ރާއްޖެއާ އެންމެ އަވަށްޓެރި ދެ ގައުމުގެ ތެރެއިން އިންޑިއާގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި، ކޮންޓްރޯލެއް ނުކުރެވުނެވެ. ފަހަރަކު މީހަކަށް ބަލި ޖެހެމުން ގޮސް، އެ ގައުމުގައި ދިރިއުޅޭ ކޮންމެ މީހެއްގެ ގައިން މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވިއެވެ. އެ ގައުމުގައި ދިރިއުޅޭ 30،000 މީހުންނަށް ބަލި ޖެހިދާނެ ކަމަށް ސަރުކާރުން އޮތީ ވިސްނައިގެނެއް ނޫނެވެ. މި ބަލީގައި އެ ގައުމުން 884 މީހަކު މަރުވެދާނެ ކަމަށް ސަރުކާރުގެ ވެރިއަކު ހިތަށް ވެސް ނުގެނެއެވެ.

ސާކްގެ ގައުމުތަކުގެ ތެރެއިން މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިފައި އޮތް އެއް ގައުމަކީ 21 މިލިއަންގެ އާބާދީއެއް އޮތް އަވަށްޓެރި ސްރީ ލަންކާއެވެ. ލަންކާގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި މިދިޔަ މަހުގެ 20 ގައި ކާފިއު އިއުލާން ކުރި ފަހުން، މިހާތަނަށް ބަލި ޖެހިފައި ވަނީ 523 މީހުންނަށެވެ. ލަންކާގައި ބަލި ފެތުރޭ މިންވަރު ނިސްބަތުން ވަރަށް މަދެވެ. ލަންކާއެކޭ އެއްގޮތަށް ނޭޕާލާއި ބޫޓާން ފަދަ ގައުމުތަކުގައި މި ބަލި އެއްވެސް ވަރަކަށް ނުފެތުރެއޭ ބުނި ކަމުގައިވިޔަސް، ދޮގަކަށް ނުވާނެއެވެ. މިހާތަނަށް އައިއިރު، ނޭޕާލްގައި 52 މީހުންގެ ގައިން ބަލި ފެނުނު އިރު، ބޫޓާންގައި ފެނުނީ އެންމެ ހަތް މީހުންގެ ގައިންނެވެ.

ދެން އޮތީ، ސާކްގެ ގައުމުތަކުގެ ތެރެއިން އެންމެ އާބާދީ މަދު ރާއްޖެއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 50 ދުވަސް ތެރޭގައި ވަނީ 214 އަށް އަރައިފައެވެ. އޭގެތެރޭގައި ހިމެނެނީ 80 ދިވެހިންނާއި 134 ބިދޭސީންނެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ ނިސްބަތުން މަދު ބައެކެވެ. އެއީ 17 މީހުންނެވެ.

އިއްޔެ އެކަނި ވެސް 73 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. މިއީ ރިކޯޑެކެވެ. ރާއްޖޭގައި އެހާ ގިނަ ބަޔަކަށް ބަލި ޖެހުނު ކަމުގައި ވިޔަސް، ގިނަ މީހުންގެ ފަރާތުން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެކެވެ. އެކަމަކު، ބަލި ޖެހުނު 80 އަހަރުގެ ދިވެހި ފިރިހެނަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ފައްސި ވި މީހާ އުޅުުނު ސަރަހައްދު ފުލުހުން ބަންދު ކޮށްފައި؛- ވަގުުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ރާއްޖެ އިން ބަލި ޖެހިފައި ހުރި މީހަކު އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި މާލެ އިން ބަލި ޖެހުނު މީހަކު ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މާލެ އިން ވޭދަނައެއް (ކޭސް) ފެނުމާ އެކީގައި ހީނުކުރާހާ ބާރަށް ބަލި ފެތުރެން ވަނީ ފަށައިފައެވެ. އަދަދުތަކަށް ބަލާ އިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 171 ފިރިހެނުންނާއި، 43 އަންހެނުންނެވެ. މިހާތަނަށް އެންމެ ގިނަ އިން ފައްސިވީ (ޕޮޒިޓިވްވީ) ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނެވެ. އެއީ 102 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. ބަލި ޖެހުނު ކުޑަކުދިންގެ އަދަދު އިނގިލިން ގުނާލެވޭހާ މަދެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެންމެ ބިރުވެރި އެއް ވާހަކައަކީ ރާއްޖޭގައި އުފެދިފައިވާ ކްލަސްޓާތަކުގެ ތެރެއިން އެއް ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމެވެ. މި ކްލަސްޓާތަކުން ފެންނަނީ އެކަކު އަނެކަކާ ދިމާވެފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކަމެވެ. އެންމެ ބޮޑު ކްލަސްޓާގެ ގޮތުގައި އަފްޒަލް ފާހަގަކުރެއްވީ އެމްއެޗް ކްލަސްޓާއެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި އިއްޔެ ފައްސިވި މީހުންގެ ނަމްބަރަކީ ނުރައްކާތެރި އިންޒާރެކެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވިގެން ނޫނީ މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތު ނިމުމަކަށް ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ދިމާވެފައިވާ ހާލަތުން ރަށްތަކަށް ވެސް މި ބަލީގެ ނުރައްކާތެރިކަން ވަނީ ބޮޑުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރަށްތަކުގައި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އަފްޒަލް ވިދާޅުވީ ފުރަބަންދުގެ ހާލަތު ނުގެނައި ނަމަ، މިހާރު އޮތް ހާލަތަށްވުރެ މާ ނުރައްކާތެރި ހާލަތަކަށް ކަންކަން ދިޔައީސް ކަމަށެވެ. އަދި މިހާރު ފެންނަ ވޭދަނަތަކަށް ބަލާ އިރު، އަދިވެސް ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި ރިސްކް ކުޑައީ ގޭގައި ތިބޭ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ލޮކްޑައުން ނެގޭނީ މިހާރު މިފެންނަ ކޭސް ލޯޑްތައް ކޮންމެވެސް ވަރަކަށް ކޮންޓްރޯލަކަށް އައިސްގެން. އެއް ގޮތަކަށް ބުނާނަމަ އަޅުގަނޑުމެން މި ހޯދަނީ ބެކް ލޮގްތަކެއް. މާނައަކީ އަދިވެސް ހެލިފެލިވެ އުޅޭ މާނައަކީ ބޮޑަށް އިންޓްރެކްޓްވާ ގުރޫޕެއްގެ ތެރޭގައި ކޭސްތައް ފެންނާތީ އިތުރަށް ސްޕްރެޑްވުމުގެ ފުރުސަތު އެބައޮތް،" އަފްޒަލް ވިދާޅުވިއެވެ.

ޑެލިވަރީ ކުރާ މީހުންނަށް އަފްޒަލްގެ އިރުޝާދުތަކެއް!

މާލޭގެ އެކި ސަރަހައްދުތަކުގައި ޑެލިވަރީ ކުރަން މަސައްކަތް ކުރާ މީހުންނަކީ މިހާރު ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑު އެއް މީހުން ކަމަށް ސިއްހީ މާހިރުންނާއި ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އެހެންވެ، ޑެލިވަރީގެ މަސައްކަތުގައި އުޅޭ މީހުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

އަފްޒަލް ވިދާޅުވީ ޑެލިވަރީ ކުރާ މީހުންނާއި އެމީހުންނާ ހަވާލުވެފައި ތިބި މީހުން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ، ސިއްހީ ހާލަތު ހުރި ގޮތެއް ބެލުން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު، އެމީހުންގެ މައުލޫމާތު ނަގައި ކިރިޔާ ވެސް އަލާމާތެއް ފެންނަ މީހެއް ނަމަ، ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ގޭގެއަށް ޑެލިވަކޮށްދޭ އިރު، ތިޔަބޭފުޅުން، އެމީހުންނާ ވީހާވެސް ގައިދުރުކަން ބަހައްޓާތި. މިސާލަކަށް ގެންނަ ކާބޯތަކެތި ނަމަ، އޮންނަ ޕާރުސަލުން ނަގައި ގޭގެ ވަކި ކޮންޓެއިނާއަކަށް ޓްރާންސްފާ ކުރުމަށް ފަހު، ޕާރުސަލްގެ ޕެކޭޖިން ޑިސްކާޑްކޮށްލާފައި ރަނގަޅަށް އަތް ދޮވެލުން،" އަފްޒަލް ވިދާޅުވިއެވެ.

މީގެއިތުރުން ދޮވެ ސާފު ކުރެވޭ ވަރުގެ އެއްޗެއް އޯޑަރުކޮށްފި ނަމަ، އޭގެ ބޭރު ޑިސްއިންފެކްޓް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

"ލޮކްޑައުންގައި އާންމުކޮށް ހުރިހާ އެންމެން މިއުޅެނީ ގޭގައި. ނަމަވެސް މަގުމަތީގައި މިއުޅެނީ ކޮންމެހެން ވެސް އުޅެން ޖެހޭ ބައެއް. ޑެލިވަރީގެ ހިދުމަތަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް. މީގެއިތުރުން ރަށްރަށަށް ކާބޯތަކެތި އުފުލާ މީހުންނަކީ ވަރަށް ހަރަކާތްތެރި ބައެއް. ފިހާރަތަކުގައި މުދާ އުފުލަން އުޅޭ މީހުންނަށް ހާއްސަ ނަޒަރަކުން ބަލަން ޖެހޭނެ. ކޮންމެ ދުވަހަކު، އެމީހުންގެ ހާލަތު ދެނެގަންނަން ޖެހޭނެ،" އަފްޒަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އުތީމު ތަކުރު

    މިހާރު ހުން އައިސްގެން ތިޓެސްޓް ހެދިޔަސް ރޯގާ ޖެހިގެން ހެދިޔަސް ކަލޭމެން ބުނާނީ ކޮވިޑް19 ކަމަށް، މިނޫން ގޮތެއް ނުވާނެ. އެހެންވެ ދުރާލާ މިބުނަނީ ރޯގާގެ އަލާމާތެއް ހުއްޓަސް އަވަހަށް އެޗް ޕީ އޭ އަށް ގުޅަން، މިހޮތަށް އަދަދު ގިނަކަމަށް ދައްކުވައިގެން މިހިފަހައްޓަނީ ބޭރުގެ އެކި ފަރާތްތަކުބް އެހީ ހޯދަން، އެހީ ހޯދުން އޯކޭ، އަމިއްލަޔަށް ބަޖެޓް ދިރުވާލާފަ ރައްޔިތުން ގޭބަންދުގަ ބައިތިއްބާފަ ދަތި ޙާލުގަ ޖައްސައިގެން ނެތް ބައްޔެއްގެ ޑްރާމާ ކުޅޭތީ މައްސަލައަކީ، އެހެން ހިތަށް އަރަނީ ވަރަށް ގިނަ ސުވާލު އުފެދޭ ކަންކަން ފެންނާތީ މިސާލަކަށް ބަލިމީހުން ލިސްޓް 200 އަށްވުރެ މައްޗަށް އެރި އިރުވެސް ފަރުވާ ދޭންޖެހޭ އެއްވެސް މީހަކު ނެތް، އެންމެންގެވެސް ޙާލު ރަގަޅުކަމަށް ތަރުޖަމާނު ބުނަނީ، ހަމައެކަނި 80 އަހަރުގެ މީހަކު އޮތީ އައި. ސީ ޔޫގަ އެއުމުރުގެ މީހަކު ކާންދެވުނު އެއްޗަކުން އެލާޖިކް ވިޔަސް އެހާލަތަށް ހިގައިދާނެ،
    އެހެންވީމަ ބޮޑަށް ބެލެވެނީ ހުރިހާ ފެސިލިޓީ ތަކެއްގަ އަބަދުވެސް އެކަށީގެންވާ އަދަދެއް ބައިތިއްބައިގެން ހިސާބު އަކުރުން ކުޅިގަނޑެއް ކުޅެނީހެން އަހަރެންގެ ވިސްނުމަށްވެސް އިހްތިރާމް ކުރާނެ ކަމަށް އުއްމީދު ކުރަން.

    50
    27
    • ކ

      މާޝާﷲ އެންމެންގެ ހާލު ރަނގަޅުކަމަށް އަލްހަމްދު ލިﷲ

      12
    • Anonymous

      0ތެދު

    • ސަމްސިއްޔާ

      މިކަހަލަ ވިސްނުން ހުރިމީހުންނާއިގެން ކިހިނެތް ގައުމެއްބކުރިއަށްދާނީ.

      8
      3
  2. ވަހުމު

    ސައްކު ކުރުމަކީ ބޮދުވެގެނވÀފާފައެއް

    4
    2
  3. ރީހާން

    ނޭފާލްގަ ކާފިއު ހިންގާފަ ބޭރަށް ދާ މީހުން އަށް ވަރަށް އަދަބް ދޭ... ސިފައިން ތިބެނީ ބޮޑެތި ދިގު ދަޑި ބުރި ހިފައިގެން، ބިރުން ވެސް ނުނިކުންނާނެ ނުތް... ދިވެހި ރާއްޖޭގެ ސަރުކާރުން މަގުމަތީގަ އުޅޭ މީހުން ހައްޔަރު ކުރަން ފެށީ ކޮމިއުނިޓީ ސްޕެރެޑަށް ދިއައީމަ، ނޭޕާލުން ފުރަތަމަ މީހާ ފެނުމާއެކު ހަރުކަށިވި.... ހަރުކަށި ވެގެން ކަންތަށް ކުރެވޭނީ...

    14
    1
  4. ލަމް

    ލަންކާގަ ބޯޑަރު ބަންދު ކުރި ވަރަށް ކުރިން، ލޮކްޑައުން ކޮށް ބޭރުތެރޭގަ އުޅޭ މީހުންނަށް ގަދަ އަދަބް ދިން.... ބުނާގޮތް ނަހަދާ މަގުމަތީގަ އުޅޭ މީހުންނަށް ހަރުކަށި ވާންޖެހޭނެ... އެންމެންގެ ސަލާމަތަށް ހަރުކަށި އަދަބް ދިން ނަމަ ރަގަޅު ވީސް... ސަރުކާރަށް މީހުން ހައްޔަރު ކުރަން ކެރުނީ ކޮމިއުނީޓީ ސްޕެރެޑަކަށް ދިއައީމަ... ވަރަށް ދެރަ... ހަރުކަށި ވާން ޖެހުނީމަ ހަރުކަށި ވާން ޖެހޭނެ

    13
  5. އޭ.އެމް.އެފް.3

    މިފަދަބަލިމަޑުކަމެއް ފެތުރުމުން މިކުޑަރާއްޖޭގަ އުޅޭ ބިދޭސީންގެ ގިނަކަމާ ޚާއްޞަކޮށް ފުރަމާލޭގައި ބޯހިޔާވެހިކަން އެންމެއެކަށީގެންވާމިންވަރަށް ނެތްއިރުވެސް މިހާގިނައިން ދިވެހިންގެ މަސައްކަތަށް އެބައިމީހުން ބޭނުން ހޭ ހޭ؟ މަމެން އިހުވެސް މަސައްކަތްކުރީ އަމިއްލަވަންތަވެގެން ނެވ. ކޮންމެ ސަރުކާރެއްވެސް އައުކޮޅުގައި މި ބައިގަނޑުގެ ތަފާސް ހިސާބުތައްބަލަން އުޅެލާފަ ދެން ފައްސިވެއެވ. މި ގައުމުގެ މަސައްކަތްތެރިން(މުސާރަވެރިން)ނަށްވުރެ ބޭރުވާ ފައިސާ ޕޭސާ މާ މާގިނައެވ. ''ކޮވިޑް19'' މާ ގިނަމީހުންނަށް ޖެހުނީމަ ކަތާކުރަން އުނދަގޫވާ ބީދައިން މި ބައިވަރުވެސް މާ ގިނަވީމަ ވާފަސޭހަ އަށްވުރެ ތުރާވާލެއް ބޮޑުވާނެ. . ބޭނުންވާނީ ވަކި މިންވަރަކަށް، ބާކީ ބޭރުކުރޭ... މީ ވަގުތަކީ... ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ. އިއްޒތްރެރިންނަށް ހެޔޮވިސްނުން ދެއްވާ އަމިއްލަ އދުން ދުރުކުރަށްވާ ރަށްޔިތުންނަށާ ގައުމަށް ފައިދާ ކުރަނިވިގޮތަށް އަމަލުތައް ސީދާ ކުރައްވާނދޭވ. އާމީން