މިވާހަކަ ލައްކަ ދައްކަމެވެ. އަބަދުވެސް ބުނަން މިއުޅެނީ ދުންފަތުގެ ސަބަބުން އެހެން މީހުނަށް ލިބޭ ތުރާލާއި ސިއްޙީގޮތުންނާއި އެހެނިހެން ގޮތްގޮތުން ތިމާގެ ވަށައިގެންވާ މީހުން ބޮޑު ގެއްލުމެއްގެ ތެރެއަށްލާ ވާހަކައެވެ.

ދުންފަތުގެ އިސްތުއުމާލު ކުރުމުގެ ސަބަބުން އެކަމުގެ ގެއްލުން ލިބެނީ ހަމައެކަނި ތިމާއަކަށް ނޫނެވެ. އެކަމުގެ ސަބަބުން ތިމާގެ ކައިރީތިބި މީހުނަށް ގެއްލުން ލިބޭ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެހެން މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވެގެންދާ ދުން އެކަން ނުކުރާ މީހެއްގެ ހަށިގަނޑަށް ވާޞިލްވުމެވެ.

ނުސީދާ ގޮތެއްގައި ދުންބުއިމުގެ ސަބަބުން ސިނގެރޭޓް ބުއިމީހާއަށް ލިބޭ ގެއްލުމުގެ 50 އިންސައްތަ ގެއްލުން ކައިރީތިބި މީހުނަށް ލިބޭ ވާހަކައަކީވެސް ތިމާއަށް ފަރިތަ، އަދި ކިތަންމެ ބޮޑު ނަމަވެސް އަޑު އަހާލަން ފަސޭހަ ވާހަކައެކެވެ. ސުވާލެއް ތިބާއާ ކުރިމަތި ކޮއްލާނަމެވެ. ތިމާގެ އަނބިދަރިންނާއި ރަޙްމަތްތެރިންގެ ތެރޭގައި ތިބެ މިކަން ސިނގެރޭޓްބޯއިރު އަނެކާއަށް ލިބޭނެ ގެއްލުމާމެދު އެއްފަހަރުވެސް ވިސްނާލިން ހެއްޔެވެ؟ މިކަންކުރުމުގެ ސަބަބުން ތިމާގެ ލޯބިވާ އަނބިދަރިންނާއި ރަޙްމަތްތެރިން ސިއްޙީ އެތައް މައްސަލައަކަށް ވައްޓާލާއިރު، ތިމާހަަމަ "އޯކޭ" ހެއްޔެވެ؟ ސިނގެރޭޓް ބޮއެފައި ލޯބިވެރިޔާގެ މޫނަށް ބުރުވާލުމުން، އެއީ "ގަޓު" ކަމަކަށް ދެކުނަސް އެއީ ލޯބި ވެރިޔާއަށް ދެވޭ އަނިޔާއެއްކަން ޤަބޫލު ކުރަންޖެހެއެވެ. މާބަނޑު މީހާ ގާތު ހުރެ ސިނގެރޭޓް ބުއިމުން ތިޔަ އަނިޔާ ދެވެނީ މިދުނިޔެއަށް އުފަންވެސް ނުވެއޮތް ތުއްތު ފުރާނައަކަށެވެ.

ޒުވާންއުމުރުގައި ކުދިން ދުންފަތުގެ އިސްތިޢުމާލުކުރަނީ މަޖަލަކަށެވެ. ގިނަ ފަހަރު، މައިންބަފައިން ދުންފަތުގެ އިސްތިޢުމާލު ކުރާތީ އެކަން ކުރަނީއެވެ. އެކުވެރިން އެކަން ކުރާތީ ކުރާތީ މިކަން ނުކުރެއެކޭ އެއްފަހަރުވެސް ނުދަންނަވަމެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ރަޙްމަތްތެރީނާއި އަނބިދަރީން ގެއްލުމެއްގެ ތެރެއަށް ވައްޓާލާ ދެވަނަ ގޮތެވެ. ހިތާމަ އާއި އެކަނިވެރިކަން ކުރިމަތިވީމައި ދުންފަތުގެ އިސްތިޢުމާލުކުރުމުން އެކުދިންގެ މައިންބަފައިން ކިބައިން އެކުދިންނަށް ދަސްވާ ހިސާބަކީ އެކުދިން ދުންފަތުގެ އަވައިގައި ޖެހޭ ހިސާބެވެ.

ސިނގެރޭޓެއް ތުނބުގައި ޖަހާލުމަކީ ވަރަށް "ސަޅި" ކަމެއްގައި އެކުދިން ދެކެނީ އެކުދިންގެ ބައްޕަވެސް އެކަން ކުރާތީއެވެ. "ކޫލް" ވުމަށާއި މިނިވަންކަން އިޙްސާސްކޮށްލުމަށް މިކަން ކުރާ މީހުނެއް މަދެއްނޫނެވެ. ބައްޕަ އެކަން ކުރާނީ އެކަން ކިހާ ކޫލް ކަމަކަށް ވީމާތާއެވެ. މައިންބަފައިން ކުރާ ކަންތައް ދަރިން ދަސްކުރާނެ އެވެ. ތިމާއަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހެއްނަމަ ރަނގަޅެވެ. ކުރާމީހެއް ނަމަ ވަގުތުން ހުއްޓާލާށެވެ. އަދި ހުއްޓާލަން މަސައްކަތް ކުރާކަން ކުއްޖާއަށް ދައްކާށެވެ. ޚާއްސަކޮށް ގޭތެރޭގައި، އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިޢުމާލު ނުކުރާށެވެ. ދަރިންގެ ކުރިމަތީގައި އެކަން ނުކުރާށެވެ. ދަރިން އަތުޖެހޭ ހިސާބުގައި ސިނގެރޭޓް ފަދަ ތަކެތި ނުބަހައްޓާށެވެ. ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުނީތީ ކިހާ ހިތާމަކުރާ ކަމާއި، އެ ކަމުން ވާ އުނދަގޫތަކާއި، ހިނގާ ޚަރަދުތައް ދަރިންނަށް އަންގާދޭށެވެ. މިއީ ތިމާގެ ދަރި ތިމާގެ ސަބަބުން ބޮޑު ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ.

މިލިޔުން ލިޔުމުގެ ކުރިން ސިނގެރޭޓް ބޯ ދިހަވަރަކަށް މީހުނާ ވަރަށް އާއްމު ސުވާލެއްކޮށްލީމެވެ. ގިނަ މީހުންގެ ޖަވާބު ވަރަށް ކުރެވެ. " މީހުން ކުރާތީ" ، "ދެން ސަޅިވީމަ" މިއީ ދިން ޖަވާބު ތަކެވެ. އެހެންނަމަވެސް މިއީ އެމީހުން މިކަން ކުރި ސަބަބު ނޫންކަން ޔަގީނާ ގާތަށް ކަށަވަރުވާތީ މިމީހުނާ އިތުރަށް ވާހަކަ ދައްކާ ލީމެވެ. ކޮންމެ މީހެއްގެވެސް ބޮޑު "ސުޓޯރީއެއް" އޮވެއެވެ. އެހެންނަމަވެސް މިބޮޑު ވާާހަކަ ނިމެނީ މައިންބަފައިން ނުވަތަ ރަޙްމަތްތެރިންގެ ހިސާބުނެވެ. މިއީ ކަންބޮޑުވާ ހިސާބެވެ. ތިމާގެ ކުރާ ކަމެއްގެ ސަބަބުން އެހެން މީހުނަށް އޭގެ ނޭދެވޭ އަސަރު ކުރާނަމަ އެއީ އެހެން މީހުން އެދޭތެރެއަށް "ބޭނިގަންނަންވީ" ހިސާބެވެ.

ބިޑި، ސުއްޓާ، ޕައިޕް، ދުން ގުޑުގުޑާ، ވޭޕް، މިއީ ހައްތަހާވެސް ސިނގެރޭޓްއާ އެއްއާއިލާއެއްގެ އެއްބަނޑު އެއްބަފާ ތަކެއްޗެވެ. ތިމާގެ އަނބިދަރިންނާއި ތިމާގެ ރަޙްމަތްތެރިންނަށްޓަކައި މިފަދަ ތަކެތިން ދުރުވާންޖެހެއެވެ. އަދި މިކަމަކީ ކެންސަރާއި ފުއްޕާމޭގެ އެކި އެކި ބަލިތަކަށް މަގުފަހި ކުރުވާ ކަމެއް ކަމުން މިކަންކަމުން ތިބާ ސަލާމަތްވުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮރު

    ކަލެއަށް ކޮން ބަލާއެއް! އުނދަގޫ ވަންޏާ ގޭގަ އޮވެބަލަ!

    • ލޯލޯ

      ހޫނ ހޫނ މީހަކު ރަނގަލު ނަސޭހަތެއް ދިނަސް ރުލި ސަލާމަތެއް ނެތެއް ނުން!!!!!