ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ސައިންޓިސްޓުންނަށް ނޭނގުނު އެއް ކަމަކީ އެއްވެސް އަލާމާތެއް ނެތި ބަލި އެކަކު ގައިން އަނެކަކު ގަޔަށް ފަސޭހަކަމާ އެކީގައި ފެތުރޭ ގޮތެވެ. އަދި ވައިގެ ތެރޭގައި ކިހާ އިރެއް ވަންދެން ވައިރަސް ދައުރުވާ ކަން އޭރު ނޭނގެއެވެ. ސިއްހީ ތަޖުރިބާކާރުން އެ ދުވަސްކޮޅު ލަފާ ދިން ފުރަތަމަ ކަމަކީ ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެން މާސްކް އެޅުމަށެވެ.

އޭރުގައި މާސްކްގެ ދަތިކަން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިމަތިވިއެވެ. އެކަމަކު، މާސްކް އެޅުން މަޖުބޫރެއް އޭރު ނުކުރެއެވެ.

ނަމަވެސް މިހާރުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ސިއްހީ މާހިރުން ލަފާ ދެނީ ނޭފަތާއި އަނގަ ނިވާ ކުރުމަށްޓަކައި މާސްކް އެޅުމަށެވެ. އެއީ ތިމާ އާއި އެހެން މީހުންގެ ވެސް ރައްކާތެރިކަމަށްޓަކައިއެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގެ ތެރޭގައި ވެސް ވައިރަސް ހުރެދާނެ ކަމަށް ބަލައިފައެވެ.

ހާއްސަކޮށް ބޭރަށް ނުކުމެ އުޅޭ އިރުގައި އާއި ފިހާރަތަކަށާއި ޒަރޫރީ ބޭނުންތަކަށް ނިކުމެ އުޅޭ އިރު މާސްކް އަޅަން ޖެހެއެވެ.

ސައިންޓިސްޓުން މިހާތަނަށް ހޯދާފައި ހުރި ކަންކަން:

  • ވާހަކަ ދެއްކުމުން ނުވަތަ ނޭވާލީމަ ވައިރަސް ވަރަށް ފަސޭހަކަމާ އެކު ފެތުރޭ.
  • ކޮވިޑް-19 އަކީ ގައިން ގަޔަށް އަރާ ބައްޔެއް، ލަފާދެނީ ގޭގައި ތިބުމަށް.
  • ވައިރަސް އާންމު ގޮތެއްގައި ޖެހިފައި ހުންނާނީ 14 ދުވަސް ވަންދެން.
  • ވައިރަސްގެ ނުރައްކާތެރިކަން ބޮޑަށް އޮތީ އުމުރުން ދުވަސްވީ މީހުންނަށް.
  • ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބަލި ޖެހިގެން ސީރިއަސް ހާލަތަކަށް ދޭ.

ކޮވިޑް-19 ގެ އެންމެ ބޮޑު އެއް ނުރައްކަލަކީ ހަމައެކަނި ކެއްސާ އިރަށް ނުވަތަ ކިނބިހި އަޅާ އިރަށް ބަލި ފެތުރުމެއް ނޫނެވެ. ކިތަންމެ ހާލަތު ރަނގަޅު އަދި އަލާމާތެއް ނެތް މީހެއްގެ ހަށިގަނޑުން އަނެއް ހަށިގަނޑަށް ވައިރަސް ފެތުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެމެރިކާގެ ޔުނިވަސިޓީއެއް ކަމަށްވާ ވޮޝިންގްޓަން އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވަލުއޭޝަން އިން ހެދި ދިރާސާއެއްގައިވާ ގޮތުން އެ ގައުމުގެ 95 ޕަސަންޓް މީހުން މާސްކް އަޅާ ނަމަ، އޮކްޓޯބަރު އެކަކާ ހަމައަށް އަންނަ އިރު، 33،000 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތެވެ.

އެހެންވެ، މާސްކަކީ މިއަދު ދުނިޔޭގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކު ކޮންމެހެން ވެސް ބޭނުންވެފައިވާ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މީހުން މާސްކު އަޅަގެން ތިބެ ކައިރިން އެހެން މީހަކު ހިނގާފަ ދިއުމުން މާސްކު މަތިން ނޭފަތަށް ފިތާލަނީ ކީއްވެބާ؟ ވަރަށް ގަމާރު ކަމެއް

  2. Gai

    Nun mee ah nun

  3. ސަންފަ

    އަދަދު އިތުރުވީ އެންމެ މާސްކެއްގެ އަގު ހާހަކުން 6 ރުފިޔާއަށް ބަދަލުވާން ފެށުމުން

  4. ޝިމް

    މަ ހީކުރީ މާސްކް ނައަޅާ މީހުންގެ އަދަދު އިތުރުވީ ކީއްވެހޭ ލިޔަން އުޅުނުކަމަށް. އަޖައިބެއް

  5. ހުހް

    ލޮލް.. އަދަދު އިތުރުވީ ބައްޔަށް ޕޮޒިޓިވް ވާން ބޭނުންނުވާތީ

  6. ޒަކީ

    ސައިންޓިސްޓުންނަށް ނޭނގުނަސް ނޫސްވެރިންނަށް އެންމެ ކުރިންވެސް އެނގޭ...