އެއްދުވަހަކު މީހަކު ކުރި ސުވާލެއްގައި ބުންޏެވެ. އޭނާ އަކީ އިސްލާމްދީނުގެ ރުކުންތަކަށް ބަރާބަރަށް ފަރުވާތެރިވާ މީހަކީމެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ބޭންކަކުން ހައުސިން ލޯނެއް ނެގިފައި ވެއެވެ. އަދި އެއީ ރިބާ އެކުލެވިގެންވާ ލޯނެއް ކަމުގައި ދަންނަބޭކަލުން އިތްތިފާގުވެ ލައްވައެވެ. އޭރަކު މިކަމެއް އެހާ ރަނގަޅަކަށް ނޭނގޭ ކަމަށް ބުންޏެވެ. އަދި އެލޯން ދައްކައި ނުނިމެއެވެ. މިކަމާ މިހާރު ހިތާމަ ކުރާކަމަށާއި މިކަމުން ތައުބާވުމަށް އަޅުގަނޑު ހަދާނީ ކިހިނެއް ތޯއެވެ؟

ރިބާ ލޯނަކީ ޝައްކެއް ނެތް ގޮތުގައި ބޮޑުވެގެން ހުރި ނުރައްކާތެރިކަން ބޮޑު ހަރާމް އެއްޗެކެވެ. ނޭންގޭ ހާލުގައި އެފަދަ މުޢާމަލާތެއް ކޮށްފި މީހަކަށް ފާފައެއް ނުވެއެވެ. ނަމަވެސް އެއީ ހަރާމް އެއްޗެއް ކަން އެނގުމާއި އެކުގައި ވީ އެއްމެ އަވަސް ފުރުސަތެއްގައި އެކަން ނިންމައި އެކަމުން ސަލާމަތް ވުން ލާޒިމު ވާނެއެވެ. ނަމަވެސް އެނގިހުރެ ރިބާގެ މުޢާމަލާތެއް ކޮށްފި މީހާއަކީ ފާފަވެރިއެކެވެ. ކޮންމެ ހާލަތެއްގައި ރިބާގެ މުޢާމަލާތެއް ކުރެވުނަސް އެކަމުން ތައުބާވާން ޖެހޭނެއެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ތައުބާ ގަބޫލު ކުރައްވާ ރަސްކަލާނގެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَنْ جَاءَهُ مَوْعِظَةٌ مِنْ رَبِّهِ فَانْتَهَى فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ وَمَنْ عَادَ فَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ (البقرة 275)

މާނައަކީ: "އަދި މާތް ﷲ ވިޔަފާރި ހަލާލު ކުރެއްވިއެވެ. އަދި ރިބާ ހަރާމް ކުރެއްވިއެވެ. ދެންފަހެ، އެމީހެއްގެ ގާތައް އޭނާގެ ވެރިރަސްކަލާނގެ ހަޟުރަތުން ނަސޭހަތް (ރިބާ ހަރާމްވި ކަމުގެ ބަސްފުޅު) އައުމުން އެކަން ހުއްޓާލައިފި މީހާގެ އިސްވެ ދިޔަބައި ގައި އޭނާއަށް ފާފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ތާނގައި އޭނާގެ ކަންތައް ހުރީ ﷲ ގެ ހަޟުރަތަށެވެ. އަދި ރިބާގެ މުޢާމަލާތް ކުރުމަށް އަލުން ފަށައިފި ނަމަ ފަހެ އެބައިމީހުންނީ ނަރަކަވަންތަ ވެރީންނެވެ. އެތަނުގައި އެމީހުން އަބަދަށް ދެމި ތިބޭނެއެވެ."

ތައުބާގެ އެއްމެ ފުރަތަމަ އަދި އެއްމެ މުހިންމު ޝަރުތަކީ: ތިބާ އެފާފައަކުން ތައުބާވެ، ޚަލާޞްވާން ގަސްތުކުރާ ފާފަ ހުއްޓައިލުމެވެ. ވީމައި ނަގާފައިވާ ލޯނަކީ ކޮންމެ ގޮތެއްގައި ނަމަވެސް އަދާކުރަން ޖެހޭ ލޯނެކެވެ. ނަމަވެސް އަދާކުރަން ޝަރުޢީ ގޮތުން ޖެހޭ އަދި ހުއްދަ މިންވަރަކީ ނެގި އަދަދެވެ. އޭގެ އިތުރު ބަޔަކީ ރިބާ އެވެ. އެފައިސާ ނުދައްކައި ވާނެ އެއްވެސް ގޮތެއް އޮތް ނަމަ، މިސާލަކަށް ބޭންކާއި ވާހަކަ ދައްކައިގެން އިންޓްރެސްޓް މާފު ވުން ފަދަ ގޮތެއް އޮތް ނަމަ އެކަމަށް މަސައްކަތް ކުރުން ލާޒިމު ވެގެން ވެއެވެ. އެފަދަ އެއްވެސް ގޮތެއް ނެތް ނަމަ ވީ އެއްމެ އަވަސް ފުރުސަތެއްގައި އެ ލޯން އަދާކޮށް ނިންމަން ޖެހޭނެއެވެ.

والله أعلم وبالله التوفيق وصلى الله على نبينا محمد وعلى آله وصحبه وسلم

މަޞްދަރު: އާދަމް ޝަމީމް.ކޮމް

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހިތާމަހުރި

    އަޅުގަނޑަށް ވެސް ވަނީ ތިޔަފަދަ ލޯނެއް ދިގުމުއްދަތަށް ނެގިފަ. އެކަމުން ސަލާމަތްވާ ވަރަށް ބޭނުން. އެކަމަކު އަވަހަށް ދައްކާލާ ނިންމާލެވޭވަރުގެ ތަނަވަސްކަމެއް އަތަކު ނެތް.

    އަޅުގަނޑަށް މިކަމުގައި އެހީތެރިކަމެއް ދެއްވައިގެން މިކަމުން އަޅުގަނޑު ސަލާމަތް ކޮށްދެއްވާ ފަދަ ފަރާތެއް ތަނަވަސް ކަމުގެ އަހުލުވެރިންގެ ތެރޭގައި ހުރިނަމަ އެހީތެރިވެ ދެއްވެވުން އެދެން.

    5
    1
  2. ހުދުހުދު

    މިތާ ބޭންކް ތަކުން މުޅިން ވެސް ދެނީ ރިބާ ލޯނު. ދެން ކިހިނެއް ރިބާ ނޫން ލޯނެއް ނަގާނީ. ގެ އެއް ހަދަން ބޭނުން ވާ މީހާ ވެސް ހުންނަން މިޖެހެނީ ލޯނު ނުނެގިފަ. އިސްލާމީ ގައުމެއްގައި ރިބާ ނުހިމެނޭ ލޯން ތައް ލިބެން ހުންނަން ވާނެ

    51
    2
    • ދެކުނު ރަށެއްގެ ޖިންނި އެއް

      އިސްލާމިކް ބޭންކް އިން ލޯނު ނަގާ!

  3. ޓްރޭސް

    100% އިސްލާމީ ޤައުމެއްގައި މިފަދަ ބޮޑު ޙަރާމް ކަމެއް ޤައުމީ ފެންވަރުގައި ހިންގަމުން މިގެންދަނީ ކީއްވެބާ! މިކަން ހުއްޓުވަން ނުޖެހެނީބާ!

    57
    2
  4. މުހައްމަދު

    ކޮބާތަ ރިބާލޯނަކީ ކަލޭމެންތިބުނާ ރިބާ ހުރިހާލޯނުގަވެސް ވަނީ މޮޔަވާހަކަ ނުދައްކާ

    15
    27
    • ދޮންބެ

      މުޙައްމަދަށް ރިބާއަކީ ކޮންއެއްޗެއްކަން ނޭންގުން އެއީ އެހެން މީހުންނަކީ މޮޔައިން ކަމުގައި ވާންޖެހޭ ސަބަބެއްނޫން.

    • މަދު

      ތިބާ އަށް ތެދުމަގު ދައްކަވާށި.... ﷲގެ މަގަށް އުޅުމަކީ މިއަދު އުދަގޫކަމެއް ނަމަވެސް އާޚިރަތް ބާއްޖަވެރިވާނީ އެމަގުގަ ސާބިތުވެގެން.

  5. މޫސަ

    ކޮންމެ ސަރުކާރެއް އޮތަސް އެކަމަކީ ސަރުކާރުތަކުން ރައްޔިތުން ލައްވާ ކުރުވާ ކަމެއް.

  6. ޒީ

    * މުސާރަވެރިންގެ ފައިސާއިން އަތުލެވޭ ބަޔަކީވެސް މުސާރަވެރިންގެ ހައްގެއް އެމީހުންނަށް އެދީ!
    * މުސްކުޅިވެ ބަލިއެނދުވާ ދުވަހަށޭ ކިޔާފަ އަތުލެވިގެންނުވާނެ!
    * އިސްލާމްދީނުގަ އަންގަވާފަ ވަނީ މަސައްކަތްކުރާމީހާ އެމީހާގެ ގައިން ހިއްލާދާ ނުހިކެނީސް އެމީހާއަށް އުޖޫރަދޭށޭ!
    * ޒަކާތު ފައިސާއިން މީހުންނަށް ކިޔަވަދޭން ހަރަދުކުރެވިގެން ނުވާނެ!
    * އެއީ ފަގީރުންގެ ހައްގެއް އެއަށް ޖަވާބުދާރީވާންޖެހޭނެ!
    * ކޮންފޮތަކު އޮތީ ފަގީރުންގެ ހައްގެއް ހަރަދުކޮއް މުއްސަދިން ކިޔަވާށޭ!
    * ﷲ ރުއްސެވުމާފުއްސެވުން ލިބުމަށް އެދޭނަމަ މިކަންކަން އިސްލާހުކުރާނެ!
    * މިކެވެނީވެސް ހަލާލު އެއްޗެއްބާ؟

  7. ޖަޒީރާ އިއްބެ

    ބޭންކް އޮފް މޯލްޑިވްސް އަށާ، އެމް. އެމް. އޭ އަށާއި ސަރުކާރުތަކަށް މިކަން ނޭންގެނީ ކީއްވެ؟ ބޭންކުން ހަމަ އެގޮތަށް ހޯދާ ޙަރާމް ލާރިން ދޭ އަހަރީ ބޯނަސް ބޭނުންކުރާ މުއައްޒަފުންވެސް މިކަމާ ވިސްނުން މުހިއްމު.

  8. މީމަށޭ

    ރިބާއަކީ ވަރަށް ގިނަ ގޮތްގޮތަށް މާނަކުރެވޭ ބަހެއް. ވާބުރިއެއް ފެންނައިރަށް އެއީ ހަތުފައެކޭ ބުނާކަށް ނުވާނެ.

  9. ބެންކު އަލީ

    މީހުންގެ ވިސްނުން ބަދަލު ވާއްވީ 2ފަރާތް އެންބަސްވާނަމަ ހަމަ އޯކޭ