އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"މީހަކު ބުންޏެވެ: އަހަރެން ޞަދަޤާތަކުން ޞަދަޤާތްކުރާނަމެވެ. ދެން އޭނާގެ ޞަދަޤާތް ނެރެފިއެވެ. އެ ވައްކަން ކުރާ މީހެއްގެ އަތަށް ދީފިއެވެ. ދެން މީސްތަކުން (ހެނދުނު) ޞަދަޤާތް ކުރީ ވައްކަން ކުރާ މީހަކަށޭ ކިޔަންފަށައިފިއެވެ.

ދެން އޭނާ ބުންޏެވެ. އޭ ﷲއެވެ. ޙަމްދު ހުރީ އިބަ ﷲއަށެވެ. އަހަރެން ހަމަށަވަރުން ޞަދަޤާތެއް ކުރާނަމެވެ. ދެން ޒިނޭ ކުރާ އަންހެނެއްގެ އަތަށް ދީފިއެވެ. ދެން މީސްތަކުން (ހެނދުނު) ކިޔަންފަށައިފިއެވެ. ރޭގައި ޞަދަޤާތް ކުރެވުނީ ޒިނޭ ކުރާ މީހަކަށެވެ. ދެން އޭނާ ބުންޏެވެ: ﷲއަށް ޙަމްދު ހުއްޓެވެ. (ޞަދަޤާތްކުރެވުނީ) ޒިނޭކުރާ މީހަކަށެވެ. ހަމަކަށަވަރުން ޞަދަޤާތަކުން ޞަދަޤާތްކުރާނަމެވެ.

ދެން އޭނާ ޞަދަޤާތް ނެރެފިއެވެ. ދެން މުއްސަންޖެއްގެ އަތަށް އެލައިދީފިއެވެ. ދެން މީސްތަކުން (ހެނދުނު ވުމުން) މުއްސަންޖަކަށް ޞަދަޤާތްކޮށްފިޔޭ ކިޔަންފަށައިފިއެވެ. ދެން އޭނާ ބުންޏެވެ: އޭ ﷲއެވެ. އިބަﷲއަށް ޙަމްދުހުއްޓެވެ. (ޞަދަޤާތް ކުރެވުނީ) ވައްކަންކުރާ މީހެއްގެ މައްޗަށާއި ޒިނޭކުރާ މީހެއްގެ މައްޗަށާއި އަދި މުއްސަންޖެއްގެ މައްޗަށެވެ.

ދެން އޭނާގެ ކިބައަށް (ރަސޫލަކު) އައިސް ދެންނެވިއެވެ. ފަހެ ތިބާގެ ޞަދަޤާތް ޤަބޫލުކުރެވިއްޖެއެވެ. ފަހެ ތިބާ ވައްކަން ކުރާ މީހާގެ މައްޗަށް ކުރި ޞަދަޤާތް ދަންނާށެވެ. ފަހެ އެޞަދަޤާތުގެ ސަބަބުން އޭނާ ވައްކަންކުރުމުން ދުރުވެދާނެއެވެ.

އަދި ތިބާ ޒިނޭކުރާ އަންހެނާއަށް ކުރި ޞަދަޤާތް ދަންނާށެވެ. ތިބާގެ ޞަދަޤާތުގެ ސަބަބުން އޭނާ ޒިނޭކުރުމުން ޢިއްފަތްތެރިވެދާނެއެވެ.

އަދި ތިބާ މުއްސަނދި މީހާގެ ކުރި ޞަދަޤާތް ދަންނާށެވެ. އެކަމުގެ ސަބަބުން އޭނާ ވިސްނާ ފިކުރުކޮށް، ﷲ އޭނައަށް ދެއްވި މުދަލުން ހޭދަކޮށްފާނެއެވެ."

މިވާހަކައިން ލިބޭ އިބުރަތްތައް:

ހ. ޞަދަޤާތުގެ މާތްކަން.

ށ. ﷲއަށް ޓަކައި ކުރާ ކަމެއްގެ ނަތީޖާއަށް ވިސްނާ ބަލަން ނުޖެހޭނެކަން.

ނ. ސިއްރުން ކުރާ ޞަދަޤާތުގެ މާތްކަން.

ރ. އިޚުލާޞްތެރިކަމުގެ މާތްކަމާއި އިޚުލާޞްތެރިކަމާއެކު ކުރާ ކަމެއް ގެއްލިގެން ނުދާނެކަން.

ބ. ދިމާވާ ކަންކަމަށް ހަމްދުކުރުމުގެ މާތްކަން އަދި އެކަމާ ޝަކުވާ ނުކުރުން.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބަސްފުޅު

    އަމިއްލައަށް ގޮއްވާލައިގެން އެދަނީވެސް ހަމަ ﷲއަށް ޓަކާތަ؟ ބުރާންތި ވާހަކަ ނުދައްކާ ކަލޭމެން ދެން ތިބެންވެއްޖެއެއްނު؟

    • ވާނުވާގަދޯ

      އަމިއްލަަޔަށް މަރުވުމާ މަތީގަ އޮތް ހަދީސް ބަސްފުޅާ ކޮން ގުޅުމެއް އޮތީ؟