ޢަބްދުﷲ ބިން ޢުމަރު ބިން ޚައްތާބު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ.

" ތިޔަބައިމީހުންގެ ކުރިން ވާތިންމީހެއް ދަތުރަކު ނިކުތެވެ. އަދި ރޭގަނޑުވުމުން އެމީހުން ފަރުބަދައިގެ ހޮހޮޅައަކަށް ވަދެ ރޭކުރިއެވެ. ދެން ފަރުބަދައިން ވެއްޓުނު ހިލައެއް އެބައިމީހުންގެ މައްޗަށް ހޮހޮޅަ ބަންދުވެއްޖެއެވެ. ދެން އެބައިމިހުން ބުންޏެވެ: އަހަރެމެންގެ ހެޔޮ ޢަމަލުތަކުން ދުޢާކޮށްގެން މެނުވީ މިހިލާގެ ކިބައިން މިންޖުނުވެވޭ ހުއްޓެވެ.

ދެން އެތަނުން އެކަކު ބުންޏެވެ. އޭ ﷲއެވެ. އަހަރެންގެ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މައިންބަފައިންވިއެވެ. އަދި އެދެމީހުންނަށް ކިރު(ހުއިހައްޕާފައިވާ) ދިނުމުގެ ކުރިން އަހަރެންގެ އަނބިންނާއި ދަރިންނާއި ޚާދިމުންނަށް ނުދެމެވެ. އަދި އެއްދުވަހު ހުއިހެއްޕުމަށް ބޭނުންވާ ގަސް ހޯދުމަށް އަހަރެން ލަސްވިއެވެ. އެކަމުގެ ސަބަބުން އަހަރެންނަށް ދެވުނީ އެދެމީހުން ނިދިފަހުންނެވެ. އަދި އެދެމީހުންނަށް އަހަރެން ކިރުފެލީމެވެ. އަދި އެދެމީހުން ނިދާފައިވަނިކޮށް އަހަރެންނަށް ފެނުނެވެ. ދެން އެދެމީހުން ހޭލެއްވުމަށް އަހަރެން ނުރުހުނެވެ. އަދި އެދެމީހުންގެ ކުރިން އަހަރެންގެ އަނބިދަރިންނާއިއ އަދި އަޅުންނަށް ދިނުމަށް އަހަރެން ނުރުހުނެވެ. ދެން އަހަރެން އަތުގައި ކިރުގެ ކަންވާރު ހިފަހައްޓައިގެން ފަތިސްވަންދެން އެދެމީހުން ހޭލަންދެން އަހަރެން ހޭދަކުރީމެވެ. އަހަރެންގެ ދަރިން ފައިކައިރީގައި ބަނޑުހައިވެގެން ރޮމުންދިޔައެވެ. ދެން އެދެމީހުން ހޭލައިފިއެވެ. އަދި އެދެމީހުން ކިރުބައްލަވައިފިއެވެ. އޭ ﷲއެވެ. އެކަން ކުރީ އިބަﷲގެ ވަޖުހުފުޅު އަދައިގެން ކަމުގައިވާނަމަ، އަހަރެމެންނަށް މިހިލައިން ޖެހިފައިވާ މުސީބާތުން ސަލާމާތްކޮށްދެއްވާށިއެވެ. ދެން ހިލަކުޑަކޮށް އެއްފަރާތްވެލިއެވެ. ނަމަވެސް ނުކުމެވޭ ވަރެއްނުވެއެވެ.

 

ދެން އެހެން މީހެއް ބުނެފިއެވެ: އަހަރެންގެ ބައްޕަފަރާތު ބޮޑުބޭބޭގެ އަންހެން ދަރިއެއްވިއެވެ. އޭނާ ވަނީ އަހަރެން އެންމެ ލޯބިވާ މީހާކަމުގައެވެ. އެހެންރިވާޔަތެއްގައިވެއެވެ. އަހަރެން އޭނާ ދެކެ ފިރިހެނަކު އަންހެނެއް ދެކެ ލޯބިވާނެ އެންމެ ބޮޑަށް ލޯބިވަމެވެ. ދެން އަހަރެން އޭނާއަށް ބޭނުންވެގެންވީމެވެ. ނަމަވެސް އޭނާ އެކަމާ ދެކޮޅުހެދިއެވެ. އެއީ އަހަރުތަކުގެ ތެރޭން ތަދުމަޑު އަހަރެއް އަތުވެއްޖައުމަށް ދާންދެނެވެ. ދެން އެއަންހެންކުއްޖާ އަހަރެންގެ ގާތަށް އަތުވެއްޖެއެވެ. ދެން އޭނާއަށް އަހަރެން ސަތޭކަ ވިހި ދީނާރު ދީފީމެވެ. އެއީ އަހަރެން ކުރަން ބޭނުންވާ ކަންތައްތަށް ކުރުމަށް އޭނާގެ ނަފުސުދޭ މަތިންނެވެ. ދެން އަހަރެން އެކަން ކުރަން އުޅެނިކޮށް،އެހެން ރިވާޔަތެއްގައި އޭނާގެ ދެފައިގެ މެދުގައި އިށީންތަނާ އަންހެންކުއްޖާ ބުންޏެވެ. "ﷲއަށް ތަޤުވާވެރިވާށެވެ" ޙައްޤަކާ ނުލާ (ކައިވެންޏާ) ނުލާ ޖިމާޢުނުވާށެވެ. ދެން އަހަރެން އޭނާގެ ކިބައިން ދުރަށް ދިޔައީމެވެ. އެއީ އަހަރެން އެންމެ ލޯބިވާ މީހާކަމަށްވީއިރުގައިވެސް މެއެވެ. އަދި އޭނާއަށް ދިން ރަން އަހަރެން އަނބުރާ ނުހޯދަމެވެ. އޭ ﷲއެވެ. ތިމަންނާ އެކަންކުރީ އިބަﷲގެ ވަޖުހުފުޅަށްޓަކައި ކަމުގައިވާނަމަ، އަހަރެމެން މިވާ މުޞީބާތުން މިންޖުކޮށްދެއްވާށިއެވެ. ދެން ހިލަ ފޭވެއްޖެއެވެ. ނަމަވެސް އެބައިމީހުންނަށް ނުކުމެވޭ ވަރެއްނުވިއެވެ.

އަދި ތިންވަނަ މީހާ ބުންޏެވެ: ތިމަންނާ މަސައްކަތު މީހުންތަކެއް އުޖޫރައަށް ނެގީމެވެ. ދެން އެބައިމީހުންގެ އުޖޫރަ ދިނީމެވެ. އެތަނުން އެކަކު ފިޔަވައެވެ. ދެން އޭނާއަށްވީ އުޖޫރަދޫކޮށްފައި އޭނާ ހިނގައްޖެއެވެ. ދެން އޭނާގެ އުޖޫރަ(ކަމުގައިވާ މުދާ) އެއިން މުދާ ގިނަވެއްޖެއެވެ. ދެން އެޔަށްފަހު ޒަމާންގަނޑަކަށް ފަހު އޭނާ އަތުވެއްޖެއެވެ. އެ ﷲގެ އަޅާއެވެ. އަހަރެންގެ އުޖޫރަ އަހަރެންނަށް ދޭށެވެ. އަހަރެން ބުނީމެވެ. ތިބާއަށް އެފެންނަ ހުރިހާ ޖަމަލާ އަދި ގެރިޔާ އަދި ބަކަރިޔާ އަޅުންނާ އެހުރިހާ އެއްޗަކީ ތިބާގެ އުޖޫރައެވެ. ދެން އޭނާ ބުންޏެވެ: އޭ ﷲގެ އަޅާއެވެ. އަހަރެންނަށް މަލާމާތްނުކުރާށެވެ. ދެން އަހަރެން ބުނީމެވެ: އަހަރެން ތިބާއަކަށް މަލާމާތެއްނުކުރަމެވެ. ދެން އޭނާ ހުރިހާ އެއްޗެއް ނަގައިގެން އޭނާ ހިނގައްޖެއެވެ. އަދި އެއިން އެއްވެސް އެއްޗެއް ދޫނުކުރެއެވެ. އޭ ﷲއެވެ. އަހަރެން އެކަންކުރީ އިބަﷲގެ ވަޖުހުފުޅު އަދިގެން ކަމުގައިވާނަމަ، އަހަރެމެންނަށް ޖެހިފައިވާ މިކަންކަމުން ސަލާމަތްކޮށްދެއްވާށިއެވެ. ދެން ހިލަ އެއްކޮށް ފޭވެއްޖެއެވެ. ދެން އެބައިމީހުން ނުކުމެގެން ހިނގައިގެންފިއެވެ."

(ޙަދީޘްގެ މާނަ، ޙަދީޘްގެ މަޞްދަރު: ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމް)

މިވާހަކައިން ލިބޭ ޢިބުރަތްތައް:

ހ. މުސީބާތާއި ދަތި އުނދަގުލުގެ ވަޤުތުގައި ﷲއަށް ދުޢާކުރުމުގެ މުހިންމުކަން.

ށ. ދުޢާކުރާއިރު ހެޔޮ ޢަމަލުތައް މަތީގައިވާ ޙަދީޘްގައިވާ ފަދައިން ވަސީލަތެއްގެ ގޮތުގައި ހަދައިގެން ދުޢާކުރުމަކީ ދުޢާ އިޖާބަވާ ސަބަބެއްކަން.

ނ. ބަލާއާއި މުސީބާތްތަކުން ތަޤުވާވެރިކަމާއި އަޅުކަމުގެ ސަބަބުން ސަލާމާތްވާކަން.

ރ. މައިންބަފައިނަށް ހެޔޮކޮށް ހިތުމުގެ މާތްކަން.

ބ. ޒިނޭއިން ދުރުވުމުގެ މާތްކަން.

ޅ. މީހުން ލައްވާ މަސައްކަތްކުރުވާފައި އަޖުރު އަދާކުރުމުގެ މުހިންމުކަން.

ކިޔުންތެރިންގެ ހިޔާލު