ރައީސް ޔާމީން ސަރުކާރުގައި ޖަރީމާތައް ހިންގާފައި ރެކެން ރައްޔިތުންގެ މަޖިލިހުގައި ދޮގު ހަދައިގެން ނުވާނެ ކަމަށާއި ޖަރީމާތައް ހިންގާފައި ދޮގު ހަދާންޏާ ފަޅާއަރުވާލާނެ ކަމަށް މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓަކަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލަން ޖެހިފައިވަނީ މި މަޖިލިހަށް ކަމަށެވެ.

" މެމްބަރުން ތިއްބެވީ ދޮގު ފަޅާ އަރުވާ ނުލާ ގޮތަށް ނޫން ,ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލަން ޖެހިފައިވަނީ މި މަޖިލިހަށް" އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ މުއައްސަސާތަކާއި ވުޒާރާތަކުގެ ވެރިން މަޖިލިހަށް ހާޒިރުކޮށްގެން ސުވާލު ކުރަން ޖެހޭ ނަމަ، އެކަން ކުރާނެ ކަމަށެވެ.

" މުއައްސަސާތަކާއި ވުޒާރާތަކުގެ ވެރިން މަޖިލިހަށް ހާޒިރުކޮށްގެން ސުވާލު ކުރަން ޖެހޭ ނަމަ، އެކަން ކުރާނެ, މަޖިލިހަށް ވަރަށް ގިނަ އިން ހާޒިރުކޮށް ހަދާތީ، ބައެއް ތަންތަނުގެ ވެރިންގެ ފަރާތުން މަޖިލިހަށް ޝަކުވާ ވެސް ލިބޭ " އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިވަގުތު އަދި ކުޑަކޮށް އުނދަގޫވިޔަސް އަދި ދޮގު ހަދާ ކަމަށް ސާބިތުވަންޏާ އެކަމާ ދޭތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ފިޔަވަޅު އަޅަން ފޮނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑްރާމާ ސީރީޒް

    އޭ ކެނަރީ ކެނާ ތިހެންވީއިރު މުއައްސަސާތަ އުވާލާ ދައުލަތުގެ މާލިއްޔާއަށް ބުރަ ބޮޑުނުކޮއްބަލަ.. ރައްޔިތުންނޭ މިއަދުވެސް ޓެކްސް ދައްކަނީ... ކެނެރީގެއިން ނޫނީ ސޯލްޓްކެފޭއިން ނެނޫނޭ މުއައްސަސާތަ ހިންގަން ހަރަދުކުރަނީ.. މަޖުލިހުގަ ތިތިބަ އިލްމެނެތް ގަދަރެނެތް ބޮޑެތި ވަގުންނާ ކޮރަޕްޝަނާ ރާބޯމީހުން މިގައުމުގަތިބި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ކުޅެމުންދާ ޑްރާމާ ނިމުކަށް އަންނަދުވަހެއް އަންނާނެ އެދުވަހަކުން މިއަދު ތިކުޅޭ ޑްރާމާ އެޕިސޯޑްތަ ފޮރުވާފަ ބަހައްޓާތި.. ބެންކްއޮފް މޯލްޑިވްސް ޖީބަށް ލުމަށް ކެނެރީ ކެނާތައް ކުރަމުންދާ މަސައްކަތް ރައްޔިތުން ސަމާލުވޭ.. ދޮގަކީ ކޮބައިކަން އިގޭބާ ކެނެރީސްތަކަށް. ރަލަކީ ކޮބައިކަން އިގޭބާ؟މަސްތުވީމަ ހަމައިން ނެއްޓޭކަން އިގޭބާ؟

    13
  2. ޢީވާ

    ކަލޭ އައި ކަލޭގެ ޕާޓީ މީހުން ގެ މަކަރުތަކާއި ޖަރީމާތައް ކޮބާ؟؟

    14
    1
  3. ސަމީރު

    މީ ކާކުތައްް މީހުންނަ އިޒާރުދޭން ކުޑަ ހޯނެއް ހެން ހީވާ ދާތައެއް

    14
    2
  4. ވަހުމް

    މިފަހަރު އެމްޑީޕީން ހެދި ދޮގުތައްވެސް ފަޅާއަރާނެތޯ މުޅި މަޖިލިސް ހިސާރުކޮއްގެން ތިތިބީ

    15
  5. Anonymous

    ލަދުހަޔާތްކުޑަ ޖައްބާރު އަންހެނެއް. މާ ފުއްޕައިގެން ނުއުޅައްޗޭ، ގަދަބަސް ނުބުނޭ، ކަލެއަށްވުރެ މާ މަތީ ފަރާތެއް ވޮޑިގެންވާކަން ހަނދުމަވެސްނެތް އިންސާނެތް.

    16
    1
  6. ދޮންބެ

    ފޮނިއަނގަ ނުތަޅާ ތިމާމެންގެ ޕާޓީގައި ތިބި މީހުންނަށް ކުރަންޖެހޭ ދައުވާތައްކޮށް، އިންސާފު ގާއިމު ކޮށްދީބަލަ. އެމްޑީޕީއަށް ވުރެ ގިނައިން މިގައުމުގައި ޖަރީމާ ހިންގާފައި ދޮގު މައުލޫމާތު ދޭ ޕާޓީއެއް ނޯންނާނެ.

    16
  7. ލައިލާ

    ތިއީގައުމުގަތިބި އެއްމެ ބޮޑެތި ވަގުން ގައުމުއަންދާެައަދި ގައުމުގެ މާލިޔަދަވާ ލާފަވާބައެއް

    16
  8. ޢަފްލާ

    ކަމަނާ 2008 2012 ަަަަަަަަަަަަަަަަަަޢއް ހިންގި ޖަރީމާ ކޮބާ ކޮބާ ބައިތުލް މާލުން ގެއްލުނު 4. 7 ބިލިއަން ރުފިޔާ ކޮބާ އެވަގުންތައް ވީ ކޮންތާކް

    13
  9. ޙީލަތް

    ޢީވާމެންގެ ރޭވުން ވަރަށްސާފުދޯ ޔާމީނު ލާރިއަށް ހެދިގޮތް ނޭގޭތަ 1 ބުރިޖުއެޅުން
    2 ބޮޑު ހޮސްޕިޓަލެއް އެޅުން
    3 ފުލެޓުތަކެއް އެޅުން ވަގުދައިތާ ނޭގެއިތަ މުޅި ރާއްޖެއަށްބަލާލިއަސް ޔާމީނަށް ވަގަށް ގޮވޭކަށްނެތް

    10
    1