ކޮވިޑް-19 އަށް ތައްޔާރުވާން އެންމެ ގިނަ ވަގުތު ލިބުނު އެއް ގައުމަކަށް ދިވެހިރާއްޖެ ވާނެއެވެ. އެކަން ސަރުކާރުގެ އެކިއެކި ވަޒީރުންނާއި ހާއްސަކޮށް ހެލްތު މިނިސްޓަރާއި، ގިނަ ޑޮކްޓަރުން ވެސް އެއްފަހަރަށް ވުރެ ގިނަ ފަހަރު އޮތީ ފާހަގަ ކޮށްފައެވެ. ނަމަވެސް ކޮވިޑް-19 މާލޭގައި ފެތުރެން ފެށުމާއި އެކު މިއޮތީ ސުވާލެއް ކުރަން ޖެހިފައެވެ. މިހުރިހާ ދުވަހަކު ސަރުކާރުން ތައްޔާރުވީ ކޮންކަމަކަށް ހެއްޔެވެ؟ ލިޔެވިފައި ހުރި އެސްއޯޕީތައް ކޮބައި ހެއްޔެވެ؟ އެންމެ ގޯސް ހާލަތައް އެކަށީގެންވާ މިންވަރަކަށް ތައްޔާރު ވެވިފައި އެބައޮތް ހެއްޔެވެ؟ މިސުވާލުތައް ކުރަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ނަމަވެސް މިއަދު ބަލާލަން ގަސްދުކުރަނީ އެންމެ ކަމަކަށެވެ. އެއީ ހާއްސަކޮށް މާލެ އިން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީން ކުރުމަށް މިގެންގުޅޭ ސިޔާސަތަށެވެ.

މާލެ އިން އަތޮޅުތަކަށް ދަތުރު ކުރުން އެއްކޮށް ހުއްޓާލުމަކީ ކުރެވޭނެ ކަމެއް ނޫންކަން ސަރުކާރަށް އެންމެ ފުރަތަމަ ދުވަހު ވެސް އެނގޭނެއެވެ. ސަބަބަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ކާބޯތަކެތި ގެންދަން ޖެހެނީ މާލެ އިންނެވެ. އެހެންކަމުން މާލެ އިން ކޮވިޑް-19 ފެނިއްޖެ ހާލަތެއްގައި ވެސް މާލެ އިން އަތޮޅުތަކަށް ދަތުރު ކުރެވޭނެ އެންމެ އެކަށީގެންވާ ޕްލޭންތަކެއް އޮންނަން ވާނީ ރޭވިފައެވެ. އެއީ ހަމައެކަނި މާލެ އިން އަތޮޅުތަކަށް ދަތުރު ކުރުމުގެ ހުއްދަ އެބައޮތް ކަމަށް ސަރުކާރުން ވިދާޅުވާ ވާހަކައާއި ހަމައިން ނިއްމާލެވެން އޮތް ކަމަކަށް ވެގެން ނުވާނެއެވެ.

މިއަދު މިފެންނަ މަންޒަރަކީ މާލެ އިން އަތޮޅުތަކަށް ދަތުރުކުރާ އެތައް ބަޔަކު، ފަޅުތެރޭގައި، ނުވަތަ ވިލުތެރޭގައި ބޯޓުފަހަރު ނުވަތަ ލޯންޗްފަހަރުގައި ކަރަންޓީން ކޮށްފައި ބައިތިއްބާ މަންޒަރެވެ. މޫސުން ވެސް ރަނގަޅު ނޫން ދުވަސްވަރަކު، ފަޅުވެރިންނަށް އިތުރު އެތައް ތަކުލީފެއް އުފުލަން ޖެހިފައި މިވަނީ މިފަދަ ހާލަތަކަށް ކަމާބެހޭ އިދާރާތައް ތައްޔާރު ނުވެ އޮތުމުންނެވެ.

ފަޅުވެރިން މާލެ އިން ރަށްރަށަށް ދަތުރު ކުރުމުން ކަރަންޓީން ކުރުން އެއީ މިހާރު ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ފަޅުއޮޑިފަހަރުގައި ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ފަޅުވެރިން އަމިއްލަ ގޭގައި، ނުވަތަ ރަށުގައި ވަކިތަނެއްގައި ވެސް ކަރަންޓީން ކުރެވިދާނެއެވެ.

މާލެ އިން ރަށަކަށް ދަތުރުކުރި ބޯޓެއްގައި ކަރަންޓީން ވެގެން ހުރި ފަޅުވެރިޔަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކަރަންޓީން ވާން އެމީހުން ވެސް ބޭނުންވާ ކަމަށާއި، ނަމަވެސް ސަރުކާރުން މިކަމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުން އެއީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"ރަށްރަށުގައި އުފައްދާފައި މިއޮތް ޓާސްކްފޯސް އާއި ކައުންސިލުން މިހާރު ހުރިހާ ނިންމުމެއް މިނިންމަނީ. މިއީ ސަރުކާރުގެ ބާރު ހިނގާ ބައެއް ކަމަކަށް ނުވޭ. ނަމަވެސް ސަރުކާރަށް ނިންމިދާނެ ދެއްތޯ ދަތުރުވެރިން ގޭގައި ކަރަމްޓީން ވާން. ނުވަތަ ރަށުގައި ހުންނަ ސްކޫލް ފަދަ ތަންތަން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާ އެތަނުގައި މީހުން ތިބޭ ގޮތައް ވެސް ހަމަޖެއްސިދާނެ. އޭރުން ވެސް ފަޅުތެރޭގައި މިހެން އޮންނާކަށް ނުޖެހޭނެ." އޭނާ ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ހިންގައި ބެލެހެއްޓުން އެއީ މާލޭގައި ތިބޭ އެޗްޕީއޭގެ އޮފިޝަލުންނަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން އެޗްޕީއޭ އިން ވަނީ ކައުންސިލްތަކާއި، ރަށްރަށުގެ ޓާސްކްފޯސްތަކަށް ބައެއް ބާރުތައް ދީފައެވެ. ނަމަވެސް އެބާރުތަކަކީ އެކި ކައުންސިލްތަކާއި އެކި ޓާސްކްފޯސްތަކުން އެކިގޮތައް ބޭނުން ކުރާ ބާރުތަކަކަށް ވާނަމަ އެކަންކަން އިސްލާހުކޮށް، އެއް އުސޫލަކުން އަމަލުތައް ބެހެއްޓުމަށް އަމުރު ކުރުމުގެ ބާރު އެޗްޕީއޭ އަށް އޮންނާނެއެވެ. އަދި އެބާރުގެ ބޭނުން އެޗްޕީއޭ އިން ކުރަން ވެސް ޖެހޭނެއެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ގައިޑްލައިނެއް ބުނާ ގޮތުގައި ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައިވާ ނުވަތަ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ފަރާތަކާއި އެއް ކޮޓަރިއެއްގައި، އެއް ގެއެއް، އެއްތަނެއްގައި ވަގުތު ހޭދަކޮށްފައިވާ ފަރާތެއް އަރިދަފުސް ރޯގާޖެހި، ކެއްސުމާއިއެކު މަޑުހުމެއް އައިނަމަވެސް ބަލި އިތުރަށް ގޯސްވެދާނެ ފަދަ ޢަލާމާތެއް ފެންނަން ނެތް މީހުން ތިބެން ޖެހޭނީ ގޭގައި އެކަހެރި ވެގެންނެވެ. ނުވަތަ ހޯމް އައިސޮލޭޝަންގައެވެ. މިގޮތައް ގައިޑްލައިން ލިޔެވިފައި އޮތް ނަމަވެސް ފަޅު ތެރޭގައި އޮންނަ އުޅަނދެއްގައި، އަލާމާތެއް ނެތް ބަޔަކު ކަރަންޓީން ކޮށްފައި ތިބި ތިބުމާއި ގުޅިގެން، އަދި އެމީހުން އުފުލަމުން ގެންދާ ތަކުލީފްތަކާއި ގުޅިގެން އެއްވެސް އެއްޗެއް އެޗްޕީއޭ އިން ވިދާޅެއް ނުވެއެވެ.

މާލެ ދަތުރު ކޮށްފައިވާ މުދާ އުފުލާ ބޯޓު ފަހަރުތަކުގެ މީހުން ފަޅުތެރޭގައި ކަރަންޓީން ކުރަމުން ގެންދާނަމަ އިތުރު ބިރުވެރިކަމެއް ވެސް އެބައޮތެވެ. އެއީ ބޯޓު ފަހަރުތައް މާލެ އަށް ދަތުރު ކުރުން ހުއްޓާލުމެވެ. އެފަދަ ގޮތަކަށް ބޯޓުފަހަރުތަކުން އަމަލު ކުރަން ފަށައިފިނަމަ ކިތައްމެ ރަށަކުން ކާބޯތަކެތި ހުސްވެދާނެއެވެ. ކައްކާ ގޭސް ފަދަ ޒަރޫރީ ތަކެތި ލިބުން ދަތިވެގެން ދާނެއެވެ. އެހެންކަމުން ސަރުކާރުން މިކަމުގައި ހަރުދަނާ އުސޫލެއް ގެންގުޅެން އެބަޖެހެއެވެ.

ކައުންސިލްތަކާއި ޓާސްކްފޯސްތަކުން ބޭނުން ހުރިހާ ކަމެއް ބޭނުން ގޮތަކަށް ކުރެވޭ ގޮތައް އޮތުމުގެ ބަދަލުގައި އުފުލޭވަރުގެ ތަކުލީފް ފަޅުވެރިންނަށް ވެސް ޖެއްސުން އެއީ އެންމެ ރަނގަޅު ގޮތެވެ. ހިކިފަސްތަނެއްގައި ފައި ނުޖެހި އެތައް ދުވަހަކު ތިބެން ޖެހުން އެއީ ކަންކަން ކުރެވިގެން ވާނެ ގޮތެއް ނޫނެވެ. އަދި ކައުންސިލްތަކުންނާއި ޓާސްކްފޯސްތަކުން ބުނިތަނެއްގައި، ބުނި ގޮތަކަށް ކަރަންޓީން ވާން ޖެހުން އެއީ ވެސް ކުރަން ޖެހޭ ކަމަކަށް ވެގެން ނުވާނެއެވެ.

މިހާރު ކަންކަން ކުރިއަށްދާ އުސޫލަށް ބަލާއިރު ފާހާނާއަށް ވަންނަ މީހާ ފާހާނައިގައި، ފިހާރައަކަށް ވަންނަ މީހާ ފިހާރައިގައި ގުދަނަކަށް ވަންނަ މީހާ ގުދަނެއްގައި، އެހެން ތަނަކަށް ވަންނަ މީހަކު އެތަނެއްގައި ކަރަންޓީން ކުރާ ހިސާބަށް ކަންކަން ހިނގައިދާނެއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ އެންމެ ފުރިހަމައަށް ހުރިހާ ކަމަކަށް ތައްޔާރުވެފައި އޮވެ، ކަންތައްތައް ކުރަން ޖެހޭނެ ގޮތަކީ މިއީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އޮއްޓަރޭ

  ތިކިޔާ ފުލޯޓިން ހޮސްޕިޓަލަކީ ތީ ތިކިޔާ ކަރަންޓީނު ކޮށްފަ ހުރި ދޯނިތަކާ ބޯޓުތައް :ޕ ވަގުތު ނޫހަށް ނޭންގެނީ އަދި ވާނުވާ... އެޖެންޑާ19 ތަފާތުވާނެ ބުރޯ

  100
  6
 2. މާޖިދު

  މީ ހާދަ ފު ރިހަމަ އާޓިކަލް އެކޭ. މުޅިން ވެސް ތެދުވާހަކަ އެއްވެސް ކޮޅަކަށް ބު ރަނުވެ.

  103
  5
  • ?

   މާޝާﷲ

   15
   1
 3. ރާވެރިބެ

  ވަގުތު ނޫސް ކިޔާ ހިތްވަނީ ފެންނަ ކޮންމެ ލޯވަލެއް ވީދާ ބޮޑުކުރަން ކުޅަދާނަކަމުންހެން ހީވޭ.

  59
  7
 4. ޑައެލޯގް

  ވަގުތު ނޫހަކަށްނޭގޭނެ ޖަޒީރާގައުމުތަކުގައި ކަރަންޓީނުކުރާގޮތެއް، އެކަން އެގޭނީ ދުނިޔޭގައި އެއްމެބޮޑަށް ތައްޔާރުވެފައިވާ އަދި ޖަޒީރާގެ ސުޕަމޮޑެލް މިސަރުކާރަށެވެ. އެހެންވެ ދުނިޔޭގެ މިބަލިޖެހިފައިވާ ޗާޓުގެ އާބާދީގެ ނިސްބަތުން 2 ވަނައަށް މިހާރުއޮތީ ރާއްޖެއެވެ. 1 ގައި އެމެރިކާ 2 ގައި ރާއްޖެއެވެ. އަދި މިދާވަރުން ދަންޏާ ދުނިޔޭގެ މިބަލިޖެހުނުމީހުން އެންމެ ގިނައީ އާބާދީގެ ނިސްބަތުން ރާއްޖެވުމުގެ ބިރުއެބައޮތެވެ. ފަހަރެއްގައިވެސް އަޅުގަޑު އެގޮތަށް އެދެނީއެއްނޫނެވެ. އަޅުގަޑުގެ ދުއާއަކީ ﷲ މިބަލިންރާއްޖެ ރައްކާތެރިކުރުމެވެ. ނަމަވެސް ސަރުކާރުގެ ބަހާ އަމަލުދިމާނުވާތީ ހަގީގަތެއްވީމަ ހާމަކުރީއެވެ.

  77
  7
 5. ހިނި

  ދާނެ މިދާވަރުން

  34
  1
 6. ހސއނ

  ސަރުކާރަށް ވުރެއްބޮޑަށް ރައްފުށުގެ ކަންކަން އނގޭނީ ރައްފުށުގަ ދިރިއުޅޭ ނިކަމެތިންނަށް... ހެޔޮނުވާނެ ރައްރަށުގެ ގޮތްނިންމުމަށް އެރަށެއްގެ ރައްޔިތުންނަށް ދޫކޮށްލާ...

  39
  11
 7. ވަރަށް ރަނގަޅު ވާހަކައެއް

  ވަރަށް ރަނގަޅު ވާހަކައެއް

  38
  4
 8. ޢަލިބެ

  ޙައިރާންވާން ޖެހޭކަމަކީ މިއަށްވުރެ ދަތުރުފަތުރާއި ވަސީލަތްތަކާއި ތަނަވަސްކަން ނެތް ހާލުގައި ރާއްޖެއޮތްއިރު ކުރިމަތިވި ދެ ރޯގާބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ސަރުކާރުން މަސައްކަތްކޮށްފައިވާމިންވަރަށްވެސް މިއަދު މަސައްކަތްކުރެވެމުންދާތަން ނުފެންނާތީ. މަސައްކަތްކުރައްވަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ސިފައިންނާއި ފުލުހުން އެކަނި. ދައުލަތުގެ ވަޒީރުން ޓީވީ ރޭޑިއޯގައި ވަރަށްފުރިހަމައަށް ތައްޔާރުވެފައޭމިއޮތީ ކިޔައި، ކީ ހުރިހައިޅެމެއް މިހާރު މިވީ ފަރިއްސަށް. ވާނުވާކިޔައިދޭން މަބްރޫކް އަރުވާފަ ބޮޑުންތިބީ ފިލާ. ބޭރުން ބޮޑަތި އެހީތައްހޯދަން ދެފައިއެއްތާނުޖަހައި ދަތުރުކުރި ވަޒީރު އެއްކުރިކަމަށް ބުނި އެހީތައް ވީތަނެއްނޭނގުނު. މިހާރު ލާރިނެތިގެން ރައްކާކޮށްފަހުރި އެތިކޮޅު ނުނެގިގެން ޢިއްޒަތްތެރި މެންބަރުންގެ ގާތުގައި މާލީވަޒީރު އާދޭސްކުރަނީ. އެންމެ ބާރުލިބިތިބި މެންބަރުން އަޑުހަރުކޮށް ގޮވީ ކޮވިޑް19 އަކީ ނުރައްކާރޯގާއެއްނޫނޭ. ޕެނެޑޯލްގުޅައެއް ކާލައިގެން ރަނގަޅުވެޔޭ. ޤައުމުގެ ސިއްޙީނިޒާމު އޮތްޙާލަތު ޑޮކްޓަރަކު ޙަޤީޤަތާއެކު ހާމަކުރުމުން ވާސްޓްކޭސް ސިނާރިއޯއަށް ތައްޔާރުވެފައޮތީ ކިހާވަރަކަށްކަން ހާމަވީ. މޭގައަތްޖަހާފަ މަމޮޅުކީމީހުންތައް ބޮނދައިފި. މީޙަޤީޤަތަކީ. ޔޫތުމިނިސްޓަރ މަޚްލޫފް ކުރިވަރުވެސް އެހެންމީހަކަށްނުވި

  21
  1
 9. ރާކަނި

  ލިއިންތެރިޔާއަށް އޮޅިވަޑައިގެންފައިވާ އެއްކަމެއް އެބައޮތެވެ. ސަރުކާރުން ހުއްދަ ދިނަސް އެމީހުން ރަށަށް އަރުވަން ރައްޔިތުން މިއަދު ބޭނުންނުވާކަމެވެ. މިހާލަތުގައި ކޮންމެ ރަށަކަށް ސްޓަރފޯސް ފޮނުވައިގެން ރައްޔިތުންނާ ތޮޅެވޭކަށް އެއްވެސް ޤަވްމަކަށް ނެތެވެ. ދިވެހި ރާއްޖެއަކަށްވެސް ނެތެވެ. އޮތީ އެންމެ ގޮތެކެވެ. އެމީހުން ރަށަށް ދިއުމުގެ ކުއިން އެރަށެއްްގެ ކައުންސިލާއި ވާހަކަ ދައްކައިގެން ރަށުގައި ކަރަންޓީންވެގެން ތިބެވޭނެތަނެއް ހަމަޖެއްސުމެވެ. ޢެކަން ކުރައްވާފައި ރަށަށް ދިއުމެވެ. މިހާލަތުގައި ސަރުކާރަށް ކޮށްދެވިދާނެކަމެއް އެބައޮތެވެ. އެމީހުންގެ ޓެސްޓް އަވަހަށް ހައްދަވާ ދެއްވިދާނެއެވެ. ނެގެޓިވް ވެއްޖެ ނަމަަ ރަށަށް ދެވުނީއެވެ. ނޫން ނަމަ އައިސޮލޭޝަނަށް ދާނީއެވެ.

  19
  3
 10. ޖަމަލުފޮޑި

  ނިކަމެތި މީހާއަށް ނިކަމެތިގޮތް، ދުނިޔޭގެެމާާުދު ުުުުުުރ ހިސާބުތަކުން މީހުންގެނެސް މާލޭގެ ބޭފުޅުން ރިސޯޓްތަކުގައި ލޮކުޑައުން ކޮއްފަތިބީ ކީއްވެބައި ފަޅުއޮޑިފަހަރުގަ، ލޯންޗް ގަ ކަނޑު މެދުގަ އެމީހުން ލޮކުޑައުން ކު ރަން މިޖެހުނީ. މިކަން ރަގަޅަށް ސަ ރުކާ ރުން ކު ރަންޖެހޭ. މިގޮތަށް ސަ ރުކާ ރުން ކަންތައްތައް ކު ރާތީ ރިސޯޓް ތަކުގެ މަހުޖަނުން ބޭނުންގޮތެއް ހަދާލަނީ. މުސާ ރަ ސާވިސްޗަ ރޗްނުދޭ ގުދުބިންދާ މަސައްކަތް ކު ރުވަނީ. މިހާ ރުން މިހާ ރަށް ފަޅު އޮޑިފަހަރުގަ ތިބިމީހުން ހިކިފަސްތަނެއްގަ ލޮކުޑައުންކު ރޭ. މީ އެކަކުއަނެކަކަށް އަޅާލާ އެހީތެ ރިވާންވީ މާތް މައްސަ ރެއް،

  17
 11. އަލްޖިބްރާ

  މިތަނުގައި ކޮމެންޓް ކުރާ ބައެއްމީހުންނަކީ ބޯހަމަ ނުޖެހޭ މީހުންތަ ؟ މިދިވެހިރާއްޖެއަށްވުރެ ހުރިހާގޮތަކުން ކުރިއާރާފައިވާ ޤައުމުތަކުގައިވެސް މިއުޅެނީ މިވައިރަސް ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތިގެން ! އަދި ކޮންޓްރޯލް ކުރެވޭނެ ދުވަހެއްވެސް ނޭގިގެން ! އެކަމަކު ދިވެހިންގެ ބަޔަކަށް ހީވެފާ އޮންނަނީ ތިމާމެންނަކީ އެންމެމޮޅެތި މީހުންކަމަށް ! އެހެން ހީވަނީ ކަމަށް ވާނަމަ "ފާޚާނާ ތަށިމަތީގަ ކަރަންޓީނު " ނުވާނެ ގޮތަކަށް ތިޔަ މޮޅުވެގެން އެހެންމީހުނަށް ބަވާ މީހުން ކަންތައްތައް ނުކޮށްދީ ތިތިބެނީ އެވެސް ކަލޭމެންގެ މޮޅުކަމުން ތަ ؟ ތިމާމެން ހެއްދެވި ފަރާތަށް އެންމެފަހަރަކުވެސް މިކަމުން ސަލާމަތް ކުރައްވާތޯ އެދި ދެންނެވުމަށްވުރެ އައުލާކަން ބޮޑު ކަމެއް މިވަގުތަށް ނެތްކަން ޤަބޫލުކޮށް އެފަރާތަށް ދުޢާ ދެންނެވުން ގިނަކޮށް ބަލަ ! ހެޔޮމަގު ދައްކަވާނެ އެނޫންގޮތެއް ނެތް !

  16
  9
 12. ފާއިޒު

  މިނޫނަސް މިކަހަލަ ރޯގާތަށް ރާއްޖެއަށް އައިސްފައި އެބަހުރި ! ޜަށްތަށް ފަޅުވެފައި އެބަހުރި! ޢޭރު ވެސް އޭރުގެ ފެންވަރުން ގިނަ މަސައްކަތް ކުރި! މިހާރުގެ މައްސަލައަކީ ރޯނު އެދުރުން ގިނަވެ ގާނޫނު އަސާސީ އޮޅަ އޮޅާފައި ވަކިބަޔަކު ބޭނުން ވާގޮތަކަށް ބަދަލު ކޮށްފައި އޮތުން! ތަޖުރިބާއެއްނެތް ބަޔެއްގެ އަތަށް ބާރުދިނުން!ގާބިލު ނޫން ބަޔަކަށް މަސްއޫލިއްޔަތު ދިނުން! ޅައެއްޗެހި އެޅި އެޅި އަޅާނެ ހަރު އެއްޗަެއް ނެތްހިސާބަށް ހިގަޢްޖެ!

  21
 13. ތަރި ބޭލުން

  ޕުލޭނެއް ނުކޮއް އެއް ވެސް ކަމެއް ކުރެވި ދާނެތޯ ! ދެއްކެވި ވާހަކަ ތަކުން ދިވެހިން މިތިބީ ވަރަށް އުފަލުން އެހެން ތާވާނީ އަހަރެމެން ހީކުރީ ރާއްޖޭ ގެ މައިދޮ ރާށިން މިބަލި ޖެހިގެން އެތެރެ ނުވެވޭނެ ކަމައް މީހަކައް ފުރަތަމަ ދެއްކީ ވަރުގަދަ ކެމެރާ އެއް އެތާހަރު ކުރި ވާހަކަ ދެން ވިދާޅު ވީ މިތިބީ ތައްޔާރު ވެ ގެނޯ ! ދެން ވިދާޅު ވީ ބަލި ޖެހޭ އެން މެން ވެސް ތިބޭނީ 7 ސުޓާރ ރިސޯޓު ތަކު ގައޭ ! ދެން ފެނުނީ އިންޑިޔާ ޓީމެއް ގެނައި ތަން އެމީހުން ވީތަނެތް ކަލޭނޭ ނޭން ގޭ ! ދެން ދެއްކެވީ އިންޑިއާ އިން ހާލުގަ ޖެހޭރައް ވަރުގަދަ މަނަވަރެށް އަން ނާނޭ އެހީވު މަށް އަހަރެމެން ހީކުރީ ބައްޔާ ހަނގުރާމަކުރަން ގެންނަ ނޭވީން ކަމަށް! ދެން ވިދާޅު ވާން ފެށީ ގެއިން ނުނު ކުތުމަށެވެ ! ކެމެރާ އާ ޢިންޑިއާ ގޮސް އޮބައިލަފި ! ބޮލައް ގުއި ދުވާލާފަ ކަންނޭގޭ ދިޔ....! ކިހާވަރަ ކައްތޯ މިއޮތީ
  ތަޔާރައް ! ޢެހެން ވީއިރު ދިވެހިން ގެ މިތާ މިހާ ކުޑަދު ވަސް ކޮޅެއް ގެ ތެރޭ މިވަރަށް ފެތުރި ގެން މިއުޅެނީ ކީއްވެތޯ! ސުކުރީން ނުކުރެ ވުނު.......
  ކަރަން ޓީނު ކުރަން ފެށު ނީރު މާލޭ ތެރޭ އެގަހު ކޭލެއް މިގަހު ކޭލެއް ނޭންގުނު ......
  ޥަރައް ދެރަގޮތެއް މިވީ ! މާތްﷲ ގެކިބަފުޅައް ދުއާކުރުން އެން މެމޮޅު އިތުރީ ! އިންޟާﷲ !

 14. ސިން

  އާންމުންނަށް ރަށައްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވާ އެހެންނޫނީ ހިލޭ ހުރިހާ ގެއަކަށް ހުރިހާ އެއްޗެއް ފޯރުކޮށްދެއްވާ....