الحمد لله رب العالمين. الصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ޜޯދަމަހަކީ ޤިޔާމުގެ މައްސަރެވެ. ރޭ އަޅުކަމުގެ މައްސަރެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) متفق عليه.

މާނައީ: "ރަމަޟާންމަހު އީމާންކަމާއި ސަވާބަށް އުއްމީދުކޮށްގެން ހުރެ ރޭއަޅުކަން އަދާކޮށްފި މީހާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ."

އަދި ލައިލަތުލް ޤަދުރި ވިލޭރެއަށް ޚާއްޞަކޮށް މިފަދައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އިމާމު އިބުނު ރަޖަބު ރަޙިމަހުﷲ ލަތާއިފުލް މަޢާރިފުގައި ވިދާޅުވެފައިވާ ގޮތުގައި ރޯދަމަހުގައި ހުރިހާ ފާފަތަކެއް ފުއްސެވޭ ދެޢަމަލަކީ ރޯދަހިފުމާއި އަދި ރޭއަޅުކަން ކުރުމެވެ.

ރޭއަޅުކަން ކުރުމުގެ މުރާދަކީ ތަރާވީޙް ނަމާދު އަދި ދަމު ނަމާދު ކުރުމެވެ. އެހެނީ އިޝާފަހުން ކުރާ ކޮންމެ ނަމާދަކީ ރޭއަޅުކަމުގެ ތެރެއަށް ވަދެގެން ދާނެ ޢަމަލުތަކެވެ.

އެޔާއެކު އަންހެން ކަނބަލުން ރޭ އަޅުކަން ކުރުން އެންމެ މޮޅު އިތުރުވެގެންވަނީ ގޭގައެވެ. އެއީ އަންނަނިވި ނަބިއްޔާގެ ޙަދީޘްގެ ދަށުންނެވެ.

(أفضل صلاة المرأة في بيتها)

މާނައީ: "އަދި އަންހެނާގެ އެންމެ މާތްވެގެންވާ ނަމާދު ވަނީ ގޭގައި ކުރާ ނަމާދެވެ"

އަދިވެސް ނަބިއްޔާގެ ކިބައިން ރިވާވެގެންވެއެވެ.

عن أم حميد امرأة أبي حميد الساعدي : " أنها جاءت النبي صلى الله عليه وسلم فقالت : يا رسول الله إني أحب الصلاة معك قال : قد علمت أنك تحبين الصلاة معي وصلاتك في بيتك خير لك من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير لك من صلاتك في مسجد قومك وصلاتك في مسجد قومك خير لك من صلاتك في مسجدي .... " . رواه أحمد ( 26550 ) .

والحديث : صححه ابن خزيمة في " صحيحه " ( 3 / 95 ) وابن حبان ( 5 / 595 ) ، والألباني في " صحيح الترغيب والترهيب " ( 1 / 135 )

އުއްމު ހުމައިދު އަބޫ ޙުމައިދުއް ޞާޢިދީގެ އަނބިކަބަލުންގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަމަނާ ކަލޭގެފާނާއި އެކު ނަމާދުކުރުމަށް ލޯބިކުރައްވަމެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ކަމަނާ ތިމަންކަލޭގެފާނާއި އެކު ނަމާދު ކުރުމަށް ލޯބިކުރައްވާކަން އެނގިވަޑައިގަނެއެވެ. އަދި ދަންނާށެވެ. ކަމަނާގެ ކޮޓަރީގައި ކުރާ ނަމާދު ގޭގެ ފެންޑާގައި ކުރާ ނަމާދަށް ވުރެ ހެޔޮވެގެންވެއެވެ. އަދި ފެންޑާގައި ކުރާ ނަމާދު ގޭގެ (އެނޫން ތަންތާގައި) ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އަދި ގޭގައި ކުރާ ނަމާދު ކަމަނާގެ ޤައުމުގެ މިސްކިތުގައި ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އަދި ކަމަނާގެ ޤައުމުގެ މިސްކިތުގައި ކުރާ ނަމާދު ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރާ ނަމާދަށްވުރެ ހެޔޮވެގެންވެއެވެ....."

އެހެންކަމުން މަސްޖިދުއް ނަބަވީއަށް ވުރެ ގޭގައި ކުރާ ނަމާދު މާހެޔޮވެގެންދާކަން މިޙަދީޘުން އެނގިގެންދެއެވެ. އަދި މަސްޖިދުއް ނަބަވީގައި ކުރާ ނަމާދާއި ބެހޭގޮތުން އެއްހާސް ނަމާދަށްވުރެ ހެޔޮވެގެންވާ ކަމަށް ޙަދީޘްގައި ރިވާވެގެންވެއެވެ.

އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ.

لو أدرك رسول الله صلى الله عليه وسلم ما أحدث النساء لمنعهن كما منعت نساء بني إسرائيل ... (رواه البخاري: 831 ومسلم : 445)

މާނައީ: "ފަހުން އަންހެނުން އުފެއްދި ކަންތައްތައް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރު ވީނަމަ މިސްކިތަށް ދިޔުން އަންހެނުންނަށް މަނާކުރެވުނީހެވެ. އެއީ ބަނީ އިސްރާއީލުގެ އަންހެނުންނަށް މަނާކުރެވުނު ފަދައިންނެވެ.

ނަމަވެސް އެޔާއެކު މިސްކިތަށް ދިޔުމަކީ މައްސަލައެއްނޫނެވެ. އެންމެ މޮޅު އިތުރުވެގެންވަނީ ގޭގައިކުރުމެވެ. ދުޢާއަކީ ރޯދަމަހުގެ ރޭއަޅުކަމާއި ޤިޔާމާއި ހުރިހާ އަޅުކަމެއް އަޅުގަނޑުމެން އެންމެނަށް މިންވަރު ކުރެއްވުމެވެ.

وصلى الله وسلم على محمد وآله و صحبه أجمعين. آمين.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޒާމު

    ޢއެކަމަކު އެވެރިން ސެންޓް ޖަހައި އުސްކުރިއައް އަރައި މޭކަޕްކޮށް ދާހިއްވަނީ އަބަދުވެސް ބޭރުން ކުރާ ޖަންކަމަށް ކީއް ކުރާނީ މަދެއްނޫން މަސައްކަތެއް ނުކޮށް އަނބިމީ ހާދިނީމަ ކާލައިގެން އުޅެ ފިރިހެނުން މީ މައްސަލަޔަކީ

    1
    1
  2. Laalu

    ޢެކައްޗެްގަވެސް ނެއް ކީއްވެގެން ކަމެއް........ ދަލީލުން ސާބިތުވެފައި އޮތަސް ސަބަބު ބޭނުން
    ޢެހެންވީމާ ތަރާވީހު ނަމާދަށްވެސް ދާނެ ކަމެއް ނެއްދޯ??????

    2
    3