الحمد لله رب العالمين. الصلاة والسلام على نبينا محمد وآله وصحبه أجمعين. آمين.

އިސްލާމްދީނަކީ ﷲ ސުބުޙާނަހޫ ރިވެތިވެގެންވާ އަޚުލާޤާއިގެން ފޮނުއްވި ދީނެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނީ ރިވެތި ވެގެންވާ އަޚުލާޤު ފުރިހަމަކޮށްދެއްވާ ޢާލާމްތަކަށްވާ ރަޙުމަތެއްކަމުގައެވެ. އެފަދައިން ޤުރުއާނާއި ސުންނަތުގައި ޒިކުރުވެފައިވެއެވެ. އެގޮތުން ކީރިތި ޤުރުއާނާ ސުންނަތުގައި އިސްލާމްދީން ގޮވާލައްވަނީ ރިވެތި ވެގެންވާ އަޚުލާޤު ފުރިހަމަކުރުމަށެވެ. ރިވެތިވެގެންވާ އަޚުލާޤު ފުރިހަމަކުރުމުގެ ހުރިހާ ސިފައަކަށް އެދީންގޮވާލައެވެ. އެގޮތުން އެދީން އެންމެ ބޮޑަށް ބާރުއަޅާ ކަމަކީ އިޖުތިމާޢީގޮތުން އޮންނަން ޖެހޭ ގުޅުންތައް ވަރުގަދަކޮށް އަދި އިޖުތިމާޢީގޮތުން އުފެދޭނެ ފިތުނަތައް ބަންދުކުރުމަށް އެދީން ބާރުއަޅައެވެ. އެގޮތުން އެއްކަމަކީ ޣީބަ ބުނުމެވެ.

ޣީބަ ބުނުން ނުވަތަ މީހުންގެ ވާހަކަ ދެއްކުން މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވެއެވެ.

އެގޮތުން ޣީބަ ބުނުމަކީ މައްޔިތެއްގެ މަސް ކެއުންފަދަ ކަމެއްކަމުގައި ޤުރުއާނުގައި ޒިކުރުކުރައްވާފައިވެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.

(وَلا يَغْتَبْ بَعْضُكُمْ بَعْضاً أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتاً فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ) سورة الحجرات: 12

މާނައީ: " އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ. ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّهއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. "

ޣީބަ ބުނުމަކީ ކޮބައިކަން ބަޔާންކުރައްވައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ނަބިއްޔާގެ ކިބައިން ރިވާކުރައްވާފައިވެއެވެ.
(أن رسول الله صلى الله عليه وسلم قال : أتدرون ما الغيبة ؟ قالوا : الله ورسوله أعلم ، قال : ذِكرُك أخاك بما يكره ، قيل : أفرأيتَ إن كان في أخي ما أقول ؟ قال : إن كان فيه ما تقول فقد اغتبته ، وإن لم يكن فيه فقد بهتَّه) رواه مسلم.

މާނައީ: "ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: "ޣީބައަކީ ކޮބައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟" ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އަދި އެއިލާހުގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. "ތިބާގެ އަޚާ ނުރުހޭ ފަދަ ބަހެއް ޒިކުރުކުރުމެވެ." ދެން ބުނެވުނެވެ. އަހަރެން ބުނާބަސް އަހަރެންގެ އަޚާގެ ކިބައިގައި ހުރިކަމުގައި ފެންނަނީ ކިހިނެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "އޭނާގެ ކިބައިގައި އެކަން ހުރިނަމަ ފަހެ އެބުނީ ޣީބައެވެ. އަދި އެކަންނުވާނަމަ އޭނާއާ މެދު ހަމަކަށަވަރުން ބުހުތާން ހަދައިފިއެވެ."

އަދި ޣީބަ ބުނުމަކީ އެބުނާ މީހާ ރަނގަޅަށް އީމާން ނުވާކަމުގެ ޢަލާމަތެއްކަމާއި އަދި އެމީހާ ފަޟީޙަތްކުރެވޭ ސަބަބެއްކަމުގައި ޙަދީޘްގައި ރިވާވެފައިވެއެވެ. ޙަދީޘްގައި ރިވާވެފައިވެއެވެ.

(يامعشرمنآ منبلسانهو لميدخلا لإيمانقلبه، لاتغتابو االمسلمين، ولاتتبعو اعوراتهم، فإنهمنيتبععور اتهميتبعاللهعور تهو منيتبعاللهعور تهيفضحهفيبيته)

މާނައީ: "އޭ ދުލުން އީމާންވެ އަދި އެމީހުންގެ ހިތަށް އީމާންކަން ނުވަންނަ މީސްތަކުންނޭވެ. މުސްލިމުންގެ ޣީބަ ނުބުނާށެވެ. އަދި އެބައިމީހުންގެ ޢައިބުތައް ހޯދަން ނޫޅޭށެވެ. މީހުންގެ އައިބުތައް ހޯދާ މީހާ ﷲ އެމީހެއްގެ ޢައިބުތައް ހޯއްދަވާނެއެވެ. އަދި އެމީހެއްގެ ޢައިބުތަކަށް ﷲ ހޯއްދަވައިފިމީހެއް އޭނާގެ ގޭގައި އެމީހަކު ފަޟީޙަތްކުރައްވާނެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(كلالمسلمعلىالمسلمحرام : مالهوعرضهودمه،حسبامرئمنالشرأنيحقرأخاهالمسلم)

މާނައީ: "ކޮންމެ މުސްލިމަކުވެސް އަނެއްމުސްލިމެއްގެ މައްޗަށްވަނީ އޭނާގެ މުދަލާއި އަދި އަބުރާއި އަދި ލޭ ޙަރާމްވެގެންނެވެ. އަދި އޭނާގެ މުސްލިމު އަޚާ ދަށްކޮށްލުމަކީ މީހަކަށް ކުރެވޭ ނުބައިކަމަކަށް ފުދެއެވެ."

އަދި ބައެއް ސަލަފުންގެ ބޭކަލުން ވިދާޅުވެފައިވެއެވެ. ޣީބަ ބުނާ މީހާއަށް ގެއްލުންވާކަން އެނގުން ހިސާބުން ދުވަހަކަވެސް ޣީބަ ނުބުނަމެވެ.

ސަބަބަކީ ޣީބަ ބުނުމަކީ ޣީބާ ބުނާ މީހާ ފަޟީޙަތްވެ އަދި އޭނާގެ ހެޔޮކަމުން ޣީބާ ބުނެވޭ މީހާއަށް ދޭންޖެހޭކަމެކެވެ.

އަދިވެސް ވަރަށް ގިނަ ޙަދީޘްތައް މިބާބުގައި އެކަން މަނާކުރައްވައި ޒިކުރުވެފައިވެއެވެ. އަދި މިކަމުގެ ކައްފާރާ އަކީ އެކަމުން ތައުބާވެ އެމީހަކު ޣީބަ ބުނިމީހެއްގެ ފާފަ ފުއްސެވުން އެދި ދުޢާކޮށްދިނުމެވެ. ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " ޣީބައިގެ ކައްފާރާ އަކީ ޣީބަ ބުނެވުނު މީހާގެ ފާފަ ފުއްސެވުން އެދި ދެންނެވުމެވެ."

ވީމާ މިފަދަ ނުބައި ޢަމަލުތަކުން ދުރުވެ ޞާލިޙު ޢަމަލުކޮށް ﷲ ރުޖޫޢަވާ މަހެއްކަމުގައި މިމަސް ހަދަންޖެހެއެވެ. އަދި ސޯޝަލްމީޑިޔާ ފަދަ ވަޞީލަތްތަކުން މިފަދަ ކަންކަން ފަސޭހައިން ކުރެވޭ ގޮތް މިވަނީ ވެފައެވެ. ވީމާ އެފަދަ ތަންތަނުގައި ﷲއާއި މެދު ބިރުވެތިވެ ދުލާއި އަތް އެފަދަ ކަންކަމުން ސަލާމަތްކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވާއަޅުގަނޑުމެންގެ ފާފަ ފުއްސަވާށިއެވެ.

وصلى الله وسلم على محمد و آله وصحبه أجمعين. آمين.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރު

    ގައިގަ ބޮންހަރުކޮށްގެން މީހުންގެ ތެރެއަށް ވަދެ ގޮއްވާލައި ގައުމުތައް އިނދަ ޖެއްސުމުގެ ނުބައިކަމެއް ނުވޭތަ؟

    1
    1
    • ގުއި

      މަށަށް ޔަގީން ލަންކާ ހަމަލާގައިވެސް ކަލޭގެ ކޮންމެސް ގާތް މީހަކު މަރުވީކަން. ކެކެކެކެ.