އެއްވެސް ކަމެއްގައި އެއްވެސް މީހަކު ހައްދުފަހަނައަޅައި ހިނގައްޖެނަމަ އެއީ ގޯހެކެވެ. އެކަން ހުއްޓުވަން ޖެހޭނެއެވެ. ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭނެއެވެ. ނޫންނަމަ އެކަމުގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. މިއަދު ރާއްޖެއަށް ވެސް އަދި ދުނިޔެއަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު އެއްމައްސަލައަކީ ދީނީ ގޮތުން ހަރުކަށި، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލައެވެ. އެހެންކަމުން ހާއްސަ ސަމާލުކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ މައްސަލައަކަށް މިމައްސަލަ މިވަނީ ވެފައެވެ.
ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ހަޤީޤަތުގައި ރާއްޖޭގައި ވެސް އޮތީ ނުރައްކާތެރި ދަރަޖައަކަށް ފެތުރިފައެވެ. އެކަން އާދީއްތަ ދުވަހު ރިޔާސީ ކޮމިޝަނުން އާއްމުކުރި މައުލޫމާތުން ވެސް އެނގެއެވެ.
ސަރުކާރުގެ ރަސްމީ އިދާރާއަކުން މީގެ ކުރިން އިއުލާން ނުކުރި ނަމަވެސް މާލޭގައި ވެސް، އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ދީނީ ހަރުކަށި ފިކުރުތަކުގެ މީހުން ގްރޫޕް ހަދައިގެން އެއްތަނަކުން ބައްދަލުވެ، އެކިކަންކަން ރާވާ، އެކި މަޝްވަރާތައް ކުރާ ވާހަައަކީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ.
ރިޟްވާން އަބްދުﷲ މަރާލުމާއި، ޔާމީން ރަޝީދުގެ މަރާލުމުން ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން އޮތީ ރަތް ރޮނގު ހުރަސްކޮށް، އޭގެ އެންމެ ނުރައްކާތެރި ލެވަލްގައި ކަން ދެން އިތުރަށް ދިރާސާކޮށް، ތަޙްޤީޤުނުކުރި ނަމަވެސް އެންމެނަށް ވެސް އެނގެއެވެ.
ޔާމީން ރަޝީދު މަރާލީ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް ފުލުހުން ކުރިން ވެސް އޮތީ ވިދާޅުވެފައެވެ. އަދި ރިޟްވާންގެ މައްސަލައިގައި ވެސް ތިބީ އެވިސްނުމުގެ ބައެއްކަން ފުލުހުންގެ ތަޙްޤީޤަށް ކުރިން ވެސް އޮތީ އެނގިފައެވެ. ނަމަވެސް ސުވާލަކީ ދީނީ ހަރުކަށި ވިސްނުންތައް ނައްތާލުމަށް މި ދެހާދިސާއަށް ފަހު ރަސްމީ އިދާރާތަކުން ކުރީ ކޮންކަމެއް ހެއްޔެވެ؟ އެފަދަ ތިން ވަނަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައި ވަނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟
ދާދިފަހުން އައްޑޫ ސިޓީގައި ވަނީ ދީނީ ހަރުކަށި ވިސްނުމަށް ތާއިދުކޮށް ފާރުތަކުގައި ގްރެފިޓީތަކެއް ވެސް ކުރަހާފައެވެ. އޭގެ ފަހުން އުރީދޫ އިން އައްޑޫގައި ބާއްވަން އޮތް ކަލަރަންއަކާއި ދިމާކޮށް ބަޔަކު ހައްޔަރު ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެމީހުން ދޫކޮށްލާފައެވެ.
އައްޑޫގައި ހަރުކަށި ފިކުރުތައް ގެންގުޅޭ މީހުންގެ ނުރައްކާ ލަފާކުރަން ވެސް ނޭނގޭ ވަރަށް ބޮޑުވެފައި އެބައޮތް ކަމަށް ބައެއް މީހުން މިހާރު ވެސް ލަފާކުރެއެވެ. ބައެއް މިސްކިތްތައް އެފަދަ މީހުންގެ "ކޮންޓްރޯލްގެ ދަށުގައި" އެބައޮތް ކަމަށް މީހުންގެ މެދުގައި ވާހަކަދެވެއެވެެ. ނަމަވެސް މިފަދަ ކަންކަން ރަސްމީ އިދާރާތަކުގެ ރާޑަރުތަކަށް އަރައިގެން ފިޔަވަޅެއް އަޅާ މަންޒަރެއް ނުފެނެއެވެ.
ދީނީ ހަރުކަށި ވިސްނުންތައް ފެތުރުމާއި ދެކޮޅަށް މަސައްކަތް ފުޅާކުރަން ޖެހިފައި ވާއިރު ދީން ގަބޫލުނުކުރާ މީހުންނާއި، އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާ މީހުންނާއި މެދު ވެސް މިވަނީ ފިޔަވަޅު އަޅަން ޖެހިފައެވެ.
ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނައްތާލާ، ހަމަނުޖެހުންތަކަކަށް މަގުފަހި ކުރުމުގެ ފުރުސަތު މުރުތައްދުވެފައި ތިބި ބަޔަކަށް ވެސް ދެވިގެން ނުވާނެއެވެ. ރާއްޖޭގައި އޮންނަނީ އިސްލާމްދީނެވެ. ދިވެހިރައްޔިތުން ބަލައިގެންފައިވާ ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން އެންމެ ހައެއްކަ މީހަކު މީސް މީޑިއާގައި ވާހަކަދައްކާ ރާއްޖޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަން ފުރުސަތު ފަހިކޮށްދެވިގެން ނުވާނެވެ.
މަގުއޮޅި، ދީން ދޫކޮށްލާފައިވާ ދިވެހިންނަށް ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. އެއީ މިނިވަން ފިކުރެއް ކަމަށް ބުނެ އެފިކުރުގެ ސަބަބުން އިތުރު އެތައް ހަމަނުޖެހުމެއް ހިނގާ، އަވައްޓެރި ޕާކިސްތާނާއި އަފްޣާނިސްތާން ފަދަ ގައުމަކަށް މި ދިވެހިރާއްޖެ ވެގެންދާ މަންޒަރު ބަލަން ތިބުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ހަރުކަށިކަމާއި، ނަފުރަތު އުފެއްދުމާއި، ދެކޮޅުވެރިވުން ފަދަ ނުބައި ކަންކަމަށް އެއްވެސް ފަރާތަކުން ގޮވާލައިގެން ނުވާނެއެވެ. ޞުލްޙަވެރި އެއްބަސްވުމެއްގެ ދަށުން ނުވަތަ ހަރުކަށި ޤާނޫނެއްގެ ބާރު ބޭނުންކޮށްގެން ނަމަވެސް އެފަދަ ގޮވާލުންތައް ހުއްޓުވަން އެބަޖެހެއެވެ. އެފަދަ ގޮވައިލުންތައް އިތުރުވަމުން ދިއުމަކީ، ގައުމުގެ މެޔަށް ހަރާލެވޭ ވިހަގަދަ ޚަންޖަރެކެވެ. އެ ޚަންޖަރުންކުރާ ޒަޚަމުގެ އަގު ދައްކަންޖެހެނީ، ރައްޔިތުންގެ ލެޔާއި، މުދަލާއި، ގައުމުގެ އަމާންކަމާއި، އިސްތިޤުލާލުންނެވެ. އެ ޒަޚަމުގެ ސަބަބުން، އުންމަތުގެ ކުރިއެރުމާއި ތަރައްޤީ ކަފުންވެ، ގައުމުގެ ދުވަސް ހިނގައިދާނެއެވެ.
ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވެއެވެ.
ޙައްދު ފަހަނައެޅުނ މާނަ ކޮށްފަ އޮންނަނީ ދީނީ މީހުންގެ ނަން ހަޑި ކުރުމަށް.. ދީނަަށް ފުރައްސާރަ ކޮށް ހަދާ މީހުންގެ ހައްދު މާބޮޑު.. ދީނޭ ކިޔައގެން މީހުން މެރިޔަސް އެމީހުންނަކީ ދީނީ ބަޔަކަށް ވާނެ އެއްވެސް ހަމައެއް ނެއް.. ދެކޮޅުންވެސް މަސައްކަތް ކުރަނީ ދީނުގެ ނަން ހަޑިކުރަން
ލާދީނީ ސެކިއުލާ ފިކުރުގެ އެބައުޅޭ ދީނުގެ ނަން ގަސތުގައި ހަޑިކުރަން އުޅޭ ބޔަކު. މިމީހުން ސޯޝަލް މީޑިޔާގައި ދީނާ ދެކޮޅު ވާހަކަ ދައްކާ . އެއީ ހިޔާލީ ގޮތުން. އަދި އެބަ އުޅޭ ދީނީ ނަމުގަ ތަފާރު ފިކުރުތައް އަންހެނުން ގެއިނަ ބޭރަށް ނުދެވޭނެކަމަށް ނުވަތަ ވޯޓް ނުލެވޭނެކަމަށް ބުނާ ބަޔަކު.
މި ދެފިކުރަކީވެސް ހަރުކަށި ފިކުރުކަމަކަށް އަޅުގަންޑު ގަބޫލެއް ނުކުރަން. ގޯސް ނުބައި ނުވަތަ ވިޔާނުދާ ފިކުރުތަކެއް . އެކަންކަމަކީ ސީރިޔަސް މައްސަލަ ގޮތުގައި ބަލާ ފިކުރީ ގޮތުން ހައްލު ހޯދަން ޖެހޭ.
ހަރުކަށި ކަމަކީ ފިކުރީ މައިދާނުން ނައްޓާ އަނިޔާދީ މަރާލާ އެކަމަށް ވަކާލާތު ކުރާމީހުން. މީ މާ ސީރިޔަސް މައްސަލައެއް. ދީނީ ވިިޔަސް ލާދީނީ ވިޔަސް ހަމަލާ ދީ މަރާލަން ޖެހޭނެކަމަށް ގަބޫލުކުރުމަކީ ވަގުތުން ބޮޑަށް ވިސްނާ ހައްލު ކުރަން ޖެހޭ މައްސަލަ . ނޫނީ ދެވަނަ އަފްގާނިސްތާނު ފަދަ ގައުމަކަށް ރާއްޖެ ވެދާނެ. ރަންގަޅު ލިޔުމެއް.
"ހަރުކަށިކަމާއި، ނަފުރަތު އުފެއްދުމާއި، ދެކޮޅުވެރިވުން ފަދަ ނުބައި ކަންކަމަށް އެއްވެސް ފަރާތަކުން ގޮވާލައިގެން ނުވާނެއެވެ. ޞުލްޙަވެރި އެއްބަސްވުމެއްގެ ދަށުން ނުވަތަ ހަރުކަށި ޤާނޫނެއްގެ ބާރު ބޭނުންކޮށްގެން ނަމަވެސް އެފަދަ ގޮވާލުންތައް ހުއްޓުވަން އެބަޖެހެއެވެ. އެފަދަ ގޮވައިލުންތައް އިތުރުވަމުން ދިއުމަކީ، ގައުމުގެ މެޔަށް ހަރާލެވޭ ވިހަގަދަ ޚަންޖަރެކެވެ. އެ ޚަންޖަރުންކުރާ ޒަޚަމުގެ އަގު ދައްކަންޖެހެނީ، ރައްޔިތުންގެ ލެޔާއި، މުދަލާއި، ގައުމުގެ އަމާންކަމާއި، އިސްތިޤުލާލުންނެވެ. އެ ޒަޚަމުގެ ސަބަބުން، އުންމަތުގެ ކުރިއެރުމާއި ތަރައްޤީ ކަފުންވެ، ގައުމުގެ ދުވަސް ހިނގައިދާނެއެވެ."
އިސްލާމްދީނަށް ފުރްއްސާރަކުރާމީހުންގެ ވާހަކަވެސް ދައްކަންޖެހޭނޫންތޯ؟
ތިޔަވެސް ސީރިޔަސްކޮށް ބަލަން ޖެހޭ ކަމެއް.
ނަމަވެސް މީހުން ކަރަބުރިކުރާ ހިޔާލާތާ ފިކުރު މާ ނުރައްކާ.
ދުނިޔެ ތަރައްގީވެ ތަހުޒީބް ވަމުނ ދާއިރު ސެކިއުލާ ލާދީނީ ފިކުރު ގިނަވާނެކަން ގަބޫލުކުރަންޖެހޭ ހަގީގަތެއް.
ލާދީނީ މީހުންނަކީ އެމީހުންނާ ފިކުރީ ގޮތުން ހަންގުރާމަ ކުރަން ޖެހޭ ބައެއް.އެމީހުން އިތުރުވާއިރު އެމީހުން މެރިވަރަކަށް އެމީހުން ދައްކާ ވާހަކަ ގަބޫލު ކުރާމީހުން ގިނަވާނެ. ފިކުރީ ގޮތުން ނައްޓާ ހަމަލާ ދީ މަރަނީނމަ ދައްކުވައިދެނީ ތިމާގެ ފިކުރުގެ ބަލިކަށިކަން ނޫންތޯ. ލާދީނީވިޔަސް ، ދީނީވިޔަސް މީހުން މަރަން ގޮވަނީ ކޮންބައެއްތޯ ބަލައި އެބަޔަކަށް ޕްރަޔޯރިޓީ ދޭންޖެހޭ.
ލާދީނީ ބައިގަޑު ތިބެން ޖެހޭނީ ކުޑަގޮޅީގަ.... މަސްތުވާތަކެތި ގެންގުޅޭ ބައިގަނޑު މާރާމާރީ ހިންގާ މަރާ ޒުވާނުންނަށް ހައްގު ހޯދައިދެން ޖެހޭ..... މީހުން މެރުމަކީ އިސްލާމް ދީންގަ ހަރާމްކަމެއް... މީހަކު މަރައިފި މީހެއްގެ އަދަބަކީ މަރަށް މަރު....މީހުން މެރުމަކީ އިސްލާމް ދީންގަ ވަރަށް ބޮޑު ފާފަ އެއް
ދީނަށް ފުރައްސާރަކޮށް ޖަމާއަތް ހަދައިގެން އެން ޖީ އޯ ހަދައިގެން، ބޭރުން ފަންޑު ހޯދައިގެން އިސްލާމް ދީން ނައްތާލާ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރުމަކީ ބަތަލުކަންތަ؟
ޖަޒްބާތުގައި ޖެހިގެުން އަތުން ފައިން ބަޔަކަށް ކަމެއް ކުރެވުނީމާ އެއޮތީ ދެން މާ ބޮޑު ކަމަކަށް ވެފަ. އެ ދެ ސެކިއުލާ ފިކުރުގެ ދެމީހުންގެ މަރަށް ވުރެން ގެއްލުނު ޝިމާ ގެ މަރާ މެދު މާ ހިތާމަ ކުރަން. ރެލުވަނު ފިލާ އޮތް ތާކުން ނިކުންނަ ދުވަހު ވެސް އޭނާގެ މައްޗަށް ހިތް ރަނގަޅެއް ދުވަހަކުވެސް ނުވާނެ. އޭނާ ޓްވިޓާގައި ޖަހާފަ ހުރި އެއްޗެހި އެކަކުވެސް ބަލާލިންތަ އޭނާ އަށް ހަމްދަރުދީ ވެގެން؟
ޔާމިނު ކަލޭގެ ލިޔެފައި ހުރި ނަޖިސް އެއްޗެހި ބެލީންތަ؟
މަރުވެ އެހެން މީހުންނަށް އިންސާފު ހޯދަން އުޅޭނީ ވެސް އެމީހުން ވެސް ދީނޭ ކިޔައިގެން ފާޑު ފާޑު ވާހަކަ ދެއްކި ނަމަ ދޯ؟
ކިހާ ބޮޑު ކަމެއް މި ދެން
ގަމާރުކަމާ ހަރުކަށި ކަމުގެ ހައްދު ފަހަނަ އަޅާ
ލާދީނީ ފިކުރު މީހުން އުޅެނީ ދިވެހި ރާއްޖެ ފިތުނަ ކުރަން.
ތި ހަރުކަށި ފިކުރަކީ ކޮބާތަ؟ ހަރުކަށި ފިކުރޭ ކިޔައިގެން މި ގައުމަށް އެހެން ދީން ތައް ނުގެނެވިގެން ތި އުޅެނީ
ރައީސް ޔާމީން މިހާރުގެ ވެރީންނަށް ވުރެން މީ ދީނަށް ގަދަރު ކުރި. އަދި މާ އިންސާފު ވެރި މިމީހުންނަށް ވުރެން.
މި ސަރުކާރަށް ރަގަޅު ވާނީ ލާދީނީ ފިކުރު
މާތް ﷲ ބާވައިލެއްވި ހުކުމުން ހުކުމް ނުކޮށް އަމިއްލަ އަތްތަކުން ހަދާ ޤާނޫނު ތަކަށް ހުކުމް ކުރުމަކީ ދީނީގޮތުން ހައްދުފަހަނަ އަޅައިދިއުން
ދެން ހުއްޓުވާބަލަ ހުންގާނާ ދަށްމާނާ ތިއޮތީއަތުގަ ރަށްޔިތުންގެ މަޖިލީސް އޮތީ އެމްޑީޕީ އާއެކު ހުރިހާކޯޓްތަކާ ރަށްޔިތުންގެ ނުވަދިހަ ޕަސަންޓް އޮތީ ސަރުކާރާއެކު ނުވިއްނު
އެރުވީ އުކުޅަހު ދޯންޏަކަށް. ޑޯނި ނިސްބަތްވަނީ ހަރުކަށި ޖަމާޢަތަށް.
ޢުކުޅަސް ހިމަންދޫއަކީ ހައްދުފަހަނައަޅައި ގޮސް ސިފައިންނާއި ފުލުހުންނާއި ހަގުރާމަ ކުރި ބައެއް. ބަޔަކު ޖަލައްލި. ނަޝީދު ވެރިކަމަށް އައިސް އެންމެންދޫކުރި. ދެރަށުގެ ސުޕަރމެޖޯރިޓީ އެމްޑީޕީއަށް.
ހަރުކަށި ފިކުރު ދިރުވައި އާލާކޮށް ފަތުރަނީ އެމްޑީޕީންނޭ ނުބުނެވޭނެތޯ؟ އަދި މިފަދަ ބޮޑެތި މަރުރަކުގެ ފަހަތުގައިވަނީ އެމްޑީޕީއޭ ނުބުނެވޭނެތޯ؟
?️ ﷲ ތަޢާލާ ދެއްވާފައިވާ ނަންތައް އޮޅުވައިނުލާށެވެ.
އިސްލާމްދީނުގެ ޢަދާވާތްތެރި އެއް ކަމުގައިވާ ފިސްޤުއް ސުޢޫދު ވަނީ މަގާމާއި ފައިސާގެ ދަހިވެތިކަމުގައި މީސްތަކުންނަށް އޮޅުވާލާފައެވެ. އެގޮތުން އޭނާ ބޭނުންކުރި ބައެއް ނަންތައް ބަޔާންކޮށްދެމެވެ.
1️⃣ ހަރުކަށި ޖިހާދީ ފިކުރު : މިއީ ސުންނަތަށް ލޯބިކޮށް އިސްލާމްދީނަށް އުޅެން މަސައްކަތް ކުރާމީހުނަށް ، ސެކިޔުލަރ މުރުތައްދުން ދެކޭ ގޮތެވެ. (ޖޯޖް ޑަބިލިޔުބުޝް ޢިރާޤަށް އަރައިގަންނަމުން ބުނެފައިވާ ފަދައިންނެވެ. "އެއްގޮތަކީ ، ކަލޭމެން އަހަރުމެންނާއި އެކީ ވުމެވެ. ނުވަތަ ޓެރަރިސްޓުން (މުސްލިމުން) ނާއި އެކީ ވުމެވެ." 3 ވަނަ ޗޮއިސް އެއް ނެތެވެ.)
2️⃣ މިނިވަން ފިކުރު : މިތާނގައި މިފަދައިން "މިނިވަންފިކުރު" ބޭނުންކޮށްފައި މިވަނީ އިސްލާމްދީންނޫން އެހެން ދީންތަކާއި އެދީންތަކުގެ ގޮތްތައް ބޭނުންވެގެން އެކަމަށް ދައުވާކޮށް ވަކާލާތު ކުރުމަށް ނިކުތް މީހުންގެ ވާހަކައެވެ. އޭގެ ތެރޭގައި އެއްޖިއްސުން ގުޅުން ހިންގަން ހުއްދަކުރުމާއި ، އެހެންދީންތަކަށް އުޅުމުގެ މިނިވަންކަމަށް ވަކާލާތުކޮށް އަޑު އުފުލައިފައި ވެއެވެ.
? ނަމަވެސް އިސްލާމީ ޝަރީޢަތުގައި މިއަށް ދީފައިވަނީ ކުފުރުވުން ނުވަތަ މުރުތައްދު ވުމެވެ. ވީއިރު މިފާސިޤު ސުޢޫދަށް އެއީ މިނިވަންކަމެއްކަމަށް ނިންމޭނީ ކޮންފަދައަކުން ހެއްޔެވެ. ކުރަހާ މީހަކު އޭނާގެ ފިހިން ، ބްލެކިންވައިޓް މަންޒަރެއްގައި ކުލަޖައްސާ އޭތި ޒަމާނަށް ބަދަލުކޮށްލައި އޭގެ ހަގީގަތް މީހުންގެ ލޮލަށް އޮޅުވާލާހެން ، މި ނުބައި މުޖުރިމުގެ ދުލުން ރީތިކޮށް ، އޮމާންކުރަމުން އެދަނީ ނަޖިސް ކުފުރާއި ޝިރުކެވެ.
{وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ} (ސޫރަތުލް ބަޤަރާ 31)
އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ.
⭕ މިއާޔަތުގެ ތަފްސީރުގައި ޝެއިޚް ޠަރީފީ ޙަފިޡަހުﷲ ވިދާޅުވިއެވެ. (މިއަދު މީސްތަކުން އެންމެބޮޑަށް މަގުފުރައްދާ އޮޅުވާލަނީ ، ﷲ ތަޢާލާ އެތަކެއްޗަށް ދީފައިވާ ނަންތައް އޮޅުވާލައި ތަލްބީސްކޮށްގެނެވެ.) އެހެންކަމުން މިފަދަ މުޖުރިމުން ޙައްޤަކީ ބާޠިލްކަމުގައި ، އަދި ބާޠިލަކީ ޙައްޤުކަމުގައި ހަދައި އެގޮތަށް މީސްތަކުންނަށް ދައްކައެވެ.
ސޫދު ދީނާ އަދާވާށްތެރި ވީ ކިހިނެއް ކަމށް ކަލޭ ބުނެދީބަލަ
ދީނާއި ފެޔަށް ދިއުން އެއީ ހައްދެއްތޯ
ﷲ ބާވައިލެއްވި ހުކުމުން ހުކުމް ކުރުމަށް ގޮވައިލެއްވުމަކީ ދީނީ ގޮތުން ހައްދުފަހަނަ އެޅުން ކަމުގައި ވާނަމަ އަހަރުމެން މި ތިބީ ދީނީގޮތުން ހައްދުފަހަނަ އަޅާފައި ސާފުވެއްޖެތޯ
މީ ހަމަ ވަގުތު އާޓިކަލް އެށް؟ ޢައިއެމް ށޮކްޑް! ވަރަށް ރަނގަޅު ލިޔުމެށް.
ރަސްމީ ފަރާތްތކުގެ ރާޑަރަށް އަރާ މިންވަރު ފާޅުގައި ހާމަ ނުކުރަނީ އަސްލު ހީވާގޮތުން މިކަމުގެ ނުރައްކާ މިހާރުއޮތް ލެވެލަށް ވުރެވެސް މަތިވެދާނެތީ ކަމަށް ބެލެވޭ ހަބަރު ފަތުރާ ފަރާތްތަކުންވެސް މިކަމުގެ ނުރައްކާތެރިކަމާއި މެދު ފުންކޮށް ވިސްނާލުމަށްފަހު ސުރުހީތައް ރަނގަަޅުކުރަން ފެނޭ
އޭނާ މަރާލި ކަމަށް ތިޔަ ރިޕޯޓުގައި އޮތް މީހުންނަކީ ދީނީ ބައެއް ނޫން. އެއީ މަގުމަތީގައި މަސްތުވާތަކެއްޗާއިގެން ހައްދުފަނައަޅައިގެން އުޅުނު ބައެއް.
ރާއްޖޭގައި ތިޔަ ބާވަތުގެ މުއްލާތަކެއް އުޅޭ ކަމާމެދު ޝައްކު.
ދީނީމިނިވަން ކަން މީ ހައްދުފަހަނަ އަޅާދިއުމްކީ ﷲ އާއިރަސޫލާއަށް އިސްލާމްދީނަށް ފުރައްސާރަކުރުމަކީ.މިހާރު ރާއްޖޭގަ ހައްދުފަހަނަ އަޅާފަިވަ ކަމެއް މިކަންތަށް މުލުން ލުހެލުމަށް ހަރުކަށިފިޔަވަޅުތަކެެއް އަޅަންޖެހޭ މަދުބައެއްގެ ހައްދުފަހަނަ އަޅާފައިވަ މި ވިޔާނުދާ ހުތުރު އަމަލްތަށް ހިންގާމީހުނަށް ހައްގުއދަބް ގާނޫނުން ދޭންޖެހޭ މިން ހުއްޓުވެން އޮތްގޮތަކުން ހުއްޓުމަންޖެހޭ މީ.100% މުސްލިމްގައުމެއް
މިނިވަން ފިކުރު ހުއްޓުނީމަ ހަރުކަށި ފިކުރު ހުއްޓޭނެ. ތީ އެއް ދަނޑިއެއްގެ ދެކޮޅު.
ދީނީ ހަރުކަށި ވިސްނުންތައް ފެތުރުމާއި ދެކޮޅަށް މަސައްކަތް ފުޅާކުރަން ޖެހިފައި ވާއިރު ދީން ގަބޫލުނުކުރާ މީހުންނާއި، އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާ މީހުންނާއި މެދު ވެސް މިވަނީ ފިޔަވަޅު އަޅަން ޖެހިފައެވެ..... ލާދީނީ ބައިގަޑަށް ފިޔަވަޅު އަޅަން ޖެހޭ! ލާދީނީ ބައިގަޑު ކިޔާ އެއްޗެއްހިން މީހުން ހަރުކަށިވަނީ...
ދީނަށް ފުރައްސާރަކުރާ މީހުންނަކީ މުސްލިމުން. އެމީހުން ދައްކަނީ ދީނަށް ފުރައްސާރަކުރާ ވާހަކައެއް ނޫން. އެމީހުން ދައްކަނީ ދީނީ ވާހަކަ. ރަނގަޅު ވާހަކަ.