މާލޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ފުރާނަ އަތް މައްޗަށް ލައިގެން ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ކިތަންމެ ބަޔަކު އެބަތިއްބެވެ. ސިއްހީ ހިދުމަތްތެރިންނާއި މާހިރުން ފެށިގެން ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ އެތައް ބަޔަކު ތިބީ ގައުމީ ހިދުމަތުގައެވެ. އެމީހުންގެ ތެރެއިން ގިނަ ބަޔަކު ޑިއުޓީ ނިންމުމަށް ފަހު ގެއަށް ނުދިއުމަށާއި އާއިލާއާ ދުރުގައި އެކަހެރިވެގެން ތިބުމަށް ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ވަނީ އިރުޝާދު ދީފައެވެ.

މާލެ އިން ކޮވިޑް-19 ފެނި ފުރަބަންދުކޮށްފައިވާ އިރު، ޔުނިފޯމް އެޅި ތަންތަނުގެ މުވައްޒަފުންނާއި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހުރިހާ އެންމެންނަށް ތިބެވޭނެ ވަރަށް އިދާރާތަކުގައި ވަސީލަތްތައް ގާއިމުވެފައި އަދި ނެތެވެ. އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ގެސްޓް ހައުސް ފަދަ ތަންތަނުގައި އެފަދަ މީހުން ތިބުމާއި، ކެއުމުގެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ އައިޖީއެމްއެޗް ކައިރީގައި ހުންނަ "ދިމްޔާތު ސްޓޭ" އެވެ.

"ދިމްޔާތު ސްޓޭ"އަކީ ގައުމީ ހިދުމަތުގައި ތިބި މީހުންނަށް މެހްމާންދާރީ އަދާކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ގެސްޓްހައުސްއެކެވެ.

ދިމްޔާތު ސްޓޭގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ފުރަތަމަ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެ ގެސްޓްހައުސްއިން އަބަދުވެސް އުފަލާއެކު މަރުޚަބާ ކިޔާ ކަމަށެވެ.

"މިދުވަސްކޮޅު ކަންކަމުގައި އުޅޭ މުވައްޒަފުން އަނބުރާ ގެއަށް ނުދިއުމަށް މި އިލްތިމާސް ކުރަނީ. އެކަހަލަ މީހުންނަށް އަޅުގަނޑުމެން އަބަދުވެސް މަރުޚަބާ ކިޔަން. މިހާރު މިތާ ތިބި މީހުންގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގެ މީހުން އެބަ ތިބި. އަދި އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުން އެބަތިބި. އަމިއްލަ އަށް ތަން ހިފައިގެން އެބަ ތިބި. ބައެއް ފުލުހުން ވެސް އެބަ ތިބި. ފުލުހުން ކާން ގެނޭ އެމީހުން. އަޅުގަނޑުމެން ހުންނާނެ ގޮނޑި ޖަހާފައި ކެވޭނެ އިންތިޒާމު ހަމަޖައްސާފައި،" އޮފިޝަލް ވިދާޅުވިއެވެ.

"ދިމްޔާތު ސްޓޭ" އިން ވަނީ އެ ތަނުގައި ތިބި މީހުންގެ ރައްކާތެރިކަމަށްޓަކައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ތަނުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސާފުތާހިރު ކަމަށް އަބަދުވެސް އިސްކަން ދިނުމާއި ތަނުގެ ކޮވިޑް-19 ފެތުރިދާނެ ފެތުރުނަ ނުދިނުމަށް ކުރި ކަންކަން ހިމެނެއެވެ.

ކުރިއަށް ވުރެ ޚާއްސަ ސަމާލުކަމެއް ދީގެން، އެ ގެސްޓް ހައުސް ސާފުކުރުމާއި އެކަކު އަނެކަކާ ގައިދުރުވުން ފަރިތަކޮށް ވީހާ ވެސް މަދުން އެކަކު އަނެކަކާ ބައްދަލުވެ އުޅެވޭނެ އިންތިޒާމް "ދިމްޔާތު ސްޓޭ"އިން ވަނީ ހަމަޖައްސައިފައެވެ.

މި ދަތި ދަނޑިވަޅުގައި "ދިމްޔާތު ސްޓޭ" އިން ނަމޫނާ ދެއްކީ އެންމެ ކަމަކަށް ނޫނެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު ގެންގުޅެނީ ލޯތްބާއި އަޅާލުމެވެ. "ދިމްޔާތު ސްޓޭ" އިން ދެއްކީ އެހެން ކުންފުނިތަކަށް ނަމޫނާއެކެވެ. އެ ތަނުގެ އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވެއެވެ. މުސާރަ ވެސް ކުޑައެއް ނުކުރެއެވެ.

މީގެއިތުރުން ރޯދަ މަހުގެ އެލަވަންސް ވެސް ގާނޫނުގައި ބުނާ އަދަދަށް މުވައްޒަފުންނަށް ވަނީ ދީފައެވެ. ގާނޫނުގައި ރޯދަ އެލަވަންސް ބިދޭސީންނަށް ދިނުން މަޖުބޫރު ނުވި ނަމަވެސް، "ދިމްޔާތު ސްޓޭ"ގައި މަސައްކަތް ކުރާ ބިދޭސީންނަށް ވަނީ އެލަވަންސް ދީފައެވެ. މިއީ ވެސް އެހެން ކުންފުނިތަކަށް ފުރިހަމަ ނަމޫނާއެކެވެ.

"ދިމްޔާތު ސްޓޭ"އަކީ ދިވެހިންގެ މެދުގައި އެންމެ މަގްބޫލް އިތުބާރު ހިފޭ އެއް ގެސްޓް ހައުސްއެވެ. އެގޮތުން ޚިދުމަތާއި އަތުން ޚަރަދު ކުރަން ޖެހޭ އެއްޗަކާއި ބައްދަލުވުމުގެ ހިތްހަމަޖެހުން އެތަނުގެ ކަސްޓަމަރުންނަށް އަބަދުވެސް އޮވެއެވެ.

"ދިމްޔާތު ސްޓޭ" އަކީ މީގެ ކުރިންވެސް އެންމެ ގިނަ ބަޔަކު މާލެ އައިސް ތިބޭ އެއް ތަނަށްވާ އިރު، އެތަނަށް އަންނަ މީހުންގެ އެންމެ ބޮޑު އިންސައްތައެއް ބިނާވަނީ ސިއްހީ ފަރުވާއަށް މާލެ އަންނަ މީހުންނެވެ. "ދިމްޔާތު ސްޓޭ" އެންމެ ގިނަ ބަލި މީހުން ފަރުވާ ހޯދާ އައިޖީއެމްއެޗާއި ކައިރިވުމުގެ އިތުރުން މި ތަނަށް އާންމުން ހިތް ޖައްސާ ދޭ އެތައް ޚާއްސަ ކަމެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެތަނުގެ ޚިދުމަތުގެ އަގު ހެޔޮވުމާއި ހިތްހަމަޖެހޭ ފަދަ ހަރުދަނާ ޚިދުމަތްތައް ހިމެނެއެވެ.

އެއީ އާންމުންނަށް ޚިދުމަތް ކުރުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ އަދި ރައްޔިތުންގެ މަގުބޫލުކަން ލިބިފައިވާ ތަނެކެވެ.

ޚިދުމަތުގައި ހޭދަވީ މުއްދަތުގައި، ތަނަށް ޒިޔާރަތް ކުރާ މީހުން ދެ ވަނަ ފަހަރަށް އެތަނުގެ ޚިދުމަތް ހޯދަން ބޭނުން ވުމުން ދޭހަ ވަނީ "ދިމްޔާޓު ސްޓޭ"ގެ ޚިދުމަތަށް އާއްމުންގެ އިތުބާރު އޮތް މިންވަރެވެ.

"ދިމްޔާތު ސްޓޭ" އަށް ގުޅޭނެ ނަންބަރަކީ 3324381, 3328920

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސްކިޕަރ

    ޑަބްލިއު އެޗް އޯގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި 3ލައްކަ މީހުންނަށް މިބަލި ޖެހިއްޖެނަމަ 10،000 އާއި 20،000 އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވާނެ. މި އަދަދަކީ ސުނާމީ ކާރިސާ އަދި ކުރީގެ ޒަމާންތަކުގައި ޖެހުނު ކޮލެރާފަދަ ބޮޑެތި ބަލިތަކުގައި ރާއްޖެެއިން މީހުން މަރުވީ އަދަދަށްވުރެ ބޮޑު މިންވަރެއް. ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ކޮވިޑް19ގެ ވެކްސިން ދެވެންދެން މިހާރު ހުރި ހަރުކަށި މެޝާސްތަކާއެކު ގައުމު ހިންގާނޭ ގޮތްތައް ހޯދަން އެބަޖެހޭ

    14
  2. ާައަލީ

    އަޅުގަނޑުގެ ތަޖްރިބާގެ އަލީގައި ދި މްޔާތްސްޓޭ އަކީ ވަރަށް ޚިދް މަތް ރަނގަޅު ތަނެއް.

    16
    3
  3. މަޒް

    ތިތަން ހަދަން ފައިސާ ހޯދި ގޮތުގެ ރިޕޯޓެއް ލިޔުންވެސް ވަރަށް މުހިއްމު.

    8
    6