ސަރުކާރަށް ދެ އަހަރު ފުރުވުމުގެ އުފަލާއި ހިތްހަމަޖެހުން މިއަދު ލިބިގެންނަމުން ދާއިރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކައަކީ ވެސް ދައްކާލަން ޖެހޭ ވާހަކައެކެވެ. އަބުރު ރައްކާތެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރޯކޮށްދެއްވި މިނިވަން ނޫސްވެރިކަމުގެ ދަންމަރުގެ އަލިން ދިވެހި ޖައްވު އަލިވެގެން ހިނގައްޖެ ކަމުގެ ޝުކުރު އެއް ބަޔަކު މިދަނީ އެމަނިކުފާނަށް އަދާކުރަމުންނެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ތަސްދީގު ކުރެއްވި އެއް ޤާނޫނަކަށް އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވެގެން ދިއުން އެއީ ޝުކުރު ޙައްޤު ކަމެކެވެ. ނަމަވެސް އޭގެ ފަހުން ހިނގަމުންދާ އިތުރު ކަންކަމަށް ބަލާލުން އެއީ ވެސް ނެތް ކަމެއް ނޫނެވެ.

ނޫސްވެރިކަމާއި ގުޅޭ ދެމުއައްސަސާއެއް އެބައޮތެވެ. އެއް މުއައްސަސާއަކީ ބްރޮޑްކާސްޓިން ކޮމިޝަނެވެ. އަނެއް މުއައްސަސާއަކީ މޯލްޑިވްސް މީޑިއާ ކައުންސިލެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ފާޅުކުރުމުގެ ހުރަހަކަށް އަދިވެސް ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް ވަމުން އަންނަ މަންޒަރު އެބަފެނެއެވެ.

ޓީވީ ޗެނަލް އަކުން ފޮނުވަމުން ދިޔަ ޕްރޮގްރާމެއް ހުއްޓާލަން ބްރޮޑްކޮމް އިން އަންގައިފިއެވެ. ޕްރޮގްރާމެއްގައި ނަން ބަދަލު ކުރަން އަންގައިފިއެވެ. މިއީ ވަރަށް ހުދުމުހުތާރު ނިންމުމެކެވެ. ނިންމުންތަކުގެ ސަބަބުން މަންޒަރު ހަޑިވެ، މިނިވަން ޚިޔާލަށް އޮތް ފުރުސަތު ބަންދުވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާ މިފަދަ ކަންކަމުން ދުރުވާން ޖެހެއެވެ. އެންމެ ހިތާމަވެރި ކަމަކީ އަދިވެސް މިފަދަ ކަންކަން އިއްތިފާގަކުން ނަމަވެސް މިދިމާވަނީ ސަރުކާރާއި ދެކޮޅު ޚިޔާލުތައް ފާޅުކުރާ މީޑިއާތަކަށެވެ.

ބްރޯޑްކޮމްގެ މެންބަރުން ބަދަލުވެގެން ދިޔައިރު މިފަހަރު ވެސް ފެނިގެން މިދިޔައީ ސަރުކާރުގެ ވިސްނުމާއި ފިކުރަށް ތާއިދުކުރާ ބޭފުޅުންތަކެއް އެކޮމިޝަނަށް އައްޔަން ކުރެވިގެން ދިޔަ މަންޒަރެވެ. އެއީ ސަރުކާރުން އެންމެ ރަނގަޅަށް ކުރި ކަމެއް ނޫނެވެ.

މިއަދު ސަރުކާރުން އަދި ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީ އޮތް އެމްޑީޕީ އިން ދައްކަމުން މިގެންދާ ވާހަކައަކީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމުގެ ވާހަކައެވެ. ސަރުކާރުގެ ވިސްނުން ވެސް ހުރީ އެގޮތަށެވެ. އުސޫލެއް ގޮތުން ރަނގަޅު ނިންމުމެކެވެ. ނަމަވެސް ދެކޮމިޝަން އެއްކޮށްލުމަށް ފަހު ދެން އުފައްދާ ކޮމިޝަންގެ ކޮންޓްރޯލް މަޖިލީހުން ހޯދުން ވެގެން ދާނީ އަނެއްކާވެސް ރާއްޖޭގެ ނޫސްވެރިކަން ފަހަތައް ފިޔަވަޅެއް އަޅާ މަންޒަރެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ރައީސް ޞާލިހް ފުރަތަމަ ދުވަހު ރޯކޮށްދެއްވި ދަންމަރު ނިވިގެން ހިނގައިދާނެ ފަދަ ބިރުވެރި ކަމެކެވެ.

ދެން އޮތީ ސަރުކާރުގެ ކުންފުނިތަކުން ނޫސްތަކުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރާ ކަމުގެ ތުހުމަތެވެ. ކޮންމެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރާއި ގުޅިފައި އޮންނަ ނޫހެއް ނުވަތަ ނޫސްތަކެއް އޮންނަ ކަމަށް އާއްމުންގެ ތެރޭގައި ވާހަކަ ދެކެވެއެވެ. އެފަދަ ބައެއް ހެކިތައް ވެސް ފެންނަން އެބަހުއްޓެވެ.

ބައެއް ކުންފުނިތަކުން ކުދިކުދި ނޫސްތަކަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ޚަރަދު ކުރަމުން ގެންދަނީ އެންމެ ބޭނުމެއް ގައެވެ. އެއީ އެކުންފުންޏެއްގެ އެމްޑީޕީގެ މޫނުމަތި ރީތިކޮށް ފާޑުކިޔުންތަކުން ދިފާއު ވާނެ އައްޑަނައެއްގެ ގޮތުގައި ނޫސްތައް ބޭނުން ކުރާށެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ކިތައްމެ ބޮޑު ހުރަހެއް ކަމަށް ވީނަމަވެސް ރަސްމީ އިދާރާތައް ކަހާ ކަންފަތް ހިރުވާވެސް ނުލައެވެ. މިއީ ހިނގަމުންދާ ކަމެއްކަން އެނގޭ ކަމަށް ވެސް ނުހަދައެވެ.

ނޫސްވެރިކަމަށް ނުވަތަ ނޫސްވެރިންނަށް ޖަލުގެ ބިރާއި، ޖޫރިމަނާގެ ބިރުން ސަލާމަތް ވެގެން ދެއަހަރު ހޭދަކުރެވުނު ނަމަވެސް މިވީ ދެއަހަރު ތެރޭގައި ފެނުނު މަންޒަރާއި ފެންނަމުންދާ މަންޒަރަށް ބަލާއިރު ނޫސްވެރިކަމުގެ މުސްތަގުބަލް އޮތީ އުޖާލާ ކޮށޭ ބުނަން ވަރަށް ދައްޗެވެ. އެހެންކަމުން މިހާރުން މިހާރަށް ސަރުކާރުން މިކަމާއި މެދު ވަރަށް ފުންކޮށް ވިސްނަން މިވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ނޫސްވެރިކަ މުގަ ލިބުނު މިނިވަންކަ މާއެކު ނޫސްވެރިން އުފަލުން ފޮޅިފަ...😂😂😂😂...ނޫސްވެރިން ހިނިންޏާއިގެން ބިދެނީ... ގައު މުގަ ހިގާކަ މެ ހިލަ މެނުވެ ވާއެއްނުވާއެއް ނޭގި ނޫސްވެރިން...👋ސަރުކާރުން ލިޔެފަދިންއެއްޗެ ނޫނީ އިންޑިޔާ އެ މްބަސީން ލިޔެފަ ފޮނުވިއެއްޗެ ނޫސްތަކުން ރައްޔިތުންނަ ފެންނަނީ... މީޑިޔާތައް މިނިވިންވި ވަރަކީ ނޫސްތަކުގަ ކޮ މެންޓްކުރަން އޮންނަ ގޮޅީގަ ރައްޔިތަކު ފާޅުކުރާ ޙިޔާލެ ޖަހަންނުކެރޭ...ގާނޫނާ އިސްލާ މްދީނާ އަދަބު އަޙުލާގުން އެއްކިބާނުވެ ލިޔާ ކޮ މެންޓް ޖަހަންނުކެރޭ..ކޮ މެންޓް ސަރުކާރަށް ހަޖަ މްނުވެ ކޮ މެންޓްކުރި ރައްޔިތު މީހާ ހޯދާ އަދަބު ދޭ ހިސާބަށް ދިޔާ މަ މިއޮތީ ނޫސްވެރިކަން މެކުހަށްޖެހިފަ..

    18
  2. ވަހީދު

    ނޫސްވެރިންނަށް އެންގީ ތިމަންނަ ކޮންމެ ގޮތަކަށް ވެރިކަންކޮށް ބޮޑުކެކުރު ކުޑަކެކުރި ބަހާ ވެރިކަމުގައި އެއްްކަމެއް ނުވިއަސް ތިމަންނަވަރުގެ މީހެއް ނެތް ގޮތަށް ޕްރޮމޯޓް ކޮށްދީ ހަގީގީ މަންޒަރު ގެއްްލުވާލާ އެހެން މަންޒަރެއް ދައްކަވައިދިނުމަށް. ރާއްޖެޓީވީއިން 2 އަހަރުގެ ހިދްމަތޭ ކިޔާ ކުޅެމުންދަނީ ރައީސް މީހާ ބުނި ފިލްމު ބުނި ގޮތައް

    4
    1
  3. އ . ޖ . އ

    މީގެ ކުރިން ދުވަހަކު ނުވާހާ މިނިވަން ވެފަ އޮތީ

    1
    2
  4. ޢަފްލާ

    މިނިވަންކަން އޮތީ ފޭރިގެންފަ ވެރިކަން އޮތީ ފޭރިގެންފަ ބައިތުލްމާލު އޮތީ ފޭރި ހުސްކޮަފަ

    3
    1