ދިވެހިން މީގެކުރިން ގަބޫލު ކުރި އެއް ކަމަކީ ފަތުރުވެރިން ހަމައެކަނި ދާން އޮތް މަގަކީ ރިސޯޓުތައް ކަމެވެ. އެކަމަކު، މީގެ ދިހަ ވަރަކަށް އަހަރު ކުރިން ދިވެހިންގެ ވިސްނުން ބަދަލުވިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ފަތުރުވެރިން ގެނެވޭނެ ކަމުގެ އުންމީދު ކުރިއެވެ. ބައެއް ރަށް ރަށުން އެކަން ކާމިޔާބު ކުރިއެވެ. އޭގެ ހެއްކެއްގެ ގޮތުގައި ކ. މާފުށި ފުދެއެވެ. މާފުއްޓަކީ ލޯކަލް ޓުއަރިޒަމް އެންމެ ބޮޑަށް ފައްކާވެފައި އޮތް ރަށެވެ.

ފަތުރުވެރިކަން ރާއްޖޭގެ ރަށްތަކުގެ އެންމެ އެތެރެ ވަރިއާ ހަމައަށް ފޯރުކޮށް ދިން ހިސާބުން، އުފަން ރަށުގެ ރީތި ކަމާއި ޗާލުކަން އިޝްތިހާރު ކުރަން ނަމޫނާ މަންޒަރެއް ދެއްކި އެއް ބަޔަކީ ދިވެހި ޒުވާނުންނެވެ.

ބަވަނަ ވަމުން އަންނަ ދުނިޔޭގައި ކުރިއަރާފައިވާ ފުރިހަމަ، ޒަމާނީ ވަސީލަތްތަކާއި އެކު މިއަދު މުޅި ދުނިޔެ މިވަނީ ކުޑަކުޑަ ތަނަކަށް ވެފައެވެ. މީސްމީޑިއާގައި ދައުރުކުރާ ހިތްގައިމު ފޮޓޯތަކުން ހަގީގީ ރާއްޖެ ގިނަ ދިވެހިންނަށް ވެސް ތަޖުރިބާކޮށްލަން ނުލިބޭކަން ގައިމުވެއެވެ. "ވިޒިޓް" ކުރިއަށް ލުމަށް ފަހު ހިންގާ މީސްމީޑިއާ ކެމްޕެއިންތަކުން ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ނިއުމަތުން ދެއްވާފައިވާ ރީތިކަން ފެނި އަޖައިބު ނުވާވަރެއް ނޫނެވެ.

މީސްމީޑިއާގައި މިފަދަ ކެމްޕެއިންތަކުން އެންމެ ފަރިތަކޮށް ފެންނަ އެއް ނަމަކީ "ނ.ވެލިދޫ"ގެ ނަމެވެ. ރަށް ކުރިއެރުވުމުގެ ވަތަނީ ރޫހު އޮންނަ ވެލިދޫ އިޝްތިހާރު ކުރުމުގެ މޭސްތިރީންނަކީ އެރަށަށް އުފަން ނޫކަށި ފުރައިގެ ޒުވާނުންތަކަކެވެ. މިފަހަރު ވެލިދޫ އިޝްތިހާރުކުރުމަށް ނިންމާފައި މި ވަނީ ހިތްގައިމު، އެހެނަސް ތަފާތު ލަވައަކުންނެވެ.

https://www.facebook.com/VisitVelidhoo/videos/347100819610550

"ނަލަ ރީތި ޗާލު ވެލިދޫ އަންނާށޭ ދެކިލަން"ގެ ނަމުން ނަންދީފައިވާ މި ލަވައަކީ ވެލިދޫގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވެލިދޫ ޒުވާނުންގެ ބަޔަކު އިސްނަގައިގެން ތައްޔާރުކުރި ލަވައެކެވެ. މި ވީޑިއޯ ލަވަ ރިލީޒްކޮށްފައިވާ އިރު އެ ލަވަ ވަރަށް ވެސް ހިތްގައިމު ވެފައި ތަފާތެވެ.

މިއީ ވެލިދޫގައި މިގޮތަށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވީޑިއޯ ލަވަ ނެރުން ފުރަތަމަ ފަހަރު ކަމަށްވާ އިރު ލަވައިން ފެންނަ މަންޒަރުތައް ފެނިފައި ވެލިދޫ އަށް ދާ ހިތް ނުވާނެ މީހަކު މަދުވާނެއެވެ.

މި ލަވަ ރިލީޒް ކުރުމަށް އެރަށު ޔޫތް ސެންޓަރުގައި ހާއްސަ ހަފުލާއެއް ވެސް ވަނީ ބާއްވާފައެވެ. އެ ހަފްލާފައި ލަވައިގައި ހަރަކާތްތެރިވި ފަރާތްތަކަށް ވަނީ އެކަން އަގުވަޒަންކޮށް ސެޓްފިކެޓެއް ވެސް ދީފައެވެ.

ވެލިދޫގެ ޒުވާނެއް ކަމަށްވާ އަހްމަދު ރިޝާން، ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށް، އެސިސްޓެންޓް ޑައިރެކްޓަރު އިބްރާހިމް އާދިލް ހަރަކާތްތެރިވި މި ލަވަ "ވިޒިޓް ވެލިދޫ" ފޭސްބުކް ޕޭޖުން އަޕްލޯޑްކޮށްފައިވާ އިރު މިހާތަނަށް 300 ގާތްކުރާ އަދަދަކަށް ޝެއާ ލިބި 14،000 ވުރެ ގިނަ ފަހަރު ބަލާފައިވެއެވެ.

މޯލްޑިވިއަން އައިޑަލް އިން މަޝްހޫރިވި ހަސަން ޝަހުދާން އަދި ޒައިބާގެ އަޑުން ކިޔާފައިވާ މި ލަވައިގެ ލިރިކިސް އަދި މެލޮޑީ ހަދައި ދީފައި ވަނީ ނަސްމާ އަބްދުލް މުހުސިން (ނައްކޮ) އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ހަސަން ތައުފީގް (ހުސޭނާ) އެވެ.

ދިވެހި ރަހަތައް ވެސް އެކުލެވޭ، މިލަވައިގައި ދައްކައިދެނީ ވެލިދޫ އަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ މުޅި ދަތުރުގެ ކުރު ހުލާސާއެކެވެ. އެ ލަވައިގެ ކޮންސެޕްޓް ވެސް އެހާމެ ތަފާތެވެ. އެ ލަވައިން ފެނިގެން ދަނީ ފަތުރުވެރިޔާ ރިޔަލު ދޯންޏެއްގައި ރަށަށް ގެންގޮސް، އޭނާ އަށް ސަގާފީ ކުލަތަކާއި އެކު މަރުޚަބާ ކިޔާ މަންޒަރެވެ.

އޭނާ އަށް މަރުޚަބާ ކިޔުމުގެ ކުޅިވަރު ބޮޑަށް ވައްތަރީ، ކުރީ ޒަމާނުގައި ކުޑައިގައި ރަދުން ގެންދާ ގޮތާއި އެއްގޮތަށް ނަކަލުކޮށްފައިވާ ހަރަކާތްތަކަކާއެވެ. މި ލަވައިން ދިވެހި ސަގާފީ ބޮޑުބެރަށް ވެލިދޫގެ ޒުވާން ފިރިހެނުން ނަށާފައިވާ މަންޒަރުވެސް ފެނިގެންދާއިރު، އަދި ސަގާފީ އެކި ހެދުމުގައި ސަގަފީ އެކި އާލަތްތަކާ އެކު ވެލިދޫގެ ޒުވާން އަންހެންކުދިންގެ ފަރި ނެށުންތަކުން އެ ލަވަ ވަނީ ފަޅު ފިލުވާލަދީފައެވެ.

އަދި، 531 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ ވެލިދޫގެ ބޮޑު ނިކަ ގަސް ވެސް އެ ލަވައިގައި ދައްކާލައެވެ. މިއީ މުޅި ރާއްޖޭގައި ވެސް ތިން ވަނަ އަށް އެންމެ ގިނަ ދުވަސްވެފައިވާ ގަސް ކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އެ ލަވައިގައި ހިމެނޭ އެހެން ބައިތަކަށް ބަލާ އިރު، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ރަށަކުން ލިބޭނެ ގިނަ ހިދުމަތްތައް ދައްކުވައިދީފައި އެވެ.

ސަފާރީ ބަނުމަށް ހާއްސަ ވެލިދޫގެ ފަތުރުވެރިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ހިތްގައިމު މިލަވައިގައި ކަނޑުގެ އަޑީގެ މަންޒަރުތައް ވެސް ހިމަނާފައިވެ އެވެ.

ގާތްގަނޑަކަށް 20 މީހުން ފެނިގެންދާ މިލަވަ ހެދި ފަރާތްތަކުން ވަނީ ވެލިދޫގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިލޭ މިލަވަ ދޫކޮށްލާފައެވެ.

އާބާދީގައި 2700 ވުރެ ގިނަ މީހުން އުޅޭ ވެލިދޫ އަކީ ޒަމާނުސުރެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކު ދިރިއުޅޭ ރަށެކެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ސަފާރީއެއް ބަނދެފައި ވަނީ އެރަށުގައެވެ. އެ ސަފާރީ އަށް ކިޔަނީ ބަރާބަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފެކްޓް

    އައުރަ ނިވާކުރުން ކުޑަކޮށް މީހުން ދިރިއުޅޭ ރަށްރަށަށް ދެވިގެން ނުވާނެ. ކޮބާ އެއިސްލާޙު؟؟؟

    52
    12
  2. ބޯހަލާކު

    މީހުންދިރިއުޅޭ ރައްރަށު އޮރިޔާންނިވާނުކޮއް އުޅުމާ ބަނގުރާއާއްމުކޮއްލި ބުން، ފާހިޝްކަންތައްތައް ކުރަން ދޮރުހުޅުވީމަ ވާގޮތްމިފެންނަނީ..!؟ﷲގެ ކޯފާތައްގިނަވެ ރައްޔިތުން ބިކަވޭ...އެފަދަރައްތަކުގަ މިސްކިތާ ޒުވާނުން ދުރުކަން އެއީ ފެންނަންއޮތް ސާފްހަގީތައް...! މީވަރައް ލާދީނީ ރޭވުމެއް... ބުއްޅަ ބބބބބބބބޭބބބބބބބބ

    51
    10
    • ރަދީފް

      ތިޔަކީ ވަކީ ނ.ވެލިދޫ ވެގެން ވާ ކަމެއްނޫން. ކޮންމެ ރަށެއްގަވެސް އުޅޭނެ ހެޔޮ އަމަލް ކުރާ މީހުންނާ ނުބައި އަމަލް ކުރާމީހުން. އެއްވެސް ރަށަކީ އެރަށެއްގެ އެންމެން ރަގަޅޭ ބުނެވޭނެ ރަށެއްނޫން އަދި ގޯހޭވެސް ބުނެވޭނެ ރަށެއްނޫން.. ސާފު ވެއްޖެދޯ!

      18
      4
    • މުހައްމަދު

      ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގެ ހާލަކީ ތިއީ. އެއަކީ ފަތުރުވެރިކަމާ ގުޅިފައިވާ ކަމެއްނޫން. ކަމެއް ނެތި ތިބޭ މީހުންވެސް ނަމާދު ވަގުތު މިސްކިތައް ނާރަ ޖޯލިފަތިފަތީގައި ހުހަށް ތިބެނީ. އޭގެ ތެރޭގައި މުސްކުޅިންވެސް ހިމެނޭ..

      2
      1
  3. Anonymous

    އެއްކަލަ ނަރަކަ ވެލިދޫތަ

    30
    12
    • ޑޮކު

      އެޔޯ؟

  4. ޒާ

    އަސްލު ވެލިދޫގެ ހާލަތު އެނގޭބަޔަކު ވެލިދޫގެ ޒުވާނިންނާމެދު ހިތާމަކުރާނެ

    53
    12
    • ޝިފޫ

      ދެން ތިޔަބުނާ ރަގަޅު ޒުވާނުން ތަކެއް އުޅޭ ރަށެއް މި ދިވެހި ރާއްޖޭގެ ހއ އަތޮޅުން ފެށިގެން އައްޑު އާ ހަމައައް އަތްފުނާ އަޅައިގެންވެސް ހޯދަބަލަ! ނުހޯދޭނެ. ހުރިހާ ރަށެއްގެ ހާލުވެސް ހުރީ ހަމަތިޔަހެން. ބޯމީހުން ބޮނީ.. ކާމީހުން ކަނީ.. ވިއްކާ މީހުން ވިއްކަނީ.. ޒިނޭކުރާ މީހުން ޒިނޭ ކުރަނީ.. ކޮބާތަ މީގަ އާކަމެއް؟ ހަމަ ހުރިހާ ރަށެއްގެވެސް ހާލު. ( ކޮމެންޓް ކުރި "ޒާ" ގެ ހާލު ހުރީ ކިހިނެތްބާ؟ މާތްﷲ ދެނެވޮޑިގެންވަނީ ކަލޭގެ ހާލު ހުރިގޮތް ) ފާފައަކަށް އަރައިނުގަން އިންސާނަކު މިބިންމަތީގަ ނޫޅޭނެ. "ޒާ" ރަގަޅަށް އުޅުނީމަ ފައިދާކުރާނީ ހަމަ "ޒާ" އަށް. ވަކިރަށަކަށް ނިސްބަތް ވެގެން ވާކަމެއް ނޫން ތިޔަކީ.. ހަމަ "ޒާ" ޖޭ ވަނީ ދެން ލަލަލާ

      13
      7
  5. މާލް

    މާތްﷲ ތެދުމަގު ދައްކަވާށި އާމީން

    44
    4
  6. ނަހޫ

    ނ.ވެލިދޫ އާ ތިވަރަށް ޖޭ ނުވެބިޔަދޯ! ހަމަ ޖޭ ވަނީ ޖޭވަނީ ހަމް ޖޭވަނީ..ވެލިދޫގަވެސް އުޅޭ ވ.ނައިސް މީހުން އަދި ބުނަން ވ.ލޯބި އެހާމެ ހިތްގައިމު ރަށެއް. އައި ލަވް ވެލިދޫ..ވިޒިޓް ވެލިދޫ..ނަލަ ރީތި ޗާލު ވެލިދޫ ގަލަމުން ބަޔާން ނުވާދޫ..ބަރަވެލި ކަނޑުގެ ރަން މުތީ ނަލަރީތި ޗާލު ވެލިދޫ. 🙂

    12
    4
  7. ޒުހު

    ސަޅި ރަށެއް ތީ.. ކޮންމެ އަހަރަކުވެސް ބޮޑުއީދުގަ ތިރަށަށް ދެވޭތޯ ބަލަން. ވަރަށް ޔުނިކް މީހުންވެސް ވަރަށް ހިތްހެޔޮ ރަށެއް ތީ..

    14
    1
  8. ޙީނާ

    ވަރަށް ރީތި އަންހެންކުދިން އުޅޭ ރަށެއްތީ... ވަރަށް ގެވެހި ކުދިން.

    11
    3
    • އަސްލު

      ހުވާތަ؟ މަ އެމަންޖެއާ ނީނީ އަބަދު ޓަޔާޑުވެފަ ހުންނާތީ.

  9. ނާމީ

    ތަފާތު ކަންކަންކުރާބައެއް އުޅޭ ރަށެއްތީ... މިދިޔަ އަހަރުގެ ބޮޑު ޢީދާ ދިމާކޮށް އެރަށުގެ ޒުވާނުންގެ ދުވަސްވެސް ފާހަގަކުރީ އެރަށުގެ. ވަރަށް ހަބޭަސް... ޢިދު ދިޔަގޮތްވެސް ނޭންގުނު

    8
    1
  10. މަސްވެރިޔާ

    ޒުވާނުންނާއި މެދު ހިތާމަ ނުކުރާ ރަށެއް ދައްކަބަލަ. ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ބަލާލަބަލަ. ތި ފާހަގަ ކުރާ ނުބައި ކަންކަން ޒުވާނުން ނުކުރާ ރަށެއް އޮތްތޯ.. މަދުވާނެ. އިނގިލިން ގުނާލާހާ މަދުވާނެ. ދެން ވަކި ރަށަކާއި ދިމާލަށް އިނގިލި މި ދިއްކުރަނީ. އެއްޔެއްނޫން ވާގޮތަކީ. ހަސަދަވެރިކަން ބޮޑީ.

    8
    3
  11. ޚަރުން

    ވެލިދޫ މީހުން ސަޅި ހަމަ...

  12. މަނަދޫ އިއްބެ

    ނަރަކަ ވެލިދޫކިޔަނީ ކަމެއްވިމަތާ!؟
    މާލެ ފިޔަވައި ޑުރަގުވިޔަފާރިވެސް އެންމެ ފުޅާކޮށްކުރަނީ ނ. ވެލިދޫގައި،
    ސަފާރީ ދުއްވަްނ އިންވެސްޓުކުރާ އިޓަލީމީހުންނަށްވެސް އެންމެ ދޯކާދޭމީހުން ވެލިދޫގަ.
    އަތޮޅުގެ އެހެން ރަށަކާ ފުޓުބޯޅަ މެޗެއް ބޭއްވިޔަސް ތަޅައިގަނެ ހަމަނުޖެހުން ހިންގުމަކީ އާންމުކަމެއް.

    4
    4
  13. މުހައްމަދު

    އެންމެފުރަތަމަ ސަފާރީގެނަމަކީ އަލާއްދީން ވެރިފަރާތަކީ ހ.ހިކަރި އަހުމަދު އާދަމް

  14. ނަރަކަ ވެލިދޫ

    ކޮބައްޔޯ ތިޔަބުނާ ލަވަ؟