ޤާނޫނީ ސަރުކާރު މަގުމަތިން ބަދަލުކޮށްވެރިކަން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވައި އެއްވެސް ކުރިއެރުމެއް ނުލިބުނު އެއް ބޭފުޅަކީ ވެރިކަމުން އިސްތިއުފާ ދެއްވައި، ޖަލު ހުކުމަށް ފިއްލަވައިގެން ހުންނެވި މުހައްމަދު ނަޝީދެވެ.

ނަޝީދަކީ ސިޔާސީ މަސްރަހުގައި ދުރުރާސްތާ ޕްލޭނެއް، ސިޔާސީ ތަނަވަސް ވިސްނުމެއް ނެތް ބޭފުޅެއްގެ ގޮތުގައި ސިޔާސީ މުފައްކިރުން ދެކެއެވެ. ވެރިކަމުގައި ހުންނަވައިގެންވެސް ކަނޑު އަޑީގައި ކެބިނެޓް ބައްދަލުވުން ބޭއްވުމާއި، އަމިއްލަ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދެއްވުމާއި އަދި ޚުދު އަމިއްލަ ބޭފުޅާގެ އިސްތިއުފާ ދެއްވި ދެއްވުމަކީވެސް ތާކުން ތާކުނުޖެހޭ ސިޔާސީއުރައްޕެތްނެތް ބޭފުޅުން ހިންގަވާ ޒާތުކަންކަން ކަމުގައި ސިޔާސީ ފަރާތްތަކުން ދެކެވެއެވެ.

ވެރިކަމުގައި ހުންނެވިއިރު އަމަލުފުޅުތައް މިފަދަ ގޮތަކަށް ހުންނެވިއިރު އިސްތިއުފާ ދެއްވައި ޖަލުހުކުމަށްފަހު އަމިއްލަޔަށް އަރުވާލެވިގެން ހުންވައިގެން ހިންގަވާ ކަންކަމަކީ ގިނަބަޔަކަށް މާބޮޑަށްވެސް ސަމާސާ ހެއްވާ ކަންތައްތަކަކަށް ވަނީ ވެފައެވެ. މައިބަދައިގެން އޮޕަރޭޝަން ކުރެއްވުމުގެ ނަމުގައި ބޭރަށް ވަޑައިގެން ހުޅަނގުގެ އެކުވެރިންނާއިއެކީ ޕްރީސްކޫލު ކުދިން ކުޅެއުޅޭގޮޑި ދުއްވުމުގެ ކުޅިވަރުތައް ކުޅުންފަދަ ކަންތައްތަކުގައި ނަޝީދު އުޅުއްވުމުން ގިނަބަޔަކަށް ވަނީ ވަރަށްބޮޑު ޖޯކު ކަންކަން ހިންގަވާ ބޭފުޅެއްގެ ގޮތުގައި ނަޝީދު ސިފަ ކުރެވިފައެވެ.

ނަޝީދު އަރުވާލެވިގެން ހުންވައިގެން ސަރުކާރުގެ ބަދަލުކުރެއްވުމަށް ހުޅަނގުގެ ބައެއް އެކުވެރިންނާއި ބައްލުކުރައްވާ ނަންގަވާ ފޮޓޯ މީގެ ދުވަސް ކޮޅެއް ކުރިން މީޑިޔާތަކުން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މިއަދުނަޝީދަށް މިއިން ބޭފުޅަކާއިވެސް ބަދަލުކުރެއްވޭ އެއްވެސް މަންޒަރެއްވެސް އަޑެއްވެސް އިވޭގޮތް ވަނީ ނުވެފައެވެ. ނަޝީދާއި އެފަރާތްތަކުން މިހާރު ބައްދަލުކުރަން ބޭނުންނުވަނީ ނަޝީދު ދައްކަވާ އެއްވެސް ވާހަކައެއް ހަގީގަތަކަށް ނުވާތީއާއި، އިތުރުފުޅު ހައްދަވާލެއް ގިނަކަމުން ކަމުގައި ބައެއް ސިޔާސީ ފަރާތްތަކުން ވިދާޅުވެއެވެ. އަދި އެބޭފުޅުން މިއަދު ނަޝީދު ޤަބޫލުކުރަނީ ރާއްޖޭގެ ސިޔާސީ ބީރައްޓެއްސެއްގެ ގޮތުގައިކަމަށް ސިޔާސީ މުފައްކިރުން ވިދާޅުވެއެވެ.

ވެރިކަން ބަދަލުކުރެއްވުމުގެ ނަމުގައި ބައްދަލުކުރެއްވި އެއްވެސް ބައެއްގެ އެއްބާރުލުމެއް އެހީތެރިކަމެއް ނުލިބި މިއަދު ލަންކާގައި ގެކޮޅުގައި ހުންނަވައިގެން ނަޝީދު ސިޔާސީ މަސްރަހުގައި ހުންނެވިކަން ހާމަކުރުމަށް ކުރައްވަނީ ހަމައެކަނި ޓުވީޓެވެ. މިގޮތަށް ހުނަވައިގެން ކުރައްވާ ޓްވީޓްތަކުންވެސް ނަޝީދުގެ މަސައްކަތަށް އެއްވެސް ބައެއްގެ އެއްބާރުލުމެއް ނުލިބޭކަން ވަރަށްބޮޑަށް ހާމަވެއެވެ. ހުއްޓުމެއްނެތި ތަކުރާރުކަށް ނަޝީދު އެކި އެކި ގައުމުތަކުގެ ވެރިންނާއި، މިނިސްޓްރީތަކާއި، އެމްބަސީތައް ޓެގްކޮށް ރާއްޖޭގެ ހާލަތު ބަދަލު ކުރުމަށް އެހީތެރިކަމަށް އެދި އާދޭސް ދަންނަވާފައިވެއެެވެ.

ފުލުފުލުގައި އެކި ގައުމުތަކުން ރާއްޖެ އަރަން ޖެހޭ ކަމަށާއި، ރައީސް ޔާމީންއާއި ކެބިނެޓާއި ރާއްޖޭގެ ބައެއް ވިޔަފާރި ވެރިންގެ ވިޔަފާރިތައް ހުއްޓުވުމަށް ބޭރުގެ ބޮޑެތި ބާރުތަކުން އަރައިގަތުމަށް ނަޝީދުވަނީ ތަކުރާތުކޮށް ޓްވިޓާ މެދުވެރި ކުރައްވައި އެފަރާތްތަކުގައި އާދޭސް ދަންނަވާފައެވެ. ނަމަވެސް މިކަމުގައި އެބޭފުޅުން ނަޝީދުގެ ވެރިކަމުގައިވެސް ދެއްވި ބީރު ކަންފަތް މިއަދުވެސް ދެއްވާ މަންޒަރު ނޫން މަންޒަރެއް ނުފެނެއެވެ. ތިމާގެ ފަހަތުގައި ތިބި މަދު އެކްޓިވިސްޓުން ކޮޅު ރުއްސުމަށް މާދަމާ އިންޑިޔާ ސިފައިން ރާއްޖެ އަރާނެ! އިގިރޭސި ވިލާތުން އޮތީ ރާއްޖެއާއި ގުޅުންކަނޑާލަންތައްޔާރަށް! މިފަދަ ހެޑްލައިން ހެދުން ނޫންކަމެއް ނަޝީދު ކުރައްވާ މަންޒަރެއް ނުފެންނަ ކަމުުގައި ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

ހަމައެހެންމެ ނަޝީދުގެ ޓްވީޓްތައް މިހާރު ހުރި މިސްރާބަށް ބަލާނަމަ ކުރިއަށް އޮތް ރޯދަމަހުގައި ރޯދަ ކުރުކުރަން ސިޔާސީ ބޭފުޅުން ގެންގުޅޭނެ އެއް ވަސީލަތަކީ ނަޝީދުގެ ޓްވީޓްތައް ކަމުގައި ސިޔާސީ ފަރާތްތަކުން ދެކެއެވެ. ނަޝީދުގެ ބާރާއި ނުފޫޒު ހިންގާގޮތަށް އޮތް އެމްޑީޕީގެ އިސްބައެއް ބޭފުޅުންވެސް ނަޝީދު މިއަދު ކުރައްވާ މަސައްކަތްޕުޅަކީ ކޮންމިސްރާބެއް އޮތް ވަކި މަންޒިލެއް ނެތް މަސައްކަތެއް ކަމުގައި ދެކެއެވެ.

ވެރިކަން ބަދަލުކުރުމަަށް ނަޝީދު މިހާތަނަށް ކުރެއްވި އެއްވެސް މަަސައްކަތެއްގެ ކޮޅެއް މެދެއް ފެންނަން ނެތްއިރު، ނަޝީދު ކުރައްވާ މަސަތްކަތަކީ އެއްވެސް ތާކުންތާކު ޖެހޭ މަސައްކަތެއްކަން ޤަބޫލުކުރައްވާ ބޭފުޅުންވެސް އިންތިހާޔަށް މަދުވެފައިވާކަމުގައި ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ އެއްވެސް ފުރުސަތެއް ނެތްކަން ނަޝީދާއި އިދިކޮޅު ހުރިހާ ފަރާތްތަކުންވެސް ޔަގީންކުރާއިރު، ނަޝީދަށް ވާދަކުރެވޭނެ އޮތް ހަމައެކަނި ފުރުސަތަކީ ޓްވިޓާއިން ހުޅުވާލާ ޕޯލް އަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގ

    ރާއްޖެދުރުވަންދައުވަތު އަރުވަން ތަޚްތުއެހެރީ
    ނިކަން ރީތިކޮށް ފެންނަން

  2. ޙަފްޞާ / މާލެ

    ބޭރުގެފަރާތްތައްވެސް ޤަބޫލުކުރޭ އަންނިއަކީ ދެއުޅިއެއްނުވާ ގަމާރެއްކަން! އޭނަ ހައްދާގެން ގެންގުޅެވިދާނޭކަން! އެއީ އެވާގޮތަކީ!!!

  3. ކޮބާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ މިހާރު ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.

  4. ސަމިއްޓޭ

    ޖީއެމްއާރުންވެސްބުނީ މިހާރު ނެތޭ ލާރިއެއްފަންޑުކުރެވޭަކަށް.

  5. ނަލަނަލަ

    ބަލަ އާބިދާގެ މުހައްމަދެކީ ވަރައްސިޔާސަތު ކުއްޖެއް ބަލަ ދިވެހި މޭއިސްތިރިގާ ލަކުޑި ގުދަނެއްހަދާފައިހަވާލްކުރި ނަމަވެސް ކޮޑި އަޅަނޭގުނު ސަބަބުން ވީ ތަންބަގުރޫޓް ދެންވެރިކަންކުރާނީކިހެންއް؟؟

  6. ޤސމ

    ރައްޔިތުން ބައްލަވާތި މިއީ ތޯތޯ ވާހަކަ އެއް ނޫން މިފަހަރުގެ ރަމަޟާން މަހުގައިވެސް ދިވެހިން ރޭއަޅުކަންކުރަން ދަތިކޮށް މިސްކިތްތައް ކައިރީ މުޒާހަރާކުރާނެ ހައްޤު ހޯދަން. މިއީ ރޭވުމެއްގެ ދަށުން އިސްލާމްދީނާއި ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައެއް

  7. އަބްދުއްލާ

    ހައްދައިގެން ގެންގުޅުނީ އެންމެ ބޭނުމަކު އެކަން ދިވެހިންގެ ފަހުމީހާއާށް ދަންދެން ސަހީދު ކޮށްފަ ނޫނީ ނުކުރެވޭނެކަން އެމީހުނަށް އެގޭ . އެމީހުނަށް އެގޭ މިގައުމުގާ ގާނޫނުއަސާސިއަކާ ގާނޫނުތައް ހުރިކަން ސަރުކާރުން ކަންކުރަނީ އެއާ އެއްގޮތަށްކަން.ގައުމަށް އިހްލާސްތެރި ވަފާތެރި އެކަކުވެސް ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާ އެހެންގައުމެއްގެ މިލިޓްރީ އަކުންގައުމު ހިފަން ނުއެދޭނެކަން އަދި ބޭރު މީހުން ދިވެހި ގައުމުގާ މުޒާހަރާކުރަންގޮވާލާ މީހާ ބުއްދި ސަލާމަތުން ނުހުންނާނެ ކަން ވީމާ މައްސަލަޔަކީ ބޭރު މީހުންތަ ؟ ނުވަތަ މީނާގެ ވިސްނުންތަ ؟ ބުނެބަލަ.

  8. ރަބީޢު

    ތިޔައީ ބޯގޮވާފަ ހުރިމީހެއް ކުރިންވެސް ގޯސް އަދި މިހާރު މާގޯސް އަދި ކުރިޔަށް އޮތްތާންގައި އަދި ވަކިން ބޯގޯސްވާނެ ކަން ޔަގީން ތީނަގެ ވާހަކަ ތައް ނޫސްތަކުގައި ޖަހާނެ ކަމެއްނެތް އަދި އޭނާއަކީ ޕާޓީގެ ބޮޑެއްވެސް ނޫން ޑިމޮކްރެޓިކްވެގެން އުޅެނީ އެކަމަކު ކަން ކުރާނީ އަބަދުވެސް ނުފެންނަ ގޮތަށް ފުރަގަހުން އަބަދުވެސް އުޅޭނީ ޑިމޮކްރަސީއާއި ހިލާފަށް