ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކޮށް، މީހުނާއި އެއްގަމު އުޅަނދުން ފުރި ބާރުވެފައިވާ ވެރިރަށް މާލޭއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ސަރުކާރުން މިވަނީ އިންޤިލާބީ ހައްލެއް ހޯދާފައެވެ. އެކަން ހަމަ ޤައިމުވެސް މާލޭގެ މަގުތައް މަތިން ދުއްވާލުމުން ލޮލު ކުރިމަތިން ފެނި ރައްޔިތުންގެ ޝުއޫރުތަކުން މިހިރަ ފެންނަނީއެވެ. ނަމަވެސް މި ބަދަލަށް އަމަލު ކުރަން ފެށުމުގެ ކުރިންވެސް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވީއިރު، އަތޮޅުތަކަށް މުދާ އުފުލާ "މާލެ އޮޑިފަހަރުގެ" ވެރިންނާއި ފަޅުވެރިން ތިބީ ނުހަނު ކަންބޮޑުވެފައެވެ.

ކޮންމެ ކަމެއްގެވެސް ހަފަރާތް ވާނެކަން ޤަބޫލުކުރާހާލު، މާލޭ އުތުރު ބަނދަރު ސަރަހައްދަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގެ ހާލަތު ބަލާލަން މަސައްކަތް ފެށީމެވެ. ފަހަރަކު ދޯންޏަކަށް އަރައި ބޯޓުފަހަރުގެ ކޭޝިއަރުންނާއި، ފަޅުވެރިންނާއި ކައްޕިތާނުންނާވެސް ބައްދަލުވެ ޝުއޫރުތައް އަޑު އަހާލީމެވެ. ބަދަލަކީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން ގެނައި މުހިންމު ބަދަލަކަށް ވީނަމަވެސް، މި ބަދަލުގެ ސަބަބުން ނޭދެވޭ އަސަރު ފޯރި އެއްބަޔަކީ މިވެރިންނެވެ. އެކި ގޮތްގޮތުން ދަތިތަކެއް އެބަހުއްޓެވެ. ކަންބޮޑުވުންތަކާއި ސީރިއަސް މައްސަލަތަކެއްވެސް އެކުލެވިގެންވެއެވެ.

މާލޭ އުތުރު ބަނދަރު ސަރަހައްދު، މުދާ އެރުވުުމުގެ މަސައްކަތް ހުއްޓިފައި - ފޮޓޯ: އަޙްމަދު ސިނާޒް

މާލޭ އުތުރު ބަނދަރަށް މެންދުރެއްހާއިރު ވަދެގެން ދިޔަ އިރު ހީވީ މެންދަމުގެ ހަމަހިމޭން ވަގުތު ހެންނެވެ. އެތައް ބޯޓެއް އެ ބަނދަރެއްގައި އޮތްއިރު އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އެއްވެސް މަސައްކަތެއް ނެތި ފަޅުވެރިން ދޯނިތަކުގައި މަޑުކޮށްލައިގެން ތިބިއިރު، ކޭޝިއަރުން ގޮނޑިތަކުގައި ދެއަތް އުރާލައިގެން ތިބީއެވެ. އެ ފަރާތްތަކުގެ ޝުއޫރު އަޑުއަހާލުން ރަނގަޅުވާނެއެވެ.

"މިތިބީ ހަދާނެ އެއްވެސް ގޮތެއް ނެތިފައި. ކުރާނެ ކަމެއް ނެތް. ހާހަކުން ފޮށިގަނޑެއް މި އަންނަނީ. އެވެސް ގެންނަންޏާ ހަވާލުވާން ތިބެންޖެހޭ. މުދަލޭ ބުނާހެން މުދާ އަންނާނީ މިރޭ، ދެން ޖެހޭނީ އަގުހުރި ވަގުތުތައް ބޭކާރު ކުރާކަންނު." އައްޑު ސިޓީ އަށް ދަތުރުކުރާ ބޯޓެއްގެ އިސް މީހަކު ކަންބޮޑުވުން ހިއްޞާކުރަމުން "ވަގުތަށް" ބުންޏެވެ.

މުޅި ބަނދަރުންވެސް އެންމެ ގިނައިން މުދާ އަރުވަމުންދާ "ނަފާ" ނަމަކަށް ކިޔާ ބޯޓުގެ ކޭޝިއަރާ ބައްދަލުކޮށް ޝުއޫރުތައް އޮޅުންފިލުވާލުމުން ސާފުވީ، ބަދަލާއެކު މުދާ އަންނަ ވަރު މަދުވި ނަމަވެސް އެކި ގޮތްގޮތަށް މުދާ ގެންނަ ކަމެވެ. ނަމަވެސް މިހެން ދުވާލު މަސައްކަތް ކޮށްފައި ރޭ ގަނޑުވެސް އެތައް ދަމެއް ވަންދެން މަސައްކަތް ކުރަންޖެހޭނެތީ އެކަމުގެ ކަންބޮޑުވުން ހިއްޞާކުރިއެވެ.

މާލޭގެ ބަނދަރުތަކީ ވިޔފަރާރި އުސޫލުން ކުލި ދައްކައިގެން ބޭނުންކުރަންޖެހޭ ތަންތަނަށް ވީހިނދު، މި ފަރާތްތަކުގެ ހަމައެކަނި ކަންބޮޑުވުމަކީ ރޭގަނޑު ހޭލާ ތިބެގެން މަސައްކަތް ކުރަނެޖެހުމެއްވެސް ނޫނެވެ. ދުވާލުގެ ވަގުތުތައް ބޭކާރުވެ، ދޯނިތައް ބަރުކުރަން މިހާރު ނަގާ މުއްދަތު ދެގުނަވެ އެތައް ހާސް ރުފިޔާއެއް ބަނދަރު ކުލީގެ ގޮތުގައ ދައްކަންޖެހި، މަހަކު ކުރެވޭ ދަތުރުތައް މަދުވެ، އެފަރާތްތަކުގެ އާންދަނީއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެކަމަށް ލަފާކޮށް އެކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ.

"ޔަޤީން މިވަރުން ދަންޏާ ފުރަންޖެހޭ ދުވަހަށް ބޯޓަކަށް ނުފުރޭނެ. ކިހިނެތް މިވަރުން ފުރާނީ. މިރޭ ދަންވަރު ކަމަށްވަނީ ސިމެންތިކޮޅު ލިބޭނީ. މީ ވަރަށް ދެރަ ކަމެއް. މިކަމަށް ހައްލެއް ބޭނުން." އުތުރަށް ދަތުރުކުރާ "ކާވިޔާ" ބޯޓުގެ އިސް ވެރިޔަކު ކަންބޮޑުވުން ހިއްޞާ ކުރިއެވެ.

އުތުރުގެ ވިޔަފާރި މަރުކަޒު، ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރާ އެއް ބޯޓުގެ އިސް ފަރާތަކުން ކަންބޮޑުވުން ހިއްޞާ ކުރަމުން ބުނީ، މިގޮތަށް ބަދަލުކުރީމަ ރެޔާ ދުވާލު ހޭލާ ހުންނަން މިއޮތީ މަޖުބޫރުވެފައި ކަމަށާއި، މީ ވާނެ ކަންކަމެއްވެސް ނޫން ކަމަށް އަދި އިތުރު ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މާލޭގެ މަގުތަކުގައި މުދާ އުފުލޭ ގަޑިތަކަށް ގެނައި ބަދަލާއެކު، މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނީ އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށެވެ. އަދި މި ބަދަލާއެކު ޑެލިވަރީގެ ގޮތުގައި ކައްކާ ގޭސް އުފުލުމުގެ ހުއްދަ ދީފައިވަނީ ހެނދުނު 08:30 އިން 11:00 އަށާއި، އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށެވެ.

ދުވާލު ވިޔަފާރި ކޮށްފައި، މެންދަމު ޑެލިވަރީ ކުރަންޖެހުމުން އިތުރު މުވައްޒަފުން ނުލައި، ނުވަތަ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް ދެކޮޅު ޖެއްސޭނެ އެއްގޮތެއްވެސް ނެތްކަމަށް ބުނާއިރު، އެކަންކަމުގެ ސަބަބުން މުދަލުގެ އަގު އުފުލިދާނެކަމުގެ އިންޒާރު ވިޔަފާރިވެރިންދެއެވެ. އެއާއެކު އަތޮޅުތެރެއަށް މުދާ އުފުލާ ދޯނިތަކުން ނާލު ބޮޑުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް މިވަނީ ފެންމަތިވެފައެވެ. މިހެން ކަން ހިނގައިފިނަމަ، ޢާންމު ރައްޔިތުންނަށް މުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަން ޤައިމެވެ.

ވިޔަފާރިވެރިންނާއި އަތޮޅު ތެރެއަށް މުދާ އުފުލުގައި އިސް ދައުރެއް އަދާކުރާ "މާލެ އޮޑި ފަހަރުގެ" ވެރިންނާއި ފަޅުވެރިން އެދި ގޮވަނީ، ގެނެސްފައިވާ ބަދަލު އަދިވެސް މުރާޖާއަކޮށް އިތުރު ވިސްނުމަކަށް ދިއުމަށެވެ. މާލޭގެ މަގުތައް ބޭނުންކުރާ ޢާންމު ރައްޔިތުން ތިބީ މަގުމަތަށް ލިބުނު ލުޔާއެކު ހިތްހަމަޖެހިފައެވެ. ދެކޮޅުގެ އިހްސާސްތައްވެސް ގުޅިފައިވަނީ ޢާންމު ފަރުދުންނާއެވެ. މާލޭގައިވެސް އަތޮޅު ތެރޭގައިވެސް ދިރިއުޅެނީ ދިވެހި ރައްޔިތުންނެވެ. މިހާރު މިއޮތީ މިކަމާމެދު ދިވެހި ސަރުކާރުން ފުންކޮށް ވިސްނައި، ދިރާސާ ކުރަންޖެހިފައެވެ. މަޝްވަރާގެ ރިވެތި އުސޫލުން ކޮންމެ ކަމަށްވެސް ހައްލު ހޯދޭނެއެވެ. ލުއިތަކާއި ދޫތައް ދޭންޖެހޭ ކަންކަމުގައި އެކަންކަމަށް ދެފަރާތުންވެސް އިހްތިރާމްކުރުން މުހިންމެވެ. ރައްޔިތުން އެދިއެދިތިބީ އެންމެ އެކަށީގެންވާ ބަދަލަކަށްކަމީ ޔަޤީންވެ ކަށަވަރުވާ ކަމެކެވެ. އުއްމީދަކީ މައްސަލައިގެ ހަފަރާތް ބެލުމަށްފަހު ޢަންމު ފަރުދުންނާއި، ވިޔަފާރިވެރިން އަދި ސަރުކާރުންވެސް މިކަމާމެދު ވިސްނުމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނައީމްބެ

    ކިޔެއްތަޅެ ކުރާނީ... ޒާހިޔަގަތު ބުންޏަސް ނުވާޅެ މިކަމެއް ހައްލު

  2. އހ

    ޔާމީންގެ ދުރުވިސްނުންފުޅު.. މާލޭގަ ދިރިއުޅޭ މީހުންގެ އުފަލަށްޓަކައި އަތޮޅުތެރޭގަ ދިރިއުޅޭ މީހުން ބިކަކުރުން...

  3. ހައްލު

    ބޯޓު ފަހަރަށް މުދާ އަރުވަން ދުވާލުގެ ދެ ތިން ގަޑިއިރު ދޭންވީ..މިސާލަކަށް އޮފީސްތައް ނިމޭފަހުން 3:30 އިން 17:30އަށް. ދެން ހެނދުނު 9 އިން 10 އަށް.. މި ޤަޑިތަކަކީ މަގުމަތި ބޭނުން ކުރާ މީހުންގެ އަދަދު މަދު ގަޑިތަކެއް

  4. ޖަސްޓް

    ބާޒާރުމަތީގެ ފިހާރަތަކުން ގަންނަ މުދާ، ދޯނިފަހަރާ ހަމައަށް ވެހިކަލްގައި ގެންދެވޭނެ ކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވިދާޅުވުން އެއީ އެންމެ ރަނގަޅު ކަމެކޭ. ރާއްޖެތެރޭން މާލެ އަށް އަންނަ ދޯނި ފަހަރާއި އަދި ރާއްޖެތެރޭން ނާއި މާލެ އިން މަސް ބާނައިގެން އަންނަ މީހުން މާލޭގެ ފަޅުތެރެއަށް ވަދެ މާލޭގެ ފަޅުތެރެ ކުނިން ފްލަޑް ކުރަމުން ދިއުމާއި އަދި މާލޭގެ މޫނު މަތި މުޑުދާރު ވަމުން ދާތީވެ މިކަން ވެސް އެބަޖެހޭ ނިމުމަކަށް ގެންނަން. އެގޮތުން ގުޅިފަޅުން މާލޭގެ ދެބައިކުޅަ އެއްބައި ވަރުގެ ތަނެއް ހިއްކާ ބާޒާރު މަތީގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަކަށާާއި އަދި އިތުރު ފަރާތް ތަކަށާއި ރާއްޖެތެރޭގެ ކޮންމެ ރަށަކަށް 2000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދީގެން އެބަޖެހޭ މާލެ އަށް ރާއްޖެތެރޭން އަންނަ ހުރިހާ އޮޑި ފަހަރާއި އަދި މާލެ އަށް ކައިރި ކުރާ ހުރިހާ މަސްއޮޑި ތައް ބަދަލު ކުރަން ގުޅި ފަޅަށް. އަދި މާލެ އާއި ގުޅިފަޅާއި ދެމެދު ބްރިޖެއް އަޅަން އެބަޖެހޭ. އިޓްސް ޖަސްޓް މައި ޑްރީމް އޮފް މޭކިންގް އިޓް ލިޓިލް ޓޯކިޔޯ.

  5. ކިޔުންތެރިޔާ

    ވަރަށް ދެރަ. މި ސަރުކާރުން ނިންމި އެންމެ ދެރަ ނިންމުން.. އަޅުގަނޑަކީ ރ ޔާމީން ގެ ސަރުކާރަށް ވަރަށް ތާއީދު ކރާ މީހެއް.. ނަމަވެސް ހިތާމަޔާ އެކީ ބުނެލަން ބޭނުންވަނީ. ތި ބަދަލުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެން ރާއްޖެތެރޭގެ ރައްޔިތުންނަށް ވާނެޔޭ...

  6. ހުސޭނުބޭ

    މާލޭ ވިޔަފާރި ބަނދަރަށް ވަކި ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދުގައި ކޮންމެ އިރަކުވެސް މުދާ އުފުލޭގޮތް ހަދަންވީ!

  7. ޖަސްޓް

    މާލޭގެ ބާޒާރު މައްޗަކީ އެއީ އަތޮޅު ތަކުގެ މީހުންނަށް އެކަނި ހުރި ތަނެއް ނޫނޭ އެއީ މާލޭގެ ރައްޔިތުންގެ ތަނެކޭ. ކަން މިހެން ހުރުމުން އަތޮޅު ތަކުގެ މީހުން ވެސް މާލެ އަށް އަރާ މާލޭގައި ވިޔަފާރި ކުރަން ޖެހޭނީ އެއީ މާލޭގައި ހަމަޖެހިފައިވާ އުސޫލު ތަކާއި އެއްގޮތްވާ ގޮތުގެ މަތިންނޭ އެނޫން ނަމަ އެކަން ކޮށްގެން ނުވާނެއޭ. އަމީން ދީދީގެ ވެރިކަމުގައި ރާއްޖެތެރޭގެ މަގުތައް ވެސް ހެދީ ގޭގެ ތަޅާލައިގެން ނޭ މިއަދު އޭގެ ފައިދަކުރާނެއޭ ރާއްޖެތެރޭ މީހުންނަށް އެކަން ނުކުރެވުނީ ނައިފަރު އަދި ހިންނަވަރު ގައޭ އޭގެ ހިތ މިއަދު އެމެން އެދެކެނީ އޭ. ގައުމެއް ތަރައްގީ ވެގެން ދާއިރު ރައްޔިތު ގިނަ މީހުން ރުޅި އަންނަ ވަރަށް ގިނަ ޑިސިޝަންސް ތައް މޭކް ކުރަން ޖެހޭނެއޭ އެކަން ކަން ޖެހޭނީ ކުރަން އޭ ގައުމު އިންޑިއާ އޮތް ގޮތަށް ސްލަމް އަކަށް އަދި މަގުމައްޗަށް ފަހަރުވާ ނުލާ ގައުމަކަށް ހަދަން ބޭނުން ނަމަ. އަތޮޅު ތަކުގެ އޮޑި ފަހަރު ތަކުގެ މީހުންވެސް ޖެހޭނީ ހަމަ ރޭގަނޑު މުދާ އަރުވަންއޭ އެއިރުން އެނިމުނީ އެއް ނޫންތޭ. އައި އޭމް އިން ދަ މިޑިލް އޮފް ޑޭ ޑްރީމިންގް ޓު މޭކް މާލެ ލިޓިލް ޓޯކިޔޯ އައި ކާންޓް ބީ ލޭޓް ޓު މޭކް ދިސް ޑްރީމް ކަމް ޓްރޫ. ޓު ޑޭ އިޒް ދަ ޑޭ އިޓްސް ބިގަން ވިޝް ޔޫ އަންޑަރސްޓޫޑް އިޓް. އޯއު އޯއު އޯއު އިޓްސް ޖަސްޓް ލިޓިލް ޓޯކިޔޯ ސައިލެންޓް ޑްރީމް އިޓް ވުޑުންޓް ޓޭކް ސޯ ލޯންގް ޓު ފިގަރ އަައުޓް އިޓް.. ޖަސްޓް ބިގަން ލިޓިލް ޓޯކިޓޯ ސައިލެންޓް ޑްރީމް ޖަސްޓް ބިގަން ޖަސްޓް ބިގަން ޖަސްޓް ބިގަން އިޓް. ކަމޯން ބޭބީ ޑާންްސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންްސް..

    • މީ

      މިކޮމެންޓު ކިޔާނިމުނުއިރު މަފަކީރުގެ ބޯގޮވައިފި.....މީހަމަ ތަމެންގެ ކޮމެންޓުތައް ކިޔާލީމަ މިހާރު ވާގޮތް.

  8. ފަރީ

    ރިޔާސީއިންތިހާބު ގަވެސް ރާއްޖެތެރޭމީހުން ނުތިބޭނެތާ

  9. ރަޝީދު

    މިއީ ރަގަޅު ކަމެން، އަހަރުމެން ބައްޓަށް ކުރަށްވީ މުދާ އުފަލެއް މި ގޮތަށް، މަތާއިދު މިއަށް

  10. ނޫސްގަނޑު

    ޔާމިނު ދިވެހިން ޖެހޭނީ ރޭދުވާ އޮޅިގެން އުޅެންށޭ ބުނީމައި ޖެހޭނީ އެގޮތަށް އުޅެން. މިހާރު ތިޔަ އޮތީ ރޭދުވާ އޮޅުވައިގެން ދުނިޔޭގައި އުޅެން ޖެހިފައި ، ދުވާލު ނިދާފައި ރޭގަނޑު ހޭލާ ތިބެން މަޖުބޫރު ކޮއްފައި ، ކާރު ބާރު ބޮޑުވަނީ 2 ރުފިޔާ ދީގެން ކާރާއި ، ސައިކަލު ގަންނަން ލިބެން ހުންނާތީ ، ވެހިކަލު ތަކަކީ އެގަންނަ ވަރަށް ފައިސާ ލިބިގެން ގަންނަ އެއްޗަކަށް ހަދަން ވެއްޖެ. އިންސްޓޯލްމަންޓަށް އެއްގަމު އުޅަނދު ދޫކުރަން ފެށި ހިސާބުން މި މާލެ ތޮއް ޖެހުނީ.. އެކަން އެގޮތަށް ނުކުރެވޭ ގޮތަށް ގަވާއިދު ހަދަންވީ.. އޭރުން މީހުންގެ ދުޅަހެޔޮކަން އިތުރުވާނެ ، އަތްމަތި ތަނަވަސް ވާނެ ، މާލެ ތޮށްޖެހުން ކުޑަވާނެ ، ތިން ހަތަރު ގުދަން ފުރެންދެން އެއްގަމު އުޅަނދު ބަހައްޓާކަށް ނުޖެހޭނެ . ފުލް ޕޭމަންޓް ދައްކާނެ ހިތްވަރު ނެތް މީހުން ބައިސްކަލުގައި އާއި ހިނގާފައި އުޅޭނީ..

  11. ރައްޔިތުމީހާ

    މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް... އެހެންވީމާ އޮޑި ދޯނިފަހަރަށްގެންދާ މުދާ......