އިސްލާމްދީނުގެ އަދުއްވުންގެ ވާގި ހޯދައިގެން ރާއްޖޭއިން އިސްލާމްދީން ފޮހެލަން މަސައްކަތް ކުރަމުން އަންނަ ކަމުގައި މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އެގޮތުން ހުތުބާގައި ބުނީ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް އިއްޔެ މަސައްކަތްކުރި ގޮތަށް މިއަދުވެސް އެމަސައްކަތް އެބަ ކުރާކަމަށާއި އެކަން ކުރަމުން އަންނަނީ އިސްލާމްދީނުގެ އަދާވާތްތެރިންގެ އެހީއާއި އެކުގައި ކަމަށެވެ.

"ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުގައުމެއްގެ ގޮތުގައި ދެމި އޮތަނުދިނުމަށްޓަކައި އިއްޔަ މަސައްކަތްކުރި ގޮތަށް މިއަދުވެސް އެމަސައްކަތް އެބަ ކުރެއެވެ. މިއަދުވެސް އެމަސައްކަތްކުރަނީ އިސްލާމްދީނުގެ އަދާވާތްތެރިންގެ ވާގިވެރިކަމާއި މަދަދު ހޯދައިގެންނެވެ" ހުތުބާގައި ބުނެފައިވެއެވެ.

އަދި މާތްﷲ އަށް ތަޤުވާވެރިވުމަކީ ސިއްރާއި ފާޅުގައި އެކަލާނގެ ނިއުމަތްތަކަށް ޝުކުރުވެރިވުން ކަމަށާއި މާތްﷲއަށް ޝުކުރުވެރިވުމަކީ ރިޒުގުދެއްވުމުގެ ސަބަބެއް ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.

"މާތްﷲ ވަހީކުރައްވާފައިވެއެވެ. "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ކަމަށަވަރުން ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ ، ހަމަކަށަވަރުން ތިމަންެރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރު ނުކޮށް ކާފިރުވެއްޖެ ނަމަ ދަންނާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ"

އަދި މާތްﷲ ދެއްވި ނިއުމަތްތަކަކީ ގުނައި އަދަދު ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އޭގެތެރޭގައި ފެންނަ ނިއުމަތްތަކާއި ނުފެންނަ ނިއުމަތްތަށް ވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

.މާތްﷲ ވަހީކުރައްވާފައިވެއެވެ. "ﷲ ނިއުމަތްތަށް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަށް އެނިއުމަޓްތަށް އަދަދުނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން އިންސާނާއަކީ އަނިޔާވެރިވުން ބޮޑު، އަދި ޝުކުރުކުރުން ނެތް މީހެކެވެ"

މީގެ އިތުރުން އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްކަމުގެ ނިއުމަތްކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

"މާތްﷲ އަޅުގަނޑުމެންނަށް ގިނަގުނަ ނިއުމަތްތަކެއް ދެއްވާފައިވެއެވެ. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު ނިއުމަތަކީ އިސްލާމްކަމުގެ ނިއުމަތެވެ. މީގެ 900 އަހަރުކުރިން މާތްﷲ ވަނީ އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ހިދާޔަތް ދައްކަވައި އެކަލާނގެއަށް އީމާންވާ މުސްލިމުން ކަމުގައި ލައްވާފައެވެ"

އަދި އިންސާނުންނަށް ދެއްވި ނިއުމަތްތަކުގެ ތެރޭގައި ސިއްހަތާއި ހުސްވަގުތު ހިމެނޭ ކަމަށާއި އެ ދެ ނިއުމަތަކީ އިންސާނުން ފަރުވާ ކުޑަކުރާ ދެ ނިއުމަތެއް ކަމަށް ތުބާގައި ވަނީ ބުނެފައެވެ

ރަސޫލާ ހަދީޡް ކުރައްވާފައިވެއެވެ. "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާކުޑަކުރާ ދެނިއުމަތެއް ވެއެވެ. އެއީ ސިއްހަތާއި ހުސްވަގުތެވެ."

އަދި ނިއުމަތްތައް ހާލާކުވެ ބީވެގެންދަނީ އެނިއުމަތްތައް ދެއްވި ފަރާތަށް ހަރާންކޯރުވުމުން ކަމުގައި ހުތުބާގައިވަނީ ބުނެފައެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވިނަމަ، ހަމަކަށަވަރުން އުނޑުންނާއި ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މަށްޗަށް ބަރަކާތުގެ މަގުތަށް ހުޅުއްވައި ދެއްވީމުހެވެ. އެހެނެއްކަމަކު އެއުރެން ދޮގު ކުރޫއެވެ. ދެން އެއުރެން ހޯދައި އުޅުނު އަމަލުތަކަށްޓަކައި ތިމަން ރަސްކަލާނގެ (ކޯފާގެ އަޒާބުން) އެއުރެން ހިއްޕެވީމެވެ."

ހުތުބާގައި ވަނީ މާތްﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވުމަށް އަދި އެ ނިއުމަތްތަކާއި މެދުގައި ރައްކާތެރިވުމަށް އެންމެހާ މީސްތަކުންނަށް ވަސިއްޔަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޢަބްދުﷲ

  މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ތެރޭގައި މިކުރެވޭ ކަންކަމަށް އިޝާރާތް ކުރެވިދާނެއެވެ. ފަށާ ތަޢުލީމުގެ މަރްޙަލާގައި ދެވޭ ތަރުބިއްޔަތު އޮޅުންފިލުވައި ބަދަލުކޮށް ލެވިދާނެއެވެ. ނުރަނގަޅު އާދަތައް މުޖުތަޢުގައި ހަރުލާ މިންވަރު ހޯދިދާނެއެވެ. ލާދީނީ ފިކުރުތައް އަށަގަންނަމުންދާ ގޮތުގެ މިސާލުތައް ނެރެ ހާމަކޮށްލެވޭނެއެވެ. އެހެންނަމަވެސް، ފަރުދީ ޒިންމާއެއް އަދާކުރަންޖެހޭ ޙާލަތުގައި އެއްވެސް ކަމެއް ނުކޮށް ދެއަތް އުރާލައިގެން އެއްވެސް މީހަކަށް ނުހުރެވޭނެއެވެ. ދަރިން ކިލާހުން އައުމަށްފަހު، ކުރާކަންތައްތަކާއި އުޅޭގޮތް މައިންބަފައިންނަށް އެނގެއެވެ. ޒުވާން ޢުމުރުފުރާގެ ކުދިން ގެއިންބޭރުގައި އުޅެމުން ގެންދާގޮތުގެ މަޢުލޫމާތު މުޖުތަމަޢުގައި ލިބެންހުރެއެވެ. ނޭދެވޭ ކަންތައްތަކާއި އެދެވޭ ކަންތައްތައް ދަންނަމީހުން މަދެއްނޫނެވެ.

 2. ސީރަކްމޮޑި

  ހިތާމަކުރަން. މިއަދުމިރާއްޖޭގަ މުސްލިމްނަންބޯޑު އަޅުވައިގެން މުސްލިމުންގެނަމުގަ އުޅޭ ގިނަމީހުންނަކީ އެނިއުމަތް ލޮލައްފެންނަން ނެތުމުންނާއި ޣާފިލް ކަމުގަ ތިބެދިރިއުޅެމުންދާބައެއް. ހަމައެއާއެކު މިއަދާހަމައަށް މިގައުމު ވާސިލްވެވިފާމިވަނީޝައްކެއްވެސްނެތްގޮތުގާ މާތްﷲގެވާގިފުޅާރަހުމަތަފުޅުން ހައްގުގޮތުގާ އިސްލާމްދީނުގެ އަގީދާގައި ހިފަހައްޓާ ވަރުަގަދަ އަށް އެދީނައްލޯބިކުރާދިވެހިންތިބިކަމުން . ފާހަގަކޮށްލަންޖެހޭ މުހިންމުކަމަކީ ހަމަޔަގީނުންވެސް އެކަލާންގެހަތްއުޑުމަތިން ބާއްވާލެއްވި ކީރިތިގުރްއާނުގަ އަނގަވާފައިވާފަދައިން ކާފިރުތަކުން ދުވަހަކުވެސް ތިޔަބައިމީހުންގެމައްޗައް ހެވެއްނޭދޭނެ އަދިއެބައިމީހުން ތިޔަބައިމީހުން ައް ހިތްހަލާލެއްނުމެވާނެއެވެ. ނަމަވެސް މިއަދު މިގައުމުއަށް އެބައިމީހުންގެޑިމޮކްރަސީ ފައްތާ އިސްލާމީ ވަހުދަތު ނައްތާލުމުގަ އަތުކުރިއޮޅާލައިގެންތިބިދިވެހި މުސްލިމްމައިންބަފައިންގެ ދިވެހިން ތިބިކަމީ ހިތްދަތިހިތާމަހުރިކަމެއް. އެބައިމީހުންގެވާގިވެރިންގެގޮތުގަ މިއަދުތިބި ދިވެހިން އެވަނީ ފައިސާއާއި ދުނިޔޭގެ ދަހިވެތިކަމުގާޖެހި މުޅިންއަވދިވެފަ. މުލިންވާވަދެފަ. އެންމެދެރައީ މިދެންނެވި މީހުންގެފަސްބައިގަ އެލުވިފާތިބި އެކިއުމުރުފުރާގެ ދެޖިންސުގެރައްޔިތުން މިވާންއުޅެގޮތާއިމެދު ކުޑަވެސްވިސްނާލުމެއްނެތި ދަނީކިޔާހާ ލަވައަކަށް ނަށާ އަތްޖަހަމުން އުފަލުންފޮޅެމުން. . އުމުރުން 23 އަހަރުގެ އަޅުގަނޑު، 70 އަހަރުގެ މުސްކުޅިއުމުރުގެ ދިވެހިރައްޔިތަކު ބުނިބަސްއަޑުިއވުމުން ގައިންހީބިނަގައިގެންދިޔަ .(އެމީހުން ފައްޅިއަޅާގެންއުޅެފާނެނު! އަހަރުމެން އަހަރެމެންގެ ގޮތުގާތިބީމައެނިމުނީ)
  އެދުވަހު ހިތަވެރިވި “ އަޅުގަނޑުގެ މިއުމުރުގެ ދެންތިބީން ނައްބުނެދޭނީކިހިނެއްބާ؟ މިފަސާދައިން ސަލާމަތް ކުރެވެންއޮތްހުރިހާމަގެއް މިދަނީބަންދުވަމުން. ވައްﷲޢަޢްލަމް.

  • މާޝްޥާރާ މަޖްލިސް

   ބަލައޭތް މިހިރަ ސީރަކް މޮންޑާ. ކަލޯ އިސްލާމް ދީން ޤަބޫލްކޮށްގެން ތިޔަހުރީ ހަމަ އެކަނި ޔާމީނަށްޓަކަ ދޯ. އިސްލާމްދީން އެއީ އަހަރެމެން އެންމެ އުފަންވި ދީން. އެއި ދިވެހިން މިހަރުމިތިބަ މީހުން ހޯދި ދީނެއްނޫން. އަހަރެމެން އުފަންވީވެސްއެދީނަށް. މަރުވާނީވެސް ހަމަ އެދީން މަތީގާ. ޔާމީނެއް، ޓިނެއް ވަހުތާނެއް، ކާސިމެއް އައްނިޔެއް އިިބޫ އެއް މަހުޖަމެއް އެހެން މީހެއް ކިޔާނެ ކަމެއްނެތް. ކޮންމެ މީހަކު އައިސް ކޮންމެ ފަދަ ވެރިކަމެއް ކުރިޔަސް އިސްލާމްދީނެއް މިގައުމަކުން ނުފޮހެވޭނެ. ބަދަލެއްވެސް ނުކުރެވޭނެ. އެކަމަކު ވާނެ ގޮތަކީ ބޭރުފުށު ދަޅާދައްކާ އިސްލާމުން ޢަގީދާ ބަލިކަށީމީހުންނަށް އަންނަ ބަދަލެއްވިއްޔާ އަންނާނީ

 3. އިމް

  އިންޝާﷲ

 4. ނަންނެތް

  ހުކުރު ޚުޠުބާ ވެސް ވަރަށް އެބަ ސިޔާސީ ވޭ ތިކަން ތިގޮތަށް ނުކުރައްވާ ޕޯޗްގީޒުން ނަށް ތިކަން ވިތޯ؟ އަމުދުން މިޒަމާނުގަ ނުވާނެ ރައްޔަތުންގެ ބޮލަށް ޗިޕު ޖަހަން ނޫޅޭ

  • ހުސޭނުބޭ

   ސިޔާސީ ފިކުރަކީ އަޖައިބެއްކަހަލަ އެއްޗެއް! އޭތިގައި ޖެހިއްޖިއްޔާ އިބިލީހަކީވެސް ސިޔާސީއެއްޗެއް! ޚުޠުބާގައި އިބިލީހަށް ކިޔަމަންނުވާށޭ ބުންޏަސް ބުނާނެ ޚުޠުބާވެސް ސިޔާސީވެއްޖެއޭ!

  • ޢަބްދުﷲ

   ތި ބޭފުޅާއަށް ފަހަރުގަ ނޭނގެނީކަންނޭނގެ އަސްލު ތާރީޚު. ޕޯޗުގީޒުންނަށް އެކަންވި. ގަދަކަމުން މީހުންގެ އަނގަޔަށް ރާ އަޅައި، އަންހެނުންގެ ޢިއްފަތް ފޭރި، ނަސާރާދީނަށް މަޖުބޫރުން ނަމަވެސް މީހުން ބަދަލުކުރި. އެކަމަކު ﷲ ތަޢާލާގެ ރަޙުމަތުން 16 ނުވަތަ 17 އަހަރަށްފަހު ދިވެހިންގެ ތެރެއިން މުހައްމަދު ތަކުރުފާނުގެ ނަމުގައި މުޖާހިދަކު ފޮނުއްވަވާ އެބޭކަލުންގެ ޖިހާދުން މިތަނުން ޕޯޗުގީޒުން ފަހާލީ. މީ އަދި އެޒަމާނެއްނޫން. ކަންކަން ކުރަނީ ގަދަކަމުންނާއި ފިކުރީގޮތުން. މިހާރު މުހައްމަދު ތަކުރުފާނަކީ ޓެރަރިސްޓަކަށްވާނީ. ދުނިޔޭގެ ކަންކަން ހިނގާ ޚަަބަރު ނާހަމުތަ؟

 5. ރިނީ

  ތިޔައީކީ މިދުނިޔޭގާ އަލަކަށްކުރާ ކަމެއްނޫން. އަގީދާ ވަރުގަދައިއްޔާ ކޮބާ މައްސަލަޔަކީ! އިސްލާމްދީން ފަތުރަން އުޅޭ މީހުންވެސް މަދެއްނޫން. އެބަޔެއް ގަބޫލުކުރާދީނެއް އެބަޔަކު ފަތުރަން މަސައްކަތްކުރާނެ އެހެންނު.

  • ޔޯލަޔޯލަ

   ހޭދެބައިވެފައި ހުރި މީހަކު "ބޯންވާނެޔޭ! ބޮވެންޖެހޭނެޔޭ!" ގޮވީ ޕޯޗުގީޒުން ރާއްޖެ އިސްތިޢުމާރުކޮށްގެން ތިއްބާދޯ! އެއީ އެ ބީތާ ލައްވާ ޕޯޗުގީޒުން ކުރުވިކަމެއްދޯ!

  • ދިވެހިދަރިއެއް

   ތިހެން ކިޔާލަ ކިޔާލަ ތިބޭތި.. ޙައްޤާއި ބާތިލު ހަމަހަމަ ވާނީ ކިހިނެއް؟ ދެން އާންމުންގެ ބޯ ކެވޭތޯ ބަލާތި އީމާންތެރިކަން ހުރިއްޔާ އޯކޭއޭ ކިޔާފަ. އެމީހަކު އުޅުމުގެ ދީނޭ ކިޔާފަ ތިކުރާ ކަންކަން އަހަރުމެންނަށް އެނގޭ. ޤުރުއާނުގަ އެއޮތީ ކާފަރުން ނުރުހޭނޭ އެމީހުން ފަދައިން އަހަރުމެން ނުވާހާ ހިނދަކު. ދުނިޔޭގަ ކަން ހިނގަނީ އެހެނަކުން ނޫންތަ؟ ބެލިންތަ އެންމެ ކުޑަމިނުން. މިދުނިޔޭގަ 60ހަކަށް އަހަރު އުޅެފަ ދާނީ ތިބުނާ ކާފަރުންގެ ގާތަށްތަ؟ މަރުވާނެކަމާ އެނބުރި ހެއްދެވި ފަރާތަށް ދާނެކަމާއި މަހުޝަރުކުރެއްވޭނެކަމާއި ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެކަންކަން އެއީ ޝައްކެއްނެތް ކަންކަން.

 6. ދަތްދޫނި

  ހުކުރު ޙުތުބާވެސް ސިޔާސީ ވަނީބާ!

 7. ޓޫ ލޭޓް

  މާ ލަސްވެއްޖެ. ހުތުބާގަ ތިކަންކަން މީގެ ކުރިން ކީއްވެ ނުދެއްކީ؟ ތިމާވެށީގެ ދުވަހާ މުދައްރިސުންގެ ދުވަހުގެ ވާހަކަ އަދިވެސް ދައްކަ ދައްކާ ގައުމު ފަނާވާއިރު ތިބެންވީނުން އަދިވެސް. ބޭރުމީހުން ޚުތުބާ ތަރުޖަމާކޮށްގެން ބަލާތީވެ އެކަމާ ބިރުން ތިބެންވީނުން އަދިވެސް އަނގަ ހުޅުވާނުލާ.