުވެރިކަމެއް ބޮޑު ސޭޓް ގެންގުޅޭތީވެ އިނގޭތޭ ޖަމީލު. ތިހާ ބޮޑު އަދުލު ވެރިކަމެއް ގެން ގުޅޭ ބޮޑު ސޭޓެއް މަމެން ވެސް ނުދެކެމޭ ބުނަން މަމެން ނެތީމު ދޯ. އެމޭޒިންގް އެން ފްލޯލެސް އަދުލުވެރިކަމެއް ދޯ. ހުރިހާ އުފާވެރި ފީލިންގް އެއްގެ ބޮޑު ކަމާއޭ.

  13. މަކަރު ވެރިން

    މިހާރު މިނިވަން ނޫސްވެރިކަމެއް ލިބުނީތަ
    ތިޔައީ ތިބައިގަނޑުގެ ވައްތަރު

  14. ލާލާލާލާ

    ރަންރީނދޫ ޓްވިޓަރޭ މެން ގަމާރުން ނޫނިއްޔާ އިނގެންވާނެ އެއް ނޫންތޭ މިވާން އުޅޭ ގޮތެއް ވަރަށް ރީއްޗަށް ދޯ، ދެން ކެނެރީގެ ނަޝީދު ރިޔާސީ ކެންޑިޑޭޓް ކަން ކުރަން ޖެހޭނީ މާރސްގެ ގޮނޑުގައޭ މަމެން ބުނަން ނެތީމު ދޯ. އޭނާ ދެން ރަނގަޅު ވާނީ ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓް ކަން ހަނދާން ނައްތާލާ ޓްވިޓަރޭ މެންނާއި އެކު ކުރު ސޯޓް ބުރި ލައިގެން ވިންޑް ސާރފް ކަނދަކަށް އަރައިގެން އަރާއިރާއި އެކު ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން ދިޔައިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ. ބަލާ ޓްވިޓަރޭ އެއޮތީ ބޮއްޔެއް މިއޮތީ ބޮއްޔެއް ހިލާ ހިލާ ހިލާ ބޮލި ހިލާ ބޮލި ހިލާ ދޯ. ހާއްހަހަހާހާހާ ހޮހޮހޮހޮހޮ..ޓްވިޓަރޭ ތަމެންގެ ޖަނގިޔާޒް ދަ ބޭލެނިންގް ދޯ. އާއް ލުކް އެޓް ދެޓް ތިންގް ދޯ. އަވަހަށް ޖަނގިޔާ ލާ ލާލާލާލާ ލާލާލާލާ ލާލާލާލާ...

  15. ޢަނަރރ ނަިޖޖި

    ފިތުނަ ޓީވީ

  16. ލުކްލުކް

    ޖޭޕީ އާއި ގުޅުނީ ގާސިމް އަދުލުވެރި އަކަށްވާތީއޭ އެހެންތޭ. އަދުލުވެރި އެކޭ. އެހެންތޭ. ގާސިމް އަތުގައި އޮތީތޭ އަދުލުވެރި އަދުލު ވެރި ނޫން މިނަން ކިޔާ ޑިޓެކްޓަރެއް އަޅެ އޮތިއްޔާ ދައްކަގަ ޖަމީލު. އާއް ލުކް އެޓް ދެޓް ތިންގް އިޓްސް ހޮރިބުލް އެން ޓެރިބުލް އޭ މަމެން ބުނަން ނެތީމު ދޯ. ވެރިކަން ލިބުނީ ތިޔާ ރެޑޭ ވެސް ބުނާނީ ކޮން އަދުލެއްތޭ އޭ އަދުލު އޮޅާލާ އޮޅާލާ އޮޅާލާ ށޭ މަމެން ބުނަން ނެތީމު

  17. ޏާ

    މިނިވަން ކަން ލިބުނީތޯ..... ތިވަރައް ދޮގުނެހެދިޔަސް ވާނެ.... އަހަރުން ބެޔޭނުމެނޫ މި ދިވެހިރާޖެގަ ތި ޓީވީ އަޅުވާކަ

  18. އަސް

    ރާއްޖެ ޓީވީ ބަހަނާދައްކަމުން ބަންދުކުރީ ގައުމީ ސަލާމަތްށް ނުރަށްކާ ކުރުވާފަދަ ކޮންޓެންޓް ތައްޔާރު ކުރުން ފަދަ ރަށްޔިތުންގެ މަސްލަހަތު ނަގާލަން ކޮށްފަ ހުރި ބްރޯޑްކާސްޓިންގެ މިންގަނޑުތަކާ ހިލާފް ކަންކަން ފޮރުވުމަށްޓަކައެވެ.

  19. ސައީދު

    މަރުހަބާ ..

  20. ހުސޭނުބޭ

    އެ ޗެނަލް ހުއްޓާލީމާ ދެން ބަލަން ޖެހުނީ ވީ ޓީވީ. އެއިން ފެނުނީ ޖަމީލް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް ޤާސިމްބެޔަށް މަދަޙަކިޔާތަން. ވީމާ ޤާސިމްގެ ނުފޫޒް ގަދަވާތީވެ އަލުން ފަށައިގަންނަން ޖެހުނީ.

  21. ޑްރާމާ ކުއީން

    ހަމަ ހުސް ޑްރާމާ

  22. އާބިދާ

    ދޮގުހެދުމާއި ފިތުނަވެރިކަން ފެތުރުމަށް ޖާގަ ހަނިވެއްޖެހެން ހީވެގެން ރ.ޓީވީ މެދުކެނޑީ، މެދު ކެނޑިއިރު އެކަން ކުރީވެސް ޤަވާޢިދާއި ޚިލާފަށް، ރ.ޓީވީ އުފެދިގެން މިހިސާބަށް އައިއިރު އެމީހުން ފޮނުވާ ޚަބަރުގެ %90 އަކީ ދޮގުކަމަށް ޤަބޫލުކުރެވޭ ދަށު ދަރަޖައިގެ ޗެނަލެއް ހުންނާކަށް ނުވެސް ޖެހޭ، ސަރުކާރުގެ ރަގަޅުކަމުން ފިޔަވަޅުނާޅާހުރީ ރ.ޓީވީ ފެށިޔަސް މަށެއްނުބަލާނަން އެ ޗެނަލެއް